އައްޑޫގައި އިމާރާތް ކުރަމުން ގެންދާ ޓާޝަރީ ހޮސްޕިޓަލް ހުޅުވޭނެ ސީދާ ތާރީޚެއް ވިދާޅުވަން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން މިއަދު އުޒުރުވެރިވެ ވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ އައްޑޫ ޓާޝަރީ ހޮސްޕިޓަލް ހުޅުވަން އެކި ތާރީޚްތައް ދެމުންދާ ކަމަށާއި އެގޮތުން އޮގަސްޓް މަހު ވެސް އަދި ސެޕްޓެމްބަރ މަހާއި އޮކްޓޯބަރ މަހު ވެސް ހޮސްޕިޓަލް ހުޅުވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލް ހުޅުވޭނެ ސީދާ ތާރީޚެއް ވިދާޅުވެ ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލްގައި މިހާރު ކުރަމުން ގެންދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށާއި އެހެންކަމުން ހޮސްޕިޓަލް ހުޅުވޭނެ ވަކި ތާރީޚެއް ދައްނަވަން ބޭނުން ނުވާ ކަމަށެވެ.

"އިކްއިޕްމަންޓްސް މެޝިނަރީސް އިންސްޓޯލް ކުރުން ކުރިއަށް ދަނީ. ހިއުމަން ރިސޯސް ރެކްރޫޓް ކުރުމުގެ ވަރަށް ބޮޑު މަސައްކަތެއް ވަނީ ކުރެވިފައި. އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ދަނީ" މިނިސްޓަރ ވިދާޅުވިއެވެ.

ޓާޝަރީ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ އޮގަސްޓް ފަހުކޮޅުއެވެ.

ހޮސްޕިޓަލްގެ މަސައްކަތް އެލިއާއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 14، 2016 ގަ އެވެ.

މިއީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގައި ހިންގި މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނިކަ

  ބަރަވެލިދުވެލީގައި ކޮންމެ ކަމެއްވެސް! ފޮނި ބައިސާ ކެޑުމުން މާސްޓާސް ހަދައިގެން ހުންނެވި ވަޒީރެއް،

  13
 2. Anonymous

  އައްޑޫ އާ ހޮސްޕިޓަލް ހުޅުވޭނެ ތާރީޚެއް މިނިސްޓަރ ވިދާޅެއް ނުވި

  13 މިނެޓް ކުރިން ( ނޮވެމްބަރު 5, 2019 )

  ރައީސް ޔާމީން ހޭވި ހަޑި ދެއްތޯ؟ ޝުކުރިއްޔާ ރައީސް ޔާމީން

  ނިކުފާނުގެ ޤައުމީޚިދުމަތައް ސާބަސް ރައީސްޔާމީން މަނިކުފާނުވަނީ މަދު

  ދުވަސްކޮޅެއްގެތެރޭގައި މިޤައުމު މީންދުވަހަކުވެސް ނުދެކޭފަދަބޮޑަތި ތަރައްޤީ

  ހޯއްދަވާދެއްވާދެއް ވައިފީމު . M D P ގެމީހުނާ އެމީހުންގެ ދަރިންވެސް

  ޖެހޭނީ މިޚިދްމަށް ބަލައި ގަންނަން. މިކަން ނުކުރަންޏާ މިރާއްޖެއަކު ނުތިބެވޭ

  ނެ .ޝުކުރިއްޔާ ރައީސް ޔާމީން ޝުކުރިއްޔާ ރައީސް ޔާމީން ޝުކުރިއްޔާ ރައީސް ޔާމީން ޝުކުރިއްޔާ ރައީސް ޔާމީން ޝުކުރިއްޔާ ރައީސް ޔާމީން.

  14
 3. ޖ

  މިމީހުން ނު ކުރާނެ ހުސްްބޭ ކާރު އަގަތަޅާނީ ބަޖެޓުކ ކާ ހުސް ކޮއްފި

  13
 4. ބެއްޔާ

  ނާގާބިސަރުކާރު

 5. މާބެ

  މީކާކުބާ؟ހެލްތު މިނިސްޓަރ ތަ؟ ކުފޫ ހަމަނުވާމީހުން ތަންތަނުގެ މިނިސްޓަރުކަމަށް ލީމަ ކަންކަން ދިމާވާނެ.މައްސަލައެއްނުން.

 6. Anonymous

  ޔާމީން ސަރުކާރު ނިމުނުއިރު އައްޑޫ ތާޝަރީ ހޮސްޕިޓަލުގެ މަސައްކަތްކުރާ މުޥައްޒަފުންނަށް ދަންދެން ފައިސާދައްކާފައިވަނީ. ހުރިހާ ކަމެއް ނިންމާފައިވަނީ. ގެންނަންޖެހޭ ހުރިހާ އެއްޗަކަށް އޯޑަރުދީ ނިންމާފައިވަނީ ފައިސާވެސް ދައްކާފައި.
  މިސަރުކާރު އައިސް ފުރަތަމަވެސް ހެލްތް މިނިސްޓަރު އެތަނަށް ގޮސްފައި ބުނީ ކީއްކުރަންހޭ އަތޮޅުތެރޭގެ ހޮސްޕިޓަލެއް މުޅިން އޭސީ ކުރަނީ. ޔާމީން ސަރުކާރުން މިވަރުގެ ބޮޑު ޚަރަދެއްކޮށްގެން ނުވާނެއޭ. ރާއްޖެތެރޭ މީހުން ހޫނުވީމަ ނުކުންނާތީ އަތިރިމައްޗަށްކަން މިނިސްޓަރަށް އެނގޭނެ. އެހެންވީ ރާއްޖެތެރެއަށްޓަކައި ޔާމީން އެވަރުގެ ބޮޑު ޚަރަދެއް ކުރުމީ މިސަރުކާރަށް ބަލައި ގަނެވޭނެ ކަމެއްނޫން. އެހެންވެ މިހާރު ވަނީ އޯޑަރުތައް ކެންސަލްކޮށް އެއިން ފައިސާ ހަދައި ބޭނުންކޮށްފައި. ދެން އައްޑޫ މީހުން ބާރަށް އަތްޖަހާ. ލަލަލާ.