އެއްވެސް ދިވެއްސެއްގެ ކަރުގައި ޗޭނުޖަހައި ގަން ހިންގާ މަންޒަރު ބަލާކަށް ފަސޭހަ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލީހުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އޭނާ އަށް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވައިބާ ގްރޫޕާށް ލައިފާ ފޮޓޯ މައްސަލައަކަށްވީ މަޖިލީހުގެ ރައީސް ނުވަތަ ރާއްޖޭގެ ރައީސް ހުރުމުން ނޫން ކަމަށާއި އޭނާއަށް މައްސަލަ އަކަށްވީ ދިވެހި ރައްޔިތުންގެ ކަރުގައި ވާ އަޅުވައި ގަން ހިންގާ މަންޒަރުން ކަމަށެވެ.

"އެ ތަސްވީރު އެފަނޑިޔާރު އެވައިބާ ގްރޫޕަށް އެލީ، ދިވެހި ރައްޔިތުން ނުވަތަ އެއްވެސް ބަޔެއްގެ ގައިގައި ވާ އަޅުވާފައި ގަން ހިންގުވާ މަންޒަރު ޗޭނު ޖަހާފައި ގަން ހިންގާ މަންޒަރު އިއްޒަތްތެރި ރައީސް އަޅުގަނޑަށް މައްސަލައަކަށްވީ ހަގީގަތުގައިވެސް އިއްޒަތްތެރި ރައީސް އެފޮޓޯގައި އިންނަވާތީއެއް ނޫން. ނުވަތަ ރައީސުލްޖުމްހޫރިއްޔާ އިންނެވީމަކާއެއް ނޫން" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެއްވެސް ރައްޔިތެއްގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގާ މަންޒަރު ބަލާކަށް ފަސޭހައެއް ނޫން ކަމަށާއި އެފަދަ ކަމެއް ކޮށްފައިވާ ފަނޑިޔާރަކު ރާއްޖޭގެ ކޯޓެއްގައި އެއްވެސް ހާލެއްގައި އެއްވެސް މީހެއްގެ މައްޗަށް ޝަރީއަށް ކުރެވެން ހުރެގެން ނުވާނެ ކަމަށް އީވާ ވަނީ ގޮވާލާފައެވެ.

"އެއްވެސް މީހެއްގެ އެއްވެސް މީހެއްގެ ކަރުގައި ޗޭނުޖައިގެން ގަން ހިންގާ މަންޒަރު ބަލާކަށް، އިއްޒައްތެރި ރައީސް އަޅުގަނޑަކަށް ފަސޭހައެއް ނޫން. އަދި އަޅުގަނޑު ގަބޫލެއް ނުކުރަން އެމީހާ އެދޭ ގޮތަށް ނޫން ގޮތަކަށް އަނެއް މީހާ އުޅުނީމާ އެމީހާ ގައިގައި ޗޭނު ޖަހާފައި ގަން ހިންގަން ޖެހޭނެ ކަމަށް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެވަރުގެ ފަނޑިޔާރަކު ދިވެހި ރާއްޖޭގެ އެއްވެސް ކޯޓެއްގައި އެއްވެސް މީހެއްގެ މައްޗަށް ދެން ޝަރީއަތް ކުރަން އިނދެވިގެންވާނެ ކަމަށް." އީވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބުލް

    ހަ ހަ ހަ ހަ ހަ

    13
    2
  2. އީވާ

    ބަޑި ހިފައިގެން ރާއްޖެއައިސް މީހުން މެރާތަން ބަލަން އޯކޭ!

    46
    3
  3. ލޮލީ ކަލޯ

    އީވަަާ ބަލާހިތްވާ ވަރުން އޮބިނޯވޭ

    29
    5
  4. މުއްތު

    އީވާ ހުންނެވީ ދިވެހި ރައްޔިތުންނާއިއެކު . މަރުހަބާ އީވާ

    5
    52
  5. ހީދް

    އެކަމު ރަސޫލާ އަށް ފުރައްސާރަކޮށް ބަދުބަސް ބުނީމަ މައްސަލައަކަށްނުވި ހަމަ އޯކޭ !!!

    53
    3
  6. ބީވާ

    ތިބުނަނީ ހާޖަރާގޭ ބޮޑުވަގު ކަރުގަ ޗޭނުޖެހީމަވެސް އަސަރު ކުރެއޭތަ؟ ޤައުމަށް ޤައްދާރުވާ މީހަކު އެއީ ދިވެހި ރައްޔިތެއް ކަމަކަށް ނުދެކެން ސޮރީ. އެ ފޮޓޯ ޝެއާރ ކުރިމީހާ ދޯ މި ގޯސްވީ؟ އެ ކުރެހި މީހާ ހޯދާކަށް ނުވެސް އުޅޭ. ހީވަނީ ވަރަށް ރާވައިގެން ކުރާ ކަމެއްހެން

    34
    1
  7. ޢާއިޝަތު

    އެއީ މިގައުމުގެ ރައްޔިތުންނަށް ތިކަމަނާގެ ތާއިދުކާރުން ދަސްކޮށްދިން ކަންތައްތައް މިހާރު ސަރުކާރާއި މަޖްލިސް ލިބުނީމާ ތިމާމެންނަކީ މާރަނގަޅު ބަޔަކަށް ވާންއުޅުނަސް ޙަގީގަތް ނުފޮރުވޭނެ

    51
    2
  8. ޒެންޑޯ

    ، މަޖިލިސް އަށް ފެންވަރައިގެން އަންނަން ޖެހޭ ގާނޫން ފާސް ކޮށްބަލަ...

    81
    1
  9. ނަމުންއިންސާފް ކަމުންއަނިޔާ މިއެއްނޫންތޯ

    އެކަމަކު ޔާމިނު ކަރުގަޗޭނުޖަހާ މަގުމަތީގައި ގަންހިންގާ ތަންބަލަން ބޭނުންވޭ އެހެންނޫންތޯ ކުރީގަވެސް ދެކެންބޭނުންވާ ދުވަހެއްނޫންތޯ

    22
    1
  10. ދަސދ

    އެ ފޮޓޯއިން މޑޕ ގެ އަސްލު ސޫރަ ނިކަން ރަނގަަޅަށް ފެނިގެންދޭ.

    30
  11. ވިސްނާ

    ފޮޓޯގަނޑަކާހެދި، ނުގުޑާނެ ކަމަށް ދައުވާކުރި އަގީދާއަށް ލޮޅުންއަރައި ގުޑައިގެންފިއެވެ.

    26
  12. މުނާފިގް

    ދިވެހި ރައްޔިތުންނަށްވުރެ މިއުއްމަތުގެ ނަބިއްޔާގެ މާތްކަން މާބޮޑު.
    އެކަލޭގެފާނަށް ބަދުބަސްބުނާ މީހުންނަށް ވާގިވެރިވަނީ ކީއްވެ ؟

    40
    2
  13. ާއަނދިރިފަރާތް

    ހަމަބަލަން ޖެހޭނީ ދެން ލަލަލަލަލާ

    17
  14. ދޮގުބޮނޑި

    ތިހެން ނުބުނާނެ އެ ފޮޓޯގައި ޔާމީން ނޫނީ މައުމޫންގެ ކަރުގައި އެހެން ޖަހާފައި ހުރިތަން ފެންނަ ފޮޓޯއެއްނަމަ. މި މީހުން މައުމޫނާ ޔާމީނާ އެޒަމާނުގެ މީހުންގެ އެހެރަ ހުތުރު ކާޓޫނު ހަދައިގެން ނެރި އުޅުނުއިރު ވެއްޓިފައި ތިބި ދަރަޖަ މިއަދުގެ ކުދިންނަކަށް ނޭނގޭނެ.

    34
  15. ލީލް

    ޢެމްޑީޕީގެ އަސްލު ސޫރަ މި5 އަހަރު ފެންނާނެ. ރަސޫލާ އަށް ފުރައްސާރަކޮށް ބަދުބަސް ބުނީމަ ބަލަން ފަސޭހަ

    10
  16. ކިޔާމީހާ

    ހެހެ މޭ ގަނޑު ގުޑައިގެންފިދޯ. ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރެވުނު މަންޒަރު ގައިމު ބެލީ ވަރަށް މޮޅުކަމެއް ކުރެވުނީތީ ތެޅޭފާޑަށް. އޭރު ހާދަ ހަމަޖެހޭ މިނިވަން ޚިޔާލުގެ ބައެކޭތީ.

    12
  17. ޛސޖސހ

    ރައްޔިތުން ނުކިޔާނެ ޓެރަރިސްޓުންނަކަށް. ޓެރަރިސްޓުންނަކީ އިސްލާމް ދީނުގައި މަރުގެ ހުކުމް އޮތް ބަޔެއް.

  18. ޟމ

    އެހެންމެ ދޯ ވަޙީދުގެ ވެރިކަމުގަ ކާޅު ކޮއްޓެއް ހަދައިގެން އުޅުނީ، މި މަންޖެ ވެސް ހާދަ ބަސް އަހަޔޭ ދޯ ، މަންޖެ ޤާނޫނު އަސާސީ އަށް ފައިން އެރި އިރު އޭގަ ވެސް ޤުރުއާނުގެ އާޔަތް ތައްވެސްލިޔެފަ ހުރި ދޯ

  19. އިންސާނާ

    އަހަރެމެންނައް ބަލާލަން މިއައްވުރެންވަކި ފަސޭހަ އަދި އެހާމެ ހިއްގައިމު ކުރެހުމެއް ފެނިފަނެތޭ ދެންނެވިއަސް ދޮގަކަށްނުވާނެ ކަނބލޯ

  20. ޖުމައި

    އީވާގެ އަނގަ ހުޅުވިއްޖެ . މިއޮށްހުރިހާ ދުވަހު އަނގައިން ނުބުނެވުނު. ރަސުލާ އަށް ފުރައްސާރަ ކުރި އިރު ތި އަނގަ ބަންދު ވެފަތަ ހުރީ

  21. ގާދިރު

    ރަސޫލާއަށް ހަޖޫޖަހާތަން ބަލަން ކަމަނާއަށް ކެއްވޭތޯ؟