ދިވެހިރާއްޖޭގައި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކަމަށް ވަކާލާތުކުރާ އަމިއްލަ ޖަމިއްޔާ، މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އުވާލުމަށް ދިވެހި ސަރުކާރުން ނިންމެވުމާ ގުޅިގެން ދިވެހިރާއްޖޭގެ އެންމެ މަޤުބޫލު އެއް ދީނީ ޢިލްމުވެރިޔާ، ޝެއިޙު އިލްޔާސް ހުސައިން އެކަމަށް މަރުޙަބާ ދަންނަވައިފިއެެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ އަށް ކުޑައިމީސްވާ ގޮތަށް އެމްޑީއެން އިން ނެރުނު ރިޕޯޓު 'ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދި މޯލްޑިވްސް' އާއި ގުޅިގެން ދިވެހި ޢިލްމުވެރިންނާއި، ސިޔާސީ ފަރާތްތަކާއި، އަދި މުޅި ޤައުމު އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އެ ޖަމިއްޔާ އާ ދޭތެރޭ ފިޔަވަޅު އެޅުމަށް ގޮވާލައި، އަދި އެ ޖަމިއްޔާ އުވާލުމަށް ސަރުކާރަށް ގޮވާލައިފައެވެ. ޔޫތު މިނިސްޓްރީން މިއަދު ހެނދުނު ނެރުއްވި ބަޔާނެއްގައި ވަނީ އެމްޑީއެން އުވާލުމަށް ނިންމެވި ކަން ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ޝެއިޙު އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެން އުވާލުމަށް ރައްޔިތުން ކުރި އިލްތިމާސް އަޑުއައްސަވައި، ތަހުގީގުކޮށް، އަދި އެ ޖަމިއްޔާ އުވާލެއްވީތީ ހެއްދެވި ފަރާތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ހިފެހެއްޓެވުމަށް ރައީސް ޞޯލިޙު ގެންގުޅުއްވާ ޙިކުމަތްތެރި އުސޫލަށް ޝެއިޙު ވަނީ މަރުޙަބާ ދަންނަވާފައެވެ.

ޔޫތު މިނިސްޓްރީން މިއަދު ހެނދުނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަތަކެއް ހުރިކަމަށް ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރި މަސައްކަތުން ޔޫތު މިނިސްޓްރީ އަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ނިންމައި އެކަން މިއަދު އެޖަމިއްޔާ އަށް އަންގާފައި ވާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ.

އެމްޑީއެން އުވާލުމަށްޓަކައި އެޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމެހައި ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދާ އެއްގޮތްވާ ގޮތުން މަތިން 45 ދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށް ވެސް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޑެއިލް

    ދާނިން ވުޟޫ ކުރަން އެނގޭ މީހުންނަ ކީ ވަރަށް ރަނގަޅު ބައެއްތާ. ލާދީނީ ކަމުން ހަނާވަނީ.

    40
    3
  2. ސމީ

    ތީ ތިޔަ މީހުންނަށް ތަޢުރީފު ކުރަންޖެހޭ ކަމެއް ނޫން . ދެންވެސް އެމީހުންގެ މަޅީގައި ނުޖހި ހުރެވޭތޯ ބަލާ

    64
    3
    • އަނގަނދ

      ސުލޯލިހަކަށް ނޫން ތައުރީފް ކުރަންވީ. ތައުރީފު ކުރަންވީ ދިވެހި އާންމު ރައްޔިތުންނަށް. އެހާވަރުވެސް އެވީ ރައްޔިތުން ކުރި ހިއްވަރުން. ކަލޭ ހަމަ ކުޑަކޮށްވެސް ލަދެއްނުގަނޭތަ

      14
  3. މޮޔައިން

    ޝޭޚައް ނޭންގެނީ. ވަރައް މަކަރުވެރި ސަރުކާރަކާ ތި ޑީލް ކުރަނީ. ދެންވިޙާނެ އޭގެ ބަދަލުގަ މާނުބައި ދަރިޔެއް.

    53
    5
    • ދޮގެއް؟

      ނޭނގެނީއޭ! ނުބައިނުލަފާކަމުން އެތެޅެނީ. ނޭނގިގެނެއް ނޫން. ދައްޖާލުކަން ބޮޑީ.

      9
      1
  4. ޔާމިން

    ބޯގޯސް

    37
    7
  5. ސެއިޚް އިލްޔާސް ސެއިހް

    ކަލޭ އަވަހަށް ދާންވީނު ދުވާ ދަންނަވާ ބޭފުޅޭކޭ ވިދަޅުވާން

    46
    4
  6. ހަސަންބެ

    ސޭހޫ. ލިބޭ މަންފާއަށް ނަށަނީ އުތަ. ހެޔޮނުވާނެ. މިއީ ތަޢްރީފުގެ އެންމެ ބަހެއް ވެސް ބުނަންވާވަރުގެ ބައެއް ނޫން. ބަޓް .......

    45
    3
    • ނޯޓް

      މަންފާއަށް އުޅޭނަމަ ރިޕޯޓް ކުއްވެރިކޮށް، ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކާ، ސަރުކާރަށް ޕްރެޝަރ ކުރަން ނޫޅުނީސް. ވަޒީފާއާއި މަގާމު ގެއްލިދާނެ ކަމުގެ ބިރު އޮތްއިރުވެސް ޝެއިޚުން އެމްޑީއެން ރިޕޯޓާ ދެކޮޅަށް ކުރެއްވި މަސައްކަތައް ޝުކުރިއްޔާ

      5
      2
      • ދދދދދދ

        ކަލޭ ހަމަހެނެއް މަށަކަށް ހިއެއްނުވޭ.

        4
        1
  7. ކުޑަފޫޅު

    ޝޭހުވެސް ދެފުށުނޭޅި ރީދޫ ބޮކްސަަާ ހެޔޮވަރޭ ބުނެބަލަ

    30
    2
  8. ޕީޖޭ

    ރަގަޅަށް ކަމެއް ކޮށްފިނަމަ އަހަރެމެން ޤަބޫލުކުރާނަން..ޝެއިޚުންނަކީ އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރަން ތިބޭ ބައެއް ނޫން..ޝ.އިލިޔާސަކީ އަބަދުވެސް ހައްޤު ބަސް ބުނާ ފަރާތެއް..ﷲ އަށް ހަމްދުކުރަން..ދުއާއަކީ ސެކިޔުލަރިސްޓް ބައިގަނޑު ގަވްމުން ފުހެލުން...

    13
    18
    • Anonymous

      އޭނަ ހައްގުބަސް ބުނަނީ ލާދީނީ މީހުން ހިމާޔަތް ކުރަން. ކޮން ހައްގު ބަހެއް އޭނަ ބުނީ.

      9
      4
      • ޕްރޯ

        ބްރޯ ހަމަޖެހޭ ވާހަކަ ދައްކާ.
        ދޭބަލަ ޝެއިޚް އިލްޔާސްގެ ދަރުސްތައް، ސްޕީޗްތައް، ޓްވީޓްތައް ބަލާލަން އޭރުން އެނގޭނެ ތި އެޅުވެނީ ދޮގު އިލްޒާމްތައްކަން.

        6
        2
        • ބޮސް

          ހެވާއިނުބައި ވަކިކުރަން ނުދަންނަ ބަޔަކު އިލްމުވެރިން ބޮލުގަ ބަދުނާމު އަޅުވަމުން ދިޔަކަސް އެވަރުދަންނަމީހުން އެއަށް ޖަދަލުކޮށް ވާހަކަ ދެއްކުމަކީ ބޭކާރުކަމެއް.

  9. މިއަދު

    އެމްޑީއެން ކީކުރީމަ ކުރިކަމެއްކުރީ އެމްޑީއެންގައި ތިބި އެކިލެވަލްގެ މީހުންތަކެއް އެމީހުންނަށް ފިޔަވަޅު ނުއެޅޭނަމަ ތިޖަމުޢިއްޔާ އުވާލުމަކީ ބޭކާރުކަމެއް ރައިސްސާލިހު އެއްފަހަރުވެސް އަދިވެސް ވިދާޅެއްނުވެ އެރިޕޯރޓް ލިއުނުމީހުންނާއިމެދު ޤާނޫނުގައިވާގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅު އަޅާނެވާހަކައެއް އެހެންވީމަ އަދި ތަޢުރީފް ކުރާކަށް ނުޖެހޭ

    29
    1
  10. ޖެނިފާލޮޕޭޡް

    ދެ ފުއްކެހެރި

    30
  11. މުހައްމަދު

    ބޮޑުސޭކ ކުބެ.

    34
    3
  12. މަހޭޝް

    ބުނަންތަ ވާހަކައެއް. އިލްޔާސްތީ އަބުރުވެރި އިލްމުވެރިއެއްތޯ ސުވާލުއުފެދޭނެ ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކުވެސް. ރާއްޖެ ހަލާކުވުމުގެ ސަބަބުތަކުގެ ތެރޭގައިވެސް އިލްޔާސް ޝާމިލްވޭ. ތިކަހަލަ ވައްތަރަށް އިލްމުވެރިން އުޅުމުން އަހަރަމެން ލަދުގަނޭ.

    11
    2
  13. Anonymous

    އިލްޔާސޫ އަޅެ އަދިވެސް ހޭނާރަތަ.ހަމަ ދުޢާދެއްވާފަ އޭ ބުނެވުނަތީ އަދިވެސް ގޮތްދޫނުކުރަންތަ. ޤައުމުގެ ޙާލަތު ނުވިސްނޭތަ.
    ހެޔޮނުވާނެ ތިޔަލާދީނީ ބައިގަނޑަށް ތަޢުރީފު ކުރަން. ވ.މަކަރުވެރި ވެރިކަމެއް މިކުރަނީ.
    ހުރިހިތާމަ އެއްގެ ބޮޑުކަމާ. އިލްޔާސޫ މިމީހުން ގެ މަތީގައި އިތުރަށް ނުޖެހި ދީނާއި ޤައުމު ސަލާމަތް ކުރަން ތެދުވަމާ. ކުރިއަށް އޮތްތާ ނަގާނީ ކޮންފަދަ ބޮޑު ވިލާގަނޑެއް ކަމެއްވެސް ނޭނގެ ޔާﷲ މިދިވެހި ފަސްގަނޑުގައި ޚާއިނުން ނަށް ޖާ ގަނުދެއްވާނދޭވެ. އާމީން

    12
  14. ޖަބީން

    އުވާނުލަން ގަދަފައި ވިއްދާފަތިބީ! އޭރު ކަލޭގެ އަގަޔެއްނެތެއްނު؟ އިދިކޮޅުގެ ޕްރެޝަރ ބޮޑުވުމުން އެހެން ގޮތެއް ނެތިގެން ބޭރުފުށުން ނިންމި ނިންމުމެއް އެއީ! އަދި ހަމަ އެހެން ނަމެއްގައި އެއެތި އުފަންވެ މާ ނުރައްކާވާތަން ކަލޭ ދެކެން ހުންނާތި! ތިއޮތީ ޕާސްޕޯޓެއް ލިބިފަ!

    11
    2
  15. Anonymous

    މީނާ އަކީ މީށްތަކުން މަގު ފުރައްދާ އިލްމްވެރިންގެ ތެރެއިންވާ މީހެއް. ހަމަ އެކަނި އެ ލާދީނީ ޓެރަރިސްޓް ޖަމިއްޔާ އުވާލުމަކުން ނުފުދޭނެ. އެޖަމިއްޔާގަ އުޅުނު އެންމެން ހިފާ ހައްޔަރު ކޮއް ހަރުކަށި އަދަބު ދޭން ޖެހޭނެ. އަހަރެމެން މަޑަކުން ނުތިބޭނަން.

    11
    1
  16. ޞީޓާ

    މިމީހުން ގެ ގަމާރުކަން ވަކިކުޑަތަ. ނަމުން ދުނިޔެނުދެކޭވަރުސޭކުން. އަދިވެސް ނުވިސްނެނޭ

  17. ހޖމ

    ޝައިޙް އިލްޔާސް [އެކަމާ ގުޅިގެން ޝެއިޙު އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީއެން އުވާލުމަށް ރައްޔިތުން ކުރި އިލްތިމާސް އަޑުއައްސަވައި، ތަހުގީގުކޮށް، އަދި އެ ޖަމިއްޔާ އުވާލެއްވީތީ ހެއްދެވި ފަރާތަށް ޙަމްދާއި ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ވަޙުދަތު ހިފެހެއްޓެވުމަށް ރައީސް ޞޯލިޙު ގެންގުޅުއްވާ ޙިކުމަތްތެރި އުސޫލަށް ޝެއިޙު ވަނީ މަރުޙަބާ ދަންނަވާފައެވެ.] މިހެން ވިދާޅުވެފައިވާއިރު، އެ ރިޕޯޓް ނެރުނު މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލި އެތައް ބަޔަކު ޖަލަށްލާ އަނިޔާކުރަމުންދާއިރު، އަދި އެ ރިޕޯޓަށް ތަޢުރީފުކުރާ، ލާދީނީ ކަންކަމަށް ހިތްވަރުދޭ އެތައް ބަޔަކު މި ސަރުކާރުގައި ބޮޑުންގެ ގޮތުގައި ދައުލަތުގެ ބަޖެޓުން މުސާރަދީގެން ގެންގުޅޭއިރު މިއީތޯ ތިޔަ ވިދާޅުވާ އިސާލާމީ ވަޙްދަތު ހިފެހެއްޓުމަށް ރައީސް ސޯލިބެ ގެންގުޅުއްވާ އުޞޫލަކީ ؟؟؟؟

  18. ރަންނަމާރި

    ޑިޕްއލޮމެޓިކް ޕާސްޕޯޓާ ކަންނެލި ދޯންޏަކީ މީސްމީހުންގެ ދޫ ވަރަށް ހެލޭ ޖާދުވީ އެއްޗެއް.

  19. ޢަޒްރާ ޢަލީ

    ﷲ އަކްބަރު ޝޭޚްގެ ޝުކުރު އިބުސޯލިހައް ކޮބާތޯ މުރުތައްދުވި ލާދީނީ ގްރޫޕް ރިޕޯޓް ނެރުނީ ޖަމްއިއްޔާއަޖުން ކަން އެންމެނައްވެސް އެނގޭ އެކަމަކު ރިޕޯޓް ނެރުނު މމީހުންނައް އެއްވެސް ތަހްގީގެއް ޝަރީއަތެއް ނެތި ދޫކޮއްލީމަ ވެރިޔާ އައް ޝުކުރު ހައްގު ވޭބާ ގެއެއްގެ ތެރޭ ބަޔަކު ހަމަނުޖެހުން އެުފެއްދީމަ ގެ ތަޅާލާފަ މީހުން އެހެން ގެއަކައް ބަދަލު ކުރީމަ ނިމުނީ ދޯ ސްބހާނﷲ

  20. ޙސހސހ

    ތަޢުރީފް ކުރާވަރެއް ނޫން. ޕްރެޝަރ ބޮޑުވެގެން ހަދާނެގޮތް ހުސްވެގެން އުވާލީމަ އެއީ ތައުރީފް ހައްޤު ކަމެއްނޫން. އެއީ އޭނާވެސް އެޖަމާޢަތައް ތާއިދު ކުރިކަން އަދި އެތެރޭގެ ޕްރެޝަރ އަށް ނިންމި ނިމުމެއްކަން ހާމަވޭ. އަހަރުން ތާއިދެއް ނުކުރާނަމް ދުވަހަކުވެސް. މިހާރު އޭނާ އެހުރީ ޤާނޫން އަސާސީޔާ ޚިލާފްވެފައި.