މާތް ވެގެންވާ އިސްލާމް ދީނަށް މިގައުމުގެ ބަޔަކު ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ހަޖޫ ޖަހާ، ﷲ ވޮޑިގެންވާ ކަމާއި މެދު ސުވާލު އުފައްދާ، އެކަލާނގެ ޒާތުފުޅަށް ފާޑުކިޔަމުންދާ މީހުންނާ ދޭތެރޭ ފިޔަވަޅު ނާޅައި ބަޔަކު މީހުންގެ ކާޓޫނެއް ކުރެހުމުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅިއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް ފިޔަވަޅު އެޅީ އޭނާގެ ސުލޫކީ މައްސަލައެއް އޮވެގެން ނޫން ކަމަށާއި އެ ހުރިހާ ކަމެއް ބިނާ ވެފައިވަނީ ކުރީގެ ރައީސް ޔާމީންގެ ޝަރީއަތައް ކަމަށެވެ.

"މިއީ ކޮންމެހެން އެމީހުން ފިޔަވަޅު އެޅީކީއެއް ސުލޫކީ ވެގެންނެއް ނޫން. މީގެ މައިގަނޑު ހުރިހާ ކަމެއް ބިނާވެފަައިވަނީ ރައީސް ޔާމީންގެ ޝަރީއަތައް" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކޮށް ކުރިއަށް ގެންދިއުމުން ދިވެހި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްކަން އެ ޝަރީއަތުން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދާ ދައުވާގައި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ވަރުގެ ހުކުމެއް ރައީސް ޔާމީނަށް ނާންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، މިގޮތަށް މިކަންތައް ހިނގައިދިއުމުން އިދިކޮޅު ފަރާތްތަކުން ބޭނުންފުޅުވީ ނުފޫޒު ފޯރުވައިގެން އެކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އިސް ގަޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ އެބޭފުޅުން ބޭނުންފުޅު ވާނެ ފަދަ ހުކުމެއް ރައީސް ޔާމީނަށް ނުކުރައްވާނެ ކަމަށް ހީވުމުން ކަަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އެބޭފުޅުންނަށް ވަރަށް ބޮޑަށް ދަތިފުޅު ވެއްޖެ ދެން އެބޭފުޅުން ނުފޫޒު ފޯރުވައިގެން ބޭނުންފުޅުވާ ގޮތަކަށް މިކަން ކުރައްވަން. އަޅުގަނޑުމެން ގަބޫލު ކުރަނީ ހައިލަމް ލައްވައި އެބޭފުޅުން ބޭނުން ފުޅުވާ ގޮތަށް މި ހުކުން ނެރެދާނެތީ ކަމަށް ގަބޫލު ނުކުރެވިގެން ކަމަށް މިއަދު މިގޮތަށް މިގޮތަށް ނިންމީ" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢުންބެ

    ދެންއެއްމެ ރައަގަޅު ގޮތަކީ އިދިކޮޅު މީހުން ޗޭނުކުރެހުން ނޫނީޗޭނު ކަރުގައެޅުން ޓީޝާޓްލުމް ޗޭނުން ހެދިކާހެދުން 5 އަހަރުވަންދެން ކުރީގަ މާލޭގަ އެއްމެގިނަވާނީ ބައިސިކަލް ވަރައްގިނައިން ފެއްނާނެ މަގުމަތިން ޗޭނުނެއްޓި ޗޭނުކެނޑިގެން އުޅޭތަން އޭރުމާބޮޑުކަމަކައްނުވޭ މިހާރުއުޅޭހެން ބޮޑެތިކުދިން.

    1
    2
  2. ނިހާން09

    ޔާމީނު ބޮޑު ވަގެއް، ބޮޑު ވަގެއް، ތިވެސް ބޮޑު ވަގެއް، މައުސޫމް ވަނީ ލާރި ގަނޑު ކާލީމަތަ....

    3
    29
    • ފަލަޑެ ގެ ހިކިޑޭ

      މިހާރު ފެންފޮދަކާ ނުލާ ބަޖެޓު ދިރުވާލާ އިރު އޯކޭ ދޯ. އެ ނުވޭ ރައްޔިތުންގެ ރުފިޔާއިން ވައްކަން ކުރާ ކަމަކަށް ދޯ.......

  3. އެމަންޖެ

    245 ހިމެނޭ މައްސަލަ އެއްގަ ޔާމީނު އެކަނި ހެއްވާ ޝަރިއަތެއް ތާ ދޯ؟؟؟

  4. Anonymous

    ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަނީ. ހަމަ އެކަނި ޖަމިއްޔާއެއް އުވާލުމަކުން ތިކަމެއް ނުނިމޭނެ. އެޖަމިއްޔާ ހަދައިގެން އެކަން ކުރި ލާދީނީ ޓެރަރިސްޓުންނައް ހަރުކަށި އަދަބު ދޭންޖެހޭނެ.

  5. އަލްޖިބްރާ

    ކަލޭ ކިތަންމެ ވަރަކަށް ތެޅުނަސް ޔާމީނަށް ހުކުމް ކުރާނެ ! ތެޅިތެޅި ތިބޭ !

    25