ވަގަށް ނަގާފައިވާ ބައިސްކަލެއް ދުއްވަނިކޮށް ޒުވާނަކު ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 08:30 އެހާކަންހާއިރު މާފަންނު ފުލުހުން އިން މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ އިރު އަމީނީ މަގު ފުޑް ކޯޓު ކައިރިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް ދުއްވަމުން ދިޔަ މީހަކު ފެނިފައިވާ ކަމަށާއި އަދި އޭނާ ހުއްޓުވާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ ބައިސްކަލު މީހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ޓޯ ކުރެވިފައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ބައިސްކަލާއި ސައިކަލު ގެއްލުން މިވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ޖުމްލަ 401 ސައިކަލެއް ގެއްލިގެން ފުލުހުނަށް ވަނީ ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރެއިން ހޯދިފައިވަނީ 264 ސައިކަލެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަސަބު

    ސާބަސް ދެން
    ޢެވަރު ބޮޑު ........

  2. ޙުސެން

    ވަގުނގެ ބަލާ ވަރައްބޮޑު ދުވަސްވަރެއް މަށައް ފެނިއްޖިއްޔާ ހޭނައްތާލައިފަ ނޫނީ ޕޮލިހަކާ ނުގުޅާނަން ތައްޔާރު