ޕީޕީއެމްގެ ނައިބު ރައީސް، އަދި މިހާރު މަޖިލީހުގައި ސަރުކާރާ ދެކޮޅަށް އެންމެ ފޯރީގައި ވާހަކަފުޅު ދައްކަވާ އެއް މެމްބަރު، ޝިޔާމް މިގޮތަށް ވިދާޅުވެފައި ވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ހުށަހަޅާފައި އޮތް ސުލްހަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ، ފެންނަމުން ދަނީ ދިވެހިރާއްޖޭގެ ތިން ބާރުވަކިކުރެވިފައިވާ ނިޒާމެއްގައި، ތިން ބާރު އެއްކޮށްގެން ޢަމަލްކުރަމުންދާ މަންޒަރު ކަމަށެވެ.
"ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ފެނިގެން މިދަނީ ތިން ބާރު އެއްކޮށްލައިގެން ގޮށްމުށުތެރެއަށް ލައިގެން އެއްމޭޒުމަތިން، ކާ މޭޒުމަތިން ކަންތައްތައް ނިންމާ މަންޒަރު. މިއަށްވުރެ ޚުދުމުހުތާރުކޮށް ވެރިކަންކުރާ ވެރިޔަކު ދިވެހި ތާރީޚު ނުދެކޭނެ. ވަރަށް ޚުދުމުހުތާރު ވެރިޔެއް. އަނިޔާވެރި ވެރިއެއް. ވައްކަން އިންތިހާއަށް މި ސަރުކާރުގައި އެބަހިނގާ." ޝިޔާމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ބާޣީން ވާނީ ބާޣީންނަށް ކަމަށެވެ. އަދި މި ބަސްކޮޅު އޭނާ ވަނީ ތަކުރާރުކޮށްފައެވެ. އަދި ޖޭއެސްސީއަކީ އެމްޑީޕީގެ ގޮތްޕެއްގެ ގޮތުގައިވެސް ޝިޔާމް ސިފަކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ބައްދަލުވުމެއްގައި، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ، އަހްމަދު ހައިލަމް ސަސްޕެންޑު ކުރަން ނިންމައި، އޭނާގެ މައްސަލަ ބެލުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. ޖޭއެސްސީގެ އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޝިޔާމް ތުހުމަތު ކުރައްވާ ގޮތުން ރައީސް ނަޝީދުވެސް ކަންތައް ކުރައްވަނީ ރައީސް ޞޯލިހު ވިދާޅުވާ ގޮތަކަށެވެ.
ޝިޔާމް ތިއޭގޯސްވާކަމަކީ ތިވަރުގެ މަގާމެއްގަ ހުރެ ތިއަކަހަ ވާހަކަދައްކާ ހިއްވަރުދޭތީ. ދެން އިބޫ ކިހާފޮނިވާނެ، އަނެއްކާ ޔާމީނުވެސް ނިކަން ޚުދުމުހުތާރު ކަމައް ދައުވާ ކުރި ގޮލަޔެއް. ކީކުރާނީ މެންބަރުކަން ދިނީމަވެސް ބޭކާތު އަގަވިއްޔާތަޅަނީ. ގާދޫގަ ހުރި ތަކެތި ގާދޫގަ ބަހައްޓާގެން އަގަތޮސް ނުވެ ހުރުން ނިކަން ނަލަވާނެ.
ހުދުމުހުތާރު ވެރިކަމެއް ކޮށްފަ މި ޤައުމުން ފައިބައިގެން އެދިޔައީ ވަގު ޔާމީނު، އެޔަށްވުރެ ހުދުމުހުތާރު ކޮށް މިޤައުމުގަ ރައީސްކަން ކޮށްފަ ނެތް މީހަކު...
ކިތަންމެ ވަރަކަށް ޚުދުމުޚުތާރޭ ގޮވިއަސް ޔާމީނަށް ސަލާމަތެއް ނުވެވޭނެ ! ތި ހަމަ މަރަށް ތެޅެނީ ! ދެން ބަލަން ތިބޭ !
ރައީސް އިބޫ އަކީ ރާއްޖޭގެ ތާރީޙުގައިވެސް އެންމެ ޚުދުމުހުތާރު ރައީސް - ޝިޔާމް
44 މިނެޓް ކުރިން ( ނޮވެމްބަރު 5, 2019 )
ސިޔާމުގެ ތިވާހަކަޔަށް ތާއީދު ވެރިކަމަށް އައީ ހުދުމުތާރުކޮށް ދައުލަތުގެ ހަޒާނާ ހުސްކުރަނީ
ަ
ހުދުމުހުތާރުކޮށް ރައީސް އޮފީހުގެ ބަޖެޓް ދަށުންދަމާ ހުސްކުރަނީ ހުދުމުހުތާރުކޮށް.
ވަޒީފާއަށް މީހުންލަނީ ވަޒީފާއިން ވަކިކުރަނީ ހުދުމުހުތާރުކޮށް. ފަނޑިޔާރުގެއަށް އަތް
ބާނަނީ ހުދުމުހުތާރުކޮށް. އަސްލާމީ ދިވެހި އުންމަތަށް މީބޮޑު ވަބާއެއް.
ހަމަޔަށް ޓައިޕް ކޮއްބަލަ އިހަށް އަނގަ ނުހާވައި!