އައްޑޫ ސިޓީ ހިތަދޫ ސްކޫލްގައި މާސްޓާސްއާއި ހަމައަށް ކިޔަވާފައިވާ ދިވެހި ޓީޗަރުންގެ އަދަދު 30 އަށް އަރައިފިއެވެ.

އެ ސްކޫލްގައި 65 ދިވެހި ޓީޗަރުން ކިޔަވާދެމުން އަންނައިރު، ރޭ ދަރުބާރުގޭގައި އޮތް އެވިޑް ކޮލެޖުގެ ގްރެޑުއޭޝަން ހަފްލާގައި އެ ސްކޫލްގެ 11 ޓިޗަރަކު ވަނީ މާސްޓާސް ފުރިހަމަ ކުރުމުގެ ސަނަދު ހާސިލްކޮށްފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ޑރ އާސިޔަތް މުހައްމަދު ދީދީ އަކީ ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ޑެޕިޔުޓީ ޕްރިންސިޕަލް އާމިނަތު އަދާލާ ރަޝީދު ގެންދަވަނީ ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.

ބިދޭސީ ޓީޗަރުން ހިމެނޭ ގޮތަށް އެ ސްކޫލް ޖުމްލަ 80 ޓީޗަރުން މަސައްކަތް ކުރާއިރު، މީގެ ތެރެއިން 39 ޓީޗަރަކު ވަނީ މާސްޓާސް ފުރިހަމަކޮށްފައެވެ. އަދި 38 ޓީޗަރަކު ޑީގްރީ ހާސިލްކޮށްފައިވާއިރު، ޑިޕްލޮމާ އާ ހަމައަށް ކިޔަވާފައިވާ ތިން ޓީޗަރަކު އެ ސްކޫލްގައި މަސައްކަތް ކުރަމުން ދެއެވެ.

ފައުންޑޭޝަން ސްޓޭޖުން ފެށިގެން، ގްރޭޑް 10 އަކާއި ހަމައަށް ކިޔަވާދެމުން އަންނަ އެ ސްކޫލްގައި 1065 ކުދިން ތައުލީމް ހާސިލް ކުރަމުން ދެއެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ޑރ އާސިޔަތް މުހައްމަދު ދީދީ ވިދާޅުވީ، އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ވަރަށް ރަނގަޅު ކަމަށެވެ.

"އަނެއްހެން އަޅުގަނޑު އެއްވަނައޭ ބުންޏަކަސް، އެ ވާނީ ފޮނި ކަންނޭގެ. /ގްރޭޑް 10/ގެ ފައިވް ސަބްޖެޓް ޕާސްވެސް މިދިޔަ އަހަރު އުޅެނީ 79.4. އެއީ އަޅުގަނޑުގެ މައުލޫމާތު ގޯސް ނޫންނަމަ އައްޑޫގެ އެންމެ ބެސްޓް. ޓޮޕްޓެންއަށް 11 ކުދިން ދިޔަ". ސްކޫލްގެ ޕްރިންސިޕަލް ޑރ އާސިޔަތު ވިދާޅުވިއެވެ.

އާސިޔަތު ވިދާޅުވީ، ކިޔެވުމުގެ އިތުރުން، އިތުރު ހަރަކާތްތަކުގައިވެސް އެ ސްކޫލަކީ ވިދަމުން އަންނަ ސްކޫލެއް ކަމަށެވެ.

"އިިތުރު ހަރަކާތްތަކަށް ބަލަންޏާމުން އައްޑޫގެ ހަމަ އެއް ވަނަ މިއީ، އެކަމަށް އެއްވެސް މީހަކަށް ނޫނެކޭ ނުބުނެވޭ. މިފަހަރު ނެޓްބޯޅައަށް މާލެވެސް ދިޔައިން، މާލޭގެ ސްކޫލް ތަކާއި ވާދަކޮށްގެން އަންޑާ 12 ގެނައި ރަނަރަޕް. އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އައްޑޫ ސްކޫލެއް އެ ދިޔައީ އަދި އަލަށް. ފުރަތަމަ ފަހަރަށް ބަލާއިރު އެއީ ވަރަށް ބޮޑު އެޗީވްމެންޓެއް ދެއްތޯ". އާސިޔަތު ވިދާޅުވިއެެވެ.

މީގެ އިތުރުން، މިއަހަރުގެ އިތުރު ހަރަކާތްތަކަށް ބަލާއިރު، މަދަހައިން އެއްވަނަ، ގުރުއާނުން ދެވަނަ، ވާހަކަދެއްކުމުގެ މުބާރާތުގައިވެސް ދެ އުމުރު ފުރައިގެން އެއްވަނަ ރޯވިންގއިންވެސް އެއްވަނަ، ފެތުމުގެ މުބާރާތުން ގިނަ އުމުރުފުރާތަކުން އެއްވަނަ ލިބިފައިވާކަން އާސިޔަތު ފާހަގަކުރެއްވިއެވެ.

ޑރ. އާސިޔަތު އެ ސްކޫލާއި ގުޅުނުތާ މިއީ ފަސް ވަނަ އަހަރެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި، މިހާރު ސްކޫލަށާއި، ސްކޫލްގެ ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ.

އެގޮތުން އައްޑޫ ގިނަ ބަޔަކު ދެވަނަ ޗޮއިސްގެ ގޮތުގައި ބަލަމުން އައި ހިތަދޫ ސްކޫލަކީ، އައްޑޫގެ ފަސްޓް ޗޮއިސްއަށް ބަދަލު ކުރުމުގެ ރޫހު އޭނާގެ ހުުރުމުން އެކަން ކާމިޔާބު ކުރެވުނު ކަމަށް އާސިޔަތު ވިދާޅުވިއެވެ.

"އެހެންވެ އަޅުގަނޑު އައިސް ވިޝަންއަކަށް ހެދީ ފުރަތަމަ ޗޮއިސްއަށް މި ސްކޫލް ހަދަން، މިތަނުން ޖާގަ ނުލިބިގެންނޭ އެހެން ތަނަކަށް ދާނީ. މިހާރު އަޅުގަނޑުމެންނަށް ޖާގަ ނުދެވޭ ސްކޫލަށް އަންނަ ވަރަކަށް ކުދިން". އާސިޔަތު ވިދާޅުވިއެވެ.

އާސިޔަތު ވިދާޅުވީ، މިހާރު ސްކޫލްގެ ވިޝަން ބަދަލު ކުރަން ޖެހިފައިވާކަމަށާއި، ހާސިލް ކުރަން ބޭނުންވި ވިޝަން އެޗީވްވެފައިވާކަމަށެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދެމުން އަންނަ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ އަމާޒަށް ވާސިލްވުމަށް ސްކޫލްގެ ޓީޗަރުން ކިޔެވުމަށް ފަސޭހަ ގޮޮތްތަކެއް ސްކޫލުން އޮންނަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ބުރުމާ

  ޓޮޕް 10 އަށް ކުދިން ދަނީ އަމި އްލަ ޚަރަދުގައި ޓި އުޝަން ނަގަ އިގެން. ޙުކުރެޢް ހޮނިހިރެ އްނެތި ހުސް ޓި އުޝަން އެކުދިން ނަގަނީ. ހަމަ އެވަރު ނޭގޭތީތަ ނުހަ އްގު ރީތި ނަމެ އް ހޯދަން ތި އުޅެނީ ؟

  29
  1
  • ދޮށީ އަނބި

   79 ޕަސެންޓް ވީމަ ތިވަރުގެ ބަޔަކަށް 100 ކުން 10 އެލިބުނީ

   13
   2
  • ރަށުމީހާ

   ހަމަގައިމުވެސް އަހަރެމެން ރަށުކުދިން ޓޮޕްޓެން އަށް ގޮސްފަ ހުރީކީ ޓިއުޝަނަކުންނޫން. ތިޔަނަގާދޭ ޓިއުޝަނަކީ މިހާރު ސްކޫލުތަކުން ކިޔަވާދޭއިރު ވ ބޮޑުގޮންޖެހުމަކަށްވަނީ ވެފާ. ޓީޗަރުން ސްކޫލުން ކިޔާދޭ އެއްޗެއް އަޑުނާހާ ޓިއުޝަނަށް ބަރޯސާވެގެން ހަމައެކަނި ޕާސްޓް ޕޭޕަރު ހަދައިގެން ވަނަ ހޯދާކުދިން ގިނައީ. ނަތީޖާ އަކަށްވަނީ ދަރިވަރުންގެ އަޚްލާގީ ފެންވަރު ދަށްވެ ދިރިއުޅުމުގައި ކިޔެވި ތަކެތީގެ ބޭނުމެއް ނެތުން. ބެލެނިވެރިންނަށް ހީވާކަހަލަ ވަނައެއް ހޯދީމާ ދެން އެނިމުނީޔޭ.
   ސްކޫލްތަކަށް ކޮލިޓީ ޓީޗަރުން ނުލިބިގެންވެސް އުޅެނީ ތިޔަކަހަލަ އެއްވެސް ހަޤީގަތެއް ނެތްވާހަކަތައް ދައްކައިގެން ޓީޗަރުން ބަދުނާމް ކުރަމުން ދާތީ.

   18
   1
   • ޛުކލްވަ

    މި ސްކޫލްގައި ތިބޭ ރާއްޖޭގެ ޓީޗަރުންގެ ކަމަކީ ސަންފާދިޔެގެ ކުދިންގެ ދަށުވެފައި ތިބެ ހުސް އަނގަ ތެޅުން. ޑިގްރީއޭ ކިޔަކަސް ކިޔައިވައި ދިނުމުގެ ހުނަރެއް ނެތް. ޒާތީވެފައި ވަކިވަކި އާއިލާ ތަކާއި ޖައްސާލައިގެން އުޅޭ ބައިގަނޑެއް.
    ދެން ޓިއުޝަން ނުނަގައި ކީއްކުރާނީ ؟

 2. ގުއި ޗޮންހެއި

  ގުރޭޓް ޖޮބު

  13
  3
 3. ނިކް

  ތިޔަ އެވިޑު ބިޒްނަސް ސުކޫލު މަންދު ކޮލެޖު ތި ހަމަ އުވާލަން ޖެހޭ އެއްވެސް ސްޓޭންޑަޑެއްނެތި ޑިގުރީ ވިއްކާ ވިޔަފާރި ބައިގަނޑުތަކެއް..ކިހައްޓިހަ ނިކުންނާނި

  52
  3
 4. ރަހާގެ ކަލޯ

  ހީވާގޮތުން ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މިހާރުވެސް މާސްޓަރ ފެންވަރުގެ ސާޅީހަކަށް ޓީޗަރުން އެބަތިބި . ޑިގްރީއަށް

  7
  3
 5. ރަހާގެ ކަލޯ

  ޝަރަފުއްދީން ސްކޫލްގައި މާސްޓރ 46 ޓީޗަރުން އެބަތިބި. ގަދަ 10 އެއްގައި 12 ކުދިން ހިމެނުނު. އާބާދީ 1100. މިވެސް އައްޑޫ ގެ ސްކޫލެއް. މިހާރުވެސް މާސަޓަރ ހަދަމުންދާ 11 ޓީޗަރުން އެބަތިބި.

  16
  1
  • ?

   ތިހެންވީއިރު ހިތަދޫ ސްކޫލު ނަތީޖާ މާ ރަންގަޅެއްނު ތިޔަބުނާ ސްކޫލަކަށްވުރެ!!ތިބުނީ ޝަރަފުއްދީން ސްކޫލުގަ އެބަ ތިއްބޭ މާސްޓާސް ފެންވަރުގެ 46 ޓީޗަރުން އެކަމަކު ޓޮޕް 10 އަށް އެރީ 12 ކުދިން...ހިތަދޫ ސްކޫލުގަ އެހަަކަށް ދުވަހަކު މާސްޓާސް ފެންވަރު 30 ޓީރުން އެހަމަވީ...އެކަމަކުއެއޮތީ 11 ކުދިން ޓޮޕް 10 އަށް އަރާފަ..!!? ތީހަަމަ ޖޭ ވެގެން އުޅޭ ބައެއް! ނޯ އޮފެންސް?

   6
   1
 6. ޑަންބޯ

  ހަމަ އައްސުލު ވެސް އެއްވަނަ ބެސްޓް ޕްރިންސިޕަލް ބެސްޓް ޓީޗާރސް 5 އަހަރު ތެރޭ ވަރަށް ބޮޑެތި ބަދަލްތަ ފެނުނު ސްކޫލް އެއް

  13
  15
 7. ބޯކިބާ

  މިރަށު ބޮޑުކަންނެއްޔަށްދާ ސޮރަކުވެސް މާސްޓާސް ހަދައިފި. ހަފްތާއަކު އެއްދުވަހު އެއްގަމަށް އަރާ ފޮތެއްގަ އަތްލީ. ކޮންމެ 6 މަހަކުން 2 ދުވަހު މާލެގޮސް ކޮލެޖަށް ވަންނަނީ. ދޮޅުއަހަރުން ނިމިއްޖެ. "އޮންދަ ރޯޑް އިންފްރޮންޓް އޮފް މައި އަލެންޑް ސްކޫލް" މިމައުލޫއަށް މަޒުމޫނެއް ލިޔުނީ. އެއީ "ތީސިސް".

  12
  1
 8. ފާތުމާ

  ވަރަށް އަސަރަ ތެބެކެރައި ދީ.ހަމަ ބެސްޓް ޕްރިންސިޕަލް،ބެެސްޓް ޓީޗާރސް،ބެސްޓް ސްކޫލް.

  6
  8
  • މޮޔަ ހަސަނު

   ފެއިލް ވެފަހުރި ޕްރިންސްޕަލެއް! އިސްތިއުފާ ދީފަ ގެޔައްދޭ!

   6
   3
  • އަސަރު

   ޢަސަރު ކުރަނީ ސްކޫލް ބޮއްސުންލާފައި އޮތުމުން.

   2
   1
 9. ލިލީ

  " މަރުހަބާ "
  އިހުތިރާމްލިބިގެންވާ އެހެނަސް މަދު ބައެއްގެ ސަބަބުން ކުދިންނަށް ދެރަލިބޭ ދާއިރާއެއް!

  1
  1
 10. ޢާސީ

  ފެންބަޑި ތިޔަހެންތިކަން ކުރަނީނަމަ ތައުލޯމީ ފެންވަރު އެއްދުވަހުން އަނެއްދުވަހައް ދާނީ ދަށައްކަން ޔަގީން..މީވަރައްވާހަކަ..ތިޔަކަހަލަ ކަންކަމަކީ ސިޔާސީ ކުރާ އަދި ވިޔަފާރި އުސޫލުން ކުރަން ހެޔޮވާވަރުކަމެއްނޫން..ބީ ކެއާރފުލް..

 11. ސުޕަރ

  މިއަދު ޒަމާނީ ތައުލީމު ރޭހަކަށް ނަހަދާ އެއީ ބިނާކުރެވޭ ފައިދާކުރަނިވި ހުނަރުތަކަކަށް ހެދުމުގެ ބަދަލުގައި މިފެންނަނީ މިތަނުން 11 ދަރިވަރުން ގަދަ ދިހައިގަ ހިމެނުނު ވާހަކަ. ޕްރިންސިޕަލުން އެއްވާނަކަށް ދަމާފަ ރޭސްނިންމަން ހިފާއިރު ދަރިވަރުންގެ ހާލާމެދު ހަމްދަރުދީ ހީވޭ. ކޮން ޕްރިންސިޕަލަކަށްތޯ ވިދާޅުވާންކެރޭނީ ތިމަންގެ ސްކޫލް ނިންމާފަ ނިކުންނަ ކޮންމެ ދަރިވަރަކީ ދިވެހިގައުމަށް މިވެނި ރޮނގަކުން ފައިދާކުރާ އަހްލަަގުރަގަޅު ކުއްޖެކޭ، މިއޮތީ ވޭތުވެ ދިޔަ 5 އަހަރުގެ ޓްރެކިން ރެކޯޑޭ

 12. އަހަރެން

  ރަނގަޅައްކިޔަވައިގެނ ދޭމާސްޓާރސް ސެޓްފިކެޓެއްނަމަ ރަނގަޅު އެކަމާ އުފާކުރަން. އެކަމަކު ތިޔަސެޓިފިކެޓްގައި އެއްވެސް ފެންވަރެއްނެތް. ރާއްޖެއިމްބޭރުން 3 އަހަރުން މާސްޓަރސްކިޔެވީމާ އެމްކިއުއޭ އިން ޖަހަނީ ލެވެލް 7. 15 މަސްވަންދެން ޓީޗަރުންނަށް ހަޑިއެއްހާވާވަ މްކިއުއޭ އިން ޖަހަނީ ލެވެލް 8. މިހިރީފެންވަރު.

 13. ވާނުވާ

  ތި މާސްޓަރސް އެބަޖެހޭ އުވާލަން އެއްވެސް ސްޓޭނޑަޑެއްނެއް އެއްޗެއްތީ ކިޔަވއިގެން ތިބޭމީހުންނަށްވެސް ހުރި ހުތުރެއްތީ ތިކަހަލަ މާސްޓަރސް ޕޮރޮގްރާމްތަައް ސަރުކާރުން އުފެއްދުމަކީ. 9 މަސްދުވަހުން މާސްޓަރސްހަދުވާފަ ލެވެލް8 ޖަހާފަ ކޮންފެންވަރެއްތިމީހުންގެ ހުންނާނީ؟. ތީހަމަ ނަމެއްގައި ބަޔަކު ވަޒީފާގައި ބައިތިއްބަން ކުރާކަމެއް. ދެންރަނގަޅު 2 މަސްދުވަހުން ޕީއެޗްޑީ ނަހަދުވައިފިއްޔާ. ދެންބުނާނެ ކިޔަވަދެންތިބޭނީ ހުސް ޑޮކްޓަރުންނޭ. ބޯހަލާކު. އަދި މިޓީޗަރުންވެސް މިމީހުންގެ އަވާގައި ޖެހިގެން މިކަންއެބަކުރެޔޭ.

 14. ހާމިދު

  މާސްޓާރސް ހަދައިގެން ހާހުން މީހުން ނިކުތަސް ކިޔާވާ މާސްޓާސްް އެއްގެ ފެންވަރެއް ނުހުރޭ. ފެންވަރު ދެރަ މާސްޓާސްތައް ހިނގާ ފަރާތްތަކައއ ސަރުކާރުން ފިޔަވަޅު އަޅަން ޖެހޭ. ނޫނީ މުޅި ރާއްޖޭގައި ތިބޭނީ މާސްޓާސް ހަދައިގެން ކަމެއް ކުރަން ނުދަންނަ މީހުން. އޭރުން ބޭރުމީހުން އައިސްސަ މިތަނައް މަލާމާތަ ރައްދުކުރާނީ.

  4
  1
 15. ރާއްޖޭގެ ކޮލެޖް ޔުނިވަސިޓީ ގްރެޖުއޭޓްސް

  ޝުކުރިއްޔާ ގޫގުލް.

 16. ހިތަދޫ ސްކޫލް ޕޭރަންޓް

  ކިތަންމި ގިނަ ޓިޗަރުން މާސްޓާސް ހެދިއަސް ވޭ ކަމަށް ނެތް. ކުދިންނަށް ހެޔުކޮށް ކކިޔަވައި ނިދިއެއި. ކުދިން ފޮތެ މާކް ނިކޮށް ތިބެނީ އަހަރަ ނިމޭ ކަލަސް. ކުދިންގެ ފެންވަރަ ރަންގަޅަ ކެރާ އެއްވިއަސް ކަމަށް ނިކެރަތާ. ކޮންމި އަހަރަށް ފެއްޓޭ ކޯ ކީ.ސްތޭޖް 1 ގެ ކުދިންނަށް ކަރުދާސް އަދި ސެލޯފިން ލައްވަފެއި ނަމަކި 3 ފައިލު ހަދުއަ، އެ ފައިލު ތަކި އަހަރަ ނިމޭ ކަލަކި އަސް 3 މަސައްކަތް ނިދި އެއި.ހޯމްވޯކް ދެރަފީ ފެހޭ ކުދިން އެ ހޯމް ވޯކް ހެދިތޯ ނިބަލަތާ. މީ ތެބެނާ މާސްޓަރސް ހަދާ ޓީޗަރުންގެ ފެންވަރަ. ލީޑިންގ ޓީޗަރުންގެ ގެ ޒިންމާ ރަނގަޅަށް އަދާ ވޭ އެއްތެއްނާ މެހެން ނިވޭހޭ. ނަމަކި ތިބޭ ބާކިޔެ ލީޑިންގ ޓީޗަރުންނާއު ކޭފެއި. މާތްﷲ އަޅުގަނޑު މެންގެ ދަރިިންނަށް ރަނގަޅު ޓީޗަރުންނާއި ލީޑިންގ ޓީޗަރުން ދެއްވާ ދޭ. އާމީން.

  5
  4
 17. ފޭނެއް

  މަގޭ ދަރި ނުވެއްދި މިތަނަށް އުމުރޭ ކިޔައިގެން ރާއްޖެއިން ބޭރުން އަޢީ ގްރޭޑް 1 އަށް ވައްދަން ބުނީމަ ބުނީ އެލްކޭޖީ އަށް ވައްދާށޭ. ޢަނބުރާ އައި ކޮޅަށް