"އިއްޒުއްދީން ސްކޫލްގެ" ނަމުގައި އައު ސްކޫލެއް މާލޭގައި ހުޅުވަން ނިންމައިފިއެވެ.

މާލޭގެ ސްކޫލްތަކަށް ދިމާވެފައި ވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން "އިއްޒުއްދީން ސްކޫލް" ގެ ނަމުގައި އަންނަ އަހަރު އައު ސްކޫލެއް ހުޅުވާއިރު، މި ސްކޫލް ހިންގަން ހަމަޖެހިފައި ވަނީ ކުރީގެ އެމްއީއެސް ހިންގި އިމާރާތުގައެވެ.

މި ސްކޫލަށް ވެއްދުމަށް އެޑިއުކޭޝަނަށް ސިޓީ ހުށައަޅަން ހުޅުވާލައިފައި ވާއިރު އަންނަ އަހަރު ކިޔަވާދޭން ފަށަނީ ގްރޭޑް 1 އިން ފެށިގެން 6 ކާއި ހިސާބަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ސްކޫލަކީ ގްރޭޑް 10 އާއި ހަމައަށް ކިޔަވާދޭނެ ސްކޫލެއްކަން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ފުރަތަމަ ހުޅުވޭއިރު މި ސްކޫލްގައި ގްރޭޑް 1 ކުން 4 އަށް ކޮންމެ ގްރޭޑެއްގައި 25 ކުދިންގެ ޖާގައިގެ 3 ކްލާސް ހުންނާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތު ދެއެވެ. އަދި ގްރޭޑް 5 އާއި 6 ގައި ކޮންމެ ގްރޭޑަކު 2 ކުލާސް ހުންނާނޭ ކަމަށާއި އަދި ގްރޭޑް 7 އިން 10 އަކަށް ކޮންމެ އަހަރަކު ގްރޭޑްއެއް އިތުރު ކުރާ ގޮތަށް ތަރައްގީ ކުރާނޭ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވިއެވެ.

އަދި މި ސްކޫލްއަކީ އެއް ދަންފަޅިއަަށް ކިޔަވާދޭނެ ސްކޫލެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މިހާރުމި ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ސިޓީލުން ހުޅުވާލައިފައި ވާއިރު ޖާގަ ދިނުމުގައި އިސްކަން ދެވޭނީ އެންމެ ފުރަތަމަ ސިޓީ ހުށައަޅާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ާފާތުން

    ޢަނެއްފަހަރު މާލެ ތޮއްޖައްސަން ރާއްޖެތެރެމީހުން ގިނަކުރަން އަނެއް ސްކޫލް މާލޭގަ ހުޅުވީދޯ. ކިހާބޮޑު ނޮހޮރުއްޕާނެއްމީދެން. މިހާރު ވެސް މިއޮތްކުޑަ މާލެ މިއޮތީ ފުރިފަވިއްޔާ. ????

    49
    7
  2. ރާއްޖެތެރެ

    ތިބުނާ މާލެ މާލެއަކަށްވޭތަ ރާއްޖެތެރެމީހުން ނެތިއްޔާ!

    25
    5
  3. ޒާ

    އާ ސްކޫލެއް އަޅާލި އިރު ނުވެސް އެނގުނު. ހާދަ ފާސްޓޭ.

  4. ސުޕް

    ތިޔަ އިމާރާތަކީ ބާވެފައިވާ އިމާރާތެއް. ދުވަސް ކޮޅަކުން އަޑުއިވޭނީ ސުކޫލް ބަންދު ކުރަން ނިންމާ އަޑު

  5. ށަނޫން

    މާލޭގެ ސްކޫލު ތަކުން ޖާގަ ނުދީފިއްޔާ ދަރިފުޅު ސްކޫލަށް ނުފޮނުވާ ބަހައްޓާނީ. ޢެނގިދާނެތާ ގަދަވާ ބައެއް..

  6. އޭޖޭޖޭ

    އަދިވެސް މާލެދޯ ހަމަގިނަވަނީ