ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަން ގަހަކުން އަނބެއް ބިނދެލާހެން ވައްޓާ ނުލެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ޖުމްހޫރީ ޕާޓީގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ "މިވެރިކަން ވައްޓައެއް ނުލެވޭނެ." ކަމަށާއި ނަމަވެސް ރައީސް ޞާލިހް އިސްތިއުފާ ދެއްވައިފިނަމަ ދެން ކުރައްވާނެ ކަމެއް ނެތް ކަމަށެވެ.

"ރައީސް މުހައްމަދު ނަޝީދު ދެއްވި ގޮތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަމިއްލައަށް އިސްތިއުފާ ދެއްވައިފިނަމަ ދެން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ." ގާސިމް ވިދާޅުވިއެވެ.

މިރޭ ވެސް ރައީސް ޞާލިހަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވީ ރައީސް ޞާލިހް ވަނީ "އަނިޔާ ލިބުނު މީހުން އެކަންކަމުން މިންޖުކޮށްދެއްވާފައި" ކަމަށެވެ. ގާސިމް ވިދާޅުވީ ކަންކަން ކުރެވޭނީ ކެތްތެރިވެގެން ކަމަށާއި ކެތްތެރިކަމާއި އެކު ރައީސް ޞާލިހް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ފަސް އަހަރުގެ ދައުރެއް ޤާނޫނު އަސާސީ އާއި ހިލާފު ނުވާނަމަ ރައީސް އަށް ދެއްވަން އެބަޖެހޭ. ބަދަލު ދޭ ވާހަކަ ދައްކާއިރު އަނިޔާވެރިކަމާއި އެކު ކަންތައްތައް ކޮށްފައި ހުރުމުން ބަދަލު ދޭން ޖެހޭ. ރައީސް ވިދާޅުވި ގޮތައް ކަންތައްތައް ކުރައްވަމުން އެބަގެންދަވާ. މިއަދު އެއޮތީ ޑިމޮކްރަސީ ނެޓްވޯކް ވެސް ދުއްވާލާފައި." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ އަކީ އަމިއްލަ މަންފާއެއް ހޯދުމަށް ކަންތައްތައް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އަމިއްލަ ޖީބުން އެތައް ބަޔަކަށް މަތީތައުލީމް ހާސިލް ކޮށްދެއްވާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި މެދުވެރިއަކަށް ވެޑައިގެންފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަމިއްލަ ފައިދާއަށް ކަންތައްތައް ކުރާނަމަ މިކަމަކާއި ނުބެހޭނަން. އެތިކޮޅުކޮޅު ޖަހާލައިގެން ހިހޫތަނުން ފެން ބޮއެގެން ހުންނާނީ. މިގާސިމްގެ އެހީގައި 7000 މީހުންނަށް ޑިގްރީއަށް ކިޔަވައި ދީފައި ވާނެ. ކިތައް ލައްކަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށްތޯ އަޅުގަނޑު މެދުވެރިއަކަށްވީ. އެއީ މާތްﷲ ހަވާލުކުރެއްވި އަމާނާތެއް. އެހީއެއް ވެދީފައި އޮތީތީ އޭގެ ބަދަލުގައި އަޅުގަނޑަށް ވޯޓް ދޭށޭ އެއްވެސް މީހަކު ކައިރީގައި ބުނެފައެއް ނޯންނާނެ. ނަމަވެސް އެހެން ބޭފުޅުންނަށް ވެރިކަން ހޯއްދަވައި ދެއްވަން މީހުން ކައިރީ އާދޭސްކޮށްފައި ވާނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާރު އެމްޑީޕީ އަށް ރައްޔިތުން ދެފަހަރު ވެރިކަން ދީފި ކަމަށާއި އެހެންކަމުން އެއްފަހަރު ޖޭޕީ އަށް ވެސް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ދޮންދޫނި

    ދެއްވާފަރާތަކީކަލެއެއްނޫން

    53
    1
  2. ޟމ

    ވެރިކަމަކީ ވެސް މާތް ﷲ ދެއްވާ އެއްޗެއް އެކަލާނގެ އަޅުންނާއި މެދު އެ ވެރިމީހާ ޢަމަލު ކުރާގޮތް ބެލުމައްޓަކައި، ދިވެހި ގިނަ ރައްޔިތުންގެ ދުޢާ އަކީ ޤައުމުގައި ހަމަ ނުޖެހުމެއް ނުއުފެދޭނެ ފަދަ ގޮތަޖަށް މި ވެރިކަން އަވަހަށް ނިމިގެން ދިއުން، މީ ލާދީނީ ވެރިކަމެއްކަން މިހާރު ޔަޤީން ވެއްޖެ

    68
    2
  3. މާމިގިލީ މީހާ

    ކަލޭ ވައްޓާލާން އުޅެ އުޅެ ނުވެއްޓުން ދޯ. ކޮންމެ ފަހަރަކު ކަލޭ ރާވާ ބަގާވާތް ދަނީ ފަނުފުލުން. ބޮޓެއް ތީ. ހަމަ ބޮޓެއް ތީ.

    48
    4
  4. ނޮވެމްބަރ 5

    މިވެރިކަން ވެއްޓޭނެ. ވައްޓާލާން ޖެހިފައި އޮތްވެރިކަމެއް މިއީ. އެއްވެސް އިންސާފެއްނެތް ވެރިކަމެއް މިއީ. މިއަދު ރައީސް ޔާމީންގެ ޝަރީއަތުގެ ފަޑިޔާރު ވަގުތުން ވަގުތަށް ހައިލަމް ސަސްޕެންޑް ކުރިގޮތަށް އެމްޑީޕީގެ ގޮތްޕެއް ކަމަށްވާ ލާދީނީ އެމްޑީއެން ސަސްޕެންޑް ކުރީ އެތައް ދުވަހެއް ފަހުން ރައްޔިތުންގެ ޕްރެޝަރު ބޮޑުވެގެން. މިއަދު ސަރުކާރުން އެމްޑިއެން އުވާލަން ނިންމުމުން މިހާރު ހުރިހާ ޝޭހުންގެ ލޮލުގައި އެހުރީ އަދުންއެޅިފައި އޮތައް ކަމަކު މިސަރުކާރާއި ދެކޮޅު ރައްޔިތުންގެ ލޮލުގައެއް ނޭޅޭނެ އަދުނެއް. ސަރުކާރު ވެއްޓުމުން ގާސިމާއި އިމްރާނާއި އަންނިޔާއި ޝަހިންދާއާއި ހުރިހާ ކޮރަޕްޓް ލާދީނީ ބޮޑުން ޖަލަށްލާން ޖެހޭނެ.

    59
    3
  5. Anonymous

    އަނބިމީހާގެ ވަޒީރުކަން ގެ އްލިދާނެތީވެ ބިރުފުޅު ހީވަނީތަ؟

    64
  6. އައްޑޫ. ސީ.ދި.ބި.ޑާ

    މަނިކުފާން ތިޔަދެއްވަނީ ސިގުނަލެއްތޯ؟ ފައިސާފޮޗަކައް ރައީސް އިސްތިއުފާދެއް ވުމަށް
    އަދި ތިބޭފުޅާގެ ނައީބު ރައީސްކަމައް ގެނައުމަށް!!
    (ކޮސްގޮވޭނެ..ހަކުރުމަތިވާނެ..ދައުލަތުގެހަޒާނާ ހުވަފެނުން ދެކޭނެ. ގަމާރުވެސްވާނެ)

    15
  7. ރަދީފް ހުސެން

    ތިމާގެ އަބިދަރިން ކަ އިގެން ތިބުމަކުން ނުނިމެ. ވަޒީފާ ގަ އުޅޭ މު އައ އްޒަފުންނަ އް މަސްނިމޭ އިރަ އަޢް އެމީހުންގެ ހަ އްގުވާމިންވަރު އެމީހުނަ އްދީ. މު އްސަދިވީގޮތަ އް ފަގީރުވުމަކީ ހަމަވެދާނެގޮތެ އް. ﷲ ގެ ނިންމެވުން މީހަކަޢް ނުހިފެ އްޓޭނެ.

    16
  8. މާލެ ބޭބެ

    މިވައްތަރު ވެރިކަން ވެއްޓޭ ވަގުތު ޖެހުނީމަ ވެއްޓޭނެ .މިޤައުމަށް ނަޝީދަށްވުރެ ބޮޑް މުސީބާތު ޖސއްސަނީ ޤާސިމު.. ފައިސާ އާއޮ ޖާހަތާއި ބާރާއި އާރު ހޯދުމަށް 2008 އިން ފެށިގެން ތެޅިބާލަނީ... ބަޔަކު ޑިގްރީ ގެދީ ވިލާގެ ލޯނުރަކުގެ ފައިސާއިން...އަބުރާ ދައްކަންޖެހޭ... މިޤައުމު ފަނާކުރުމުގެ މޭސްތިރިއަކީ ޤާސިމް....

    20
  9. އިމާމް

    إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ

    އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر
    ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.

    25
  10. ދިވެހިން

    ﷲ އެކަމެއް ވާށޭ ވަޙީ ކުރެއްވުމުން އެކަމެއް ވެ ނިމޭނެ. ވަގުތު ޖެހުމުން ކޮންމެކަމެއްވެސް ވެ ނިމޭނެ.

    21
  11. ހެއު

    އަދިހަމަ ލިބުނުބައި ބޮޑުކަމުން ތިހުންނަނީ އިތުރުކަމެއް ބޭނުންވެގެން ހުށަހަޅާ ގުވަހަކުން މިވެރިކަމައްވުރެ ނުބައި ނުލަފާ ވެރިއެއްވެސް ގެރިއެއްވެސް ބަޔަކުވެސް ކަލެޔަކައްނޮންނާނެ.....100%

    13
  12. ވިނިވިޑިވިސި

    ސަރުކާރު ބަނޑުވަތަށް ވެއްޓި ބޯފަޅައިގެން ދިއުމުން ނޫނީ މިބައިގަނޑަަށް ރިއަލައިޒެއް ނުވާނެ. ހަކުރު ނޫން ދިޔާއެއްޗެއް ބޮވުނީމާ ދެން މަގުތައްމަތީ ހިގާލަން އެގުނަސް މިދެވެނީ ކޮންތަނަކަށް، ދެވިފައި ހުރީ ކޮން ހިސާބަކަށްް ކަމެއް ނޭގޭނެ. މިސަރުކާރަކަށް އިންވެސްޓް ކުރާނެ އިންވެސްޓަރުންނެއް ނުހޯދުނު. ޕްރޮޖެކްޓްތަކެެއް ޕްލޭންކޮށް ކުރާކަށް ނޭގުނު. ނަތީޖާއަކީ ބައިތުލްމާލުގެ ފޫކަހާލާ ތިލަވަތްގާ ވެސް ފަޅާލާގެން ބަނޑުބަނޑަަށް އެޅުން. ދެން ޒުލުގައި ތިބި ވަލުޖަނަވާރުތައް ބަނޑުހައިވެ ތެޅިފޮޅެން ހެދީމާ އެތަން ބަލަހައްޓާއިން ހަވާލްދާރު ވިޔަފާރިވެރިން ގާތަށް ދުވެގެން ވެސް ގޮތެއް ނުވީނާ އިންކަމް ޓެކްސް ބިލް ވައްދާގެން ވިޔަފާރި ވެރިން ހާރުވަނީ. އެމްޕީ އިންނަށް ލާރިދޭނެ ސޭޓެއް ވޭތޯ. ބާގީންކޮށްކޮށް ދޭނެ ހަމައެކަކު ވެސް ނުވެގެން އުޅެނީ. ވިޔަފާރިވެރިން އެކައްޗެއް ކިޔާ މިހާ އެތިބީ މިގާގަނޑު ބޮލަށް ވައްޓާލާ
    މިކަން ނިންމަން ހިފާގެން. އެޕިސޯޑްތައް ދެން ވަރަށް ރީތި ވާނެ

    7
    3
  13. ކޮސްބުއްދި

    ތިއަނގައިން އެންމެ ބާރަށް މިވެރިކަން ވައްޓާލަން ގޮވާނީވެސް

    12
  14. ޤަމަރު

    ކާކު ހީކުރީ މައުމޫނުގެ އަނިޔާވެރި ވެރިކަން ވެއްޓޭނެޔޭ! ކާކު ހީކުރީ 2008 ގައި ފެށުނު ޖައްބާރުވެރިޔާގެ ވެރިކަން ވެއްޓޭނެޔޭ؟ ކާކު ހީކުރީ ޔާމީންފަދަ ޚިދުމަތްތެރިއެއްގެ ވެރިކަން ވެއްޓޭނެޔޭ! ވީމާ މާތްﷲ އަށް މުންކިރުނުވޭ! އެކަލާންގެ އަމުރުފުޅު އައުމުން ލަހެއް ފަހެއް ނުވެ ކޮންމެކަމެއްވެސް ހިނގައިގެން ދާނެ! އަދި އިރާދަކުރެއްވިއްޔާ މިވެރިކަން ވެއްޓޭނެ! ޤާނޫނުތަކާ ޚިލާފަށް ކަލެޔަށް މި ވެރިކަމުގައި ލިބިގެންދިޔަ ނާޖާއިޒްތައްވެސް އަނބުރާ އަތުލެވޭނެ! ވިސްނަވައިގެން ހުންނަވާތި!

    15