މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރެއް ނޫންކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ސަރުކާރާއި ބެހޭ ގޮތުން މުސްތަފާ ކުރައްވަމުން ގެންދަވާ ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓެއްގައި ވިދާޅުވީ މިއީ ނަޝީދުގެ ސަރުކާރެއް ނޫންކަމަށާއި މިއީ ރައީސް ޞާލިހްގެ ސަރުކާރެއް ކަމަށެވެ. މުސްތަފާ ވިދާޅުވީ އޭނާ އެންމެ ބޮޑަށް ނިކަމެތިކުރީ މިސަރުކާރުން ކަމަށެވެ.

"ޔާމީންގެ ވެރިކަމުގައި ވެސް އަޅުގަނޑަށް ގޯހެއް ނޫން. އަޅުގަނޑު އެންމެ ނިކަމެތިކުރީ މިސަރުކާރުން. މިއީ ނަޝީދުގެ ސަރުކާރެއް ނޫން. ވެރިކަމުގައި ހުންނެވި ބޭފުޅާ ހަރާމްކޯރު ވުމުން އަޅުގަނޑު ކުރަނީ ކީއްތޯ؟" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އެނާ މަޖިލިސް އިން ކަޓުވާލި ނަމަވެސް ދެރަނުވާ ކަމަށާއި ދެރަވަނީ ސަރުކާރުން މުދަލަށް އަރައިގަތީމަ ކަމަށެވެ.

އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް މުސްތަފާއަށް ލިބުނު ނަމަވެސް ރައީސް ޞާލިހާއި ސަރުކާރުންގެ ވަޒީރުން ތާއިދު ކުރެއްވީ ޖޭޕީގެ ޓިކެޓްގައި ވާދަކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒަށް ކަމަށް މުސްތަފާ ކުރިން ތުހުމަތު ކުރައްވާފައިވެއެވެ. މުސްތަފާ ބަލިކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވީ ރިޔާޒެވެ.

މުސްތަފާ މިއަދު ވިދާޅުވީ މިސަރުކާރަކީ އެމްޑީޕީގެ ކޮންޓްރޯލް އޮތް ސަރުކާރެއް ވެސް ނޫން ކަމަށާއި އަދި ނަޝީދުގެ ކޮންޓްރޯލް އޮތް ސަރުކާރެއް ވެސް ނޫން ކަމަށެވެ. "މިއީ ރައީސް އިބޫގެ މަސައްކަތުން އޭނާ އަމިއްލައަށް ހޯދި ވެރިކަމެއް." މުސްތަފާ ވިދާޅުވިއެވެ.

"މިސަރުކާރަކީ ރައީސް އިބޫގެ އަމިއްލަ މަސައްކަތުން އޭނާގެ ކެރުމާއި، ހިތްވަރާއި، އިލްމުވެރިކަމާއި، ހިލްމުވެރިކަމާއި، ހަސަބާއި، ނަސަބާއި، ދީންވެރިކަމާއި، ބަލާޣާތްތެރި ކުޅަދާނަކަން ފެނިފައި ދިވެހި ރައްޔިތުން އާޝޯހް ވެގެން ގޮސް ހަވާލު ކުރި ސަރުކާރެއް." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އަށް މަޖިލިސް އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ފަހުން އޭނާ ދޭތެރެދޭތެރެއިން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގަމާރު ދިވެހިން

    މިއީ ނަޝީދުގެ ވެސް ބާރު ހިނގާ ސަރުކާރެއް. މިހާރު ވެސް އޭނަ އެހެރީ ވެރިކަމުގެ ތިން ބާރުން ކުރެ އެއްބާރަަށް އަރާ އިނގިއްޖެ.

    29
    8
    • ޢަލީ

      ހުރިހާ ބާރެއް ލިބިވޮޑިގެންވަނީ މާތް ﷲ އަށް. އިންސާނާއަށް އޭނާގެ ނިކަމެތިކަން ހަނދާންނެތުނީމަ ގޮވޭނެ ތިކަހަލަ ކޮސްވެސް.

      19
  2. ހެއު

    މުސްތޮގެ ތިންބާރު އޮތީ ނުގުޅިތޯ އައްނިގެ ތިންބާރުވެސް އޮތީ ގުޅިފަ ލައިލާބުނީ ހަހަހަހަަހ

    16
    2
  3. މުބީނު މާރނީ

    މުސްތަފާ އެކުރީ އިބޫ އަށް މަލާމާތް. މަލާމާތް ކުރާވަރުވޭ. އިބޫ ގެ ހިތަށް އުޅެނީ ލައްކަ އެކޭ އަރައިގެން. މުސްތަފާ ބުނާހެން އިބޫ އަށް ހީވާ ކަހަލަ އޭނާ ގެ މަސައްކަތުން އާދެވުނު ވެރިކަމެކޭ. މައުމޫނާ ގުޅާލައިގެން އައްނި ކަޓުވާލަން ކިތަންމެ ފަހަރަކު އިބޫ މަސައްކަތް ކޮށްފި. އަފީފް ހޮވަން އިބޫ މަސައްކަތް ކުރީމާ މިކަން އިނގުނީ. ނަމަވެސް އިބޫ އަކީ މަޖްލިހުގައި 25 އަހަރު ގޮނޑި ހޫނު ކުރަން އިން މީހެއް ! މާވަހަރެއް ލައްގާހެން ލެއްގި ވެރިކަމެއް.

    18
    2
  4. ސަޒާ

    މިއީ ތިއިން އެކެއްގެވެސް ސަރުކާރެއްނޫން. މީ ދިވެހި ސަރުކާރު ރައްޔިތުންގެ ސަރުކާރު

    24
    2
  5. ނީޝް

    ތިމަރަފުށީ މުސްޠަފާ އާއި، ލޮލީ ޖާބިރު މިއީ އެއްވަރުގެ ދެމީހުން އަބަދު ތިބެގެން ގޮވާނީ ކޮސް
    ރަނގަޅު ވާހަކައެއް ދައްކަން ނޭގޭތާގަ މަޑުންވެސް ތިބޭކަށް ނޭގެ. މިކަހަލަ މީހުނަށް ކިޔާ އުޅެނީ ރޯނު އެދުރުން.

    12
  6. ނުރަބޯ

    ކަލޭމެންނަށް ހާދަ އެއްޗެއް ނުވިސްނެޔޭ ދޯ. މުސްތަފާ އެކުރީ އިބޫއަށް ފާޅުގަ މަލާމާތް.

    10