ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެއްޖެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވަހަކާއި ބެހެ ގޮތުން މަޖިލީހުގެ މެންބަރު ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ރަނގަޅު ގޮތްތަކެއް ހަދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ވަނީ މިހާރުވެސް ކުރެވިފައި ކަމަށެވެ. "އިންސާފުވެރި ގޮތަކަށް އޮނިގަނޑުތައް ފަރުމާކުރެވި އެއޮނިގަނޑުތައް މިހާރު ވާނީ ޕޭ ކޮމިޝަނާއި ހިއްސާކޮށްފައި." މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުސާރަ ބޮޑުކޮށް މުސާރަ ހަމަހަމަ ކުރުމަކީ ޕޭ ކޮމިޝަނުން ކުރައްވާ ކަމަކަށް ވާތީވެ ވަރަށް އަވަހަށް އެކަން ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އިތުރުން ޕްރިންސިޕަލްގެ މުސާރަ އާއި އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ޕޭ ކޮމިޝަނާއި މައުލޫމާތު ހިއްސާ ކުރެވިފައި ވާނެ ކަމަށާއި އެހެންކަމުން އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޓީޗަރުންގެ ވަޒީފާ އަށް ކުރިމަތިލާ މީހުންގެ އަދަދު އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ޓީޗަރުން ދުވާލަކު ނުވަ ގަޑިއިރާއި 12 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި ރޭގަނޑާއި ހަފްތާ ބަންދުގައި ވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. ނަމަވެސް ޓީޗަރުންނަށް ލިބޭ މުސާރައަކީ ކުރާ މަސައްކަތާއި އެކަށީގެންވާ ވަރަށްވުރެ ކުޑަ މުސާރައެއް ކަމަށް އެކަމަނާ ވިދާޅުވެއެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް މިދާއިރާއަށް ވަންނަ މީހުންގެ އަދަދު މަދު ވުމުގެ އެއް ސަބަބަކީ ވެސް މުސާރަ ކުޑަވުމެވެ. އޭގެ އިތުރުން ޓީޗަރުންނަށް ކުރިމަތިވާ ޕްރެޝަރަކީ ވެސް ޓީޗަރުންގެ ވަޒީފާ އަށް މީހުން މަދުވާ ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ތަމްރީންތައް ނުލިބުމާއި ކިޔެވުމުގެ ފުރުސަތު ފަސޭހަ ގޮތަކަށް ނުލިބުމާއި ގަދަރުވެރި ވަޒީފާއެއްގެ ގޮތުގައި މިއަދު މުދައްރިސުން ނުދެކުން ވެސް އެއީ ވަޒީފާ އަށް ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ.

މިނިސްޓަރ ވިދާޅުވީ ޓީޗަރުން ތަމްރީން ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވަމުން ގެންދަވާ ކަމަށާއި މުދައްރިސުންގެ ގަދަރު ދަރިވަރުންގެ މެދުގައި އިތުރު ކުރުމަށް ވެސް މިހާރު ހާއްސަ ޕްރޮގްރާމެއް ވެސް ފައްޓަވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަޓޯ

    ޓީޗަރުން އަތުން އިތުރު ޓެކުހެއް ނަގާފަ މުސާރަ ބޮޑުކޮއްލާ. ޓިޕިކަލް އެމްޑީޕީ ސަރުކާރު ސޮލިއުޝަން.

    43
    1
  2. ގގގގގގގގގގގގ

    އިސްތިޢުފާދީ

    26
    2
  3. އަލީ

    މާކުރިންވެސް ތިހެން ބުނާނެކަން އެނގޭ... ދެން ކީއްކުރަން ފެށޭ އަހަރޭ ފަޅޮލޭ މުންޖޭ ކިޔާގެން މުސާރަ ބޮޑުކުރާނަމޭ ކިޔައިގެން ކުރިން ވީދުނީ.... ކުރާ މަސައްކަތާ ބަލާފަ ލިބެނީ ސުމެއް.. ދުވާލު ކިޔަވާދީފަ އިތުރުގަޑި ނަގާފަ އިތުރު ހަރަކާތަށް ޕްރެކްޓިސް ކޮއްދީފަ ނިދޭއިރު މެންދަންވެފަ.. އަނެއްކޮޅުން ހެނދުނާ ތެދުވެ ސުކޫލަށް... އެކަމްވެސް ބައެއް ބެލެނިވެރިން ބަވާލާފަ ދާން ވީ... މިހާވަރުވީމަ މިދެން ބޮޑުވަރު.. ނަމުގަ ހުކުރުދުވަސް ފްރީ.. އެކަމް ހަރަކާތެއް ނެތް ހުކުރެއް ނާދޭ... ކިހާ ފައްކާ

    41
  4. ރަހީމްބެ

    ޓީޗަރުންގެގެ މުސާރަ އަދިވެސް ކުޑައީ ހެއްޔެވެ. މިހާރުވެސް ޑިގުރީ އޮތް ޓީޗަރަކަށް 12000ރ 14000ރ ލިބެއެވެ. މިއުޅޭ އިދާރީ މުވައްޒަފަކަށް 30 އަހަރު ޚިދުމަތް ކުރީމާވެސް ލިބެނީ އެންމެ 7000ރ އެވެ. އަދި އެޑްމިނިސް އޮފިސަރުންނަށް ލިބެނީ 6000ރ ވަރަކަށް ރުފިޔާއެވެ. ކުދިން ގޮވައިގެން އުޅޭ މުވައްޒަފު މީހާ އަބަދުވެސް އޮންނަނީ ދަރާ ވިކިފައެވެ. މިކަމާ ވާހަކަ ދައްކާލަދޭނެ މީހަކު ނުވެއެވެ. ހައްތާވެސް ދައްކަނީ ޓީޗަރުން ނަރުހުންގެ ވާހަކައެވެ. ސަރުކާރު ތަކުންވެސް ދައްކަނީ މިކަހަލަ ވާހަކަތެކެވެ. ޕެންޝަން ފަންޑުންވެސް ނިކަމެތި މީހާއަށް އެއްޗެއްދޭކަށް މަނިކުބެމެން ޤަބޫލެއްނުވެއެވެ.

    21
    24
  5. ދުންޔާ

    ކޮބާ ތާހިރު ވެއްޖެއެއްނު، ގިނަޓީޗަރުންބުނީ މުސާރައަށް ހެޔޮ ބަދަލެއް ްއަންނާނެކަމަށް ހީކޮށް އެކަމުގެ އިންސާފިލިބޭނޭކަމަށް ވޯޓްދިންބައެއް

    29
    1
    • އަަަސސ

      ވަރަށް ރަގަޅު ވާހަކައެއް

      12
  6. އއަ

    މިނިސްޓަރަށް އެނގިލައްވަނީ ހަމައެކަނި މިނިސްޓަރުގެ މުސާރަ ބޮޑުވާނެ ދުވަހެއް

    23
  7. އަލީ

    ބޮޑެއްނުވާނެ. ފައިސާއެއް ނެތް. ލިބޭނެގޮތެއްވެސްނެތް.

    24
  8. އައިޝާ

    އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ދުވަހެއް އެއްވެސް ބޭފުޅަކަށް އެގިލައްވާބާ،. އިދާރީ މުވައްޒަފުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެން ބޭނުންނުވާ ބައެއްކަމުގައި މުއައްސަސާތަކުގެ ވެރިން ދެކޭކަން ޔަގީން ކުރަން. މި މެސެޖު އިސްވެރިންނަށް ރައްދުކޮށްދެއްވުން އެދެނެ. ދުވަހެއް ދުވަހަކަށް އިދާރީ މުވައްޒަފުންނަށް ޙަވާލުކުރެވޭ ޒިންމާތައްވަނީ އިތުރު، މުސާރަ 4465ރ. މިއަށްވުރެ އިތުރެއް ނުވޭ،

    16
    2
  9. ޔާރާ

    ވައުދުވީޔާ އެވައުދެއް ފުއްދާދީ!
    ކަމަނާ އެކަމަށް މަސައްްކަތް ކޮއްދެވާނެކަމުގެ އުއްމީދު ކުރަން!