ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިއަކީ ރައްޔިތުންގެ ލާރިން ވައްކަން ކުރާން ބޭފުޅެއް ނޫން ކަމަށާއި އެކަނިކުފާނަށް އިތުބާރު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމެބަރ އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ކިތަންމި ގިނަ ބައެއްގެ ފައިސާއިން ރައީސް ސާލިހު ވައްކަންކޮށްފައިވާނެ ކަމަށް ބުނި ކަމުގައިވިއަސް ގަބޫލެއް ނުކުރާނެ ކަމަށައި އެމަނިކުފާނަށް އޭނާގެ އަމިއްލަ ނަފްސަތް ކުރާ ވަރަށް އިތުބާރު ކުރާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ވައްކަން ކުރާނެ މީހެއް ނޫން. އަޅުގަނޑުގެ އަމިއްލަ ނަފްސަތް އޮންނަ އިތުބާރު އެމަނިކުފާނަށް އޮވޭ" އަބްދުލްޣަފޫރު ވިދާޅުވިއެވެ.

އަބްދުލްޣަފޫރު ވިދާޅުވީ، މަޖިލީހުގެ ތެރޭގައި ބައެއް މެމްބަރުން ރައީސުލްޖުމްހޫރިއްޔާއާއި ދިމާލަށް ވަގަށް ގޮވަމުން އަންނަ އަޑުތައް އިވޭ ކަމަށާއި، އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކަށާއި އަދި ދިވެހި ހުރިޔާ ރައްޔިތުންވެސް ރައީސް އެފަދަ ކަމެއް ނުކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ތަކުރާރުކޮށް މިތަނުގައި ރައީސުލްޖުމްހޫރިއްޔާއާއި ދިމާލަށް ވަގަށް ގޮވަމުން ދާއިރުގައި އަޅުގަނޑުމެނަން އެއަޑުތައް އިވޭ. އިދިކޮޅު ފަރާތްތަކުންނަށްވެސް ގަބޫލު ކުރާނެ އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންގެ ފައިސާގައި ޖެހޭނެ މީހެއް ނޫންކަން" އަބްދުލްޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުލްޣަފޫރު ވިދާޅުވީ، މާޒީ އަށް އިންސާފު ލިބެންޖެހޭނެ ކަމަށައި އެހެން ނޫންނަމަ ބޭނުންވާ ހަމަހިމޭން މާހައުލަކަށް މި ގައުމު ނުގެންދެވޭނެ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި މިއޮތް ސަރުކާރުން އަންނަނީ އިންސާފަށް މަގު ހޯދައިދޭން މަސައްކަތް ކުރަމުން ކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަންސަން

    ރަނގަޅު ވާހަކައެއް އެކަމު ޣަފޫރު ކުރަމެންނޫ..

    6
    2
  2. ނާށި އާދަނު

    ކަލޭ ބުނަން ޖެހޭނީ ތިހެންނެވެ. ރައީސް ޔާމީން ފައްޓަވާފަހުރި ގިނަ މަޝްރޫޢުތަކެއް މެދުކަނޑާލަ އަލުން އެހެން ބަޔަކާ އެކަންކަން ޙަވާލުކުރަނީ ބޮޑު ލާރިގަނޑެއް އޭނަޔަށް ލިބޭގޮތަށެވެ. އެކަންކަން ހާމަވަން ކައިރިވެއްޖެއެވެ. މިއަހަރުތެރޭގައި ކުރި ހަމަ އެކަނި ދަތުރުތަކުންވެސް އެތަކެއް މިލިޔަން ރުފިޔާ ވަނީ ވަގަށް ނަގާފައެވެ. ދެފަރާތުގައި ހެކިން ތިބެގެން އޭނަޔާ ޙަވާލުކުރި 37 މިލިޔަން ރުފިޔާ ވަނީ ކޮންތާކަށްހެއްޔެވެ؟ ދައުލަތުގެ މިއަހަރުގެ ބަޖެޓަށް 32 ބިލިޔަން ރުފިޔާ ދިންއިރު އެ ކޮބައިހެއްޔެވެ؟ ރައީސްއޮފީސް ހިންގުމަށް ދިން ރުފިޔާތަށް ހުސްވީ ކިހިނެއް ހަދައިގެން ހެއްޔެވެ؟ މިމައްސަލަތައް ބެލޭދުވަސް އައިސް ބުޅާ ގޯނިންބޭރުކުރާތަން ކަލޭވެސް ދުނިޔޭގައި ލެހެއްޓެވިއްޔާ ދެކެން ހުންނާށެވެ.

  3. ހުސޭނުބޭ

    ވައްކަމެއްވާ ނުކުރޭ! 32 ބިލިއަން ރުފިޔާގެ ބަޖެޓު ހުލިވިގޮތް އަޅެ ކަލޭ ކިޔާދީބަލަ ތިހެން ދެމިޔަކަނުން ސޮނިވެއްޓިފައި ނުހުރެ!

    12
  4. Anonymous

    32ބިލިޔަން ވަނީ ކޮންދޭތެރެއަކަށް ކަލެޔަށް މީގެ ތަފްސީލް ދެވޭނެތަ

  5. 19 ނަވާރަ

    އެ ކުދިން އަތަކުން ވައްކަން ނުކުރާނެ. އެކުދިން ކަންވައް ކުރާނީ. ގައުމު ދަރުވާލީ 1 އަހަރުން ކަންވަން ނުކުރެވޭނު.ހަހަހަހަހަހަަހަަހަ

  6. ކާޅު

    ޔާމީން މުޅި ދައުލަތް ދަވާލީ... ދެންވެސް އަހަރުމެން ބުނަންވީ ހަމަ ރަގަޅޭ ތަ ؟

  7. އަނިޔާ

    ތިހެންކިޔާގެން ހަމަކަނީ އެންމެ ގިނައިން ވައްކަންކުރަނީ މިހާރުކަމަށް ސިޔާސީ ބޭފުޅުން ނާއި އަދި މުވައްސަސާތަކުން ބުނަމުންދާއިރުގަޕޯތިޔަބުނަނީ ހަމަ ތިަޔަހެން އަޅެއަޖާބެއްނުވާނެތަ