މޯލްޑީވިއަން ޑިމަކްރަސީ ނެޓްވޯކް އުވާލަން ނިންމުމާއި ގުޅިގެން އެޖަމިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރ އަދި ފައުންޑަރ ޝަހިންދާ އިސްމާއިލްގެ ފާޑުކިއުން ރައީސް އިބްރާހިމް މުހައްމަދަށް އަމާޒުކޮށްފިއެވެ.

ޝަހިންދާ ރައީސް ސޯލިހަށް ފާޑުކިޔާފައި ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ޓްވީޓަކަށް ރިޕްލައިކޮށްފައެވެ. މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނާއި މިގައުމާއި، ދިވެހި ރައްޔިތުން ގެ މަސްލަހަތު ހިމާޔަތް ކޮށް ގާނޫނީ ވެރިކަން ނަގަހައްޓަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ރައީސް ސޯލިހު އަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު ކޮންމެ ކަމެއްވެސް ކުރައްވާނީ ހިކުމަތްތެރި ކަމާއި އެކު "ޑިއު ޕްރޮސެސް" ގެ ތެރެއިން ކަމަަށް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެއެވެ.

ޝަހިންދާ ކުރި ޓްވީޓުގައި ވަނީ މިނިސްޓަރ އިމްރާންގެ ޓްވީޓުގައި ވާ ވާހަކަތައް ދޮގުކޮށްފައެެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން "ޑިއު ޕްރޮސެސް"ގެ ފެށޭހިސާބުވެސް ނުފެންނަ ކަމަށް އޭނާގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ޝަހިންދާ މިމޭރުމުން ޓްވީޓުކޮށްފައި ވަނީ އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން އެކަން ތަހުގީގުކޮށް އެޖަމިއްޔާ އުވާލުމަށް ޔޫތް މިނިސްޓްރީ އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

އެޖަމިއްޔާ އުވާލުމަށް ނިންމި ނިންމުމަށް އެމްޑީއެން އިންވެސް ވަނީ ފާޑުކިއުން އަމާޒުކޮށްފައެވެ. އެމްޑީއެންގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައ ވަނީ އެޖަމިއްޔާ އުވާލުމަށް ނިންމި ނިންމުމަކީ ގާނޫނާއި ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ޔޫތް މިނިސްޓްރީ އިން އެމްޑީއެން އުވާލަން ނިންމާފައި ވަނީ އެޖަމިއްޔާއަށް އެއްވެސް ގޮތަކުން އެންގުމަކާއި ނުލައި ކަމަށްވެސް އެޓްވީޓުގައި ވަނީ ބުނެފައެވެ.

އެމްޑީއެން އަކީ މީގެ ކުރިން ފުލުހުންގެ އިސްފަރާތްތަކާއި ރައީސް އޮފީހުގެ ބައެއް ފަރާތްތަކުންވެސް އެކި މަގާމުތައް އަދާކޮށްފައިވާ ޖަމިއްޔާ އެކެވެ. އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ވަނީ އިސްލާމް ދީނުގެ ބައެއް އަސާސްތަކަށް ފާޑުކިޔައި ކީރިތި ގުރުއާނުގައި ކަނޑައެޅިގެން ބަޔާންވެފައިވާ ބައެއް ކަންކަން ދޮގުކޮށްފައެވެ. އޭގެތެރޭގައި ކީރިތި ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސޯލިހް ކިޔާ އެންމެންނަކީ ސޯލިހް ބައެއް ނޫން. ޝަހިންދާމެން އެކަން ކުރީ މުރުތައްދު ސޯލިހައްވެސް އަންގައިގެން.

    16
    5
  2. ސަރީރު

    ބަލަ ޝަހިންދާ ކަލޭ ތީ މި ދުނިޔެއަށްވެސް އިރަލެވެންޓް މީހެކޭ. މީ ﷲ ގެ ބިމޭ. 2 ކާފަރުން ކުރިމަތީ ތުއިވެފަ އަނެއްކާވެސް "ތިމަންނާ ގޯޑަށް ބުލީ ކުރިއްޔޯލައޭ" ބުނީމަ ކަލެއަކީ ކާކުކަން ހަމައެކަނި ކަލެއަށް އެގޭ ހިސާބަށް އެދިޔައީ. ދެން ރަގަޅުވާޏީ އެ ފަރަންޖީންނަާއެކު އުޅެ އެ ފަރަންޖީން ނިމޭގޮތަށް ނިމި މަޙްޝަރަށް ދިއުން. މި ތަނުގެ ކަންތަކާ ނުބެހޭ!