ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑުވައިޒަރަކަށް ރިޔާޒު ރަޝީދު ހަމަޖައްސައިފިއެވެ.

ރިޔާޒް ޤާސިމްގެ އެޑްވައިޒަރަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނާޒިމް އިސްތިއުފާ ދެއްވައި ޤާސިމަސް ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެމަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައި ވަނީ މިހާރު މަސައްކަތްތައް ހުންނަ ގޮތުން ޖޭޕީގެ މަސައްކަތްތަކަށް ވަގުތު ނުދެވޭތީ ކަމަށެވެ. އަދި އެއީ އެއްވެސް މައްސަލައެއް ޖެހިގެން ކަަމަކަށް އޭނާ ބުނެފައެއް ނުވެއެވެ.

ރިޔާޒު އެމަގާމަށް ހަމަޖައްސައިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަސް ޖޭޕީ އިން މައުލޫމާތު ދެއެވެ. ރިޔާޒް މީގެ ކުރިން ވަނީ އިދިކޮޅު ޕީޕީއެމް ގައިވެސް އިސް ރޯލެއް އަދާކުރައްވާފައެވެ. އެޕާޓީ އާއި ވަކިވެ ޖޭޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އޭނާ ވަނީ 19 ވަނަ މަޖިލީހަށް ވިލިފުށީ ދާއިރާއަށްވެސް ކުރިމަތިލައިފައެވެ. އެހެން ނަމަވެސް އެގޮނޑި ކާމިޔާބުވެފައެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަކީ

    ހެހެ ވަރަށް ރުފިޔާ ކާލާނެ ތީކޮން ބައެއް ހަގީގަތުގާ ވެސް ޖޭޕީ އަކީ ތާކުން ތާކު ނުޖެހޭ މީހުން ނަށް ޖަގަ ދޭ ޕާޓީއެއް

  2. ފުއާދު

    ތިރިޔާޒު ތީ ރޯނު އެދުރެއް..