ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ގދ. މަޑަވެލީގައި އިމާރާތްކޮށްފައިވާ 22 ހައުސިންގ ޔުނިޓް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ގެ ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ، އެ ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ދަނީ ގދ. މަޑަވެލީގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ހައުސިންގ މިނިސްޓްރީ އާއި ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލާއި ގުޅިގެން އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހު 6 ވަނަ ދުވަހާއި ހަމައަށް މަޑަވެލީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ހުވަދު އަތޮޅު ދެކުނުބުރީ މަޑަވެލި ކައުންސިލް އިދާރާގައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ. މަޑަވެލީގައި ވަނީ 22 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައެވެ. އެ ޔުނިޓުތަކަށް ބޭނުންވާ ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ހައުސިންގ މިނިސްޓްރީން ވަނީ ފެނަކަ އާއި ހަވާލުކޮށްފައެވެ.