ދިވެހި ސިފައިންނަށް ބޭނުމަށް އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްްގެ ވަޒަން ހަދިޔާކޮށްފިއެވެ.

އިންޑިޔާ އިން ހަދިޔާކުރި މި ވަޒަންތަކާ ރާއްޖޭގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި އިންޑިޔާގެ ފަރާތުން މި ތަކެތި ރާއްޖެއާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

އިންޑިޔާ އިން މިފަދަ އެހީއެއް ރާއްޖެއަށް ދިންއިރު، ދާދިފަހުން އެގައުމުގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތް ވަނީ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި ބިޕިން ވަނީ ސިފައިންގެ ޓްރޭނިން އާއި އޮޕަރޭޝަނަލް ގާބިލްކަން އިތުރު ކުރުމަށް އިންޑިއާ އަސްކަރިއްޔާ އިން ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.

އަދި މީގެ އިތުރުން އިންޑިއާ އިން ދަނީ ދިވެހި ސިފައިންނަށް ތަމްރީނު ދޭ ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި އިންޑިއާއިން ރާއްޖެއަށް އަސްކަރީ ވެހިކަލްތަކެއް ދާދި ފަހުން ވަނީ ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރީ

    ޢޭގެ ވަޒަނެއް ތަ ގިރިފުސިން ދިޔައީ؟

    12
    2
    • ނޭނގެ

      ހަހާ އާން

  2. Anonymous

    ހުސް ވަޒަނަކު ކޮންކަމެއްހޭ ކުރެވޭނީ .މިހާރު ބަޔަކ ުއެރިޔަސް ބިރު ހީސްލެވޭ ފެންވަރުގެ ލާދީނީ އެއްޗިސްތައް ތި ފެންނަނީ

  3. ހައްހައް

    މޯޑީ މާގިނައިން ތި ވަޒަން ހަދިޔާ ނުކޮށްބަލަ ތި ވަޒަންތައް މުޅި ރާއްޖެ ވަށައިގެން އުދުހެނީ. ފަތުރުވެރިޔަކުވެސް ހޭ އަރުވާލައިފި. މާގިނަވީމަ ޖައްވަށް ފަޒާއަށް ޖަހަނީ

    4
    1
  4. ބެއްޔާ

    ހެޔޮނުވާނެ ތިވަޒަންތައް އައިކޮޅަށް ފޮނުވާލާ. ވަޒަން ގިނަވެގެން ހަވާއަށް ފަޒާއަށް ޖަހަން ފަށައިފި. މީހުންނަކަށް ތަނަކަށް އިމާރާތަކަށް ނުބަލާ ވަޒަން ގިނަވެގެން. ވަޒަން ގިނަވެއްޖެނަމަ އޮޅުންބޮޅުންވާނެ އަދި އެއެއްޗެއް ހަމައެއް ނުޖެހޭނެ. އޭގެ މިސާލެއް މިއަދު ފަތުރުވެރިއެއްގެ ކަރަށް ވަޒަން އެރުން. ވަޒަން ނުލިބިގެން މިއޮތްހާދުވަހު ނުޖަހާތިބީ.

    5
    1
  5. ސޯލިހުބޭ

    އެކަމުގެ އުފަލުގައި ފަތުރުވެރިޔަކުގެ ގަޔަށް ވަޒަންފޮނުވާލީ.