މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)ގެ ދިފާއުގައި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ ހިމާޔަތްދޭ މީހުން ތިބި ކަމަށް އަދާލަތް ޕާޓީން ވިދާޅުވިއެވެ.
އެ ޖަމިއްޔާ އުވާލުމާއި ގުޅިގެން މިއަދު އަދާލަތް ޕާޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި މި ދިވެހިރާއްޖެ އޮންނާތީ ކަންބޮޑުވާ އެތައް ބަޔަކު މިދައުލަތާ ދެކޮޅަށް ފިކުރީ ހަނގުރާމައެއް ކުރަމުން އަންނަ ކަމަށެވެ.
އަދި ރާއްޖެއިން ބޭރުގެ ނުފޫޒުގަދަ އެތައް ބާރުތަކަކުންނާއި ރާއްޖޭގައި ތިބި މަދު ނަމަވެސް ނުފޫޒުގަދަ މަދަދުޤާރުންތަކެއް އެޖަމްޢިއްޔާގެ ދިފާޢުގައި ތިބިކަމަށާއި، ނަމަވެސް މިއިން ނުފޫޒަކަށް ބެއްލެވުމެއްނެތި ޤާނޫނުގެ ވެރިކަން ނެގެހެއްޓެވިކަމަށް އެ ޕާޓީން ވިދާޅުވިއެވެ.
"އަދި ފަސްޖެހުމެއް ނެތި ޤާނޫނުގެ ވެރިކަން ދަމަހައްޓަވައި ދިވެހިރާއްޖޭގެ ދީން ދިފާޢުކުރެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއަށް ޝުކުރު ދަންނަވަމެވެ". އެ ޕާޓީގެ ބަޔާނުގައި ވެއެެވެ.
އެ ޕާޓީން ވިދާޅުވީ، ޤާނޫނަށްވުރެ މަތީގައި އެއްވެސް ދިވެހި ރައްޔިތެއް ނުވަތަ ޖަމާއަތެއް އޮވެގެން ނުވާނެެ ކަމަށާއި، އަދި ޤާނޫނު ހިނގަންވާނީ ހުރިހައި އެންމެންގެ މައްޗަށް ހަމަހަމަ ކޮށް ކަމަށެވެ.
އަދި ޤާނޫނު ތަންފީޛުވާންވާނީ އެ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އަދި އިންސާފުވެރި ތަރަހައެއްގެ މަތީގައި އެކުލަވާލެވޭ ޑިއު ޕްރޮސެސްގެ ތެރެއިންކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދާލަތް ޕާޓީން ވަނީ އެ ޖަމިއްޔާގެ ރިޕޯޓާއި ގުޅިގެން ސަރުކާރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންތައް ކުރެއްވި ގޮތަށް ޝުކުރު އަދާކޮށްފައެވެ.
އަދި ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ހަމަލާ ދިނުމަށް ފޫގަޅާލާފައި ތިބި އަނދިރި ބާރުތަކާމެދު ފާރަވެރިވެ ދެމިތިބުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
ޢަލީ ޒާހިރު ހީކުރަނީ ދާނިން ވުޟޫކުރަން އެނގުނީމަ ދީނުގެ ހިމާޔަތުގައި ތިބޭނެކަމަށްތޯ. ހިތާ ދެކޮޅަށް ނަމަވެސް ރެރިޕޯޓާ ދެކޮޅަށް ފިޔަވަޅުއެޅީ ވެރިކަން ގެއްލިދާނެތީ. ދީނުގެ ކަންފުޅެއް ހުރެގެނެއް ނޫން. އަޅީ ޒާހިރުމެނަށް ފަސޭހަވާނެ ސަރުކާރުން ބައިވަރު ފައިސާ ދިނީމަ ސަރުކާރު ދިފާއުކޮށްގެން އުޅެން. ސިދާތާވެސް އެމްޑީއެންގެ ފިކުރަށް ތާއިދުކުރާ މީހެއް.
ޖަމިއްޔާ އުވާލެވިދާނެ އެކަމަކު އެ ޖަމިއްޔާގެ އިސްވެރިންނަށް ހައްޤު އަދަބު ދޭން ޖެހޭނެ! ހެކީގެ ގޮތުގައި ބައިވަރު ވީޑޯތައް ވެސް އެބަހުރި ރަށްރަށަށް ގޮސް މިމީހުން ދައްކާފަ ހުރި ވާހަކަ ތަކުގެ... ޖަމިއްޔާ އުވާލާފަ އެ ޖަމިއްޔާގެ ހަރަކާތްތެރިވި މީހުންނަށް ފިޔަވަޅު ނޭޅުމަކީ ފޫނެތް ފަޔަށް ފެންފުރުން....
ކޮން ނުފޫޒެއް! ޔާމީނު ހަދާހެން ނުފޫޒު އޮޅާލާފައި ތި ޖަމްޢިއްޔާ އުވާލަ! އޭރުން ތިބެދާނެ އަނގަ އައްޕަޗެއްހެން ހަދައިގެން!
އެމްޑީއެންގެ ދިފާއުގައި ނުފޫޒުގަދަ މީހުން ތިބީކީއެއްނޫން.. ކަލޭމެން ފިނޑީ..
ދީނައް ފުރައްސާރަކުރެވުނު ދުވަހު އެއްޗެކޭ ނުބުނެ ފިލާހުރި އެކަކައްވެސް ތާއީދެއް އަދި ގަދަރެއް ދިނުމެއް ނެތް. ތިތަތިބީ އެސިޑް ޓެސްޓުން ފުރިހަމައައް ފެއިލްވެފަ.
ޤާނޫނަށްވުރެ މަތީގައި އެއްވެސް ދިވެހި ރައްޔިތެއް ނުހުންނާނެ ކަމައް އަދާލަތުންބުނެ އުފާކުރާއިރު ފިޔަވަޅުއެޅީ ކޮންބަޔަކާ މެދުގަކަން އެގިނުލައްވަނީތޯ ހަމަހޭގަތަ ތިތިބީ ގޯސްވީ ޖަމުއިއްޔާ މީހުން އޯކޭ ދެ އަންހެނުން ގޮވައިގެން ހުރެ ބުއްދި ފިލާތިދަނީ މަގާމެއްލިބުނީމާ ހަމަހޭ ނެއްޓެނީ ވެއްޓޭއިރު ތަދުފަށެއްވާނެ. ކުފުރުނުވެ ފައިބާ..
ނުފޫޒުފޯރުވި މީހުންނަށް ފިޔަވަޅޫނާޅަނީސް އަދި ރައީސަށް ކުރަން ޖެހޭ ތައުރީފެއް އޮތްކަމެއް ނުދެކެން،ނުފޫޒު ފޯރުވި މީހުން އަދި އެ ނުފޫޒުގަދަ މީހުން މަޤާމުތަކުން ދުރުކޮށް ފިޔަވަޅު އަޅައި އެ ކަންކަމަށް ދޭންވާ އަދަބު ދީ ތަންފީޒު ނުކުރަނީހެއް ކުރާނެ ތައުރީފެއް އެބައޮތްތޯ؟
ދީނީ މިނިކަން ރާއްޖޭގައި ގާއިމު ކޮށްދޭމަތިން ނަޝީދު އަށާ އޭނާގެ އައުވާނުންނަށް ފަންޑު ކުރާ ދޮންކުދިންކޮޅުގެ ޕްރެޝަރ ތި އަންނަނީ މިހާރު.. ކެއްކޮށްލާ، ދުވަސްކޮޅެއްވާނީ ނަޝީދު ފަހާ ދޮންކުދިންކޮޅު ދުވަން ފަށާނެ ލާރިކޮޅު އަނބުރާ ހޯދަން
އޭގެ ތެރެއިން އެއްބަޔަކީ އަދާލަތު ޕާޓީ
ޢަހަރެމެންގެ ގައުމުގަ މިފަދަ ބޮޑު ކަމެއް ވެގެން ދިޔަ އިރު އެއްކަލަ ދީނީ ޢިލްމުވެރިންގެ ޕާތީބޖަހާލަތު އޮތީ ހިއްލަންނުކެރި އަނދިރިކަމުން މީތަ މީމީހުންގެ ހާލަތަކީ ނަމުން ދީންވެރި ކަމުން ޖާހިލު ޑިމޮކްރަސީ
އުވާލުމެކޭބުނުމަކުންނުފުދޭ އެރިޕޯޓުލިއުނު މީހުނައް ގާނޫނުގަވާ އެމްމެ ހަރުކަށި އަދަބުނުދެނީސް އަހަރުމެން ހުއްަޓައެއްނުލާނަން އިންށާ ﷲ
ބަލަ އަދިވެސް އުވާނުލައޭ.
ޢެ ލާދީނީ ޓެރަރިސްޓުން ހިފާހައްޔަރުކޮއް އަދަބު ދޭން ޖެހޭނެ
ސުވާލެއް
އުވާލަންޖެނީ މިޖަމްއިއްޔާގެ ނަންތޯ؟
ނުވަތަ ހައްގު އަދަބު ދޭންޖެހޭތޯ މިލިއުނު
މީހުންނަށް؟
ތިޔަ ނުފޫޒް ގަދަ މީހުންގެ ތެރޭގައި އަދާލަތު ޕާޓީގެ މީހުންވެސް ހިމެނޭ އަދި ހާއްސަކޮށް ޝޭހް އިމްރާން
ތިފޮޓޯގައި ތިބި 3މީހުންނަކީވެސް އެމްޑީއެން ގެ ދިފާއުގައި ތިބި މީހުން.
އޭގެ އެކަކީ އެމްޑީޕީ ބޮޑުމުއްލާ، ގ،ކެނެރީގޭ މުހައްމަދު ނަޝީދު އާއި އެމްސީ ހަމީދު ކަމަށް ރައްޔިތުންގެ ތުންތުންމަތިން އަޑުމިއިވެނީ.