ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހާތިމް ހިލްމީ އާއި ހުސެން މަޒީދު އައްޔަން ކޮށްފިއެވެ.

މި ދެބޭފުޅުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ނިންމާފައި ވަނީ މިއަދު ބޭއްވުނު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ 79ވަަނަ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ދެބޭފުޅުންނަކީވެސް މީގެ ކުރިން ސިވިލް ކޯޓުގެ ޤާޟީކަމުގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުންނެވެ.

މިއަދު ޖަލްސާގައި ދެން ނިންމި ކަންތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ދެ ލައްކަ ރުފިޔާދިން މައްސަލައެއް ބަލަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިއަދު ވިދާޅުވީ، އިސް ގާޒީ ހައިލަމްއާއެކު ކުރީގެމެންބަރު އަލްހާން ފަހުމީގެ ފަރާތުން މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ހާމަކޮށް، އެ ކޮމިޝަނަށް އިއްޔެގެ ވަގުތެއްގައި ފުލުހުން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

ޖޭއެސްސީން އިތުރަށް ވިދާޅުވެފައި ވަނީ، އެމްއެމްއޭ އިން އެ މައްސަލަ މިދިޔަ ޖުލައި މަސް ތެރޭގައި ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުން މިއަދާއި ހަމައަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަށާއި، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ކޮރަޕްޝަން 0 ޓޮލަރެންސްގައި ވައްކަމާ މަކަރާއި ހީލަތް

    11
    1
  2. ހުޅުރާއްޖެ

    ހާތިފުހިލްމީއަކީ ޑޭޒީމާގޭ ފާއިޒާގެ މުހައްމަދު ހިލްމީގެ ދަރިއެއް. މުހައްމަދު ހިލްމީއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގައި އަންޑަރ ސެކްރެޓެރީގެ މަގާމުގައި ހުންނެވި މީހެއް. ދެން މިކަމާމެދު އުފާކުރުން ނޫންކަމެއް ނެތެއް ނޫންތޯ

  3. ކީކޯ

    މިއަދު ޖަލްސާގައި ދެން ނިންމި ކަންތަކަށް ބަލާއިރު، ސުޕްރީމް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ދެ ލައްކަ ރުފިޔާދިން މައްސަލައެއް ބަލަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ