މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރިމަތި ކުރެއްވި ސުވާލްތަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ޖަވާބު ދެއްވިލެއް ފުރިހަމަ ކަމުން އޭނާއަށް "އޭ ސްޓާ" ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އުފާ ފާޅުކޮށްފިއެވެ.

އެގޮތުން އެމިނިސްޓްރީގެ މުވައްޒަފުން ވަނީ މިނިސްޓަރ އައިޝަތަށް ހޫނު މަރުހަބާއެއް ދަންނަވައި އެކަމުގެ އުފަލުގައި ކޭކެއް ވެސް ފަޅާފައެވެ. އަދި މިނިސްޓަރާއި މެދު ފަހުރުވެރިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިނިސްޓަރ އައިޝަތު މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުންގެ މުސާރަ ބޮޑުކުރުން އޮތް ގޮތެއް އޮޅުން ފިލުވުމަސެވެ. ހުރިހާ މެންބަރުން ކުރެއްވި ސްވާލްތަކަށްވެސް އެކަމަނާ ވަނީ ފުރިހަމަ އަދި ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.

މިނިސްޓަރ އައިޝަތު ދެއްވި ޖަވާބުތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ކޮންމެ ޖަވާބެއްވެސް ތަފްސީލް ކަމަށާއި އެހެން ކަމުން އެމިނިސްޓްރީ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް އެމަނިކުފާނު އިތުބާރު ކުރާ ކަމަށެވެ.

އަދި މިނިސްޓަރ ދެއްވި ޖަވާބުތައް ފުރިހަމަކަމުން އެކަމަނާއަށް ނަޝީދު މިއަދު ވަނީ "އޭ ސްޓަރ" އެއް ވެސް ދެއްވާފައެވެ.

މިއީ މިނިސްޓަރަކު ދެއްވި ޖަވާބައް ފާޅުގައި އެމަނިކުފާނު ތައުރީފް ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައި ވަނީ ޓީޗަރުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރުަމަށް ޕްލޭން ކޮށްފައި ވާކަމަށާއި އަދި ޓީޗަރުން އިތުރު ކުރުމަށްވެސް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. Anonymous

  އައިޝަތު އަލީ ތިހުރިހާ އެންމެން ކޮނޑަށްލިނަމަ ސަޅިވީ ސް

  49
  4
 2. އަޑފި

  އާ އިސްލީޑަރު އެއްޗެކޭ ބުނެފިނަމަ ތިވަރު ކުރަންވާނެ.

  43
  4
 3. Anonymous

  ތިޔާދިނީ އޭ ސްޓަރ

  34
  1
 4. އަފީ

  ސްކޫލްތަކުގައި ކޮނޮމެހެން ނަމާދުކުރާތަނެއް ހުންނަން ނުޖެހޭ އެޑިއުކޭސަން މިނިސްޓަރ އައިސަތު އަލީ ބުނުމުން ކެނެރީގެ ނަސީދު އޭ ސްޓަރ ދީފި.

  95
  4
  • ޢަލީ

   އެހެން ވެގެންނެއްނޫން އަންނި ތައުރީފުކުރީކީ. ޢެއީ އެމްޑީއެން އެދިފައިވާ ގޮތަށް މަންހަޖު ލާދީނީ ކުރާ ވާހަކަ ފަޚުރުވެރިކަމާއެކު ހާމަކުރީތީ. ލާދީނީ އައިސްތު
   .

   75
   7
 5. ފަހެ

  ލާދީނީ ކަމުގެ އޭ ސްޓަރ ތިލިބުނީ

  73
  2
 6. ބޮލި މުލައް

  ޢަދި ނައިބުރައީސް ދޭނެ ޑަބަލް އޭ ސްޓަރ

  63
  1
 7. ސަޓޯ

  މުސާރަ ބޮޑުވާ ދުވަސް ނޭނގޭ.. އޭ ސްޓާރ

  42
  1
 8. ސޮއްބެ

  އެޑިއުކޭޝަން މިނިސްޓްރީ މީހުން އެބަހުރި މިނިސްޓަރަށް ފިސާރި ވައި ޖަހަން ދަސްކޮއްފަ

  45
 9. ހިތާމަހުރި

  ބަޖެޓް ނެތޭ ޢަނެކެއްޗެކޭ ކިޔާފަ ފާޑުފާޑު ބޭކާރު ބެނާތަކަށް ހާހުން އި ސްރާފު މިކުރަނީ.

  42
  1
 10. ޓީޗަރު

  ކޮބައިތޯ އިތުރު ގަޑީގެ ފައިސާކޮޅު. ޓީޗަރުން ހަނާވާއިރު ލިބެނީ 10 ޕަސެންޓް. ތައުލީމީ ދާއިރާ ބޮއްސުންލާފައި އޮތީ އޭސްޓާރ ދޭ ވަރަށް

  31
  • ޢާލިމް

   ވަޒީފާޔާ ބެހޭ ޤާނޫނުގައި އޮންނަނީ 10 ޕަސެންޓް ދޭށެކޭ ނޫން. އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ ހުރިހާ ވަގުތަކަށްވެސް އުޖޫރަ ދޭންޖެހޭނެ. ނުދެންޏާ ޓްރައިބިއުނަލް އަށް ދޭ. އެއީ ޙައްގެއް. އެ ހޯދުމަށް ހުރަހެއް އޮވެގެން ނުވާނެ. ހުރިހާ ޓީޗަރުން އެކީގައި އެ މައްސަލަ ޖައްސަބަލަ.

   11
   • ގުލާމު

    މައްސަލަ ޖައްސާއިރަށް ކަނޑާލަނީ. ނޫނީ ވަޒީފާ އަދާކުރާ އޮފީސް ބަދަލު ކުރަނީ. މިހާރުވެސް 10 ވަރަކަށް ޕްރިންސިޕަލުން އެބަތިބި މިކަހަލަ އަދަބުތަކުގައި ތާށިވެފައި

 11. ބަކުރުބެ

  ގުނބޯ ނެހެދިބަލަ

  30
  1
 12. ކާކު

  ނަޝީދުގެ އަވާގައިޖެހިގެން ދަރިވަރުން ހަލާކުނުކުރާތި. އެކަލޭގެ ބޭނުމަކީ ކަމަނާ އާއި ތިދާެއިރާގެ މީހުންގެ ހިތްއަތުލުން. ދަރިވަރުންނަށް ދީނުގެކަންތައް ކިޔަވައިދިނުން ބަދަލުގެނައުން. ހިތާމަހުރި

  26
  1
 13. ނީލަކޯރުގެ ރާނީ

  ލާދީނީ ނަޝީދުގެ ކަންތައް ވަރަށް މައްޗަށް މިދަނީ.. މަ މާ މޮޅުވެފަ މަޖިލީސް ރައީސް ހެދިފަ އިސްކޫލަކަށް މަކުތަބަކަށް ކުލާސް ރޫމަކަށް ރައްޔިތުންގެ މަޖިލިސް ހަދައިގެން މިކަލޭގެ މިއުޅެނީ އަޅެ މޮޔަވެގެންތަ؟ ފިލްމުކުޅެ ސަކަރާތްޖަހާ .. ވަގު ..ފުލުސް ކުޅެ.. ޓީޗަރު .. ދަރިވަރުވެ.. މިކަލޭގެ ޕުރިންސިޕަލަށް ވެ .. ބަތްކަ ކައްކާ އުޅެ.. އަތްލަ އަތްލާކުޅެ.. އެ މަޖިލީސް ގުޅަ ކުޅޭ ފަސްގަނޑަކަށް ހަދައިފި އޭ. މިކަލޭގޭގެ އިތުބާރު ނެތްކަމުގެ ވޯޓެއްނަގާ.. ބޭރުކުރަން ވީ އޭ..

  29
  2
 14. ފަރުހާދު ޙަސަން

  ނަސީދު އޭނާގެ ޕަޕެޓުންނަށް އޭސްޓާ ބީސްޓާ ދިނަސް އަހަރެމެން ރައީތުން އެއެއް ދޭނީ މަސައްކަތް ނިމުނީމަ. ފުރަތަމަ އަހަރު މުސާރަ ކުޑައޭ. ދެވަނަ އަހަރު މުސާރަ މުރާޖާއޭ. ތިންވަނަ އަހަރު ބޮޑުކުރަނީއޭ. 4 ޕޭކޮމިޝަނުގައޭ. 5. އަހަރުގައި ބުނެފާނެ އަންނަ އަހަރުން ފެށިގެން ދޭނަމޭ. އެހެން ބުނުމުން ކަމަކު ނުފުދޭ.

  މިހާރުން މިހާރަށްވެސް ސްކޫލުްތަކަށް ބޭނުންވާ ކަންކަން ހަމަޖައްސަން އެބަޖެހޭ. ފޮތް ކިޔޭނެ ގޮތްތަކާއި ޑިޖިޓަލް ލައިބްރަރީގެ ޚިދުމަތްތައް ފަދަ ކަންކަން ހަމަޖެހިފައު ނުވޭ، ސްކްލު ނިންމާފަ ދާއިރު ކިޔާލާނެ ފޮތެއް ނުލިބޭ. އިންޓަރނެޓްގެ ކުނިބުނި ބަލާ ކޮޕީ މިކުރަނީ.

 15. ކަނބާ

  ތިޔައީ ޔުނިވަަަރސިޓީގައި އުޅުނުއިރުވެސް ވަޔަށް މަސައްކަތްކުރި މީހެކެވެ. ތިޔަދިން އޭ ސްޓާރއަކީ ތަޢުލީމީ ދާއިރާގައި ލާދީނިއްޔަތު ފަތުރާން މަސައްކަތް ކުރާކަމުގެ އަލިގަދަ ހެއްކެކެވެ. ތަޢުލީމީ ދާއިރާގައި ކަން ހިނގާގޮތް ބެލެނިވެރިން ފާރަވެރިވެ ބަލަން ޖެހޭނެއެވެ. މިހެން މިބުނީ ވަކިގޮތަކަށް ތަޢުލީމީ މުޤައްރަރު ބަދަލުކުރާން މަސައްކަތް ކުރިކަމަށް ފާޅުގައި ބުނެފައިވާ މީހަކު ތަޢުލީމީ މިނިސްޓަރަށް އޭ ސްޓާރއެއް ދިނީމައެވެ.

  8
  1
 16. ވަތަނަބެ

  މިނިސްޓްރީގެ ސިވިލް އެއްވެސް މުވައްޒަފަކު ތިޔަކަމަކު ބައިވެރިއެއްނުވޭ. އެއީ ސިޔާސީ މީހުން ކުރިކަމެއް ސިއްރު ސިއްރުން. ހަމަ އެކަނި ޕީއެސް އެހުރީ އެއީ މުވއްޒަފުންގެ ކަންކަމަށްވުރެ ސިޔާސީ ކަންކަމުގައި އުޅޭ ޕީ އެސް އެއް. އޭސްޓަރ ލިބުނުއިރު މެނޭޖްމަންޓް ހަމަ ސުމަކުން ސުމެއް ކަމަށް އެތާގެ މުވައްޒަފުން ބުނޭ. ދެން ކޮން އޭ ސްޓަރ އެއްބާ؟

 17. ސިވިލްސާވަންޓެއް

  ތިޔަޮޓޯއިން ފެންނަނީ ހައްތާވެސް ސިޔާސީ ބޭފުޅޫންތޯ؟ ސިވިލް ސަރުވިސްގެ ދެފޮށްދެގޮތް ރައީސަށް ނުފެންނަނީތޯ؟ ރައީސްކަމުގައި ހުރެވޭނީ ބާކީއޮތް 4 އަހަރު

 18. ޙަސަން

  ތިޔަ އަންނި އޭ ސްޓަރ ދިނީ އެޑިޔުކޭޝަންގައި ހުރެފައި ބުރުގާ ނާޅާތީ. ލާދީ ކުރިއަށް ނެރޭ މީހުން އެފަދަ ކަންކަމަށް ވަރަށް ބަލާނެ. ޔާﷲ މި ކެނެރީގޭ ނަޝީދު ގެ ކިބައިން މަޤައުމު ސަލާމަތް ކުރައްވާންދޭވެ. އަދި ޞާލިޙަކީ ޤާބިލް ޤައުމާގެން ކުރިއަށްދެވޭފަދަ އިސްލާމީ ވެރިއެއްކަމުގައި ލައްވާންދޭވެ.

  3
  1
 19. އަލީ

  ތިއީ ތިޔަ މިނިސްޓްރީން އޭނަގެ އޭޖެންޑާ ވަރަށް ރަނގަޅަށް ތަންފީޒުކުރަމުންދާ ކަމުގެ ހެއްކެއް.

  4
  1
 20. ލާހިއާމިނާ

  ޑޮކްޓެރޭޓް ފެންވަރުގެ މީހުންވެސް ތިހާ ގުނބޯތަ؟ ތިހާ ބޯގަޅިތަ؟

 21. އަހްމަދްފުޅު

  ނަޝީދު އޭ ރިޕޯޓްދިނީ ސްކޫލްތަކުގައި ނަމާދުކުރާ ތަންތަން ހުނަނަން ނުޖެހޭކަމަށް ބުނުމުން..

  6
  1
 22. ދޮށިކޮއި ޢަލީގެ މުޙައްމަދު

  މަރުހަބާ ތިވަރުގެ މިނިސްޓަރެއް ނުހުންނާނެ

  1
  6
 23. ދޮށިކޮއި ޢަލީގެ މުޙައްމަދު

  ތިފޮޓޯގަނޑުން ހިވަނީ މިނިސްޓަރަކީ ފާތިމަތު ނަސީރުހެން ވަރަށް ވެފަ މާބޮނޑި ހިފައިގެން

 24. ބިންގޯ

  ގުނބޯލޯ. ގުނބޯލޯ. ގުނބޯލޯ. ގުނބޯލޯ

 25. ސިވިލް ސާވަންޓެއް

  ސިއެސްސީގެ ރައީސް މީ ހާދަހަވާ ނުބައިނުލަފާ މީހެއްދޯ ކޮމިސަން އެއްކޮށް ސިޔާސީކޮށް ޚަރާބުޮށްފި އަޅެ މިފޮޓޯގަޑުގައި ސިވިލް ސާވަންޓުން ތިބިނަމަ ފިޔަވަޅު އަޅައިބަލަ ހަމަހިލައި ނުކެރޭނެ ޖޮބު ގެއްލިދާނެތީ

 26. ކކކކ

  ސޯ އިމެޗުއަރ

 27. ޑޮކްޓަރ

  ޢާ ތިޔާލިބުނީ ހުކުރުެ ހައްޖެއްވިއްޔާ ކިހާޢުފާ ވާންޖެހޭނެ