މިސަރަހައްދަކީ ޓެކްނޮލޮޖީގެ ހަބަކަށް ހެދުން މުހިންމު ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަލީހް މިގޮތަށް ވުދާޅުވެފައި ވަނީ އިންޑިއާގައި ކުރިއަށްދާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ މަލީހް ވިދާޅުވީ މިސަރަހައްދަކީ ޓެކްނޮލޮޖީގެ ހަބަކަށް ހެދުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، އެކަން ކުރެވިއްޖެ ނަމަ މިހުރިހާ ގައުމެއްވެސް ކުރިއަރައިގެން ދާނެ ކަމަށް ގަބޫލި ކުރައްވާ ކަމަށެެވެ.

މިނިސްޓަރގެ ވާހަކައިގައި އެކަން ކުރެވިދާނެ ގޮތްތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާ ލައްވައިފައެވެ.

އެރަސްމިއްޔާތުގައި އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ މަލީހްވަނީ އިންޑިއާއިން ސައިންސާއި ޓެކްނޯލޮޖީގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުމަށް އަލިއަޅުވާލައްވަވާފައެވެ. އަދި ސައިންސްއާއި ޓެކްނޯލޮޖީގެ ދާއިރާއިން އިންޑިއާގެ ހޯދުންތައް އަވައްޓެރި ގައުމުތަކަށް ވާސިލްކޮށްދިނުމާއި ނޮލެޖް ޓްރާންސްފަރ ކުރުމުގެ މުހިންމުކަން ފާހަގަކުރަށްވާ އެކަމަށް ގޮވާލެއްވިއެވެ.

އެގޮތުން އިންޑިއާގެ އިންސްޓިޓިއުޝަންތަކާއި ރާއްޖެއާއި އޮންނަންޖެހޭ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށާއި، ސައިންސާއި ޓެކްނޯލޮޖީ، އިންޖިނައރިންގ އަދި މެތަމެޓިކްސް ގެ ދާއިރާ ރާއްޖޭގެ ތައުލީމީ މަންހަޖުގައި ހިމެނުމަށް ކުރެވޭ މަސައްކަތައް އިންޑީއާއިން ވެދެވޭނެ އެހީތެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި އިންޑިއާގެ ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓަރ ޑރ. ހާޝް ވަރްދާންގެ އިތުރުން، ބޫޓާން، އަފްޣާނިސްތާން، މިޔަންމާގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިނިސްޓަރ މަލީހުގެ އިތުރުން އިންޑިއާގެ ސައިންސް މިނިސްޓަރ، ބޫޓާން، އަފްޣާނިސްތާން، މިޔަންމާގެ މިނިސްޓަރުންވަނީ ސައިންސް ފެސްޓިވަލްގައި ބައިވެރިވާ އިންޑިއާގެ ހުރިހާ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން ސައިންސް ގެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ އެކި ކޮންކްލޭވްތަކަށް ވަޑައިގެން އެކުދިންނަށް ހިތްވަރުދެއްވަވާފައެވެ.

އަދި މުސްތަޤްބަލުގައި އިންޑިއާގައި ބޭއްވޭ މިފަދަ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލުތަކުގައި ދިވެހިރާއްޖޭގެ ސައިންސް ދާއިރާއިން ކިޔަވާކުދިންނަށް އަދި ޝައުގުވެރިވާ ކުދިންނަށް ބައިވެރިވެވޭނެ ގޮތްތަކަކާއިމެދުވެސް މަޝްވަރާކުރެވިފައިވެއެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ އިންޑިއާ އިންޓަނޭޝަނަލް ސައިންސް ފެސްޓިވަލަކީ އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބޭއްވޭ މިފަދަ ފަސް ވަނަ ސައިންސް ފެއަރއެވެ. އަދި މިފެއަރގެ ބައެއްގެ ގޮތުން މިއަދު މިނިސްޓަރ މަލީހުވަނީ އެސް.އެން.ބޯސް އިންސްޓިޓިއުޓަށްވަޑައިގެން އެތާނގެ މެނޭޖްމަންޓާއި ބައްދަލުކުރަށްވައި، އެ އިންސްޓިޓިއުޓާއި މިނިސްޓްރީއާއި ދޭތެރޭ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކަކާއިމެދު މަޝްވަރާކުރައްވާފައެވެ. އަދި މުސްތަޤްބަލްގައި ރާއްޖޭގައި ސައިންސްގެ ދާއިރާއިން ކުރިއަށް ދާންބޭނުންވާ ކުދިންނަށް މި ސެންޓަރު މެދުވެރިކޮށް ތަޢުލީމާއި ތަމްރީނު ފުރުސަތުތަށް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދޮގެއް؟

    އެމްއެމްޕީއާރްސީ ލާރިގަނޑު ހުސްވާން ގާތްވެސް ނުވޭ އޮތަ؟ އަދިވެސް ނުކުމެ އެބަ ވާހަކަ ދައްކައެއްނު. ބަހުލޫލެކޭ ތަފާތެއް ނެތް.

  2. ހުސޭނުބޭ

    މިނިސްޓަރ........ މިހާރު އަގުހެޔޮ އިންޓަނެޓްގެ ހާލު ކިހިނެއްތޯ!

  3. މަނިކެ

    ފޮނި ވާހަކަ ނުދައްކާ އިސްތިއުފާދީފަ ގެޔަށްދޭ؟ތީ އެއްވެސް އުރައްޕެއްހުރި މީހެއްނުން.

  4. ލޮލް

    ބޭނުން ނެތް އަންގަ ތެޅުވީމަ އަގުވެއްޓޭނީ!

  5. ނަޒީރް

    އޭމީ.. މި ސަރަހައްދުގެ ނާސާ އެއްނޫން.. މިތާގަ ރުކައް އަރަ ތިބެ ޖައްވު ދިރާސާކުރާ މީހުންނާއި އަނގައިން ބޮކި އަރުވަމުން ނަފްސާނީ ބަލިތަކުގެ ކަންކަަމައް ހައްލުހޯދާމީހުން އެތިބެނީ މަގުމަތި ފުރެންދެން.. މިއީ މިހާރުވެސް ޓެކްނޮލޮޖީގެ ޖާޑީއެއްނުން.

  6. ސޯލިހުބޭ

    ކިތައް ހަބު ހަދަންތޯ ތިޔަ މަލީހު އުޅެނީ . މިހާރު މިރާއްޖޭގައި ތިޔަހަބެއް ކަލޭހަދާފި އަނގައިން. އިންޓަނެޓްވެސް އަގުހެޔޮ ކޮށްފި އނަގައިން.

  7. މޫސަ

    ބަލަ ފުރަތަމަ އިންޓަނެޓް ގެ އަގު ހެޔޮކޮއްބަ.