ފަތުރުވެރިއެއްގެ ގަޔަށް ސިފައިން ތަމްރީނެއްގައި ޖެހި ވަޒަނެއް މިއަދު އަރާފައި ވާތީ ގިރިފުށީގައި ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ހުރިހާ ތަމްރީންތަކެއް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެމްއެންޑީއެފް އިން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ވަޒަން އެރި ހާދިސާގެ ތަޙްޤީޤުކޮށް ނިމެންދެން ގިރިފުށީގައި ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ހުރިހާ ތަމްރީނެއް މެދުކަނޑާލާފައިވާ ކަމަށެވެ.

ގިރިފުށީގައި ސިފައިން ތަމްރީނެއް ހަދަމުން ދަނިކޮށް، ވަޒަން އެރީ އެސަރަހައްދުގައި އޮތް ސަފާރީއެއްގައި ހުރި ފަތުރުވެރިއެއްގެ ގަޔަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މިހާދިސާގައި ޒަހަމްވެފައި ވަނީ ޖަރުމަންވިލާތުގެ 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"ތަމްރީނެއްގައި ބޭނުން ކުރާ ހަތިޔާރެއްގެ ސަބަބުން ސިފައިންނަށް ވެސް އަދި އާއްމުންގެ މީހަކަށް ވެސް ގެއްލުމެއް ލިބުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ސަލާމަތާއި ރައްކާތެރިކަން ކުރިއަށް އޮތްތަނުގައި އިތުރު ކަށަވަރު ކުރާނަން" ކަމަށް އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވިއެވެ.

ފަތުރުވެރިޔަކު ޒަހަމްވާން މެދުވެރިވި ހާދިސާ އާއި ގުޅިގެން މަޢާފަށް އެދޭކަމަށް ވެސް އެމްއެންޑީއެފްގެ ބަޔާނުގައި ވިދާޅުވިއެވެ.

ޒަހަމްވި ފަތުރުވެރިޔާގެ ފުރާނައަށް ނުރައްކާވާރުގެ ޒަހަމެއް ލިބިފައެއް ނުވެއެވެ. ވަޒަން އޭނާގެ ކަރުގައި ޖެހުނު އިރު ވަޒަނަރުގެ ބާރު ކެނޑިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. ޒަހަމްވި ފަތުރުވެރިޔާ ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެއު

    މިފަދަ ހިތާމަވެރި ހާދަކަމެކޭ މި ސަރުކާރު އައިފަހުން މިދިމާވަނީ ވިސްނަބަލަ މިހިރަ މިހިރަ ކަންކަމާމެދު ހާދަ ދެރައޭ މިމިހުން ނަގަން އުޅުނުފަދައިން ބާލަންވެއްޖެ ގައުމު ހަލާކު ބަދުނަސީބާ ކޮންމެދުވަހަކުވެސަ މި ކުރިމަތިލަނީ ވިސްނަބަލަ މިވާގޮތެއް އެބައެއް ހާލަތު އެބައެއްގެ އަތުން ބަދަލްކުރާނީ ރަގަޅަސް ނުރަގަޅަސް

  2. ޢާލިމް

    ގޭގޭ ދޮރުން، މިހާރު މީހެއްގެ ކަރަށް؟