ވައިގެމަގުން ބެންގަލޫރުން ރާއްޖެއައި އިންޑިޔާގެ ދެ މީހެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މިތަކެތީގެ އަގު ބައި މިލިއަން ރުފިޔާ އަށް ވުރެ ގިނައެވެ.

ކަސްޓަމްސް އިން ވިދާޅުވީ ނޮވެންބަރު 02 ވަނަ ދުވަހުގެ ހަވީރު ރާއްޖެ އައި އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން އެކްސްރޭ ކުރިއިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވިގެން ބަލައި ފާސްކުރިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮސިޓިވް ވެފައިކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

"މި ދެ މީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 5,72,982.00 (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދޭއް) ރުފިޔާއަށް އަރައެވެ." ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިމައްސަލައިގަައި ޝާމިލްވާ މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މާނިއު ބޮޑޭ ނޫމަރާ

  ކަސްޓަމްސްގެ މަގުމަތީ ރޭޓާއި ޕޮލިސްގެ މަގުމަތީ ރޭޓްގެ ފަރަގު ހާދަ ބޮޑޭ. ކިހިނެއްވާ ކަމެއްބާ؟

  12
 2. މި ރައީސް

  ރޭޓް ގެ ވާހަކަ ނުދައްކާ އަބަދުވެސް އޮޅުވާލުން. ނުގުޅޭކަންތައްތަކުގެ ވާހަކަ ދެއްކުން މިނިވަންކަމުން އަޅުވެތިކަމަށް ދާނަށްހޭ ނުދާނަމޭ

 3. އަލިބެ

  ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރުމުގެ އަޑީގައި ތިބީ އިންޑިޔާގެ ޑްރަގް ލޯޑުން.