ކުރީގެ ރައީސް މުހައްމަދު ނަޝީދު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް ތާއިދު ކުރާކަމަށް ބުނި ދެ ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
ދެ ފުލުހުންގެ މައްސަލަ ބަލަމުން ގެންދަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނެވެ.
"ވަގުތު" އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ދެ ފުލުހުން ވާހަކަދެއްކީ ނަޝީދަކީ ފާޅުގައި އެމްޑީއެންއަށް ތާއިދުކުރާ ބޭފުޅެއްކަމަށް ބުނެއެވެ. އެ މީހުން އެވާހަކަދެއްކީ އިތުރު ފުލުހުންތަކެއް ތިއްބާ ފުލުހުންގެ މެސްރޫމްގައެވެ.
މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެތަނުގައި ތިބި ފުލުހުންގެ ތެރެއިން ފުލުހެކެވެ.
އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ލިބުނު ރިޕޯޓާއި ގުޅިގެން އެތައް ރައްޔިތުންނަކާއި އެތައް އިލްމުވެރިންނެއް އެމްޑީއެން އާއި ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ގެންދެވި ނަމަވެސް ނަޝީދު ވަނީ މީގެ ކުރިން އެތައް ފަހަރަކު އެމްޑީއެންގެ ދިފާޢުގައި ވާހަކަފުޅު ދައްކަވާފައެވެ.
ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތަކެއް ހުރިކަމަށް ދެކޮޅު ހައްދަވާ އެއީ ތަރުޖަމާ ކުރުމުގެ މައްސަލައެއް ކަމަށް ވެސް ވިދާޅުވެފައެވެ.
އަދި އޭގެ ފަހުން އެމަނިކުފާނު ވަނީ އެމްޑީއެންގެ ރިޕޯޓުގެ ވާހަކަ ދައްކަނީ ސީރިޔާ އަށް ހަނގުރާމަ އަށް މީހުން ފޮނުވާ މީހުން ކަމަށް ވެސް ވިދާޅުވެފައެވެ.
"އެއީ ސީރިއާއަށް މީހުން ފޮނުވަނީ ކޮން ބަޔަކު އެކަމުގެ ތެރޭގައިވެގެން ތޯ. ފާހަގަ ވެގެން މިދަނީ މި ރިޕޯޓު މީ އެވެނި މިވެނި ރިޕޯޓެއް ކަމަށް ވިދާޅުވެ، ހަރު އަޑުން ވާހަކަދައްކަވަނީ އެ ރިޕޯޓުގައި ސީރިއާއަށް މީހުން ފޮނުވާކަމަށް ތުހުމަތު ކުރެވި އިނގިލި ދިއްވެފައިވާ މީހުން" ނަޝީދު ވިދާޅުވިއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓާއި ގުޅިގެން އިލްމުވެރިންނާއި އާއްމުން އެޖަމިއްޔާ އުވާލަން ގޮވާލަމުން ގެންދާތާ ދެމަހެއްހާ ދުވަސް ފަހުން ސަރުކާރުން ވަނީ އިއްޔެ އެޖަމިއްޔާ އުވާލަން ނިންމާފައެވެ.
ކިތަންމެ ވަރަކަށް ބެލިއަސް ނުކުރާ ކަމަކަށް ނުވާނެ.
އެއީ ދޮގެއްތަ؟
ފިރުއައުނާ ދިމާއަށް އެއީ ފިރުއައުނޭ ބުނީމަ އެމައްސަލަ ވެސް ޖެހޭތަ ބަލަން؟ ބަތްކައްކާ ކުޅޭ ފުލުހުން. ޓޯއީ ސަރުކާރު.
ސާބަހޭ، އެމްޑީއެން ވާހަކަދައްކާ ހުރިހާރައްޔިތުން ކަނޑުފައްތާލަންވީނުން، މިޖައްބާރުންގެ ކިބައިން ގައުމު ސަލާމަތްވޭތޯ މާތްﷲގެ ޙަޟުރަތުގައި ދުޢާކުރޭ.
ލާދީނީ މީހެއްވިއްޔާ ކޮންމެ މީހަކައްވެސް ބުނެވޭނީ އެއީލާދީނީމީހެކޭ ދެންމިހާރުމިދާވަރުން ދަންޏާ މިކަލޭގެނަންވެސް މީހެއްގެދުލުކުރިޔައްގެނައުންވެސް މަނާވާނެތާ މީދެންކިހާ ބޮޑުމިނިވަންކަމެއްބާ
ޥެއްޓެނީ
އެވާހަކަ އަޑު އިވުނީ ހޮއްކޮގެ އައުވާނިކަށް އެހެންވެ އެސޮރައް ކެއްނުވީކަމަށް ވނީ ާ
ނަޝީދު އެމްޑީއެން އަށް ތާއީދުކޮށްފަވަނީ ފާޅުގަ. އެކަން ހުރިހާ ދިވެހިންނަށް އެގޭ. ހުރިހާމީހުންގެ މަސްއަލަވެސް ބަލަންވީނު.
އެހެންވީމަ ފުލުހުންގެ ތެރޭގައިވެސް އެމް ޑީ އެން އަށް ތާއީދުކުރާ ކުދިން އެބަތިބިތާދޯ؟
ފުލުހަކު ބުންޏަސް ކުނި އުކާބެ ބުންޏަސް މާކުރިންވެސް އެ އަންނި ތަޅާއަނގައިން އެންމެންނަށްވެސް އެނގޭ އެއްޗެއް ދޯ އެއީ
ދެން ތިބުނާ 2 ފުލުހުންނާއި ކޮންވާހަކައެއް ދައްކަމުން ގޮސް ތިވާހަކަ ދެކެވުނީ ހުސްދޮގު
އަޚެ މަގޭ މައްސަލަ ބަލާ ަލަ. ކަލޭ ތާއީދުކުރެއޭ އެބައިމީހުނަށް. އަސްލޭ.
"އަޅުފަނޑަށް މަލާމާތްވެސް ކުރަންވީ. ފުރައްސާރަވެސް ކުރަންވީ. ޣީބަވެސް ބުނަންވީ" އެކަމަކު އަޅުގަނޑަކަށް ހަޖަމެއް ނުކުރެވޭނެ.
މީހަކު ބުނީމަތަ މައްސަލަޔަކީ އޭނަ ދެއިރު ދެދަލަޔަށް ދެއްކި ވާހަކަތަކުންނާ މިހާރު ޔޫޓިއުބުގާ ހުރި ވާހަކަތަކުން ކުޑަކުއްޖަކަށްވެސް ނަސީދުގެ ލާދީނީ މިންވަރު އެގޭނެ . ހަމަގައިމުވެސް އަހަރެން ގަބޫލުނުކުރަން ނަސީދު އެއީ މުސްލިމަކު ކަމަކަށް.
ތެދެއް ބުނީމަ އެ މައްސަލަ ބަލަން ޖެހޭބާ! އަމިއްލައަށް އެބަ ބުނޭ "އެއީ ލިޔުމުގެ މައްސަލަ އެކޭ" ނުވަތަ "އެއީ ސީރިއާ އަށް ހަނގުރާމައަށް މީހުން ފޮނުވާ މީހުން ދައްކާ ވާހަކަ އެކޭ". މިއީ ތާއީދު ކުރުމަށް ނުވަންޏާ ޖަހާފަ ޖެހީމޭ ނުބުނެފިއްޔާ ޖެހި ކަމަކަށް ވެސް ނުވާނެ
އަހަރެން ހިތަށް އަރަނީ ސީރިޔާއަށް ހަނގުރާ މައަށް މީހުން ފޮނުވުންތޯ ބޮޑީ...ނުވަތަ އިސްލާ މްދީނަށާއި ރަސޫލާ ޞ.ޢ.ވ އަށް ފުރައްސާރަ ކޮށް ﷲ އާއި ޖަދަލު ކުރުންތޯ އޭ ބޮޑީ...
މުސްލި މުންނަށް ބޮޑުކަ މަކަށް ވާންޖެހޭނީ ކޮންކަ މެއްކަން ބުނެދެވޭނެ ފެންވަރު ހުރީ ނަޝީދުގެ ކިބައިގަތޯ ނުވަތަ ޢިލް މުވެރިންގެ ކިބައިގަތޯ...
އިސްލާ މް ދީނާ ގުޅުންހުރި ކަ މެއްގައި އަދި ކިއެއްތަ މުސްލި މުންގެ އެއްވެސް ކަ މެއްގައި ގޮތް ފާޑު ކިޔަން ނަޝީދުގެ ހުރީ ކޮން ލަޔާގަތެއްތޯ ކޮން ހައިސިއްޔަތެއްތޯ.......މއެކަންތައްތަކަކުން އިންސާނީ ޖީލު އަޅުވެތިވެފައިވަނިކޮށް އިސްލާ މްދީން އައިސް ނެތިކޮށްލި ކަންކަންް، ތަފާތު އެކި އެކި ނަންނަ މުގައި ގެނެސް އަވާ މެންދުރުން ހައްލާ ހީލަތްތެރިކަ މުން ރައްޔިތުން ގުނބޯ ހެއްދުންނޫން ކަ މެއް އަހަރެން ޑި މޮކްރަސީ ގެނައިފަހުން ނުދެކެން....
ތީ މިގައުމަށް ޖެހިފައި އޮތް ބަލާޔާ މުސީބާތެއް.
ބޮއްޅަބޭ ވިއްޔާ
ކުދިންނޭ ތިނަސީދަކީ އަލިފުގެޖެހިގެން އިން ބާ!
އެއިން ނަމަކުން ގޮވޭނެ!
ޤައުމުގެ ހަލާކު!
ނަޝީދު އެމްޑީއެން އަށްތާއީދު ކުރާކަން ކީއްކުރަން ، އެމްޑީއެންގެ މޭސް ތިރި އަކީވެސް ނަޝީދުކަން ކުކުޅު ހާވެސް ދަނޭ..
ސާބަހޭ. ނަޝީދޭ ބުނާ ކޮންމެ މީހެއްގެ މައްސަލަވެސް ބަލާތި. ޤުރުއާނާއި ސުންނަތް ނޫން އެހެން އެއްޗެއް އޭގެ ބަދަލުގަ ހޯދަން ޖެހޭކަމަށް ދަޢުވާކުރާ ވަރަށް މާތް ބޭކަލެއް އެއީ
މިސަރުކާރު މީ ހިނިއަންނަކަންތައް ކުރާބައެއް ތެދެއްހަދާފިއްޔާ އަދަބެއް ބަލަގަ ކެނެރީބެ ތާއީދު ނުކުރޭތޯ ފާޅުގަ އެކުރަނީ ބިރެއްނެތި މަޖާ ކުރާށޭ ބުނީމަވެސް އޯކޭ ބަލަންތިއްބަވާ ވަގުތު ކައިރިވަނީ ދެވަނަފަހަރައް ވެއްޓޭއިރު ވަރައް ތަދުވާނެކަން
ވިސަނަބަލަ ހާލަތު ހުރިގޮތް ތ. ވިލުފުށި ކިޔާ ރަަށެއްގަ އައްނިއައް ތާއީދުކޮއް ކައުންސިލް އިންތިހާބައް ބޮޑުސިންގަރާހާ ބިމެއް އެރަށުގަ ހުންނަ ފެނަކަ މުވައްޒަފުން ލައްވާ ސާފުކުރަމުން އެބަދޭ މުސާރަ އިތުރުވާނެ ގޮތައް އޯޓީ ލިބޭގޮތައް ނުކުރާމީހަކު ޗުރަޓީ ހިފަހައްޓާނެކަމުގެ ބިރުދައްކަނީ ބުނިގޮތެއް ހަދާށޭ ވަދެ ތިތިބީ ކިހާދެރަކަންކަން މިހުންނަނީ..
ނުބުންޏަސް އެގޭނެ ތިޔަކަން. ބުނީމަދޯގޯސް މިވީ.
ޑިކްޓޭޓަރޝިޕް އެއްގެ ހުރިހާ ޝަރުތެއް ހަމަވޭ
އެހެން ވިއްޔާ ފުލުހުންގެ ޕްރޮފެޝާނަލް ސްޓޭންޑާޑަކީ ދޮގު ހެދުން ، އެހެން ވީމަތާ ތެދެއް ހެދީމަ ފިޔަވަޅު އެ އަޅަނީ
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. ތެދުބަހުން ވާހަކަދެއްކުމުގެ މިނިވަންކަން. ޙައްޤުބަސް ބުނުމުގެ މިނިވަންކަން. ދުލުގެ މިނިވަންކަން. ދެންކިޔާނެކަމެއްނެތް ހައްތާވެސް މިނިވަންކަން.
ނަޝީދަކީ އެމްޑީ އެން އަށް ތާއީދު ކުރާ އެމްޑީއެން އިން ނެރުނު ރިޕޯރޓަށްވެސް ތާއީދުކުރާމީހެއް. ރައީސް ސާލިހުވެސް ތާއީދުކުރޭ. 21 ވަނަޤަރުނުގަ އުފެދުނު ނަޝީދު މެންކަހަލަ އެއްމެ ނާތަހުޒީބު މީހުން ދިވެހިރާއްޖޭގައި އުފެދުނުކަމީ ހިތާމަކުރާކަމެއް. ތި މީހުންނަކީ އެއްވެސް ދީނެއްދައްނަބައެއްނޫން. މިފަދަރިޕޯރޓް ނެރުމުގެ ބޭނުމަކީ ހުޅަގުގެ އެހީގަ އަތުންފާތް މަސައްކަތް ނުކޮށް ދިރިއުޅުން ހަމަޖެއްސުން. މިކަން އެގޭނެ ތި 2 ޕޮލިހުންގެ މައްސަލަ ބަލާމީހުންނަށްވެސް ރިޕޯރޓްކުރި ޕޮލިހައްވެސް. އަދި އެމީހުން އާއިލާތަކަށްވެސް. ދިވެހިރާއްޖޭގެ ހުރިހާރައްޔަތުންނަށްވެސް.
ނަސީދު އެމްޑީއެން ދިފާއުކޮށް ވާހަކަދައްކާފައިވާތީ މިހާރުން
މިހާރަށް އޭނާ މަޖިލީހުގެ ރައީސްކަމުން ދުރުކުރަން ޖެހެއެވެ
އަދި ނައިބުރައީސް މަޖިލީހުގެ ރައީސްކަމަށް ހަމަޖައްސަން
ޖެހެއެވެ. މިކަން ލަސްކުރެވޭކަށް ނެތެވެ.
ދެން ނަޝީދު ނުބުނާއެއްޗެއްތަ އެ ދެފުލުހުން ތެދުވެރިކަމާއެކު އެ ބުނީ މިސަރުކާރާހެދި ބޯހަލާކު
އެހެންވީމަ ފުލުހުން މެސްރޫމްތެރޭ ނަޝީދު އެމް ޑީ އެން އަށް ތާއީދު ނުކުރެޔޭ ސަމާސާ ރާގަކަށް ކިޔައިފިއްޔާ ވެސް އެމައްސަލަ ބަލާ ޕްރޮމޯޝަން ދޭނެތަ؟ ނިކަން ހަމަޖައްސާބިޔ ކޮޕްސް !
ފުލުހުން އެގޮތަށް ތުހުމަތުކުރަނީ އެކަން އެގޮތަށް އޮތީމަ.ފުލުހަކު މީހަކާއިމެދު ކުށަކަށް ތުހުމަތުކޮށްފިނަމަ ، އެމީހެއްގެ މައްސަލަ ބެލުމުގެ ބަދަލުގައި ، އެ ތުހުމަތުކުރި ފުލުހެއްގެ މައްސަލަ ބެލުމަކީ ކުއްކުރާމީހުންނަށް ދެވޭ އިތުރު ހިތްވަރެއް
ނަޝީދަކީ ދެއިރު ދެގޮތަށް ވާހަކަދައްކާ މީހެއް. އެމް ޑީ އޭ އަށް ތާއީދުކުރާ މާތް ބޭފުޅެއް.
ތެދުބުނުން މަނާ ގައުމަކަށް މިގައުމު ބަދަލުވަމުން މިދަނީ؟
ތުރުކީގަ އަތާތުރްކު ކަންކުރި ގޮތް ކޮބާ ތަފާތެއް
ލާދީނީމީހެކޭ އެމްޑީއެންއާއި ކެނެރީގެނަޝީދު ގުޅުންއޮވެޔެބުނެގެން ކުރާނެކަމެއްކުރަންވީ ކެނެރީގޭ މުހައްމަދުނަޝީދަކީ ލާދީނީމީހެއް އެމްޑީއެންގެ ބައިވެރިއެއް މަގޭމައްސަލަބަލާ މަމީ ސިވިލްސާވިސްގެ މުއައްޒަފެއް އިދާރާއެއްގެ ޒެޑްވީ އެެއް މައްސަލާބަލަ
އެތާވެސް ތިބޭނެތާ ސީޕީ އަކީ ދުވަސްކޮޅަކު އެޖަމާއަތު މަސައްކަތް ކުރިމީހެއްކަން އޮތީ ހާމަވެނިމިފަ
ތިޔައީ މިރާއްޖެއަށް ލާދީނީ ގެނައި މީހަކީ ކިތަންމެވަރަކަށް ބެލިޔަސް ކެނެރީގޭ ލާދީނީ ނަސީދު.
މިވާހަކަ އަބަދުވެސް އަހަރުމެން ފޭސްބޫކުގައި ޖަހާނަން. އަދި ކިޔާން. ލިޔާނަން. ބިރުދެއްކިޔަސް އޯކޭ.
އެދެ ފުލުހުންގެ ދިފާއުގަ އެހެން ފުލުހުން ވެސް ވާހަކަ ދައްކަން ވީއެވެ.
ނަޝީދަކީ އޭގެ ބައިވެރިއެއްކަމަށް އޭނާ ދައްކާފައިވާ ވާހަކަތަކުން ޘާބިތުވެއެވެ.
ތިކަލޭގެ ލާދީނީ ވާހަކަ ދައްކައެ ބުނާވާހަކަ ދައްކާހާ ފުލުހުނެއް ނުހޯދޭނެ އަދި އެއްބަހެއްނުކުރުވޭނެ ދައްކާނަމަ ބުނާނެ ދައްކައޭ
ހަމަ ތާއީދުކުރޭ..
އިބްރާހީމް މުޙައްމަދު ޞާލިޙްއަށް ދޭން އޮތް ނަޞޭޙަތަކީ، ވެއްޓިގެންދާއިރު ވެއްޓޭނީ ހަމަ އެކަނި ނަޝީދު އެކަންޏެއް ނޫނެވެ. ނަޝީދު އެމްޑީއެންއަށް ތާއީދު ކުރާކަން އެއީ އެއްވެސް ރައްޔިތަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އަދި އެމްޑީޕީގެ ގިނަ މަޖްލިސް މެމްބަރުންވެސް ތާއީދު ކުރާކަމީ ވަންހަނާ ކަމެއް ނޫނެވެ. އެހެން ކަމުން ސަލާމަތުގެ އައްސޭރިއަކަށް ދާން ބޭނުން ނަމަ ނަޝީދު ހުއްޓުވުންނޫން ގޮތެއް ނެތެވެ.
އަމައްޔާތް! ދެން މީނަ އެމްޑީއެން އާ ހިތާނުވާކަމަށް ވާނެތަ؟
މީހަކު ބުނާ އަޑު ނީވުނަސް މީހުންގެ ޢަމަލުތަކަކީވެސް ކަންކަމުގެ ހެތްކެއް. އެމް.ޑީ.އެން ގެ ރިޕޯޓް ނަޝީދު ގޯހެއް ނުކުރޭ. އެރިޕޯޓްގައި ޞަލަވާތްފުޅު ނެތްކަން ފާހަގަ ކުރި. ނަޝީދަކީ ބޭނުން ވާވަރަށްވުރެވެސް އިތުރު ވާހަކަ ދައްކާ މީހެއް. އިހަށްދުވަހު މަޖިލިސްގައިވެސް މެމްބަރަކު ކަޑުއަޑި ސާފުކުރުމުގެ ވާހަކަ ދެއްކީމާވެސް އެގޮޑީގައި އިދެގެން ދައްކަން ބޭނުންނުވާ ވާހަކަތަކެއް ދެއްކި. ކޮންމެވެސް ޑައިވަރެއްގެ ނަންވެސް ކިޔާފައި އެޑައިވަރު ކައިރީ ބުނެގެން މަޖްލިސްގައި އެވާހަކަ ދެއްކި މެމްބަރާ ނަޝީދު ޑައިވްކުރަން ވާނެޔޭ ކިޔާގެން ވާހަކަ ދެއްކި. އެމް.ޑީ.އެން މަސްއަލާގައި ކަހާތަން ހިރުވާވެސް ނުލާ. އެއިން މާނަ ކުރެވެނީ އެމް.ޑީ.އެން އަށް ނަޝީދު ރުހޭކަން. ސަރުކާރުގެ އެއްވެސް މުވައްޒަފަކު އެމުވައްޒަފެއްގެ އެހެން ފެނުނަސް އެވާހަކަ ދެއްކީމާ އެމަސްއަލަ ބަލާ ތަޙްޤީޤު ކުރާނެ. ވަޒީފާއިން ފޮޅިއްސާލާނެ ކަމުގެ ބިރު ދައްކާނެ.
ހައިރާންވާވަރު ކަމެއް ތިއީ. ފުލުހުންގެ ތެރެއިން ދެމީހަކު ތެދުބަހުން އެވާހަކަ ބުނުމަކީ ތަހުޤީޤު ކުރަންޖެހޭ ކަމަކަށް ވެއްޖެދޯ. ފާޅުގައި މަޖުލީހުގެ ރިޔާސަތުގައި އިންވައިގެންނާއި އެކިއެކި ބައްދަލުވުންތަކުގައި އެވާހަކަ ނަޝީދު ބުނަމުން ދާއިރު ނަޝީދަށް އެ ތުޙުމަތު ނުކުރެވޭ މީހަކު ހަމަ ހޭގައި ހުރުމަކީ މުސްތަހީލުކަމެއް
ބަލަ ދިވެހި ރައްޔިތުން މިކިޔަނީ ތި ނަޟީދު އެމްޑީއެން ދިފާއުކުރެޔޭ،އަދި އެރ ރިޕޯޓު ނެރުނީ އޭނާ އަށް އެގިގެން،އެ ރިޕޯޓު ޕުރޫފް ރީޑްކުރީ ކާކުތޯ ޟަހިންދާކުރެން އަހާބަލަ؟ޟަހިންދާ އަގައިން ބުނަންދެން ތި ކަމުގެ ހެކި އޭރުންލިބޭނެ
ނަސީދު މިގައުމުން ވީ ބޭރުކުރަން ނަސީދުގެ ގައުމަކައްހަދަންވީ އިޒްރޭލް
މިދެން މިހާރު ނާސިރުގެ ދުވަސްވަރަށްވެ ނިމުނީ؟ އަނގައިން ބުނެލާބަހަކުން ފުލުސް އޮފީހަށް؟ ދެން ވިލިނގިލީ ޖަލަށް މިޔަރަށް ކާންދޭން؟
ހަމަ ތެދަށް މިބުނީ މައްސަލަ ބެލިޔަސް ކެނެރީގޭ ނަޝީދަކީ އެމް.ޑީ.އެންއަށް ތާއީދު ކުރާ ލާދީނީ ބައިގަނޑުގެ މައި މުގުލުގަ ހުރި މީހާ ދެން އަސަރު ކުރާ ބައެއްގެ ހިތައް އަސަރު ކޮށްގެން އުޅުނަސް މިއީ ހަގީގަތަކީ ހަޖަމް ނުވާ ލާދީނީ ފުލުހުންނަށް ވ.ސަލާމް
ކޮންތާކު ބާ މި ޖެހުނީ؟ މީހަކަށް ޝުއޫރު ފާޅުކުރުމުގެ މިނިވަންކަންވެސް ނެތިގެނ މި ދިޔައީ މި ލާދީނީ ސަރުކާރާއެކު. އެއްޗެއް ބުނެލާއިރަށް ސަސްޕެންޑް، ވަޒީފާއިން ވަކިކުރުން، ބަންދުކުރުން، ޖަލަށްލުން.
ރައްޔިތުްނނޭ ހޭލާ!
ޕޮލިހުން މާބޮޑަށް ސިޔާސީވީމަ ވާނެ ހައެތި ތިވަނީ. އަދި އެބައުޅޭ ތީގެ މީހުން އދ ގަވެސް