އިމާމުންނާއި ޚަތީބުން ތާޒާ ކުރުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީ އިން ބާއްވާ މަސައްކަތު ބައްދަލުވުމުގެ ހަތް ވަނަ ބުރު ފަށައިފިއެވެ.

މި މަސައްކަތު ބައްދަލުމުގެ ހަތްވަނަ ބައި ފައްޓާފައި ވަނީ ބ. އަތޮޅުގައެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ބ. އަތޮޅުުގެ ޚަތީބުންނާއި އިމާމުން ތާޒާ ކުރެވިގެންދާނެވެ.

މިއަދު ބ. އޭދަފުށީގައި މި މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާާތު ޝަރަފުވެރިކޮށްދެއްވީ ބ. އަތޮޅު އަތޮޅު ކައުންސިލުގެ ރައީސް އަލްފާޟިލް މަބްރޫކް ނަސީރެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމުގައި ބ އަތޮޅުގެ އެކި ރަށްތަކުގެ 32 ފަރާތެއް ބައިވެރިވެފައި ވެއެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދޭން ހަމަޖެހިފައި ވަނީ ގުރުއާނާާއި، ފިގުހާއި، ދިވެހި ބަހާއި، މޮކްސް މެނޭޖްމެންޓާއި އިދާރީ ހިންގުމެވެ.

މިއީ ޒަމާނަށް އަންނަ ބަދަލާ އެއްގޮތަށް އިމާމުންނާއި ޚަތީބުންގެ މަސައްކަތްތައް ބަދަލު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތު ބައްދަލުވުންތަކެކެވެ. މިފަދަ އިތުރު ތިން މަސައްކަތު ބައްދަލުވުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް މިފަދަ މަސައްކަތު ބައްދަލުވުންތަކުގައި 230 ފަރާތެއް ތަމްރީނު ކޮށްފައިވެއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީ އިން ވަނީ މާލެއާާއި އަތޮޅުތަކުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމުގެ ހަ މަސައްކަތު ބައްދަލުވުމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.