ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ މަނީލޯންޑްރިން މައްސަލައިގެ ޝަރީޢަތް ނޮވެމްބަރ 17 ގައި ބާއްވަން ނިންމައިފިއެވެ.

މިމަހުގެ 05 ވަނަ ދުވަހު އެ މައްސަލައިގެ ޙުކުމް ކުރަން ތާވަލްކޮށްފައި ވަނިކޮށް ޝަރީޢަތް ފެށުމުގެ ދެތިން ގަޑިއިރު ކުރިން މައްސަލަ ބައްލަވާ ގާޞީ ސަސްޕެންޑް ކުރުމުން ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.

ނޮވެމްބަރ 17 ވަނަ ދުވަހު އެމައްސަލައިގެ ޝަރީޢަތް ބާއްވަން ތާވަލް ކޮށްފައި ވީނަމަވެސް އެދުވަހު އެމައްސަލައިގެ ޙުކުމް އިއްވާނެ ކަމަކަށް ނުބެލެވެއެވެ. އެއީ މައްސަލަ ބެއްލެވުމާއި އާ ފަނޑިޔާރަކު ހަވާލުވެއްޖެނަމަ ޙުކުމް ކުރުމުގެ ކުރިން އިތުރު އަޑުއެހުމެއް ބާއްވާ މައްސަލައިގެ މައުލޫމާތު ސާފު ކުރެއްވުމަކީ އާއްމު އުސޫލެއް ކަމަށް ވާތީއެވެ.

ޖިނާޢީ އިޖުރާޢާތުގެ ޤާނޫނު ބުނާ ގޮތުން މި މައްސަލައިގެ އަޑުއެހުންތައް އަލުން ފަށަން ވެސް ފުރުސަތު އެބައޮތް ކަމަށް ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެއެވެ.

ނަމަވެސް ޔާމީންގެ ޤާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި މައްސަލައިގެ އަޑުއެހުންތައް އަލުން ފެށުމުގެ ފުރުސަތެއް ޤާނޫނަށް ބަލާއިރު ނެތެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 152 ވަނަ މާއްދާގައި ވަނީ ފަނޑިޔާރަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޢަމަލުކުރަންޖެހޭގޮތް ބަޔާން ކޮށްފައެވެ. އެއީ އެ ކޯޓަށް ހާއްޞަ ކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކަނޑައެޅުން، ނުވަތަ، އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުމެވެ.

ނަމަވެސް މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ވަކީލް، ޢަލީ ޝާހް ވިދާޅުވީ، ޤާޟީ ހައިލަމް އަށް ދިމާވެގެން މިއުޅޭ މައްސަލަ އަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ޙާލަތެއް ނޫން ކަމަށާއި، އެއީ ޖޭއެސްސީން އުފައްދަވައިގެން އުޅޭ މައްސަލައެއް ކަމަށެވެ. އަދި އެ މާއްދާގައި އެ ބަޔާންކުރަނީ ވަރަށް އިސްތިސްނާޢީ ޙާލަތްތަކެއް ކަމަށްވެސް ޝާހް ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 51 ވަނަ މާއްދާ ބުނާގޮތުން، އެ މައްސަލަ އަކީ އަލުން ބަލަންޖެހޭނެ މައްސަލައެއް ނޫން ކަމަށާއި، މައްސަލައިގެ އަޑުއެހުންތައް ނިންމާތާ 30 ދުވަސްތެރޭގައި ޙުކުމް ކުރުމަކީ ލާޒިމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ކޮންމެ މައްސަލައެއްގެ ވެސް އަޑުއެހުންތައް ނިންމާލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭނެ އެވެ. ޔާމީންގެ މައްސަލާގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ވާތީ އެ މުއްދަތު އަންނަ ހޮނިހިރު ދުވަހަށް ހަމަވާނެ އެވެ.

އެހެންކަމުން މިމައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އިޖުރާޢީ މައްސަލަތަކެއް ޔާމީންގެ ވަކީލުން ފާހަގަ ކުރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހިީރޯ

    ޝަރީޢަތް ބާއްވާނެ ކަމެއްނެތް. ލިބިފައިވާ ބާރުގެ ބޭނުންނަހަމަ ގޮތުގައި ހިފައިގެން ބޭނުންވާ މުއްދަތަކަށް ޖަލަށްލީމަ ނިމުނީ. މިހާރު އޮތް ދައުލަތުގެ އިންސާފަކީ އެއީ. އިންސާނީ އުޞޫލެއް މިހާރަކުނެތް. މިހާރު އޮތި ސިންގާގެ އުޞޫލު.

    119
    4
    • ހަޖަމޯލާ

      އޮއް ހޯ! ކިހާ ތާހިރު ..ބަލަ ކަލޭގެ ބޮލަށް ބެރި ވެއްޓިފަތަ ތިހިރީ؟

      7
      19
  2. ސާބިތު ހިތަކުން

    ނޮވެމްބަރު 17ގަ ހަވާއަރުވަން ރޔާމީން ގުރުބާންކުރަން މިއޮތީނިމިފަ... މިއަށް އަސްލުކިޔަނީ އިންސާފޭދޯ.... ؟މިސުރުގެ ރައީސް ސައްދާމުހުސެއިން ހުސްނީމުބާރަކް ނަވާޒުޝަރީފު ގައްޒާފީ މިފަދަ އެތައްލީޑަރެ ނައްތާލީ ކާފަރުންގެ ރުހުންހޯދަން އެމީހުންގެ އެހީގަ.. އެގޮތުން ރޔާމީން ނައްތާލުމަށް އިންޑިޔާގެ މަދަދާ އެހީހޯދިމީހުންނަ މިއޮތީޖެހިފަ.. ރމައުމޫނު ވިދާޅުވެދެއްވަންޖެހޭ މިއަދުމިކުރަނީ އިންސާވެރި ޝަރީއަތެއްތޯ މިއީތޯ މަނިކުފާނު ރިފޯމްކުރި ވެރިކަމުގަ އަދުލުއިންސާފު ލިބޭގޮތަކީ.. ރޔާމީނަށް ބަސްދެއްނެވޭ އެއްވެސްމީހަކު މިކޮމެންޓްކިޔާފިއްޔާ ދަންނަވާދީބަލަ މިޝަރީއަތް އިންސާފުންބޭރުން ނިންމުމަށް އެހީވި އެކަކަށްވެސް ހިތްހެޔޮނުކުރަން މަހުޝަރުގަވެސް ބަދަލުލިބުމަށް.. މިއަދު ގާސިމަށް ރޔާމީންގެ ދުވަސްދުއްވާލުމުން ވެރިކަންލިބޭނެހެން ހީވަނީ ނުވާނެތިކަމެ ﷲގެވާގިފުޅާއެކު.. ޕޕމގެ ކެންޑިޑޭޓެ ވެރިކަމަށް އަންނާނީ ރޔާމީންގެ ތާއިދާއެކު... ޕޕމގެ އެއްމެހާ ސަޕޯޓަރުން ވަރަށްވިސްނާ ސާބިތުވެތިބޭތި ގާސިމުގެ މަޅީގަނުޖެހި ޕޕމގެ ވެރިކަމެ ޕޕމގެ ކެންޑިޑޭޓެނެރެ ވެރިކަމުގަ ރޔާމީންގެ ހިކުމަތާއެކު ކުރާނެ އިނޝާﷲ...

    84
    2
  3. ާަބިޖޫ

    ކެނެރީ ދާއްބަ ބޭނުންވާމީހާ ލިބުނީތަ ހުކުންކުރަން ކޮންމެ ގާޒީޔަކު މައްސަލަ ނިންމިއެއްކަމަކުވެސް ﷲ ގެ މަތިން ހަނދުމަފުޅުކުރެއްވުން އެދެން ފަހުދުހުން ސުވާލް ކުރެވޭނެ އެދުވަހަކު ކެނެރީ ދާއްބަ އެއް ނުހުންނާނެ ﷲ އައް ބިރުވެތިވާތި

    69
  4. ހޯރަ ބޭ

    އަވަސްކުރެ ޖަލަންލާން

    3
    79
    • އެދުވަސް އެބައޮތް އާޙިރަތް

      މޑޕ ހުރިހާ ހިޔަޅުންނާ ކިބުލުންނާ ވިސްނާ އެއްވެސް މީހަކަށް އަނިޔާއެއްދީފަ ތިމާމެންނަ އުފަލެނުލިބޭނެ ބޭއިންސާފަށް މިއަދު ހިއްވަރުދޭ އެއްމެން ﷲގެހަޒުރަތުގަ ހުއްޓިހުންނަންޖެހޭކަން.. އެދުވަހަކުން އަވަސްކުރަން ބޮނޑިބަތެނުކެއްކޭނެ.. ކަލޭމެންގެ ސިނކުޑި ކެކިކެކިހުންނާނީ.. އަނިޔާވެރިކަމަށް ހިއްވަރުދީ ގޮވާކޮއްމެމީހަކަށް ބަދަލުދެވޭނެތަ އާޙިރަތުގަ.. ކަލޭމެން މިއަދު ދެރަކޮއްލާ ނިކަމެތިކޮއްލާ މީހަކީ މާތްﷲގެ ހަޒުރަތުގަ ކިހާ ގަދަރުވެރިއެއްކަން ކަލޭމެންނައެގިދާނެތަ... މާދަން ކަލޭމެން ނިކަމެތިނުވާނެކަމަށް ހީވަނީނަމަ ތިޔައީ ގަޡާގަދަރަށް އީމާނުވާމީހެއް.. ކޮއްމެކަމަކަށްވެސް ނިމުންއާދޭ ކަލޭމެންގެ ބާރުވެސް ނެތިދާދުވަސް ލަހެއްނުވެ ﷲދައްކަވާށި...

      40
  5. ފފފފފ

    މިތަނުގައި މަޖްލިހެއް އޮތުމުގެ ބޭނުމެއްނެތް. ގާނޫނަކީ ބޭކާރު އެއްޗެއް. ނަޝީދު ހުރީމަ އެނިމުނީ. އޭނައަށް އެނގޭނީ އެދުވަހަކު ކަންކަން ކުރާނެ ގޮތެއް. ކޮންބައެއްކަން ޖަލަށްލާނީ. ކޮންބައެއްކަން މަގާމުން ވަކިކުރާނީ. އަދި މިކަލޭނެ ބުނާނެ ކައިވެރި ކޮށްގެން އުޅޭނެ މީހުންވެސް. ގޭގަ ކައިގެން އުޅެންވީ ތަކެތިވެސް ކަނޑައަޅާ މީހަކަށްވާނީ މިކަލޭގެ.

    50
  6. ހފދސ

    ކީއްކުރާ ކޯޓެއް. ކީއްކުރާ ޝަރީއަތެއް. މިތަނަކީ މިހާރު 12 ވަނަ ގަރުނުގައި ޔޫރަޕް. ހަމައެއްލަމައެއް ނެތް. ގާނޫނަކީ އޮތް އެއްޗެއްނޫން. ނަޝީދަކީ ހުރިހާ ކަމެއްގެ ވެރިއަކީ. ގާނޫނަކީ އޭނައެދުވަހު ކަންކުރަން ބޭނުންވާ ގޮތް... ދިވެހިން މިތިބީ ޖާހިލިއްޔަތަށް ގޮސް ނާތަހްޒީބު ދޮގުވެރި މަކަރުވެރި ކަނު ދުވަސްތަކެއް ލިބިގަނެގެން.

    48
  7. ހާލިދާ

    ހުކުމް ކުރާނީ ގާނޫނު އޮންނަ ތަނުގައި. މިއަދު މިގައުމުގެ ހާލަތަކީ.. ގާނޫނެއް ގަވާއިދެއް އުސޫލެއް ހަމައެއް ލަމައެއް ނެތް. ގަދަމީހާއަކީ އުސް އޮނޑީގަ 2 ރައީސް ޖަހައިގެން އެއިންނަ އިބިލީސް. އަނިޔާވެރިކަން ހައްދުން ނެއްޓިފަ.. ވަޒީފާއިން ކަނޑަމުން ގެންދަނީ ބެޗްބެޗަށް. ގާޒީންނަކީ ބޭކާރު ބައެއް. ވެރިމީހާއަކީ ބޭކާރު މީހެއް. ހަމައެކަނި ހިނގަނީ، ނަޝީދުގެ ބަދަލު ހިފުމާއި، އޭނާ ވެރިކަން ހޯދުމަށް ޝައިޠާނާއެކު އެއްބަސްވުމުގައިވާގޮތަށް، އިސްލާމްދީން ނައްތާލުމާޢި، މުސްލިމު ދިވެހިންގެ ދުވަސްދުއްވާލުމުގެ ސިޔާސަތު.

    47
  8. ބާގިރު

    މަސްތޫރު ހަދާންބަހައްޓަތި މިނުން ދުވަހެއްވެސް އޮތްކަމަށް

    57
  9. ފައިޒާން

    ހިނގާދިޔާ ޝަރީޢަތުގެ މަޖްލިސްތަކަށް ބަލާއިރު އެ ޝަރީޢަތްތަކުގއި ޔާމީނަށް އަދަބެއް ދެވޭނޭ ޙާލަތެއް ނެތްކަން ކަށަވަރެވެ. ބާރު އޮތީތީ ޤާނޫނުތަކުގެބޭރުން ޔާމީން ކަތިވެސް ލެވިދާނެއެވެ. އެހެނަސް އެ ނިމުނީކަމުގައި ނުދެކެއްޗެވެ! ޔާމީނުގެ މައްޗަށް ކުށް ސާބިތުނުވާކަން އެނގުމުން މުޅި ޝަރުޢީދައިރާ އެފުށްމިފުށަށް ފޮރޮޅާ ސަރުކާރުން ޤާޟީންނަށް ބިރުދެއްކިޔަސް ، މައްޞަލަތައް ފައިޞަލާކުރުމުގައި ﷲއަށް ބިރުވެތިވާ ޤާޟީއަކު ތިޔަ ދައްކާ ބިރަކަށް ނުބަލާނެއެވެ.

    38
  10. ހެއު

    ކޮބާ އިލިޔާސް ގާނޫނު ދަމަހައްޓާތީ އުފާކޮއް ޝުކުރުދެއްނެވީ ގާނޫނުގައޮތީކިހިނެއް އިލިޔާސޫ މައްސަލައެއްގެ އަޑުއެހުންތައްނިމި ކިތައްދުވަހުގެތެރޭގައި ހުކުން އިއްވަންޖެހޭ ކޮބާ ރައީސް ޔާމީންގެ މައްސަލަ މިމަހު 9ޔަކައް 30ދުވަސްހަމަވޭ މިފަހަރު ކާކުއައް ޝުކުރުއަދާކުރާނީ. އިލިޔާސޫ މަހުލޫފުކައިރިޔައް ހިނި އައނަނީ. ކޮބާ މަލީހޫ

    31
    1