އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކުގެ ތެރެއިން، 2019 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 190 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވާނެ ކަމަށް އޭސީސީ އިން ވިދާޅުވެއްޖެއެވެ.

އޭސީސީ އިން ވިދާޅުވީ މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 190,674,529.01 (ސަތޭކަނުވަދިހަ މިލިއަން ހަލައްކަ ހަތްދިހަހަތަރުހާސް ފައްސަތޭކަ ނަވާވީސް ރުފިޔާ އެއް ލާރި) ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީ އިން އެކި އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.

އޭގެ ތެރެއިން މިއަހަރުގެ 03 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވަނީ، ޖުމްލަ 1,852,713.97 (އެއް މިލިއަން އަށް ލައްކަ ފަންސާސް ދެ ހާސް ހަތް ސަތޭކަ ތޭރަ ރުފިޔާ ނުވަދިހަ ހަތް ލާރި) ކަމަށް ވެސް އޭސީސީ އިން ވިދާޅުވެއެވެ.

މިއަހަރުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދުމަށް އޭސީސީ އިން އެކި އިދާރާތަކަށް އަންގާފައިވާ ފައިސާއަކީ އޭސީސީން ތަޙްޤީޤްކޮށް ނިންމި 16 މައްސަލައެއްގައި ހިމެނޭ ފައިސާކަމަށް އޭސީސީ އިން ވިދާޅުވެއެވެ.

ނަމަވެސް އެމައްސަލަތަކުގެ އެއްވެސް ތަފްސީލެއް އޭސީސީ އިން ދެއްވާފައެއް ނުވެއެވެ. އަދި ފައިސާ އަނބުރާ ހޯދަން އެންގީ ކޮން އިދާރާތަކަކަށް ކަމެއް ވެސް އޭސީސީ އިން ވިދާޅުވެފައެއް ނުވެއެވެ.

އޭސީސީ އިން ދަޢުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ ތެރެއިން ޖުމްލަ 78,763.33 (ހަތްދިހަ އަށްހާސް ހަތް ސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ތިރީސް ތިން ލާރި) 2019 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ތެރޭގައި ދަޢުލަތަށް އަނބުރާ ހޯދިފައިވާކަމަށް އޭސީސީ އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ހާދަ ކުޑަ އެތިކޮޅެއް! އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވައިގެން ދަޢުވާކޮށްބަލަ. މިހާރުވެސް އެއްވެސް ޚިދުމަތެއް ނުކޮށްދީ ބަޖެޓުގެ 32 ބިލިއަން ރުފިޔާ ދިރުވާލައިފި!

  2. ހެއު

    ބޮބާ ހީވޭ ކަމެއްހެން އަހަރެއްނުވަނީސް ބޮޑެތި ވައްކަން ނަން ހާމަކުރާކައްނުކެރޭނެވިއްޔަ ފުރަތަމަވެސް އެ އެންގީ ބުރުމާއައް ދިން ފައިސާތައް ހޯދަން ނަން ހާމަކޮއްފިއްޔާ ތިސަރުކާރެއް ނޯންނާނެ

  3. ސީނާ

    އެންމެ 9 މަސްދުވަހުން ކައްވައިލިވަރު! ފަސްއަހަރު ދީފިނަމަ އޮބި ނޯންނާނެ!