ރާއްޖޭގެ ދެވަނަ އަށް އެންމެ މަގުބޫލް އޮންލައިން ނޫސް ކަމަށްވާ "ވަގުތު" ގައި އެއްމަސް ދުވަހުގެ މުއްދަތައް މަސައްކަތް ކުރާނެ ނޫސްވެރިން ހޯދަން އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ މާޗް މަހުގެ 18 ވަނަ ދުވަހާއި ހަމައަށް "ވަގުތު" ގައި މަސައްކަތް ކުރާނެ ފަސް ނޫސްވެރިން ބޭނުންވާ ކަމަށެވެ.

ވަގުތީ ގޮތުން މަސައްކަތް ކުރާނެ ނޫސްވެރިންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އޯލެވެލް އިމްތިހާންގައި އިނގިރޭސި އަދި ދިވެހިން ބީ ފާސް ހިމެނޭ ގޮތައް ތިން މާއްދާ އިން ފާސްވެފައިވާ މީހަކަށް ވުން ނުވަތަ ނޫސްވެރިންކަމާއި ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން އެއް އަހަރު ދުވަހު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވާ މީހަކަށް ވުން ހިމެނެއެވެ. ނުވަތަ ނޫސްވެރިކަމާއި ގުޅުން ހުރި ދާއިރާ އަކުން ތައުލީމް ހާސިލް ކުރަމުންދާ މީހަކަށް ވާން ޖެހޭނެއެވެ.

ވަޒީފާ އަށް ކުރިމަތިލާ މުވައްޒަފުންގެ މުސާރަ ކަނޑައަޅާނީ ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވިގެން ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ.

"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ ވަގުތީ ގޮތުން "ވަގުތު" ގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނަށް ވީނަމަވެސް ފުރުސަތު އޮންނާނެއެވެ. އަދި ވަގުތީ ގޮތުން ވަޒީފާ ދޭ ފަސް މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފުންނަކީ މާލޭގައި ތިބި މީހުންނަށް ނުވި ނަމަވެސް ވަޒީފާގެ ފުރުސަތު އޮންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"ފަސް މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކަށް އަޅުގަނޑުމެން ފުރުސަތު ދޭނަން މާލެ ފިޔަވައި އެހެންތަނެއްގައި ދިރިއުޅުއްވި ނަމަވެސް. އިންޓަނެޓް ލިބޭ ހިސާބެއްގައި ހުރިއްޔާ ވަޒީފާ ހަމަޖައްސައިދޭނަން. އެއީ ރާއްޖޭގައި ރަށެއްގައި ހުރި ބޭފުޅަކަށް ވިޔަސް ނުވަތަ ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވާ ބޭފުޅަކަށް ވީނަމަވެސް މައްސަލައެއް ނެތް." އޮފިޝަލް ވިދާޅުވިއެވެ.

ވަގުތީ ގޮތުން "ވަގުތު" ގައި މަސައްކަތް ކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސީވީ ފޮނުއްވާނީ [email protected] އަށެވެ. އަދި އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 9944438 އަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާއަލީ ބާބާ

    ވަގު ނޫހެއްތީ.... މީހުން ނުލިބޭނެ.. ދޮގު ވާހަކަ ފަތުރަނީ

    • ސަދުން

      ވަޒީފާ ނެތް އެތައްބައެއް އެބައުޅޭ. ވަގަސް އޮޅަސް ތި ކަމަށް އެތަށްބަޔަކު ކުރިމަތިލާނެ. އަނގަޔާ އަތާދިމާނުވާއިރު ވަގެއް އެހެންއެއްޗެއް ނޯންނާނެ.

  2. ާއަލީ ބާބާ

    ދޮގު ވާހަކަ ފަތުރާ ތީ މީހަކު ނުވާނެ. ނޫސް ވެރިންނަކީ މިނިވަން ބަޔެ

  3. އާދަމް

    ވަގުތަށް ވުރެ ވަގުތުން ވަގުތަށް އެކި ޙަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ނެތް. ސޯ ފާޑު ކިޔުން އަމާޒުވާނެ... ކީޕްއިޓް އަޕް، ހިލޭ ސާބަހަށް ވެސް ވަގުތަށް މަސައްކަތް ކޮށްދޭން ބޭނުންވޭ

  4. އަހަންމާ

    ޢެންމެ ކިޔާހިތްވާ ނޫސް ވަގުތު

  5. އަހަރެން

    އަހަރެން ވަރަށް ބޭނުން . އެކަމަކު ކަން ދިމާކުރި ގޮތުން ދިރިއުޅެނީ ރާއްޖޭން ބޭރުގަ . އެކަމަކު ބަރާބަރަށް މި ނޫސް ކިޔަން . ވަރަށް ރަނގަޅު ޚަބަރުތައް ވެސް. އަދި އެހާމެ އަވަސް ގެނެސްދޭ ލެއްވެސް. ދޮގު ޚަބަރު ނުފަތުރާތި . އެއީ ނަސޭހަތަކީ .

  6. ސާބަސް

    ޥަރަށްސަޅި ވަގުތު... ވަރަށް ޕީސް ކޮށް ހަބަރުކިާލެވޭ ނޫހެއް.... އެކި ކަހަލަ އެކި ތަހަތަކަށް ސަޅި.. ބަޓް ތި ޗާންސް ނުބައި ވަގުތަކު ތި ހުޅުވާލީ...