އައްޑޫ ސިޓީގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ ބޭރުގެ ބިއްލޫރިގަނޑު ތަޅާލާ އެތަނުގައި ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ޒަހަމް ކޮށްލައިފިއެވެ.

"ވަގުތު" އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ރޭ މެންދަމު އެމްއައިބީ އަށް ގެއްލުން ދިނީ ގްރޫޕަކުންނެވެ. އެގްރޫޕުން ވަނީ އެމްއައިބީގެ ދޮރުމަތީގައި އޮންނަ ފަޅު ގޯއްޗެއްގައި ތިބެ އެތަނަށް ގާ އުކާފައެވެ. ގާ އުކުމުގެ ސަބަބުން ސެކިއުރިޓީ ގާޑުގައި ޖެހި އޭނަގެ ފައި ޒަހަމްވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމްއައިބީގެ ސެކިއުރިޓީ ގާޑަކަށް ހުރީ އުމުރުން ދުވަސްވީ ފިރިހެނެކެވެ.

އެމްއައިބީގެ ބްރާންޗަށް ގެއްލުން ދިން ނަމަވެސް އެއްވެސް އެއްޗެއް އެތަނުން ވަގަށް ނަގާފައެއް ނުވެފައެވެ.

އެމްއައިބީ އަށް ގެއްލުން ދިން މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

އެމްއައިބީގެ ބްރާންޗެއް އައްޑޫގައި ހުޅުވީ 2014 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހެއު

    މި ސަރުކާރުގަ ތިޔައަކީމައްސަލައެއްނޫން އައްނި އަސްކޯއްދިނީ ތިގޮތް ތިޔަވެރިން ބާލައިގެން ނޫނީ މިހަމެއްނުވާނެ ގައުުމުު ފަސާދަވެ ހަލާކުވެއްޖެ. ފެނަކަ ކުދިން ތިތަން ހަދާލާފާނެ އޯޓީ ދީ

  2. ވވވވޗވ

    އެ +