ޅ. މާބިންހުރާ ކުއްޔަށް ހިފުމުގައި އެމްއެމްޕީއާރްސީގެ އިސްވެރިންނާ ބައިވެރިވެގެން، ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބު ޙިޔާނާތްތެރިވި ކަމަށް ކުރި ޙުކުމް، (ފަހުން ހައިކޯޓުން ބާތިލްކޮށްފައި) އަލުން އިސްތިޢުނާފް ކުރެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އަދީބުގެ މައްޗަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން 8 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވީ ޅ. މާބިންހުރާ ކުއްޔަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 5 މިލިއަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޙިޔާނާތްތެރިވުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ސާބިތުވުމުގެ ސަބަބުންނެވެ. ނަމަވެސް، މިއަހަރުގެ މޭމަހުގެ ފަހުކޮޅު އެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ނިންމާފައެވެ.

ޕީޖީގެ ފަރާތުން އެ މައްސަލަ އިސްތިޢުނާފް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުން އަދީބުގެ ޙުކުމް ބާތިލް ކުރުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަންތައްތައް ގޮސްފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، އެ ނިންމުމާ މެދު ދަޢުވާކޮށް ހުށަހަޅާފައިވާ ޤަޟިއްޔާގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ކޯޓަށް އަންގަވާފައިވާތީ، އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އަދީބުގެ މައްޗަށް ފިސްތޯލަ ގެންގުޅުނު މައްސަލައާއި، ޚިޔާނާތުގެ މައްސަލަ އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 33 އަހަރުގެ ޖަލު ޙުކުމެއް އައިސް، އެ ޙުކުމް ތަންފީޒު ކުރަމުން ދަނިކޮށް، ސަރުކާރު ބަދަލްވުމަށްފަހު ވަނީ އެ ހުރިހާ މައްސަލައެއްގެ ޙުކުމްތައްވެސް ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލްކޮށްފައެވެ. ނަމަވެސް، އެ މައްސަލަތައް އަލުން ބެލުމަަށްވެސް ހައިކޯޓުގެ ޙުކުމްގައި ވެއެވެ.

ރައީސް ޔާމީން ސަރުކާރުގެ ދެވަނަ ނައިބު ރައީސް، އަދީބު، މާލެ ބަންދުގައި ހުންނަވަނިކޮށް ފިއްލެވި މައްސަލައިގައި މިހާރު ހުންނެވީ 3 މަހާއި، 12 ދުވަހުގެ ޖަލު ޙުކުމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާާާޢަލީ

    އެބަރަނގަޅުވޭ....ބުނިވިއްޔަ ފޮހެދޭނަމޭ ދޯ...ޔާމީނާދެކޮޅަށް ހެކިދެންޏާ އޯކޭ އެއްނު...ނިކަމެތި މީހާޖަލުގަ

    14
  2. ބޭކާރު

    ވަރައް އޯގާތެރިރި ޒީރޯ ޓޮލޮރެންސް ސަރުކާރެއްދޯ މީ ސާބަސް

    12