ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ ގާސިމް އިބްރާހިމަށާއ،ި މިހާރު ދަނގެތިީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމަށް އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހަކު ޖޭޕީއަށް މިއަދު ވަދެގެން ޕާޓީއަށް ވާނޭ އެއްވެސް ފައިދާއެއް ނޯންނާނޭ ކަމަށް ނާޒިމުގެ އަނބިކަނބަލުން، އަފާފު އަބްދުލް މަޖީދު ޖުމްހޫރީ ޕާޓީއަށް ރައްދު ދީފިއެވެ.

އަފާފު މިގޮތަށް ބުނީ، ޖޭޕީގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކާނަލް ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިހާރުގެ ޖޭޕީގެ އާ ސެކެޓްރީ ޖެނެރަލް ކެލާގެ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އަފާފާ ބުނީ އާރިފަކީ ޔާމީން ސަރުކާރުގައި ގާސިމަށާއި ނާޒިމަށް އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

ނާޒިމްގެ ފާޑުކިޔުންތަކަށް ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަފާފު ބުނީ، ނާޒިމް އަކީ ކުރިން ވެސް އަދި މިހާރު ވެސް އިހްލާސްތެރިޔެއް ކަމަށެވެ.

"ނާޒިމް އަކީ ކުރިންވެސް އިހްލާސް ތެރިޔެއް މިއަދުވެސް އިހުލާސް ތެރިޔެއް" އޭނާ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވެއެވެ.

އަދި ޖޭޕީގެ މެންބަރުންނަށް ކުރީ ސަރުކާރުގައި އަނިޔާ ކުރަމުން ދިޔައިރު ކުރީ ސަފުގައި އަތްޖަހަން ތިބި މީހުންގެ ތެރެއިން މީހަކު ޖޭޕީއަށް މިއަދު ވަދެގެން ގާސިމަށް އިހުލާސްތެރި ނުވާނެ ކަމަށްވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

މީގެއިތުރުން ޖޭޕީއަކީ ކޮންމެ އިންތިޚާބަކާ ގުޅިގެން ފޮޅޭ މަލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް ރައްޔިތުންނަށް ޚިދުމަތް ކުރާ، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ޕާޓީއަކަށް ބަދަލުކުރަން ޖެހޭކަމަށް ވެސް އަފާފާ ވަނީ ބުނެފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ނާޒިމްއާ ގުޅޭގޮތުން އާރިފް ވިދާޅުވީ، ޕާޓީ ފުޅާވެ ޕާޓީ ހަލުވި ބާރުމިނެއްގައި ކުރިޔަށް ދަނިކޮށް ނާޒިމް އިސްތިއުފާ ދެއްވުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިޚާބަށް ފަހު ޖޭޕީއާ ގުޅިވަޑައިގެން ގާސިމާއެކު މިހާރު މަސައްކަތް ކުރައްވަމުން އަންނަ އިރު، ނިމިގެން ދިޔަ ސަރުކާރުގައި ނާޒިމަށް ނުހައްގުން ލިބުނު އަނިޔާތަކާއި އެކު ޖަލުގައި ބަންދު ކުރުމުން އެންމެ ބޮޑަށް ނާޒިމަށާއި އާއިލާއަށް އެހީވީ ގާސިމް ކަމަށް އާރިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާރިފް

    ރާކަނިމަސް ކެވުނު އަދިވެސ އަނގަ ލާތި

    14
    1
  2. މރ ފްރޭމް

    ނާޒިމުގެ އަނބިކަބަލުން ބެނެދޭންވީ ރޔާމީން ނާޒިމަށްދިން އަނިޔާއެއް.. ފިސްތޯލަ ނާޒިމުގެ ގެއަށްވެއްދީ ރޔާމީންހޭ ރޔާމީންގެ އެއްވެސް ބައިވެރިވުމެ އެބައޮތްހޭ ފިސްތޯލަ ނާޒިމުގެ ކޮޓަރިއަށްވެއްދުމުގަ.. ނާޒިމުއާ ފިސްތޯލައާ ގުޅުމެނެތްކަން ސާބިތުކޮއްދިނުމަކީ ރޔާމީންކުރަންޖެހޭ ކަމެންހޭ. އަދީބާ ނާޒިމާދެމީހުން ފިސްތޯލައާ ގުޅުންނެތްހޭ.. ނާޒިމަކީ އަޑުތިފަތުރާގޮތަށް މައުސޫމުމީހެއްހޭ.. އާރތާބްރަދާސްއާ ނާޒިމުއާ އަދީބާ ގުޅުންނެތްހޭ. ނާޒިމުއާ އަބުދުﷲރިޔާޒާ ދެމީހުންނަކީ ސެކިޔުރިޓީ ކުންފުންޏެ ހިންގިދެމީހުންކަމަށް އެގެންއެބައޮތޭ.. އެކުންފުނިން ސެކިޔުރިޓީދިނީ ރާއްޖެސަރަހައްދުން ދަތުރުކުރި ހަތިޔާރުއުފުލި އުޅަނދުތަކަށްކަން ލަންކާސަރުކާރުން އެބަބުނެޔޭ.. ގޮތަބަޔާރާޖްބަކްސަގެ އެޑްވައިޒަރެކޭ ނާޒިމަކީ.. ދެން ފިސްތޯލައާ ރޔާމީން ހަވާލުވާންވީހޭ. މިއޮތީ ތިއެއްމެންގެނައިވެރިކަން ހުރިހާބާރަކާއެކު ރޔާމީންގެ ފިސްތޯލައެއްތޯބަލަން ތަހުގީގުކުރަންވީނުން.. ފްރޭމްކޮއްގެންތަ ރޔާމީނަށް ނާޒިމު ވަޒީފާއިން ވަކިކުރެވެންއޮތީ.. ރޔާމީން ސަރުކާރުގެ ހުރިހާބާރެ ނާޒިމަށްދިނީ އަނިޔާކުރަންހޭ.. އިލްޒާމު ނާޅުވާ ތިއެއްވެސްމީހަކީ އަނެއްމީހާ އުފަލުގަހުންނަން ނުއެދޭ ހަސަދަވެރިބައެއް.

    11
    1
  3. އަލް ނޫރު

    ބާޣީ ނަންދިން މީހުނާ އެކުތި އުޅެނީ ޔޯ....

    11
  4. ކީކޭ؟

    ނާޒިމްގެ ފާޑުކިޔުންތަކަށް ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އަފާފު ބުނީ، ނާޒިމް އަކީ ކުރިން ވެސް އަދި މިހާރު ވެސް އިހްލާސްތެރިޔެއް ކަމަށެވެ

    1
    6
  5. ޢަބްދުއްލާ

    ނާޒިމްގެ އަނބިކަބަލުންގެ ރައްދު - އަނިޔާ ކުރިއިރު އާރިފް ހުރީ އަތްޖަހަން

    58 މިނެޓް ކުރިން ( ނޮވެމްބަރު 7, 2019 )

    ސާބަހޭ ނާޒިމުގެ އަނބިކަނބަލުން، އަފާފު އަބްދުލް މަޖީދު އަށް .

    އަންހެނަކު އެދިނީ ވަށި ވަށިން . ލައްކަ މޮޅުތަކެއް ވެއްޖެއެއްނު .

    4
    3
  6. ޖަހާންގީރު

    އިޚްލާސްތެރީންގެ ބެލުމުގެ ދަށުގައިތިބޭ އެންމެން ތިބޭނީ ހެއްދެވި ފަރާތަށް އިޚްލާސްތެރި ވެގެން އެތެރެއާއި ބޭރުފުށުން

    12
  7. މޮޔަ ހަސަނު

    ޖޭޕީ އުވާލާ! ތީ މިގައުމަށް ޖެހިފަހުރި ބަލާވެރިކަމެއް!

  8. މުއާޒު

    ޕޮލިިޓިކަލީ ނާޒިމް އަދި ރިޔާޒް ނަގާ މޫވްސްތައް ރަނގަޅު ނޫންކަމުގެ ނިޝާން މިފެންނަނީ ، މީގެ ކުރިން އުމަރު ނަސީރު ވަނީ ތިޔަ ތަޖުރިބާކޮށްފަ އެހެންވީމަ ނާޒީމްމެން މިކަހަލަ ކަންކަމައް ނުވިސްނާކަން މިފެންނަނީ ، ސަބަބެއް އޮތީމަތާ އުމަރު މިހާރު ދުރުގަ ޔާމީނުކައިރައްވެސް ނާރާ އެހެރީ ވަކިން . މިއީ ނާޒިމް ވިސްނަން ޖެހޭ އޭންގަލް... މިލިޓަރީ ބެކްގްރައުންޑް ހުރި ހުރިހާއެއްމެން ހަލާކުކުރާނެ މިމީހުން އޭގެ ނަމޫނާ މިސާލެއް އެއީ ތަލްހަތް ކަލޭފާންވެސް

  9. އިންސާނާ

    ކޮބާ ކަލޯ އާރިފޮ ފަނިފެންބޮވިއްޖެއެއްނޫންތަ