ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތްތައް ލައިވް ކުރަން ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު އިއުތިރާޒް ކުރެއްވުމުން ޝަރީއަތް ކުރިއަށް ނުގެންދެވިގެން މިއަދުގެ އަޑުއެހުން ނިންމާލައިފިއެވެ.

އަދީބުގެ މައްޗަށް ކުރާ ދައުވާތަކަކީ މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދައުވާ އާއި ހިޔާނާޔްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

އަދީބުގެ ޝަރީއަތް ލައިވް ކޮށްދޭން ދައުލަތުންނާއި އަދީބުވެސް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު ޝަރީއަތް ފެށުމުގެ 50 މިނިޓް ކުރިން ކްރިމިނަލް ކޯޓުން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އެ ޝަރީއަތް ލައިވް ކުރަން މައްސަލަ ބައްލަވާ ގާޒީ އިއުތިރާޒު ކުރާއްވާ ކަމަށެވެ.

ދައުލަތުންނާއި އަދީބުވެސް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ،މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ލައިވްކޮށް ކަަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އިއުތިރާޒު ކުރައްވާ ސަބަބު ވިދާޅުނުވެ ވިދާޅުވީ، އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީސްއަށް ހުސަހަޅައިގެން ގޮތެއް ނިންމަވާނެ ކަމަށެވެ.

ޕީޖީގެ ފަރާތުން އަދީބުގެ މައްޗަށް އެ ދައުވާތައް ކުރުމަށް، ސްޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުއެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި އިތުރު ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވިއެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ވަނީ ބާތިލްކޮށްފައެވެ.

ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި އަދީބު މިހާރު ހުންނެވީ ޖަލުގައެވެ. އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުވެ ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ސަންފައްތަ

  ދެޚަޞްމުން އެދޭގޮތާމެދު ފަނޑިޔާރު ކީއްވެތޯ އިޢުތިރާޒު ކުރަންވީ؟ ފަނޑިޔާރުގެ ވާހަކަ ބުނެފާނެތީތޯޯ

  23
  1
  • ސަލީމު

   ޢަދީބު ވައްކަންކޮށްގެން ނަގާފަ ހުރި ފައިސާ އެންމެގިނައިން ބޭނުންކުރާނީ އެމީހުން

 2. އާއި

  ކެމެރާ ޝައި ވަނީ

  10
  2
 3. ދަތްގޯނި

  މިއީ ކޮންވައްތަރު ފަނޑިޔާރު މަނިކުފާނެއް! ބަކަރި މައްސަލަނެތީ އަހަރެން މައްސަލަނެތީ މީ ކޮންވައްތަރު މައްސަލަ! މި ވައްތަރު ފަނޑިޔާރުން ކޯޓު ތަކުގައި ތިބެގެނެއް މި ޤައުމެއް އިސްލާޙު އެއް ނުވާނެކަން ޔަޤީން.

  14
  2
 4. އައްޑޫ މީހާ

  ހަހަހަ ކަސޯލްޓީގައި މިފަހަރު ލަދުރަކި ބަތަލެއް ހުރީމަ ދޯ!

  8
  1
 5. ﷲއިރާދަފުޅުން ޖައްބާރުން ނެތިކުރައްވާދޭ

  ސަރުކާރުގަތިބީ ހުސްވަގުން ޖާބިރު އެވިދާޅުވަނީ ތެދުފުޅެއް ދެއްތޯ ލައިވު ކުރަން ބިރުފުޅުގަންނީ ފަޅާއަރުވާލާފާނެތީ އެހެންނޫންތޯ

  11
 6. ބޯހަލާކު

  ޔާމިންގެ ޝަރީއަތް ލައިވް ނު ކުރާނެ ކަން މިހާރު ވަރަށް ސާފު

  13
 7. ޒ

  މިއަދުގެ ހުކުމް... ފަނޑިޔާރަށް ބޮލުފުނާއަޅާދޭ ފަރާތެއް ނެތުމާއި މޭކަޕް ކުރާތަކެއްޗާއި ކޮށްދޭނެ ފަރާތެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން ތިބޭފުޅުންގެ ކުރިމައްޗަށް އެރުމަށް އުޒުރުވެރިވަމެވެ. ހެހެހެ .... ޤާޟީ ފޭޝިއަލް އާއި ހެއަރ ކަޓެއް ކޮށްލައިގެން ނުން ލައިވް ކުރަންވާނީ ދޯ!

 8. ހ

  ދުނިޔެޭގެ ކޮންތަނެއްގާ ތޯ ސަރިއަތްތައް ލައިވް ކުރަނީ މީގެ ފަހުން ހުރިހާ ސަރިއަތް ލައިވް ކުރަން ވާނެ މިއި ޒާތީ ވުން

  3
  2
 9. ފާތި

  ލައިވްކުރިނަމަ ސޯޓުބޭލޭނެ އެތައްބަޔަކު ތިބޭނެ