ފައިސާއެއް މައްސަލައެއްގައި ތިމަރަފުށީ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ސިވިލް ކޯޓުން އެ މީހާ ހޯދަން ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، އަންނާރުމާގެ، ނަޞްރުﷲ އިބްރާހީމްމަނިކު (50އ) ކަމަށެވެ.

ނަޞްރުﷲ އިބްރާހީމްމަނިކު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ނޮވެމްބަރ 14 ވަނަ ދުވަހުގެ 10:30އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ ނަޞްރުﷲ އިބްރާހީމްމަނިކާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އެއްމާރުލުން އެއްބާރުލުން ލިބޭ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދަންނަ

    އަދި ތަންކޮޅެއް ފަހުން ރިޝްވަތުގެ މައްސަލައެއްގާވެސް ތިމަރަގުށީ މީހަކު ހޯދަންޖެހޭނެ އިރާދަކުރެއްވިއްޔާ އެދުވަސް އަންނަނީ ކައިރިވަމުން ޝައްކެއްވެސް ނެތްގޮތުގައި އެދުވަހަށް އޭނާ ފިލަންވެސް މަސައްކަތްކުރާނެ އެހެންވީމާ ފުލުހުންގެ ސަމާލުކަމަށް މިހާރުންފެށިގެން މިކަން ގެނައުމަށް ދަންނަވަން އަޅުގަނޑު މިބުނަނީ ޝަރީފު ކިޔާމީހެއްގެ ވާހަކަ

    2
    2