ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން ބޭނުންވެގެން، ސަރުކާރުގެ އިސް ބޭފުޅުން އޭނާއަށް ގުޅިކަމަށް ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވީ، މީގެ ކުޑައިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައެވެ.

ހައިލަމް ވިދާޅުވީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.

ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ.

"އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން، 19މެއި 2019 ބަނަ ދުވަހު އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގެ އެބައޮތްކަަމަށާއި ހުކުމްގެ ކަށަރުކަން ނުލިބޭނމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ". ރައީސް ޔާމީންގެ މަނީ ލައުންޑަރިންގެ މައްސަލަ ބައްލަވާ ހައިލަމް ވިދާޅުވި އެވެ.

ހައިލަމް ވިދާޅުވީ، އެކަން ކްރިމިނަލް ކޯޓު ހިންގެވުމާއި މިހާރު ހަވާލުވެ ހުންނެވި ގާޟީއަށްވެސް ވަރަށް ރަނގަޅަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސަސްޕެންޑްވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަންވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތެއް ވިޔަސް މެއެވެ". ހައިލަމް ނެރުއްވި ބަޔާނުގައި ވެއެވެ.

"ވަކި ފަރާތެއް ޖަލަށްލާނެކަމުގެ ކަށަވަރުކަން ނުލިބިގެން ފަނޑިޔާރަކު ފަހާދުވަންވާނީ ވެސް ޖުޑީޝިއަލް ސަރވިސް ކޮމިޝަންގެ މުވައްސަސާގެ ހުރުމަތުން ކޮންމެވެސް މިންވަރެއް ނަމަވެސް ބާކީ އޮންނާނެ ގޮތަކަށް ވިސްނާލައްވާފައިނޫންތޯއެވެ؟". ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމީންއަށް ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން މިހާރު ސަރުކާރުގެ އިސް ބޭފުޅުން މަސައްކަތް ކުރެއްވި ކަމަށް ހައިލަމް ވިދާޅުވިއިރު، އެ މައްްސަލާގައި، އެމަނިކުފާނުގެ މައްޗަށް ސާބިތުނުވާ ގޮތަށް ހުކުމް ކުރުމުގެ ގޮތުން ހައިލަމް ދެ މިލިއަން ޑޯލަރު ނަންގަވާފައިވާ ވާ ކަމަށް ފޭދޫ ދާއިރާ މެންބަރު މުހައްމަދު ނިހާދު ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި މިހާރު ހައިލަމް ސަސްޕެންޑްކޮށްފައިވާއިރު، އޭނާއާ ގުޅޭގޮތުން ޖޭއެސްސީން މި މަސް ތެރޭގައި ބަލަން ފެށި މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕެއްގައި ހައިލަމް ފޮނުވި ސްކްރިން ޝޮޓުގެ މައްސަލައެވެ.

އެ މައްސަލާގެ ޖަވާބުދާރީ ވާން ޖޭއެސްސީއަށް ހައިލަމް ހާޒިރު ނުވުމުން، އޭނާ ސަސްޕެންޑްކޮށްފައި ވަނީ، ރައީސް ޔާމީންއަށް ހުކުމް އިއްވަން ތާވަލުކޮށްފައި އޮތް ދުވަހުއެވެ.

ރައީސް ޔާމީންއަށް ހުކުމް އިއްވާ ޝަރީއަތް ބާއްވަން މިހާރު ތާވަލުކޮށްފައި ވަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

 1. ޟމ

  ނުގުޅާނެ އެމީހުން، ޖުޑިޝަރީ ސާފް ލިކުއިޑް ލާފަ ދޮވުން އެއީ 19 ކުށެއްނެތް ދިވެހިން މަރާލި މީހުންގެ އެޖެންޑާ 19 ގަ އޮތް ކަމެއް

  184
  9
  • ގަންޖާބޯ

   9 އަހަރުގެ ހުކުމް ލިޔެ ފަނޑިޔާރު ހައިލަމަށް ފޮނުވި ލާދީނީ ގުންޑާވެސް އަދި އެނގޭނެ. ބަރާބަރަށް މިދަނީ. ވެއްޓެން ވަރަށް ކައިރި ވެއްޖެ.

   81
   2
 2. ރަންގޮމާ

  ތިމާ ރައްޔިތުންގެ ކުރިމަތީގައި އޮރިޔާންވެ ފަޟީހަތް ވުމުން މިހާރު ތިޔަ ގޮވަންފެށީ ކޮސް ކަމުގައި ދެކެން. 2 ލައްކަ ރުފިޔާގެ ލޯނެއްވެސް ނެންގެވިޔޯ މަނިކުފާނު އެ މީހެއްގެ ޝަރިއްޔަތް ތިޔަ ކޯޓުގައި އޮއްވަޔޯ ބުނާ އަޑު އަހަނމު. ދެން އިންސާނަކު ފަޟީހަތް ވާނީ މިހާކަން ވަރަކަށްކަން ދެކެން.

  37
  259
  • އަސްލު

   ތިގޮވެނީ އަސްލު ކޮސް. އެޖެންޑާ19 އާއި ފްރީޑޮމް އޮފް ސްޕީޗްގެ ދަށުން ރޫޙާނީ ލީޑަރުގެ ހަތަރެސްފަޔާއި ބޯ 3 ބާރުގެ ތެރެއަށް ބާނައިގެން ތަޅުވަން ފެސުމުން ތާށިވެގެން ޢަދުލު އިންސާފު ހަތަރެސްފަޔަށް ގޮވާ ދެން ބޮލަށް ގޮވާފާނެކަން އެނގެންފެށީމަ ދިފާޢު ކުރުމަށް ތިޔަ ކޮސް ގޮވެންފެށީ ކަމުގައި ދެކެން. 4 ލައްކަ ރައްޔިތުންގެ މިނިވަންކަމާއި ދީނާއި ޢަޤިދާ ފުނޑުފުނޑު ކޮށްލުމަށް ގެރިމޯދީއާއި މަހާރާނީ އާއި ނަތަންޔާހޫއަތުން ލޯނެއް ނެންގެވިޔޯ ލާދީނީ ރާޖާ އަދި އެ ޤައުމުތަކުގެ ސިޓިޒަންޝިޕް އޮވެޔޯ ބުނާއަޑު އަހަމު.

   109
   10
  • ވ މޮޅު

   ކަލޭ ކިހާ މޮޅު. ފުލުހުން ތަހުގީގު ކުރިއިރު ލިބުނު މައުލޫމާތަށް ވުރެ ބޮޑަށް ކަލެއަށް އެނގޭ ހުރިހާކަމެއް. ރައީސް ޔާމިނު ނެގި ލޯންތައްވެސް.

   11
   45
   • Anonymous

    ގަމާރުންނަކަށް ނޭނގޭނެ އެކައްޗެއްވެސް. ރަންނަމާރިއަށް ސަނާކިޔުން ފިޔަވައި.

    41
    4
 3. ޢަލީކޮއި

  ތިޔަ އޮތީ ހަތަރެސްފަޔާ ދެންއޮތް އެއްޗެއްވެސް ބާނާފަ.

  161
  9
 4. ޒާ

  މިހާހިސާބުގައި ސަރުކާރު ގެ ޢަމަލުަށް ހުރިއިރު ޔާމީނަށް ކޮންމެ ހުކުމެއް އަސް ދެން ގަބޫލު ނުކުރާނަން

  210
  11
 5. މި ސަރުކާރު އެ ސަރުކާރު

  މި ސަރުކާރު ގެ އަސްލު ބޭނުމަކީ ކޮންމެ ގޮތެއްހަދައިގެން ވިޔަސް ކުރީގެ ރައިސް އަބްދުﷲ ޔާމިން ބޮލުގައި ކޮންމެވެސް ތުހުމަތެއްއަޅުވައިގެން ޔާމިން ޖަލައް ލުން އެއި ރައިސް ޔާމިން ވެރިކަމުގައި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަށީދު 13 އަހަރަށް ޖަލައް ލުމުން ނަށިދު ހިފާ ބަދަލެއް.

  200
  10
  • އިއްބެ

   ރައްޔިތުން ވޯޓް ދިނީ ޔާމީނު ޖަލަށް ލާން
   އޭނަ މީހުން ޖަލަށްލާން ވީމަ އޯކޭ... އިންސާފު

   މީނަ ޖަލަށް ދާންވީމަ އިންސާފެއް ނެއް

   9
   66
   • Anonymous

    ނަމުގަ ރައްޔިތުންނޯ.

    27
    1
   • ހުރިހާ ސަރުކާރު

    ބަލަ އިއްބެ ރައްޔެތުން ވޯޓު ދިނީ ޔާމިން ޖަލައް ލާށެ އެކަމަކު އޭނަ ނަށީދު ޖަލައް ލީ މައްސަލައެއް ނެތިގެން ތަ އަޅެ ބުނެލަބަލަ އިއްބެ މަ އެއްބަސް ވަން ޔާމިނު ބޮލުގައި މަނީ ލޯންޑަރިން ގެ މައްސަލައެއް އެބައިން ކަން

    9
    2
 6. ޝާހް، ރ.ވާދޫ

  ތިވާހަކަ ނުބުންޏަސް މިސަރުކާރުން ތިކަން ކުރާނެކަން އަހަރުންނަށް އެނގި ޔަގީންވޭ. ކޮންމެ ނުބައި، ވަގު ކޮންމެ ކަމެއްގެ އަޑީގަ މިސަރުކާރު އޮންނާނެ. މިސަރުކާރުގެ މެންބަރުންނަކީ ތަންތަން ފިތުނަ ފަސާދަކޮށް، އެމީހުން ބޭނުންވާގޮތަކަށް ނޫނީ އެކަމެއްކުރަން މީހަކު މަރާފަވެސް އެކަމެއްކުރާނެ، ނުބައި ނުލަފާ ބައިގަނޑެއް. މިގައުމުގެ ލަދު ހަޔާތްކަނޑުވާ ޒުވާނުން ނުލަފާކުރުވަން މިތަނަށް ފާޅުވި ބައިގަނޑެއް ތި ބައިގަނޑަކީ.

  158
  10
 7. Anonymous

  0 ޓޮލަރެންސް ގަ ވައްކަމާ ފަސާދަ އާއި އޮޅުވާލުން ނޫން ކަމެއް ނުކުރޭ

  158
  9
 8. އަހްސަން

  ނަންވާނީީ ޔާމީން ސަރުކާރު

  158
  9
 9. ކެޔޮޅު

  ކޯޓުތަކައް އަތްބާނަނީ އަދިފަނޑިޔާރުންނައް ނުފޫޒުފޯރުވަނީ ކޮންސަރުކާރަކުންކަން ވަރައްސާފުދޯ ހަރާންމުން ހަރާން މިވެރިން ގަންނަލަދެއް އަދި ގަންނަ ބިރެއްވެސްދޯ؟؟؟

  85
  3
 10. ސާބަހޭ

  ސާބަހޭ މަނިކުފާނުގެ ފޯނުގައި ހުރި ހުރިހާ މެސެޖެއް ރައްޔިތުން ހާމަކޮށްދެއްވާ! މެސެޖު ފޮނުވީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެން ބޭނުންވޭ!

  88
  4
 11. ކެޔޮޅު

  ޖުޑިސަރީ އިސްލާހުކުރަނީއްޔޯ ކޮބައިތަ ލަދުހަޔާތް ދިވެހި ރައްޔިތުން ދަސްކުރާކައްނުވޭތަ މިބައިގަނޑުގެއަމަލުތައް ކައުންސިލް އިންތިހާބުން ރާކަނިމަސް ކާންދޭނަން. انشاالله

  80
  1
 12. ނަގޫރޯޅި

  މިސަރު ކާރުގަތިބި މީހުންނަ ކީ އަބަދުވެސް ތި ކަހަލަ ކަންތައް ކޮއް ވަރައްގިނަމީހުން ފްރޭމް ކުރާބަޔެއް. ތީ މިސަރު ކާރުގެ މީހުނައް އާ ކަމެއްނޫން.

  66
  2
 13. ކެކެކެ

  "އަސްލު ކޮބާތަ މައްސަލައަކީ!؟ 9 އަހަރު މަދީތަ؟ ކިހާވަރެއް ޖަހަންވީ؟ 13 އަށްވުރެ މަދުވާތީ ކަޑަވީތަ؟" މިމައްސަލައާ ގުޅިގެން އަޅުގަނޑު ކުރަމުން އައި ސުވާލެއް މީ.
  މިހާރު ސަބަބު ސާފުވަމުން މިދަނީ

  41
  4
 14. އިބްރާހިމް

  ތިލަފަތަކީ އެއީ. މި ތިލަފަތް ރައްޔިތުން ބޭނުންވީ

  42
  6
  • މެމް މެމް ޕީ އާރު ސީ ވަގުތު

   ރައްޔިތުން ބޭނުންވީ ޔާމީން ޖަލަށް ލާން'
   މި ސަރުކާރު އައީ އެކަން ކުރަން

   އެކަން ކުރާނެ

   ތިލަފަތޭ ފަޅޮލޭ ކިޔާނެ ކަމެއް ނެތް
   މިނެއި ނާޅިން މިނާށެވެ...

   4
   46
   • ކަލޯ

    ކަލޯ ދެން ހުރިހާކަމެއް ރައްޔިތުންނަށް މިޔޮއްގެން އެނގެނީ. އަމިއްލައަށް އަތަށް ގޮވަނީއުތަ...

    25
    3
 15. ސުޢޫދު

  ޔާމިނުގެވެރިކަންވެސްނިމިއްޖެ ދެންއޮތީ އެމްޑީޕީ އިބޫގެ ވެރިކަން މިވެސް ނިއްމާނީ ރައްޔިތުން ގަޑިޖެހުނީމަ ވޯޓުން އެހެންބާރުތަކަކުންވެސް ނުހިފެހެއްޓޭނެ ވަގުތުނޭގެނީ.

  37
  1
 16. މޮޔަ ހަސަނު

  އެހެންވީމާ ރައްޔަތުން ނިކުމެ ޖުޑިސަރީ އިސްލާހު ކުރުމުގެ މަސަތްކަތް ފަށަންވީ މިފަހަރު އިސްލާހަށް ލޯބިކުރާ ހުރިހާ ރައްޔަތުން ނިކުންނަންވާނެ!

  36
  4
 17. ސަމީރު

  މޮޔަ ނަސީދު އާއި ކަޅު ސޯލިހު ބުނަންތައް ވާހަކައެއް.. ތެހެން ފަޑިޔާރުން ކަނޑާއެއްނުލެވޭނެ ރައްޔިތުންނަ އިންސާފު ހޯދަނީއޭކިޔާފައި ކަލޭމެން ތިކުރާކަމަކީ އަމިލަށްފައިދާއަށް މައްސަކަތްކުރުން ފަޑިޔާރުގެ ބޭނުން ކޮންގެން ... ވީމާ މީދެން ތިކުޅި ތިނިމުނީ. އަހަރުމެން ދެން ފަޑިޔާރުން ދިފާއުގައި ނިކުންނާނަށް ބަލަން ތިބޭތި ވާގޮއް

  42
  3
 18. ސާހިލް

  ސަރުކާރުން ހިންގަމުންދިޔަ ތިޔަ ނުބައި ޢަމަލުތައް ރައްޔިތުންނަށް ހާމަކޮށްދެއްވީތީ ޝުކުރިއްޔާ! މާތްﷲ މަނިކުފާނަށް ތަނަވަސްކަމާ ފާގަތިކަން މިންވަރުކުރައްވާ ރިޒުޤުގައި ބަރަކާތްލައްވާށި! ބިރުވެތިވާންވީ ﷲއަށް! ސާބަސް

  44
  2
 19. ޙުސެއިނާ ބެއްޔާ

  އިލްޔާސް ކަލޭމެންނަށް ފެނޭތަ އިވޭތަ، ޔާމީނާއި އިންނަންވީނުން ކަލޭމެން،

  30
  1
 20. ސާދާ

  ހައިލަމް ދަރިފުޅާ ހިތްވަރުކުރޭ ތެދުވެރިކަމާއެކު ސާބިތުވެ ހުރޭ! މި ސަރުކާރު ގޯނިންބޭރުވެއްޖެ ތެޅެބައިލަނީ

  43
  3
 21. ޒީރޯ

  އެހެންވީމާ މިސަރުކާރުން ވަރައްމސައްކަތްކޮއްފިތާ ރައީސް ޔާމީންޖަލައްލާން އާފަނޑިޔާރުވެސް ބަޔަކުޑައްކާހާ ބިރަކައް ޖެހިލުންނުވާތި ވަޒީފާގެބިރުވެސްދައްކާނެ ފައިސާގެދަޅަވެސްދައްކާނެ މީސޯލިހުސަރުކާރު

  34
  1
 22. އަލީރާޖާ

  ސަރުކާރުގެ ބަޔަކުތޯ ފަޑިޔާރުންގެ ސުލޫކާ ޚިލާފު ސިޔާސީ ފޮޓޯއެއް މަނިކުފާނުގެ ފޯނުން ޕޯސްޓު ކުރީ؟ ސަރުކާރުން ބުނެގެންތޯ އަލްހާން އަތުން 2 ލައްކަ ރުފިޔާ ހޯދީ؟ ތިޔަ ދައްކަވާ ވާހަކަތަށް ތެދެއް ކަމުގައި ވިޔަސް، ސުލޫކީ މިންގަޑާއި ޚިލާފު ކަމެއް ނުކުރާ ކަމަކަށް ނުވާނެ.

  4
  36
  • ހައްގު

   ކޮންމެޔަކަސް މިއޮތީ އަލް ޖަޒީރާވެ ނިވިފަ. ލޮލް

   20
   1
 23. މުހައްމދު

  ގާޒީންނަ ކީ ވ. ކަރާމާތެރިބައެއް މަރުހަބާ ކި ފޮޓޯއަ ކީ ވ.ދަށު ދަރަޖައިގެ ފޮޓޯއެއް

  4
  31
  • ކިނބޫ

   ހާދަ ފައްކާ ފޮޓޯއެކޭ އެއީ. ވަރަށް އަސަރު ކުރިތަ؟ ކެކެކެ

   23
   2
 24. ލަނގިރިޕާޓީ

  ގާޒީހައިލަމް އަށް ސެލިއުޓް ކުރަން. ދިވެހިރައްޔިތުންނައް މަަތިފަޑީގަ ތިބިމީހުންގެ މަ ކަރުވެރި ކަމާ ހީލަތްތެރިކަން އަދިމިވަރުންވެސް ސާފުނުވޭބާ.؟ ޝަރުއީދައިރާ ހަރުދަނާ ކުރިކުރީނުން ހަރުހިލަޔަވެފަ. އަދުލުއިންސާފުވެސް ހަމައެފަދަ. ހަމަޔަގީނުންވެސް ރ ޔާމީންމައްޗައް އިންސާފުވެރި ޝަރީއަތެއް ނުހިންގޭނެ ކަން މާ ކުރިންވެސް ކުރެވުނު ހީމިއަދު ޔަގީނައްބަދަވެއްޖެ. ތިޔަ ކުރަނީ ޝަރީއަތެއްނޫން ތިޔަޖަހަނީ ބޮޑުސަ ކަރާތްގަނޑެއް.

  37
  3
 25. ކަމަނަ

  މިވަނީ ކިހިނެއްބާ، އަލްލާން ދެލައްކަ ރުފިޔާ ދިނުން، ނިހާދު ބުނާ ދެމިލިޔަން ޑޮލަރު، އެއްފަހަރުން މުއްސަނދިވީނު، ފުދިއްޖެ، އިތުރު އެހީއެއް ބޭނުންފުޅު ނަމަ ޖެއިލް ހިޔާރް ކުރައްވާ، 17 ވަނަދުވަހު ޕެނެލްޓީ ޖަހައިގެން ނަމަވެސް ރަސްމީ ނަތީޖާ ބަލަން ބޭނުން، 17 ވަނަ ދުވަހު 1700 ގަ ހުކުމް 17 އަހަރު?????

  4
  31
 26. ކޫލްކޫލް

  މަމެން ނަށް ރަނގަޅީ ތިޔާ ގޮތަށް ތިޔާ ކަން ގޮސް ތަމެންނާއި ތަމެން ތަޅާ ގޮތަށް ވެއްޖެނަމައޭ މޭބީ ދިސް ތިންގް އިޒް ދަ ތިންގް އައި އޭމް ލުކިންގް ފޯރ ތިޔާ ދަނީ މަމެންގެ ރަމަލު ޖެހިގޮތަށް ރަމަލާއި އެއްގޮތަށޭ ސޯ އިޓްސް ކެޝުއަލް ކޫލް ދޯ...

  10
  1
 27. ކޮމެންޓް

  މިހަބަރު މިހާރުން ކިޔާލާފަ ކޮމެންޓް ބަލާލީމަ އެގޭ އެޕްރޫވްކޮށްފަ ހުރީ ހުސް ރީނދޫކުލައިގެ ކޮމެންޓުކަން...

  14
  2
 28. ކާރޓޫން ފޮޓޯ

  ތި ކާރޓޫން ފޮޓޯ އަކީ ރޭވުމެއްގެ ދަށުން ކޮށްފައިވާ ކަމެއްތޯ ބެލުން ރަނގަޅު. އެއީ ފުރަތަމަ ފަހަރަށްވެސް ފޮޓޯ ލީކްވެފައިވަނީ ގާޒީގެ އަތްޕުޅުން އަދި ހުކުމްކުރަން ދެދުވަހަށްވެފައި އޮތުން.
  ގަސްދުގައި ގާޒީއަށް ލަނޑުދޭން އެމް.ޑީ.ޕީ އަޑީގައި އޮވެގެން ކުރިކަމަކަށްވުން އެކަށީގެންވޭ. ގާޒީ ހައިލަމަށް އެފޮޓޯ ޝެއަރކުރި ފަރާތް އެނގިލައްވާނެ. އެމީހާއާއި ގުޅިފައިހުރީ ކޮންމީހެއްތޯ، އެގޮތަށް ބަލަމުންގޮސް ފޮޓޯނެގި މިހާހޯދިދާނެ.

  9
  1
 29. ޒ

  މާފުކުރާށޯ... ތިމަންނަ އަށް ނޭގެޔޯ ދެރައީސުން އެ ފޮޓޯގައި ތިވަރުގެ މީހަކު ކުރާ ހުކުމް ވެސް ފަހުން ޖެހޭނީ ސޮރީ ބުނެފަ ބަދަލުކުރާށެއް ނުން...
  ތިވީ ހަމަ ރަނގަޅަށް... ބޭޒާރު ވާނީ ތިކަހަލަ ހިތްދަތި ގޮތަކަށް! ﷲގެ ކުޅަދުންވަންތަ ކަން... ނާޤާބިލް ކަން ފަޟީހަތްވީ....

  2
  13
 30. ހިސެން

  ކުއްވެރިންނާ ސަރު ކާރާދެމެދު އެއްބަސްވުން ހެދެ، އަދި ކުއްވެރިޔާ ހެ ކިވެރިޔަ ކައް ބޭނުން ކުރެވެ، އަދި ކުއްވެރިޔާގެ ބަޔާންނަގައިގެން އެހެންމީހުނައް ދައުވާ ކުރެވެ. އެ ކަމު ވަ ކިގޮތަ ކައް ހު ކުންނެރެން މަޖޫބޫރު ކޮއް ބްލެ ކްމޭލް ނު ކުރެވޭނެ.

  8
  2
 31. ﷲބިރުވެތިވޭ އެމްޑީއެންއުވާލާ

  ޔާﷲއިބައިލާހުގެ ހުކުމްތައް ބަދަލުކޮށް އެހުމްކުރާ ހާކިމަށް ބިރުދައްކައި އަދުލުއިންސާފު ފޭރޭއަދުވުންގެމަށްޗައް ވަރުގަދަ މުސީބާތެއް ޖައްސަވައި އެއުރެންނާ އެހެންމީސްތަކުން ދުރުކުރަށްވާދޭ އަނިޔާލިބޭފަރާތްތަކަށް އިބަﷲގެރަހުމަތުން ނަސްރާކާމިޔާބު ދެއްވަވާދޭ އާމީން

  4
  1
 32. ޢަލީ ޕަރީ

  ދެން ތި ޝަރީއަތް ލައިވް ނުކޮށް އެޖެންޑާގެ ދަށުން ޖަލަށް ލާންވީނު

 33. ކެރަފާ ނަޝީދު

  މިތާއުޅޭ މޑޕ ބައިގަނޑު އަނގަ ފަޅައިފި.
  ހަޖަމު ކޮއްލާ ދެން ލާދީނީ ބޮލުރޮދި ބައިގަނޑު.