ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހްމަދު ހައިލަމް އަށް ފައިސާ ދިން މައްސަލަ ނުބަލަން ކުރިން ފުލުހުން ނިންމެވި ކަމަށް ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ އާއި ބައްދަލު ކޮށް، އެކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފަހު އެ މައްސަލާގައި ޖިނާއީ ދައުވާ އެއް ކުރަން ނުޖެހޭ ކަމަށް ފުލުހުން ނިންމެވި ކަމަށެވެ.

"19 މެއި 2019ގައި ހިނގައިދިޔަ ޓްރާންސެކްޝަނާއި ގުޅިގެން ފުލުހުންގެ ފުލުހުންގެ އިސް ވެރިޔަކު އަޅުގަނޑާއި ބައްދަލުކޮށް އެފަދަ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާކަމަށް މައުލޫމާތު ދެއްވައި، އެއީ ކިހިނެތް ހިނގައިދިޔަ ކަމެއްތޯ ސުވާލު ކުރުމުން، އެކަން ހިނގައި ދިޔަގޮތުގެ ތަފްސީލް އަޅުގަނޑު ކިޔައިދީފައި ވާނެއެވެ. އަދި އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ އޭރު ފުލުހުން ވަނީ ނުބަލަން ނިންމާފައެވެ" ހައިލަމް ވިދާޅުވެފައި ވެއެވެ.

ހައިލަމްގެ ބަޔާނުގައި އެބޭފުޅާ އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ.

"ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައި ހުރި ފަރާތެއް ވިޔަސް މެއެވެ". ހައިލަމް ވިދާޅުވިއެވެ.

މި މައްސަލަ ނުބަލަން ނިންމާފައި ވަނިކޮށް، މިފަދަ މައްސަލަ އެއް ފުލުހުންނަށް ހުށަހެޅިފައި އޮތް ކަމާއި، ޔާމީނުގެ މައްޗައް ޖަލު ހުކުމެއް އަންނާނެ ކަމުގެ ޔަގީންކަން ނުލިބިއްޖެނަމަ އެ މައްސަލަ ފުލުހުން ބަލާނޭ ކަމަށް ބުނެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޒާރު ދެއްވިކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާތުމަ

    ކޮބާ. ވަގުންނާ މަކަރުވެރިންނާ ލާދީނީ މީހުންނާ ކޯޓުތަކަށް އަށްބާނާމީހުން ފެނޭތަ.

    49
  2. އުއްތަމަބާޣީ

    ހިބަރު ވަދުގަ އުކަން ފަހަށް ރައްކާކުރި އެންކޮޅެއްތާ.

    33
  3. އުއްތަމަ ބާޣީ

    ހިބަރު ވަދުގަ އުކަން ފަހަށް ރައްކާކުރި އެންކޮޅެއްތާ

    25
  4. އައްޑޫސިޓީ

    ހައިލަމް ކަލޯބޭބެ ބުނަން އޮތީ ތިކަމާދޭތެރޭ އެއްވެސް ވަރަކަށްކަންބޮޑުވާނެ ކަމެއްނެތޭ. ހަތްގުގޮތުގަ ހުރިމީހަކަށް ދެރަގޮތެއް ނުވާނެއޭ. މިސަރުކާރުން މިދަނީސީދާ އައްޑޫސިޓީގެ ރައްޔެތުންގެ ތެރެއިން ދައުލަތުގެ އެކިއެކި މުއައްސަސާ ތަކުގެ އިސްވެރިންގެ ގޮތުގަ ތިއްބެވި ބޭފުޅުން ވަކިޕްލޭނެއްގެ ދަށުން މިދަނީގުރުބާން ކުރަމުން. މިއީވެސް އެސިލްސިލާގެ ބައެއް.

    37
    1
  5. ކިލެގެ

    މިއޮތީ ހަމަ ސަދޫމް ! މާތްﷲ މި ނުބައި ސަރުކާރު މތިފުށް ދަށަށްޖައްސަވާ ބަލިކުރައްވާންދޭވެ! އާމީން

    24
    1
  6. ޒ

    ހައިލަމް... ތިއީ ފަނޑިޔާރުކަމުގެ ރުކުން ގެއްލިފައިވާ ފަރާތެއް... ވައިބަރ ގްރޫޕްގެ ޕޯސްޓް އިން އެކަން ސާބިތު ވެއްޖެ. މާފުކުރާށޯ... ތިމަންނަ އަށް ނޭގެޔޯ ދެރައީސުން އެ ފޮޓޯގައި ތިވަރުގެ މީހަކު ކުރާ ހުކުމް ވެސް ފަހުން ޖެހޭނީ ސޮރީ ބުނެފަ ބަދަލުކުރާށެއް ނުން...
    ތިވީ ހަމަ ރަނގަޅަށް... ބޭޒާރު ވާނީ ތިކަހަލަ ހިތްދަތި ގޮތަކަށް! ﷲގެ ކުޅަދުންވަންތަ ކަން... ނާޤާބިލް ކަން ފަޟީހަތްވީ.... އަނގަފެޅީ...

    1
    14
  7. ފުނަދޫ

    މޮޔަފުޅުވީތޯ ހައިލަމް އައްވެސް އަމިއްލަމިނިވަންކަން އިންނާނެ އެފޮޓޯގަނޑުގައެތިބީ މިގައުމުގަތިބި އެއްމެޖައް ޖައްބާރުނުލަފާ މިގައުމުގެ ދުވަސްދުއްވާލި ބޮޑެތިމުޖުރިމުން ކޮޅަކައްނޫން ބަނޑުވަތައް ވައްޓާލައިގެން ދަމާމަންޒަރުކުރަހަންވީ