ކްރިމިނަލް ކޯޓުގެ ހިންގުމާއި މިހާރު ހަވާލުވެ ހުރި ގާޞީ އަލީ ރަޝީދު "ސަދޫމަށް ވީގޮތް ހަނދާން ކުރުމަށް" ޕީޕީއެމް އާއި ޕީއެންސީ އިން ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިން މައްސަލައިގެ ދައުވާގެ ޙުކުމް އިއްވަން ކައިރިވެފައި ވަނިކޮށް ސަސްޕެންޑް ކުރި ކްރިމިނަލް ކޯޓުގެ އިސް ގާޞީ އަހްމަދު ހައިލަމް މިރޭ ނެރުއްވި ބަޔާނަކާއި ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަހްމަދު ޝުޖާޢު ވިދާޅުވީ ދެން ޔާމީންގެ މައްސަލަ ބައްލަވާނެ ކަމަށް ބެލެވެނީ ކްރިމިނަލް ކޯޓު ހިންގުމާއި މިހާރު ހަވާލުވެ ވަޑައިގެން ހުންނެވި އަލީ ރަޝީދު ކަމަށް ބެލެވޭ ކަމަށެވެ.

"އަލީ ރަޝީދަށް ދަންނަވާލަން ބޭނުންވަނީ ސަދޫމް ބަންޑުން ޖެހިގެން ދިޔަގޮތް އަލީ ރަޝީދު ހަނދުމަކުރަން އެބަޖެހޭ. ފުންކޮށް ވިސްނަން އެބަޖެހޭ. ސަދޫމަކީ އެއްވެސް އިންސާފެއް ނެތި އަދި ލާއިންސާނިއްޔަތު އެތައް ކަމެއް ހިނގަމުން ދަނިކޮށް ބަންޑުން ޖެއްސެވި ރަސެއް. އިންސާފެއް އަދުލެއް ނެތްތަނެއްގައި ވެރިކަމެއް ދެމިއެއް ނޯންނާނެ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ގާޞީ އަލީ ރަޝީދަކީ މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި ޖޭއެސްސީގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

"މަރުތައް ބައްލަވާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި އެކު ވަރަށް ގިނައިން ކޮފީ ބައްލަވާ ބޭފުޅެއް ކަމަށް. ހިސާން ހުސެއިން އާއި ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާކަމަށް. ޔަމީންގެ ޙުކުމް ލިޔުއްވަމުން ގެންދަވަނީ ހިސާން ހުސެއިން ކަމަށް މައުލޫމާތު ލިބިފައިވޭ. އަޅުގަނޑުމެން އަލީ ރަޝީދުގެ ކިބައިން އެދެނީ ﷲ އަށް ބިރުވެތިވުމަށް. ނިޔާކަނޑައަޅުއްވާއިރު ﷲ މަތިން ހަނދުމަކުރުމަށް." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވިދާޅުވީ ގާޞީ ހައިލަމް ވެސް މިހާރު އިންނަވަނީ "އުލެއްގެ މަތީގައި ބައިންދާފައި" ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އޭނާ ވަނީ ގާޞީ ހައިލަމް ނެރުއްވި ބަޔާނުގައި ހުރި ވާހަކަތަކަށް ބާރުލިބޭ އެސްއެމްއެސް އޯޑިއޯ ނުވަތަ މެސެޖެއް ހައިލަމްގެ އަތްޕުޅުގައު ހުރިނަމަ ދިވެހިރައްޔިތުންނަށް އެތަކެތި ހާމަކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޔާމީނަށް އިންސާފު ލިބިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދިވެސް އެދިވަޑައިގަންނަވަނީ ޔަމީންގެ މައްސަލަ ބެންޗަކުން ބައްލަވަން ކަމަށެވެ.

އަދުރޭ ވަނީ ހައިލަމް ކުރެއްވި ތުހުމަތުތައް ތަޙްޤީޤު ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. "އެމްސީ ހަމީދު އެތަނުގައި ހުއްޓަސް ފުލުހުންގެ މުއައްސަސާގެ އަގު ހިފަހައްޓަން އެބަޖެހޭ. އެހެންކަމުން ހައިލަމް ދެއްކެވި ވާހަކަފުޅު ތަޙްޤީޤު ކުރަން ޖެހޭ. ސުޕްރީމް ކޯޓުން ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރަން އެބަޖެހޭ." އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. މިީހާ

  ހަމަހޭގަ ހުރިމީހަ ކު ހު ކުމް ކުރާނީ ޔާމީން ޖަލައްލާން %100 ކަމެއް.

  30
  65
 2. ބޮކި

  އެހެންތަ ؟ ކަލޭމެންގެ ވެރިކަމުގަ ޝަރީޢަތް ކުރީ ކިހިނެތް ތަ ؟

  35
  17
 3. ފެހި

  ހަމަތެދެއް ރާއްޖޭގެެ %95 ބޭނުންވަނީ ޔަމީން ޖަލައްލާން………

  31
  512
 4. ޢަބްދުއްލާ

  އިދިކޮޅުން ކްރިމިނަލް ކޯޓުގެ ގާޞީ އަލީ ރަޝީދަށް "ސަދޫމަށް ވީގޮތް ހަނދާން ކުރޭ"

  1 ގަޑިއިރު ކުރިން ( ނޮވެމްބަރު 7, 2019 )

  ހުކުމްއަކީ އަނިޔާވެރި ހުކުމަކަށް ވެއްޖެނަމަ ފަނޑިޔާރު ނަރަކައިން ޖާގައެއް ކަށްވަރު ކޮށްފި

  ކަން ޔަޤީން ކަށަވަރު ކުރޭ.

  قال تعالى
  . وَلَا تَحْسَبَنَّ اللَّـهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿ابراهيم: ٤٢﴾

  26
  • ވނވ

   ހުކުމަކީ ބޭރުފުށުން ކުރެވޭ އެއްޗެއް! އެހެންވީމަތާ ސާބިތުކުރެވޭ ހުރިހާ ހެކިތައް ނައްތާލަމުން އެގެންދަނީ...!

   13
   4
 5. ޕީއެން ޕީޕީ

  އިސްލާމީ ޝަރިޔަތާ އެއްގޮތައް ހު ކުމް ކޮއްފިއްޔާ ޔާމީން އޮންނާނީ އުމުރުދުވަހު ޖަލުގަ.%100

  23
  43
  • Anonymous

   އިސްލާމީ ޝަރީޢަތް ދަންނަ ބައެއް ނޫން ރީނދޫ ހުން ޖެހިފަ ތިބޭ މީހުންނަކީ. ޔާމީން ޖަލަށް ލެވެންޏާ 267 ރީނދޫ މީހުންވެސް ޖަލަށް ލެވެން ޖެހޭނެ. މިހާރުގެ ރައީސް ވެސް. އެންމެންގެ ދިފާއު އަކީ ވެސް ނޭނގެޔޭ އެއީ މމޕރސ ގެ ލާރި ކަމަށް ވާތީ. ޔާމީން ގެ ވެސް. ދެން މާ ވައްކަން ނުކުރާ ބަޔަކަށް ހެދޭނެ ކަމެއް ނެތް ލާދީނީކެއް

   35
   9
  • ،،،،،،

   އިސްލާމީ ޝަރީޢަތުގައި ޘާބިތު ހެ ކި ނެތި ހު ކުމް ކުރެވޭ ގޮތެއް އޮތްނަަމަ ކިޔާލަ ދިނުމަށް އެދެން...
   އިސްލާމީ ޝަރީޢާގަ ވައް ކަން ޘާބިތު ވީމަ ލަނީ ޖަލަށްތޯ....އޯ ކޭ ބައިތުލްމާލުންވީމަ އަތް ނު ކަނޑާނެ..އެ ކަމަ ކު އުމުރަށް ޖަލަށްލާ ކަމެއް ނުދެނަ ހުރިން...
   އިސްލާމީ ޝަރީޢާގައިި ހު ކުމެއް އިއްވާނީ ވަރަށް ފުރިހަމަ ގޮތަ ކަށް....ވައް ކަމެއް ނަމަ އަދި ގެއްލިގެން އުޅޭ އެތި އަތުގައި އޮތުމުން އެ ވަގަށް ނެގީ އޭނާ ކަމަ ކަށް ނުނިންމާނެ...ދިވެހި ފޭ ކް ގާނޫނު އަސާސީ ކަހަލަ ތާ ކުންް ތާ ކު ނުޖެހޭ އެއްޗެއްނޫން އިސްލާމީ ޝަރީޢަތަ ކީ...އިސްލާމީ ޝަރީޢަތޭ ނު ކިޔާ ނޭގެންޔާ...އަހަރެންނަށް ހެޔޮ ކަލޭމެން ޔާމީނާާ ނަޝީދުުއާ ކިތަންމެެ ބެހުނަސް...ނޭނގި އިސްލާމީ ޝަރީޢަތޭ ކިޔުމުން އެެެހެން ބަޔަ ކަށްް ދީނާ މެދު ގޯސް ވިސްނުމަ ކަށްް ހިނގައިދާނެ....

   28
   2
 6. ޕީޕީ

  ޔާމީން ޖަލައް ލާ އަވަސް ކުރޭ އަވަސް ކުރޭ އަވަސް ކުރޭ…

  11
  23
 7. ފިލްވް

  ލަދު ނުގަންނަކަން އިންސާފޭ ކިޔަން.

  20
  9
 8. ތުމްސޭ

  ޤަޟީ ޢަލީ ރަޝީދަކީ ނަޒާހަތްތެރި ބޭކަލެއް މިހާތަނަށް އަޑުއިވިފަ ހުރިގޮތުން. އަދުރޭ ނޫނީ ނަޝީދު ބޭނުންވާ ގޮތަށް ޙުކުމް ނައިމަ އެ އިންސާފުން ބޭރުވީ؟؟

  10
  7
 9. ޙަސަނާ

  މިހާރުތަ ކަލެއައްއިގުނީ ސަދޫމްއައްވީގޮތް އަދީބުއާގުޅިގެން މުޅިދައުލަތް ހާރާބުކޮއް ޔާމިންގެ ވެރިކަންހަރާބުކުރިއިރު ސަދޫމް މަތިންހަދާންނުވީތޯ.ކަލޭތީ ޕޕމ ގެ މެމްބަރުންގެ އުއްމީދު ފުޑުކުރި ނުބައި ބޯގަޅި އަދުރޭ...

  11
  3
 10. ބަލަ

  ޔާމީންއަށް ހައްގުވެގެންވާ އަދަބު ދޭނަމަ އޭނަ އުމުރު ދުވަހު ޖަލުގައި އޮންނަންޖެހޭނީ އަދި އޭނަގެ ހުރިހާ މުދާ ގެ އަދި ބެންކުގައި ހުރިއްޔާ ހުރި ފައިސާއެއް ސަރުކާރަށް ނަގަންޖެހޭނީ. އެއީ އޭނަ އެހުރީ މުޅި ޤައުައް ހިޔާނާތްތެރިވެ، އަންނަން އޮތް ޖީލު ބިކަހާލުގައި ޖައްސާގައި ޤައުމުގައި އޮތް ބިމަކާއި ފަޅެއްއޮތީޔާ އެތަނެއް ވިއްކާ އޭނަގެ ޖީބައް އެފައިސާތަށް ލާ ރައްކާކޮށްފައި

  6
  9