ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ރައީސް ޞާލިހް މިއަދު މެންދުރުފަހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީކުރަމުންދާ ސީ ޕްލޭން ޓަރމިނަލްގެ މަސައްކަތާއި، ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އައު ޕަސެންޖަރ ޓާމިނަލާއި އައު އޭޕްރަންއަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވި ކަމަށެވެ. އަދި މީގެ އިތުރުން އައު ކާގޯ އޭރިޔާއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައްވެސް ރައީސް ބައްލަވާލެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އެއާޕޯޓް ތަރައްޤީ ކުރުމަށް ގާތްގަނޑަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެއް ފެއްޓެވިއެވެ. އެމަޝްރޫޢުގެ ދަށުން އެއާޕޯޓްގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތް ފިޔަވައި އެހެނިގެން ގިނަ މަސައްކަތްތައް ހުރީ އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ބޮޑުބައެއް ކުރިއަށް ގޮސްފައެވެ. ޔާމީންގެ ވެރިކަމުގައި އާ ރަންވޭ ވެސް ނިންމާ ޓެސްޓް ފްލައިޓް ޖެއްސިއެވެ. ނަމަވެސް އަދިވެސް އާރަންވޭގެ ބޭނުމެއް ނުކުރެއެވެ.

މިހާރު އެއާޕޯޓްގައި އެންމެ ބާރަށް ކުރިއަށްދާ އެއް މަސައްކަތަކީ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތެވެ. ސީޕްލޭން ޓާމިނަލް ތަރައްޤީ ކުރުމަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ޚަރަދު ކުރެއެވެ.

ވެލާނާ އެއާޕޯޓް ތަރައްޤީ ކުރުމަށް ހިންގާ ބޮޑު މަޝްރޫޢު ނިމުމުން އަހަރަކު ހަތް މިލިއަން މީހުން އެއާޕޯޓުން ޚިދުމަތް ދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ިޮފަލިނަރަ

  ބެސްޓު....ލލލހހ

  2
  14
 2. މަށަކުވާނެތިން

  ލަދުކޮބާ.. ތިޔައީ ވައްކަމާ ކޮރަޕްޝަންގެ ތުހުމަތުކޮށް އިލްޒާމުއެޅުވި އެއާރޕޯޓު.... ތިޔައީ ރޔާމީންގެ މަޝްރޫއެ... ތިޔައީ ރޔާމީންގެ މިންނެތް މަސައްކަތް.. ލަދުގެކަންފުޅެވެސް ހަމަނެތީތަ.. ތިމަޝްރޫ ހުއްޓުވުމަށް ކުރިމައްސަކަތާ ގޮވިގޮވެލިފަތި ލަދުހަޔާތްނެތް މީހުންނަށް މީޑިޔާއިން ގެނެސްދޭންވެއްޖެ.. ތިޔައީ އިއްޔެ ދަރިންގެ ދަރިންނާއެކު ދަރާވިކިއްޖެކަމަށްގޮވި އެއާރޕޯޓު.. ތިމަޝްރޫ ހުއްޓުވަންކުރި މަސައްކަތް ހަދާނެނެތްތަ... މިއަދު އަގުހެޔޮކޮށް ތިވަރުގެ އެހެން އެއާރޕޯޓެއަޅާބަލަ އަމިއްލަ މަސައްކަތުން..

  26
  1
 3. ހުމް

  އަހަރެމެންގެ ލޮބްވެތި ރައީސް ޔާމީން ވަގަށް ހަދަން ފެށި އާޓާމިނަލްގެ މަސައްކަތް ބަލާލީތަ. ހައިރާންވާ ވަރުގެ ބިޔަ ބޮޑު މަޝްރޫއެެއްދޯ.

  18
 4. ސުޢޫދު

  ބެލީމައެގޭނެ ކުރިންހުރިވެރިމީހަގެ މަސަތްކަތުގެރޭޓް އެއްއަހަރު ނިމިދަނީ 100 ދުވަހުގެ ވައުދުތައް ވީތަނެއްނޭގޭ ކޮއްމެވެރިޔަކުވެސް ދައުރުނިއްމާފަ ދާންޖެހޭތަނެއްގެ ގޮތުގަ މިހާރުމިފެއްނަނީ ކުޑަގޮޅި ވީމަ މިދައުރުގަ ރަނގަޅު ފެންވަރެއްގެ ޖަލެއް ސުޕާޔާ ސިނަމާ ސުވިންޕޫލް ކުރިކެޓް ހުރިހާވައްތަރެއްގެ ކުޅިވަރު ކުޅެވޭހެން ހޮސްޕިޓަލަކާއެކް ހަދާލެވިއްޖެނަމަ އެކުވެރިންނާއެކު ތިބޭއިރު މައިބަދަރިއްސުންކުޑަވާނެ ވެރިކަންކުރުމުގެ ޝަރަފެއްގެ ގޮތުން މިހާރު ލިބޭކުޑަ ގޮޅީގަ 12 ނޫނީ 15 އަހަރުގެ ބޮޑުޗުއްޓީއެއް ވަހީދުނޫނީ އެއްމެނައް.

  15
 5. ސާ

  ލަދުހަޔާތް ކޮބާ؟ ތިއީ އަހަރެމެންގެ ލޯބި ރައިސް ޔާމީންގެ މޮޅު ވިސްނުން?

  19
 6. ރާއްޖެތެރެ

  ކިތަންމެ އޮޅުވާލަން އުޅުނަސް ތީ ޔާމިންގެ ފެއްޓެވި ކަމެއް.

  19
 7. ޙަސަނާ

  މިއަދު އަހަރެމެންގެ ސަރަފެއްގެ ގޮތުގަ ތިޔަ އެއާޕޯޓު ތަރައްގީވެގެން ތިދަނީރައީސްވަހީދު ގެ ޖެހިލުންކުޑަ ކަމުގެ ހިޔްވަރުގަދަނިންމުން އެހެންނޫންނަމަ މިއަދު ތި އެއާޕޯޓު އޮންނާނީ އިންޑިއާގެ ބާރުގެދަށުގަ ތިތާގެ ވަޒީފާތަކުގަވެސް ތިބޭނީ ހުސް އިންޑިއާ މީހުން އެހެންވީމާ ރައީސްވަހީދު އައް ސުކުރު ކުރަން ޑރ ވަހީދުއަކީ މޑޕ އިން ވެރިކަމައް ނެރެންވެގެން މައުމޫނު އައް ގޮންޖަހާލެވޭވަރުގެ ކެންޑިޑޭޓެއް ނެރެން އެމަނިކުފާނު ރާއްޖޭން ބޭރުގަ ހުންނަވަނިކޮއް މާލެގެނެސް އެއާރޕޯޓުން މޑޕ މެމްބަރުން ރަސްމީ އިއްޒަތުގަ މާލެ ގެނައި ބޭފުޅެއް ކަން މިއަދު ހަދާން ކުރަންޖޭ...

  1
  4
 8. މޯދީ

  އެއްޗެއް ވިސްނޭތަ ބަލާފަ. ޥިސްނުމާއި ފިކުރާއި ޚިޔާލާތު ހުރި ވެރިއެއްގެ ދުރު ވިސްނޭ ޙިކްމަތްތެރިކަމުގެ ދަށުން ގައުމުގެ ކުރިމަގަށް ހޯއްދަވާ ދެއްވާފައިވަާ ކުރިެއެރުމާއި ތަރައްގީ. ކޮހުން ރައީސް ކަމަށް ގެނައީމަ ޖެހޭނީ ތިހެން ބަލާފަ ހިތްހަމަޖައްސާލަން . ޙިތަށް އަރާބާ ތިމަންނަ ވެސް މިކުރަނީ ވެރިކަމޭ. ލަދެއް ނުގަނޭ.

 9. ައައްޑޫ ދަރި

  މީތަ ކުރެހުމެނެތި އަޅާ ޓާމިނަލް، ބަލަން ދާނީ ގަޅިންނެނުން.....

 10. އަބުދުލް ﷲ

  ނޫނޭ ވާ ލަދު ހަޔާތް ވެސް ކުޑަ ، ރައީސް ޔާމިނު ވަގަށް ގޮވާ ހެއްދެވި ނެހެއްދެވިޔައް ގޮވާފަ

 11. ޞެދދ

  ޖަހާފަ ހުންނަ ބުދެކޭ މި ރައީސް އެކޭ ސޭމް