ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ގައުމީ ކްރިކެޓް ޓީމްގެ ކޯޗް ހައްޔަރުކޮށްފިއެވެ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އާސިފް ޚާން ހައްޔަރުކުރީ އޭނާ ހައްޔަރުކުރަން ހައިކޯޓުން މިއަދު އަމުރު ކުރުމުންނެވެ.

އާސިފް ޚާން އެންމެ ފުރަތަމަ ހައްޔަރުކުރީ އޮކްޓޫބަރު ފަސްވަނަ ދުވަހު، ވެލާނާ އިންޓަނޭޝަން އެއާޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. އޭނާ ފުރަން މަސައްކަތް ކުރީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހައްޔަރުކުރިތާ 24 ގަޑިއިރު ފާއިތުވި ފަހުން ކަމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީއެވެ. އޭނާ ދޫކޮށްލަން ކޯޓުން އަމުރު ކުރުމުން ދޫކޮށްލި ނަމަވެސް ރާއްޖެ ދޫކޮށް އޭނާ އަށް ނުދެވުނީ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިވެހިން

    މީހަކު ގަދަ ނުހަދާ ހާ ހިނަދަކު ބިޑި އެޅުވުމަކީވެސް އިޖްރާއާތާއި ޚިލާފުކަމެއް.

  2. ދިވެހި ފޭރާން

    އިންޑިޔާ އަޑީގަ އޮވެގެން ދިވެހި ކުރިކެޓް އިންޑިޔާ ކޯޗެއް ގެންނަން ހިންގާ ޑްރާމާއެއް!