ހަލާލުކޮށް އެއްޗެއް ހޯދެން އޮތަސް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ބަލާދީ ޙަރާމްކޮށް އެއްޗެއް ކާލެވޭތޯ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރާއި ރޮޒައިނާގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެން ފެށީ ޚިޔާނާތުގެ ފައިސާ އިން ރޮޒައިނާ ގެސްޓްހައުސް އެއް ހުޅުވާފައިވާ ކަމަށް ޖާބިރު އިއްޔެ ތުހުމަތު ކުރެއްވި ހިސާބުންނެވެ. ޖާބިރު އިއްޔެ ދެއްކެވި ވާހަކަފުޅު ދޮގުކުރައްވާ ރޮޒައިނާ މިއަދު ވަނީ ޖާބިރު ބަނގުރާ ބޭނުން ކުރާ ކަމަށް ވެސް ނުސީދާ ތުހުމަތެއް ކުރައްވާފައެވެ.

ރޮޒައިނާ މިއަދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ ރޮޒައިނާ އަކީ "އެމްޑީޕީ އަށް ފާވި ޖަރާސީމެއް" ކަމަށެވެ.

"ޑޮނާޑް ގެއިން ފެށިގެން މިއަދާ ހަމައަށް މީހުން ކިޔަނީ ތިއީ ޗޯރުންނޭ، ވަގުންނޭ. ހަލާލުކޮށް އެއްޗެއް ހޯދަން އޮތަސް ތި ބަލަނީ ހަރާންކޮށް ކާލެވޭތޯ" ރޮޒައިނާގެ އާއިލާގެ ވިޔަފާރިއަށް އިޝާރާތްކޮށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދުވަހުކުވެސް މީހަކު އޭނާއާއި ދިމާއަށް މަޖިލީހުގެ އެތެރޭގައިވެސް އަދި ބޭރުގައިވެސް ވަގަށް ނުގޮވާކަމަށާއި، އަދި ދުވަހަކުވެސް ވައްކަމެއް ނުކުރާއިރު، ހުރިހާ ގޮތަކުންވެސް ރޮޒޭނާއަށްވުރެ އޭނާގެ ޓްރެކް ރަނގަޅުވާނެކަމަށެވެ.

ރޮޒައިނާ އަށް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވެއެވެ. ނަމަވެސް އެތުހުމަތުތައް އޭނާ ގެންދަވަނީ ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ފަރާތްތަކުގެ މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ރިޔާސީ ކޮމިޝަން ގުޅިގެން މިހާރު ވެސް އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ މީހާ

    ޖާބިރު ބުންޏަސް ތެދެއް ވާނީ ތެދަކަށް ނަހަލާލު ފައިސާއިން އެވަރުވެފަހުރީ އަހަރެން %100 ތާއީދު އަރުމެން ދެކުނިން އެމަންޖެ ބޮޑުވިގޮތް އެމަންޖެގެ ބައްޕަ ފައިސާ ހޯދިގޮތް މުޅި ފެމެލީ ފައިސާ ހޯދިގޮތް މިއަދު އެހަނދާން އެމަންޖެ ނެތިގެން އުޅުނެއްކަމަކު

    36
    1
  2. ބުރޯ

    ޖާބިރު ބުނެބަލަ ރޮތޭގެ ބައްޕަ އަކީ ކާކު ؟ ކުރީ ކޮންމަސައްކަތެއް ؟ ޑޮނާޑް އަކަށްވީ ކިހިނެތް ؟ ކިތައް ޔުނިފޯމްފެހީ ؟ ބިލް ހެދީ ކިތައް ޔުނިފޯމަށް ؟ ރޮތޭ ކެއީ ޔުނިފޯމްތަ ؟

    29
    2