ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުން އެދުނު ކަމަށް ބުނާ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ކުރީގެ އެޓަރނީ ޖެނެރަލް އުޝާމް ވިދާޅުވެފައި ވަނީ މިހައި ހާމަކަން ބޮޑު ގޮތެއްގައި ފަނޑިޔާރަކު އެފަދަ ވާހަކަތަކެއް ދައްކަވާނީ ކަންތައްތަކެއް ހިނގަމުން އަންނާތީ ކަަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޟީ އަހުމަދު ހައިލަމް އާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލްހާން ފަހުމީ އާއި ދެމެދު 2 ލައްކަ ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިނގާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މިއާއިއެކު އަލްހާން ބުނެފައި ވަނީ ހައިލަމް އަކީ ކުޑައިރުން ފެށިގެން ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި އެ ފައިސާ ދިނީ ލޯނެއް ގޮތައް ކަމަށެވެ.

ހައިލަމްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބެލުމަށް ފަހު ވަނީ ސަސްޕެންޑު ކޮށްފައެވެ. މިރޭ ހައިލަމް ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ. އަލްހާން އާއި ދެމެދު ހިނގި މުއާމަލާތަކީ މީގެ ކުރިން ފުލުހުން ނުބަލަން ނިންމާފައިވާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަދި އެގޮތަށް ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން، 19މެއި 2019 ބަނަ ދުވަހު އަޅުގަނޑާއި އަލްހާން ފަހުމީއާ ދެމެދު ހިނގާދިޔަ ފައިސާގެ ޓްރާންސެކްޝަންގެ މައްސަލަ ޕޮލިހުގެ އެބައޮތްކަަމަށާއި ހުކުމްގެ ކަށަރުކަން ނުލިބޭނަމަ އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ. އަދި ސަސްޕެންޑްކުރާނެކަމުގެ އިންޒާރުވެސް ދީފައި ވެއެވެ". ރައީސް ޔާމީންގެ މަނީ ލައުންޑަރިންގެ މައްސަލަ ބައްލަވާ ހައިލަމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފް ހުސެން

    އިއްޔެ އެ ކޭ މިއަދެ ކޭ ތަފާތެއްނެތް. އެއް އަޑެއް، ކުރަނީ އެއް ކަމެއް. ހު ކުން ނެރެނީ އެއްތާ ކުން. ހަމަ އެ ކަނި ފެންނަ ބަދަލަ ކީ ކުރިން 52 މިހާރު 65. ހުސް އަނދާ ގާނޫނު.

    35
  2. މިއަދު

    ނުބެލޭނެ ނުބަލާނެ ތިކަންކުރީ ފަޑިޔާރެއްނަމަ މިހާރު ބަލާ ފިޔަވަޅުއަޅައިފީސް

    39
    2
  3. ހެއު

    އަދި ބެލޭނެ ކޮބާފެނޭ ކަންކަންވަމުން ދާގޮތް ހުރިހާ އާރަކާއި ބާރެއްލިބުނޭމާ ހަމަޖެހިލައިގެން ކަމެއްއެބަކުރެވޭތަ ވިސްނަބަލަ ކުޅަދުންވަންތަކަން މަކަރާއި ހީލަތުން ވެރިކަން ހޯދީމަ ވާގޮތް އިބޫ ވިސްނޭތަ ބޮޑުމެޖޯރިޓީ ބޮޑުމެޖޯރިޓީ ބިރުވެރިކަމާއި ހާސްކަން އިބޫގެ ބޯގޮވައިފި

    30
    1