މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބު ކޮށްފިއެވެ.
މިރޭ މެންބަރުން އައްޔަން ކޮށްފައިވާ އިތުރު މަގާމު ތަކުގެ ތެރޭގައި އެގްޒެކެޓިވް ކޮމިޓީއަށް 20 މެންބަރުންނާއި، ޒުވާނުންގެ ކައުންސިލްގެ 30 މެންބަރުންނާއި، އަންހެނުންގެ ކައުންސިލްގެ 20 އަންހެން މެންބަރުންން ހިމެނެއެވެ.
އެމްއާރްމްގެ މިރޭގެ ޖަލްސާގައި ޕާޓީގެ ލޯގޯ އާއި ކުލަ ފާސް ކުރުމާއި، އަސާސީ ގަވާއިދު ފާސް ކުރުންވެސް ކުރިއަށް ދިޔައެވެ.
އެމްއާރްއެމްގެ ލޯގޯ އިން ދައްކައި ދެނީ ދެ ތީރެވެ. އެ ލޯގޯގައި ހިމެނެނީ ފެހި ކުލަ އާއި ރަން ކުލައެވެ. އެއީ އެ ޕާޓީގެ ކުލަކަމަށް ވެސް މިރޭ ވަނީ ފާސްކޮށްފައެވެ.
Maldives Reform Movement pic.twitter.com/LPcdArXRxM
— faris 🇲🇻 🇵🇸 (@afarismaumoon) November 7, 2019
އެމްއާރްއެމް އަކީ މައުމޫން އުފެއްދެވި ތިން ވަނަ ޕާޓީއެވެ. ވެރިކަމުގައި ހުންނަވައިގެން މައުމޫން ފުރަތަމަ އުފެއްދެވީ ޑީއާރްޕީއެވެ. ނަމަވެސް އެޕާޓީ މައުމޫން ބޭނުންފުޅުވާ ގޮތައް ނުހިންގަވާތީ ޑީއާރްޕީ ދޫކޮށްލައްވާ ޕީޕީއެމް އުފެއްދެވިއެވެ.
ރައީސޭ ކިޔާނީ..
ޖަނާޒ ޕާޓީ ވެސް އަދި އުފައްދާނެ... މިވަރުގެ އަމިއްލަ އެދުންބޮޑް އިންސާނަކަށްހުރީ ހިޓްލަރ އަދި ރާއްޖޭގެ ރައްޔިތުންނަށް ދުއްޕާނަކަށްވެއްޖެ. 2008 ގައި އުފެދުނު ސަރުކާރުގެ 3 އަހަރު ފިޔަވާ މީނަގެ މިނިސްޓަރުން ކޮންމެ ސަރުކާރެއްގަވެސް ތިބޭ...
ހެޓްރިކް ހެދީ، ހިބަރު ވަދުގެ މޭސްތިރި
ޥާނުވާ ބުނަން ނޭގޭ އިރުވެސް ގައުމުގެ ވެރިކަމާ ދިމާ އަށް.މީދެން ރައްޔަތުން ނަށް ކިހާ ބޮޑު ވަބާއެއް.
ކުރާނެ ކަމެެެއްނެއް..އަދިވެސް އަޅުގަނޑު ހުންނާނީ މައުމޫން އާ އެކުގަ...
ކުރީގެ ރައީސް މައުމޫން....
މައުމޫން ވަރުގެ މީހުން މަދުވާނެ... ހެއޮލަފާޓ ހިނިތުން ރަގަޅު ވެރިއެއް