ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބޭބޭފުޅު ފާރިސް މައުމޫން އަދި ފިރިކަލުން އަހުމަދު ނަދީމް ޖަލަށްލައި، ރައީސް ޔާމީން ދިން އަނިޔާތަށް ތާޒާކަންމަތީ އިއްޔެ ހިނގި ކަމެއްހެން ހަނދާން އެބަހުންނެވި ކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެކަމަަނާ އެހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ބައްޕާފުޅު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔުމްނާ ވިދާޅުވީ އިސްލާހަށް މަސައްކަތް ކުރެއްވުމުން ކޯޓުގެ ތެރެއިން ޕީޕީއެމް ނިގުޅައިގަތީ ކަމަށާއި މި ސަރުކާރަކީ ޔާމީންގެ ސަރުކާރުގެ އަނިޔާވެރި ކަމަށް ފަސްޖެހުމެއް ނެތި ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"ކަޅު ފޮއްޓެއްގެ ބަހަނާ ދައްކައި ތުއްތު ކުއްޖަކާ މަޔަކާ ދުރުކުރި ހަނދާން އިއްޔެ ވީ ކަމެއްހެން މިއަދު ވެސް ހަނދާން އެބަހުރި، "އެއްވެސް ހައްގަކާ ނުލައި އަޅުގަނޑުގެ ބައްޕަ، އަދި ކޮއްކޮ، އަދި ފިރިމީހާ ޖަލުގައި ގެންގުޅުނު ހަނދާންތައް ވެސް ތާޒާކަންމަތީ އެބަހުރި." ޔުމްނާ ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި، މައުމޫނާއި، ފާރިސް އަދި ނަދީމު، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. މައުމޫން ޖަލަށްލީ 2018 ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން އާދަޔާއި ހިލާފު އަމުރެއް ނެރުމަށް ފަނޑިޔާރުންނާއި މުއާމަލާތްތައް ކުރުމުގައި ބައިވެރިވި މައްސަލައިގައެވެ. ފާރިސް ހައްޔަރުކުރީ އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދެއްވި މައްސަލައެއްގައެވެ. ނަދީމް ހައްޔަރުކުރީ އެކަމުގައި އޭނާ ވެސް ބައިވެފައި ވާތީއެވެ.

ޔުމްނާ ވިދާޅުވީ އެމްއާރުއެމް އަކީ މައުމޫންގެ ވިސްނުންފުޅާ އެއްގޮތަށް އިސްލާހީ މަސައްކަތްތައް ކުރާނެ ޕާޓީއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިއީ އިންސާފުވެރި، ނަޒާހަތްތެރި ރާއްޖެއެއް ހޯދައި ދިނުމުގެ ދަތުރެކެވެ.

"މިއީ މީގެ އެތައް އެތައް އަހަރެއް ކުރިން ރިޔަލު ދޯނީގައި ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތް އިތުރު ހަރުފަތަކަށް އުފުލާލުމަށް ޒަމާނީ ދުވެލީގައި ފަށާ ދަތުރެއް،" ޔުމްނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

 1. ހާޖަރާގޭ ދުމަށިން

  ކަމަނާގެ ފިރިކަލުން ގޭގައި ނިދަން އޮއްވާތޯ ގެންދިޔައީ އަދި ބައްޕާފުޅު ހުދުކާފޫރަށް ތޯތިހެއްދެވީ ބޭބޭފުޅު ހަމަ ނުވެސް ދެނެހުރީތޯ، ރައީސް ޔާމިން އެންމެ ލޯބިފުޅުވާ އެމަނިކުފާނުގެ ބޭބޭފުޅާއި އާއިލާގެ އެހެން ކުދިންނަށް ތިޔަޖެހުނު މުސީބާތަކީ އެވެރިންގެ ނުބައި ނުލަފާ މަކަރުވެރި ރޭވުމެއްގައި އެވެރިން އަމިއްލައަށްޖެހި ވީހަލާކެއް. ދިވެހި ރައްޔިތުން ތިޔަކަން ބަލައެއް ނުގަންނަން.

  102
  5
  • ހޫދު

   ރަސޫލުﷲ ޞޢވ ހަދީޡް ކުރެއްވީ، "ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިނަތުގެ ފާނު ވައްކަން ކުރެއްވިއަސް އަތްކަނޑުއްވާހުށިން" ނަބިއްޔާ މިފަދައިން ކަންކުރައްވާއިރު އަހަރެމެން މިބުނަނަނީ ބައްޕަވީމަ ތަފާތު، ބޭބެވީމަ ތަފާތު. ޔުމްނާމެން ލަދުގަންނަންވީ މުސްލިމަކަށްވެހުރެ ބައްޕަ ކުށްކުރުމުން ނުބަލަން ގޮވާލާ. ބެލިމީހާ ނުބައިކުރަން. ޔުމްނާއަށްނޭނގޭ، ލޭގެ ގުޅުމާ އަދުލުވެރިކަމެއް. އަމިއްލަ އެދުން. ބޮޑެތިމީހުން ގާނޫނުން ބޭރުން ޖަރީމާ ހިންގުމަށް ތި ގޮވަނީ. ލަދުހަޔާތްނެތް މީހެއް ތިއީވެސް.

   30
   1
  • ކިނބޫ

   ގާނޫނުގަ ބުނާ އަދަދު ހަމަނުވެ ގާނޫނާ ޚިލާފަށް ބޭއްވި ޖަލްސާގަތަ އަދި މޮވާހަކަ މިދައްކަނީވެސް؟ ތިމާމެންގެ ސައިޒު ރޭގަ ފެނިގެން ތިދިޔައީ. ދިވެހިން ހާދަ ގަދަރަކާ އިހްތިރާމެއް ދިން ބައެކޭތީ. ވެރިކަމުގެ ދަހިވެތިކަމުގަ ދިވެހިން ބޮލަށް ގުއި ރުނީމަ ދެންވާނެގޮތް ތިތިބީ ވެފަ. ރީނދުސްތާނުން ކަލޭމެނަށް ދޭނެ ގަދަރެއް އިހްތިރާމެއް ނޯންނާނެ.

 2. ޖާޒީރާ ބޯއީ

  ބައްޕާފުޅު ދިން އެތައް އެތައް ޒަހަމެއް ދިވެހިރައްޔތިތުންގެ ހިތްތަކުގައި ތާޒާކަންމަތީ އެބަހުރި މިއަދު ވީކަމެއްހެން، އަމިއްލަ އެދުން ނޫން އެއްޗެއް ތިޔަ އާއިލާއަށް ނީވޭތަ.

  105
  5
  • ހޫދު

   ރަސޫލުﷲ ޞޢވ ހަދީޡް ކުރެއްވީ، "ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިނަތުގެ ފާނު ވައްކަން ކުރެއްވިއަސް އަތްކަނޑުއްވާހުށިން" ނަބިއްޔާ މިފަދައިން ކަންކުރައްވާއިރު އަހަރެމެން މިބުނަނަނީ ބައްޕަވީމަ ތަފާތު، ބޭބެވީމަ ތަފާތު. ޔުމްނާމެން ލަދުގަންނަންވީ މުސްލިމަކަށްވެހުރެ ބައްޕަ ކުށްކުރުމުން ނުބަލަން ގޮވާލާ. ބެލިމީހާ ނުބައިކުރަން. ޔުމްނާއަށްނޭނގޭ، ލޭގެ ގުޅުމާ އަދުލުވެރިކަމެއް. އަމިއްލަ އެދުން. ބޮޑެތިމީހުން ގާނޫނުން ބޭރުން ޖަރީމާ ހިންގުމަށް ތި ގޮވަނީ. ލަދުހަޔާތްނެތް މީހެއް ތިއީވެސް. ބައްޕައާ ފިރިމީހާއަކީ ގާނޫނަށްވުރެ މަތީ މީގެއްނޫން.

   23
 3. ކަލްބު ވަކަލްބު

  ފައިސާބަހަމުން ދުވީ، އެއްބަފާ ކޮއްކޮ މަރާލަން ރޭވީ އަދިވެސް މަންޖެގެ ހިތުގަތަ ޒަހަމް ހުރީ ތާޒާވެ ތާޒާވެ.

  92
  5
 4. ހެއު

  ތިޔަވާނީ ހަމަތިޔައް ތިއުޅެނީ އާއިލީ ވާހަކަ ކިޔާދޭނެ މޮޅުގޮތެއްހޯދަން ބަލަ ބައްޕާފުޅު ކިތައްކިތައް މީހުނައްތޯ އެތަކެއްބޮޑެތި އަނިޔާތައް ދީފާހުރީ މަރާލާފާ ހުރީ ކަލޭއައްވެސް އަންގާލީ އެހުން އާލިލާ ތަކައްވެސް ދިމާވި ހިއްދަތިކަން އެހުންމީހެއްގެ ކަމަކާމެދު ދުވަހަކުވެސް ދެރަވެގެން ބައްޕަގެ ވެރިކަމުގަ އެއްޗެއްބުނެފައެއްނުވޭ ތިޔަހުރީ އަމިއްލަ އެދުން ހުރިވަރު ތިވާހަކަތަކުން ވެސް އެގިއްގެ ތިޔަޕާޓީގެ މަގުސަދު ކަލޭގެ އަމިއްލަ އެދުމުގެ ބިޑުކަން

  72
  3
 5. އިންޑިއަން

  ސައްފާނު ކިޔާ މަރުމޯލެއްގެ އަތަށް ފައިސާދީ ބަހަން ފޮނުވީ އެސޮރު ލަންކާގެ މަގުތަކުގައި ރޮމުންދުވި އޭރުގެ ސަރުކާރާއެކު އެއްބަސްވުމަކަށްވެސް އައި ކަންހިގިގޮތް ކިޔާދޭނަމޭކިޔާފަ އެކަމަކު ސަރުކާރުން ބަލައެއްނުގަތީމާ ފިލާގެން އުޅުނީ މަންޖެ ތިހުރީ ހަމައިގައިތޯ.

  73
 6. ކޮތަރު

  ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ކަމަނާގެ ބައްޕާފުޅާ ކޮއްކޯފުޅާ ފިރިކަލުން ކުރައްވާފައި އެވާ ޣައިރުޤާނޫނީ އަދި މާތްﷲ ޙަރާމްކުރައްވާފައިވާ ( ރިޝްވަތު ދިނުންފަދަ ) ހަޑިމުޑުދާރު މަސައްކަތްތައް މިއަދު ވީކަމެއްހެން ރައްޔިތުންގެ ހިތްތަކުގައި ބިންވަޅުނެގިފައި ތާޒާކޮށް މިހުރީ ހަރުލާފަ. އެފަދަ ނުބައި ނުލަފާ ކަންތައްކޮށް ސްޕްރީމްކޯޓުގެ ފަނދިޔާރުން ރިޝްވަތުގެ ފައިސާއިން ފެންވަރުވާލައިގެން އެމީހުން ލައްވާ ދުނިޔެ ހައިރާން ކޮށްލި ޙުކުމް ތަކެއް ނެރުއްވި އަބުރުވެރި މާތް ބޭފުޅުންކޮޅެއް ޖަލުގައި ހައްޔަރު ކުރީމަ، ރައްޔިތުންގެ ހަމްދަރުދީ ހޯއްދަވަން އަނގަފުޅު ފޭކުރައްވާފަ އެވާހަކަ ދޮގެއްތޯ ތިޔަ ވިދާޅުވަނީ.

  83
 7. ރ ޓީވީ

  ބައްޕާފުޅު ޅަހައްދުވައިގެން ބޯކާލާ މީހަކު މަރާލުމަށްވެސް ފަހުނުދިޔަ،
  ބޭބޭފުޅު ލައްވާ ރިޗްވަތުގެ ފައިސާ ބެއްސެވި އަދި ވީޑިއޯވެސް ލީކުކޮށްލި،
  މަންމާފުޅުގެ އިއްޒަތްތެރިކަން ބާތުޑޭ ފާހަގަކުރުމުގެ ނަމުގައި ކިލަބުކޮށްލުވީ،
  ފިރިކަލުނަށް އެކިއެކި ކުންފުނިތަކުގައި ޖައްސުވައިގެން ފައިސާގެ ދަހިވެތިކަންދައްކުވާ ބޭޒާރުކުރުވި،
  މީހައްތަހާވެސް މިއުޅޭ ފްރީޑަމް އޮފް ސްޕީޗުގެ ކުދިން ކުރުވިހާ ކަންކަން އަދިވެސް ހޭވެރިކަންވާކަށް ނުވޭތަ.

  60
  1
 8. މާލެ ބޭބެ

  ލަދެއް ގަތާތެއް ނެތި ދިވެހިންކުރިމަތީ ޔާމިންގެ އަނިޔާ ކިޔާއިރު މައުމޫނު ރާއްޖޭގެ ތިރީސް ހާސްމީހުން 30 އަހަރު ތެރޭ ޖަލަށްލި.ސިޔާސީ މީހުންނާއި ދީނީ އިލްމުވެރިންނަށް އަނިޔާކުރި.. ރ.ނަޝީދު 17 ފަހަރު ޖަލަށްލި.. އެތައްބަޔަކު މަރުވި.ބަލަ 2003 ގަ ޖަލުގައި ބަޑިޖަހާ ދިވެހިން މަރާލީ.. ބަލަ ތިޔަ ޔުމްނާ އަކީ ކާކުތޯ ؛ ސިޔާސީ އެއްވެސް އުރައްޕެއްނެތް ރައްޔިތުން ފިއްތަން އުޅޭބަޔެއް..

  63
  1
 9. ޚ

  ކަމާނާ ތިޔަ އީ ހަމަ އެންމެ މީހެއް ދޮގެއްތޯ ބައްލަވާ ތިޔަކަމާނާގެ ބައްޕާފުޅުގެ ޒަޢާމަތުގައި ތިރީސް އަހަރު ހޭދަވެގެން ތިޔަ އިރު ހާދަ މީހުންނަކަށް އަދި ހާދަ އާއިލާ އަކަށް ވަނީ ހަމަ ތިޔަ ވިދާޅުވާގޮތަށް ދުވަސްތައް ހޭދަކުރަން ޖެހިފާ ކީކޭ ބާ އެކަމާ ވިދާޅުވާނީ.

  57
 10. އިސްމާއިލް

  އެއަނިޔާވެރިކަމަކީ ވަކިމީހަކު ދިން އަނިޔާ ވެރިކަމެއްނޫން ޤައުމަށް ޤައްދާރުވާ ކޮންމެ މީހަކަށް ވެސް ލިބޭނެ އަނިޔާއެއް ..ކަމަނާއާއި ކަމަނާގެ އާއިލާގެ ތަރިކަ މުލަލެއްނޫން މިޤައުމަކީ !

  68
 11. ކަންނެލިއޮޑި

  ބައްޕާޅު އޭރު އުޅުއްވި ގޮތް ހަނދާން ނެތީތަ. ތިޔަ ބަލަނީ އެއްލޮލުން.

  57
 12. ދަންނަ

  ތިބާގެ ބައްޕަޔާ އަދި ތިބާގެ ފިރިމަނިކުފާނު އެއްވެސް ކުށެއް ނުކުރާކަމަށްދޯ ތިވިދާޅުވަނީ ބައްޕާފުޅު ބައިވެރިވެގެން ފަނޑިޔާރުންނަށް ރިޝްވަތުދީގެން ބަގާވަތެއް އުފައްދާން އުޅުއްވިކަމެއް ކަމަނާއަކަށް ނޭގޭތަ ކުށްކުރިބަޔަކަށް އެކުށުގެ އަދަބު ލިބުނީމާ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔާމީނުގެ މައްޗަށް ސާބިތުނުވާ ކަމަކަށް ޖަލައްލާ އަދަބު ދިނުމަކީ އިންސާފެއްތަ ބަލަގަ ޔާމީނުގެ ޝަރީޢަތަކީ ވަރަށް ހާމަކަންބޮޑުކޮށް ހިނގާދިޔަކަމެކޭ އެހެންވީމާ އަހަރެންވެސް މިބުނަނީ އެކަމެއް ޔާމީނުގެ އިސްތަށިފުޅުގަ އެޅުވޭކަށްނެތޭ

  57
 13. ކަމަނާ

  ކަލޭ ބައްޕަ ދިން އަނިޔާ އަހަރުމެންވެސް ވަރައް ތާޒާކޮއް ހަދާންއެ ބަހުރި.

  50
 14. ސޮފްވާން

  ޔުމުނާ އަކަށް ނޭގެ ދޯ .އެބޭބޭފުޅުން ހަމަ ތިއްބަ ގެންގޮސް ޖަލައްލީދޯ . މިއަދު ޔުމުނާ އަދި ނަދީމު ހެވިފައި ހުރެވިދާނެ . ފައިދާތަކެއް ލިބޭތީވެ . ބަދަލު ލިބުނު ލިސްޓްގައި ފިރިމީހާގެ ކުންފުނިވެސްހިމެނޭދޯ؟

  50
  1
 15. ސަމިި

  ދެން ނޯންނާނެ ކުރި އެއްކަމެއް. ޖަލަށްލީ ލާންވެގެން. 2 ފެ ބްރުއަރީގެ ޙުކުމް ނެރެން މަސައްކަތް ކޮށް ރޭވީ ކޮން ބައެއް ކަން ވެސް ނޭންގެނީތަ.

  50
 16. ޢިންސާފް

  ބބބައްޕާފުޅުކީވެތޯމިހާރުހައްޕުކިޔައިގެންހުނއނަނީ

  47
 17. ބޫ

  ރ.މައުމޫނު ބައިވެރިވާ ޖަލްސާއަކަށް ރާއްޖޭގެ ބޮޑު ޕަސެންޓެއް އުފަލާއެކު ހާޟިރުވި ދުވަސް އިއްޔެވީ ކަމެއްހެން ތާޒާކަންމަތީ ހަނދާން އެބަހިރި، އެހެނަސް މިއަދު އެންމެ 300 މީހުން ހަމަ ނުވެގެން ޖަލްސާ ނުފެއްޓި އެތައް އިރެއްވަންދެން ލަސް ކުރަންޖެހުމުން ތި ދައްކާ ވާހަކައިގެ ތެދު ދޮގު ހާމަވެފައިވާކަން އެގޭ. މިއަދު މި ޤައުމުގެ ހާލަތާމެދު އަމިއްލައަށް ވިސްނާލަ ބަލާށެވެ. 29 މިލިޔަން ރުފިޔާ ޖާބިރު މާފް ކޮށްދިނަސް ރައްޔިތުން އެތިބީކީ މި ލިބެމުންދާ ގެއްލުމަށް މާފު ކުރާކަށް ނޫނެވެ.

  57
 18. ޢަލީ

  އަޅުގަޑުމެން ހަދާން އެބަހުރި ބައްޕާފުޅު ރައްޔިތުންގެ ގިނަބަޔަކަށް ތިޔަވިދާޅުވި އިބާރާތުން ދިން އަނިޔާވެސް’މިހާދުވަސް ވީއިރު މާފަށް ވެސް ނޭދޭ!!!!

  47
 19. ޙާރޫން

  ބަލަ މައުމޫން ވެސް އެހެން އުޅުނީމަ ދޯ ޖަލަށް ދާން ޖެހުނީ. ޢެކުގައ އޮތް ސަރުކާރަށް އެއްބާރުލުން ދީގެން މަސައްކަތް ކުރިނަމަ ނުވާނެ އެހެން

  52
 20. ސަމް ފައިނު

  ޔުމްނާގެ ބައްޕަ އަކީވެސް އަނިޔާވެރިވި ވެރިއެއް އޭނާގެ ވެރިކަމުގައި އެއްވެސް އިންސާފެއް ނެތި އަނިޔާ ކުރިނިކަމެތިން މިހާރުވެސް އެވޭނުގަ އުޅޭ

  52
 21. Anonymous

  ގުމްނާ، މަންޖެއާ މޮޔަ ކޮއްކޮއާ މުސްކުޅިބަފާ، ޔާމީންގެ ވެރިކަން ހިބަރު ވަދު ދުއްވައިގެން ވައްޓާލަން ކުރި މުޑުދާރު ބަޣާވާތް، ދިވެހި ރައްޔިތުންނަށް މިހާރު ވަރަށް ސާފުކޮށް އެގިއްޖެ. ކޮން މުންޖެކޭ ތިޔަ ވީދެނީ. ކަލޭގެ ބަފާގެ ވެރިކަން ވައްޓާލަން ކަލޭގެ ބޮޑުބޭބެ އިލިޔާސް ނުކުތީމަ ބަފާ ކަންތައްކުރީ ކިހިނެއްބާ. ވާހަކަ ނުދައްކާތި ބަޣާވާތް ކޮށްފިއްޔާ މިވެރިކަމުގަވެސް ކަލެއާ ބަފައާ ދެމީހުން އެކޮޅުކޮޅުން އެލުވާނެ. ޔާމީން ވެއްޖެއްޔާ ޖަލަށްތާލީ. ބަލަ ކަލޭގެ ކޮއްކޮ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިންކަން މިހާރު އެ މެންބަރުންނޭ އެ ބުނަނީ. ދެން ކަލެއާ ކަލޭގެ މުސްކުޅި ބަފައަށް އިސްލާމީ ޝަރީޢަތުގަ އޮތީ މަރުގެ ހުކުމް. ނޭގެންޏާ ހިބަރުވަދު ބަފާ ކާރިން އަހާބަ. ދެން މި ރާއްޖޭގެ ވެރިކަމާ ހިސާބަށް ކަލޭމެންނަށް 100 ފޫޓަށްވެސް ނާދެވޭނެ. މަގޯތި ރުގިއްޔާ މޫވްމަންޓް ހަދައިގެން މަހަށްދޭ.

  50
 22. އަނިޔާ

  ކަލޭމެން ރާވައިގެން ޔާމީނަށް ދިން އަނިޔާގެ ހިތި ޔާމީނަށް އަދިވެސް އަރައިނުގަނެވިގެން އެއުޅެނީ. ވެރިކަމާހެދި ދަންޖެހެމުން އެއްބަނޑު ބޭބެގެ ވެރިކަންވެސް ނިގުޅައިގަންނަން އުޅުނީ. ކަލޭމެންގެ އައްޕަ ދިގު 30 އަހަރުން ގެނެސް ނުދެވުނު ތަރައްގީ 5 އަހަރުން ގެނެސް އާ އުސްމިންތަކަކަށް މި ދިވެހި ރާއްޖެ ގެންދަން އުޅޭތީ ވެރިކަމުގެ ދަހިވެތިކަމުގަ ކެނެރީގޭ ލާދީނީމެންނާއެކީ ބައިއަތު ހިފައިގެން ވެރިކަން ނިގުޅައިގަތީ. ﷲ އިރާދަކުރެއްވިއްޔާ ކަލޭމެންގެ ވެރިކަން ވަރަށް އަވަހަށް ބަލިކަށިވެ ކަލޭމެންގެ ރޭވުންތައް ވިއްސި ވިހާލިވެގެން ދާނެ. ހީ ނުކުރާތި މިގައުމަކީ ކަލޭމެންގެ އެކަނި ތަނެކޭ!.

  53
 23. އަހުމަދު

  ފަނޑިޔާރު އެއޮތީ އެއްބަސްވެފަ ބަޣާވާތް ކޮށް ވެރިކަން ވައްޓާލަން އުޅުނު ކަމަށް. އެހެންވީމަ ދެން ޔާމީން ވެރިކަމަށް ގެނެސް ތި އާއިލާ އުމުރަށް ޖަލަށް ލާނެ. މިވެރިކަމުގަ ވެސް އެކަން ވެދާނެ. އިންތިޒާރު ކޮށްލާ.

  49
  1
 24. އަލީ

  އަމިއްލަ އެދުން ބޮޑުކޮށް..ވެރިކަމާ ތޮޅެން އުޅުނުކަން ތާޒާކަން މަތީ ހަނދާން އެބަހުރި.....

  11
 25. ގޮމަށި

  30 އަހަރު ދުވަހު ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދިން ހިބަރުވަދުގެ ހަނދާން ތާޒާކަމްމަތީ ދެންމެ ކުރި ކަމެއްހެން އާވޭވެ އެބަހުރި. މީ ދެން ކާކު

  12
 26. މުބީނު މާރނީ

  އަހަރުމެންގެ ޖީބުން ލައްކަ ލައްކަ އިން މުސާރަ ތިޔަ ނަގަނީ އެއްވެސް ކަމެއް ނުކޮށް. ހުކުރު މިސްކިތް ބަލަހައްޓާލާ ކަމަށްޓަކައި އެކަނި. މުސާރަ ހައްގެއް ނުވާނެ. ހުކުރު މިސްކިތް ބެލެހެއްޓުން ވެސް އެކަން ކުރަންވާ ގޮތަކަށް ނުވޭ. އިންސާނެއްވިއްޔާ ކޮންޝައެންސް އެއް އޮންނަން ވާނެ. އަހަރުމެއް މިއުޅެނީ މާލޭ ގަ އެއްމަހުން އަނެއް މަހައް ކުލި ނުދެއްކިގެން. ނުޖެހޭނެ އެއްވެސް ކަމެއް ނުކޮށް އަހަރުމެންގެ ޖީބުން ލައްކައިން މުސާރަ ނަގާކަށް.

  12
 27. ޞީޓާ

  ޚކަލޭ ވެސް ޔާމިނު ފަހަތުން ނުނެއްަތިގެން.

 28. ޕުއްޕުޚާން

  ޖަލުގަ ދިން އަނިޔާ ތަކަށް ފަހު ސަލާމަތްވިތާ ކުޑަދުވަސްކޮޅަކަށްފަހު މަގެޭ ބޮޑު ބޭބެ ނިޔާވި ޕެރަލައިޒް ވެގެން އޭނަގެ ކުށަކަށްވީ ދެ މުސްކުޅިން ފޮންޏެއް ކަނޑާލަން ޖޯއްޔެއްގައި ތިބެލިކަން އަހަރެންގެ އުސްތާޒް ޖަލަށްލީ ދީން އޮޅުންފިލުވައިދިނުމަށް މަސައްކަތްކުރީތީ މައުމޫނުގެ އާއިލާއިން މަގޭ ހިތުގަ ޖެހި ޖެހީނުން މަގޭ ދަތްބުރި ވެސް ބިންދާލި ދެންވެސް ކިޔަަާ މަންޖެގެ ބޮލޭ

  10
 29. ޙައުލާ

  ރަސޫލުﷲ ޞޢވ ހަދީޡް ކުރެއްވީ، "ތިމަންކަލޭގެފާނުގެ ދަރިކަނބަލުން ފާޠިނަތުގެ ފާނު ވައްކަން ކުރެއްވިއަސް އަތްކަނޑުއްވާހުށިން" ނަބިއްޔާ މިފަދައިން ކަންކުރައްވާއިރު އަހަރެމެން މިބުނަނަނީ ބައްޕަވީމަ ތަފާތު، ބޭބެވީމަ ތަފާތު. ޔުމްނާމެން ލަދުގަންނަންވީ މުސްލިމަކަށްވެހުރެ ބައްޕަ ކުށްކުރުމުން ނުބަލަން ގޮވާލާ. ބެލިމީހާ ނުބައިކުރަން. ޔުމްނާއަށްނޭނގޭ، ލޭގެ ގުޅުމާ އަދުލުވެރިކަމެއް. އަމިއްލަ އެދުން. ބޮޑެތިމީހުން ގާނޫނުން ބޭރުން ޖަރީމާ ހިންގުމަށް ތި ގޮވަނީ. ލަދުހަޔާތްނެތް މީހެއް ތިއީވެސް.

 30. ރަޙްމާ ޢަލީ

  ޕާޓީ ހަދައިގެން ދަނޑިތަޅަން ތިބޭ! ތިޔާ ކައިރިވާނޭމީހަކު މި ޤަވްމަކު ނެތް! ރޮއި އަދޭސްކޮށްގެން މުޅި ރާއްޖެ ކަހައިގެން 3000 މީހުން ހަމަކޮށްލެވުނީ ދުނިޔޭގެ ލަދަށް! މިހާރު މިވަރވެސް ނުވާނެ! ބަފަޔާ ކޮއްކޮޔާ ފިރިސޮރު ޖަލަށްލީ ރީތިކޮށް ތިއްބާތަ؟ ވެރިކަން ވައްޓާލަން ނުކުމެ ފާޅުގައި ރިޝްވަތުބެހީ! ބަލަގަ ޤާނޫނު ހިންގާނީ ހަމަހަމަކޮށް! އޭގައި މޫނެއް ފާރެއް ދީމެއް ނޯންނާނެ! އެކަމުން އެގިގެންދިޔައީ ޔާމީންގެ ޢަދުލުވެރިކަން!

  11
 31. ގޮޅާ

  30 އަހަރު ވެރިކަން ކުރި އިރު ނުކުރެވުނު އިސްލާހެ އް މި އަދު ކިހިނެ އްބާ ކުރާނީ އަދިވެސް ތި އުޅެނީ ރަ އްޔިތުން ގުނބޯ ހަ އްދަން ކަލޭގެ ބަފަޔާ ބޭބެ އާ އަދި ފިރިސޮރާ 3 މީހުން ވެގެން ގާނޫނީ ގޮތުން އުފެދިފަ އޮތް ސަރުކާރެ އް ވަ އްޓާލަން މަސަ އްކަތް ކުރީމަ ޖަލަ އް ލާންޖެހުނީ މިހާރު ތިތިބީ ރަނގަޅަ އް އަލަކެވިފަ ކޮބާތޯ މިހާރު ބޭބެ އާ ފިރިމީހާގެ މަގާމަކީ މިސަރުކާރުގަ ބޭބެތޯ ރަ އްޔިތުން މަޖްލީހުގެ ރަ އީސް އަކީ.

 32. ????

  ކަލޭގެ ބަފާ ކިތައްމީހުންނަށް އަނިޔާކުރީ ޖަލުގަ ޖައްވަށް. ފަޒާއަށް ގޮވަމުން ދިޔައިރު ޓީވީގަ ލައިވް ކުރިއިރު މަޖީދީމަގުން ފަޒާއަށް ބަޑިޖަހައިގެން މަރުވިމީހަކު ގެންދަނީ ބަލަ ހިތައް އަސަރު ކުރަނީ ކަމޭމެން އެކަންޏެއް ނޫން.

  9
  1
 33. ޒާ

  ޔުމްނާއެވެ. ޔުމްނާގެ ބައްޕަ އެއްވެސް ހައްގަކާއި ނުލައި ދިވެހި ހާދަގިނަބަޔަކަށް ޖަލުގައި އަނިޔާ ކުރިއެވެ. ޢެކަން ތި ޔުމްނާ ހަނދާންނުހުރެދާނެއެވެ.

  14
 34. ކަޅުވަކަރު

  އަމިއްލައަށް ފޭހުނު އިލޮށިގަނޑު އަމިއްލަ ލޮލައް ފޭހުނު ވާހަކަވެސް ރައްޔަތުންތަ ބުނެދޭންޖެހެނީ. ބައްޕަ ދުނިޔޭގެ ހުރިހާ ދުވަހަކު ވެރިކަމާހުރެ ތެޅޭކަށް ނުޖެހެ. މާތިރިވެގެން ގޭގައި ހުރިނަމަ ތިޔަ ބުނި އަމިއްލައަށް ދިވެހިރައްޔަތުން ލާންހެދި ޖަލަށް އަމިއްލައަށް ވަންނާކަށް ނުޖެހުނީސް. އެދުހު އަމިއްލައަށް ހެދި ޖަލުގެ ތަޖުރިބާވެސް ކުރަންޖެހޭނެ ދޯ. ކުޑަދުވަސްކޮޅަކު ޖަލުގައި ހުރި ވީ އައި ޕީ އެޕާރޓްމަންޓްގެ މަޑުކޮށްލުން ތިވީ ބޮޑުކަމަކަށް އަހަރުމެން ތިޔަ ބުނާ ބޭ ހެދި ޖަލުގައި ތިބިން އަހަރުތައް ވަންދެން. ޔުމްނާވެސް ދޭބަލަ ތަޖުރިބާ ކޮށްލަން ބައްޕަ ހެދި ޖަލުގެ. އޭރުން ތިވާހަކަ ދައްކަން ފަސޭހަވާނި. ތިޔަ އާއިލާއިން ކުރިންވެސް ރާއްޖޭގެ ވެރިކަމުގައި ރައްޔަތުންނަށް ކުރި އަނިޔާ މިވަޤުތު ވީކަމެއްހެން ހަނދާން އެބަހުރި. އަދިވެސް ތިޔަ ބަލާވެރި ސުންޕާ ނުލަފާ ބޭބެގެ ވަކިތަކުން ކިބައިން މިއުޅެނީ އަރާ ނުގެނެވިގެން.

  6
  1
 35. ސަރީފް

  ޔާމިންގެ އަނިޔާބޮޑުކަމުން މަންމާފުޅު ހައްގައްނަސްރު ހޯދައިގެން ގޭގަ

 36. ރަންގޮމާ

  އުއްމީދަކީ 2023 ގައި ވެރިކަން ކުރާނީ ތިޔަ ޕާރޓީ ކަން ޔަޤީން.

  12
 37. ތަކުރު

  ކަމަނާޔައް އެނގިލައްވާތޯ މިހާރު ދިވެހިރައްޔިތުންވަނީ ރައީސް ޔާމީންއަކީ މިޤައުމުގެ މުސްތަޤުބަލުކަމުގަ ބަލައިގަނެފަ އެކަން ތިއުޅުއްވަނީ ކަމަނާއަށާ ކަމަނާހިއްސާވާ ވެރިކަންކުރާ ޕާޓީއައް ޤަބޫލުނުކުރެވިގެން އެހެންވީމާ ތިޔަވިދާޅުވާނިޔާއެއް މިޤައުމުގަ މިހާރުނުވިކޭނެ އެނިޔާއެއީ މާޒީ ދެންއެހެންކޮންމެވެސް އެއްޗެކޭ ވިދާޅުވަންވާނީ

  11
 38. އަފީ

  ތިބުނާ ބައްޕާފުޅު ގެ ހައްގުގައި އަހަރުން އޮތިން 2 ދުވަހު ޖަލުގައި! ނަމަވެސް ތި ބުނާ ބައްޕާފުޅުވީ ގައުމަށް ގައްދާރު!

 39. ސުރައްޔާ

  ކަލޭގެ ބަފާ ބަންދުކޮށް އަންނިބޭ މުޅި ކަލޭގެ ޢާއިލާ ހަނާކޮށް ހިތުހުރިހާ ގޮތަކަށް މަލާމާތުގެ ހޮޅިތައް ޖެހިދުވަސް މިއަދު ހަނދާންނެތީ ލިބުނު ހަމައެކަނި މަޤާމުގަނޑު ގެއްލިދާނެތީތަ؟ ކޮމެންޓްތައް ކިޔާފަ ހޮޑެއް ނުލަވާތަ ކަނބުލޯ؟

 40. ޢަބްދުއްލާ

  ޔާމީން ދިން އަނިޔާ، ތާޒާކަން މަތީ ހަނދާން އެބަހުރި - ޔުމްނާ

  9 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )

  އަނިޔާއެއް އަދަބަކީ އަނިޔާއެއްނޫން.

  عن أبي ذر الغفاري رضي الله عنه، عن النبي صلى الله عليه وسلم فيما يرويه عن ربِه عز وجل أنه قال: «يا عبادي إني حرمت الظلم على نفسي، وجعلته بينكم محرماً فلا تظالموا، يا عبادي كلكم ضالّ إلا من هديته، فاستهدوني أهدكم، يا عبادي كلكم جائع إلا من أطعمته، فاستطعموني أُطعمكم، يا عبادي كلكم عارٍ إلا من كسوته، فاستكسوني أكسكم، يا عبادي إنكم تخطئون بالليلِ والنهار، وأنا أغفر الذنوب جميعاً فاستغفروني أغفر لكم، يا عبادي إِنكم لن تبلغوا ضري فتضروني، ولن تبلغوا نفعي فتنفعوني، يا عبادي لو أن أولكم وآخركم وإنسكم وجنّكم كانوا على أتقى قلب رجل واحد منكم ما زاد ذلك في ملكي شيئاً، يا عبادي لو أن أولكم وآخركم وإنسكم وجنكم كانوا على أفجرِ قلب واحد منكم ما نقص من ملكي شيئاً، يا عبادي لو أن أولكم وآخركم وإنسكم وجنكم قاموا في صعيد واحد فسألوني، فأعطيت كل واحد مسألته ما نقص ذلك مما عندي إلا كما ينقص المخيط إذا أدخل البحر، يا عِبادي إنما هي أعمالكم أحصيها لكم ثم أوفيكم إياها، فمن وجد خيراً فليحمد الله، ومن وجد غير ذلك فلا يلومن إلا نفسه» رواه مسلم.
  މިކަން އޮތްގޮތް، އަޅެހިއްވަރެއް ހުރިއްޔާ ހެއުލަފާ ދީނީޢިލްމުގެރިއަކު ގާތުން އޮޅުންފިލު

  ވާލަބަލަ؟

 41. ޢަބްދުއްލާ

  ޔާމީން ދިން އަނިޔާ، ތާޒާކަން މަތީ ހަނދާން އެބަހުރި - ޔުމްނާ

  9 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )

  ރައީސް މައުމޫން ގެ އިންޓަވިއުތައް ޓީވީއެމުން ދެއްކުން މަނާކޮށްފި

  5 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )

  މިހިރަ މިހިރަ ހަނދާން ތަކަކީ ވެސް ތާޒާވާނެ އަދި ތާޒާކަންމަތީ ދެމިހުންނާނެ ޢިބްރަތުން

  ފުރިގެންވާ ހަނދާންތަށް.

 42. މުސްކާން

  ދީނީ ވާހަކަ ދެއްކުމުގެ ކުރިން އަމިއްލަ ނަޒާހަތް ތެރިކަން ހުރި ވަރެއް ބަލާލަބަލަ

 43. ކާފަ

  ވަގު ސަރުކާރުން ބޭރުކޮށްލުމާއެކު ސިޔާސީ ކެރިޔަރ ނިމުނީކަން އެގޭތީ ހިތުން އިބްރާހީމް ރުއްސަންބުނި އެއްޗެއްތަ ތިޔައީ؟

 44. ފާރިސް

  މިއީ އިންސާފުވެރި ހަނދާންތައް ސަރުކާރުގެ އަނިޔާވެރި ހޯދައި ދިނުމުގެ ބައިވެރިވި މައްސަލައިގައެވެ

 45. ފާރިސް

  ބައިވެރިވި މައްސަލައިގައެވެ