އެއްވެސް ހުކުމެއް ޝަރީއަތެއްނެތި ރާއްޖޭގެ ޖަލެއްގައި މީހަކު އޮންނަތާ 7 އަހަރު ދުވަސްވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް އައުމުން ވެސް އެއްވެސް ފިޔަވަޅެއް ނޭޅި ޖަލުގައި ދުވަސްތައް ހޭދަކުރަމުންދާކަން ހާމަވެއްޖެއެވެ.
ޙުކުމެއް ނެތި، އަދި ދައުވާއެއްވެސް ކުރުމެއް ނެތި ޖަލުގައި މީހަކު އޮންނަތާ ހަތް އަހަރުވެ، އެކަން ސަރުކާރުގެ ސަމާލުކަމަށް އައުމުން ވެސް އޭނާ އަށް ލުއި ގޮތެއް މެދުވެރިކޮށްދީފައި ނުވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު އެވެ. އޭނާ އެކަން ހާމަކުރެއްވީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލި "ޖަލުތަކުގެ އޮޑިޓް ރިޕޯޓް" ގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ޝަރީއަތެއް ނުކޮށް ހުކުމަކާއި ނުލައި ޖަލަށްލާފައިވާ ފަރާތްތަކުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓް އެންޑް ޖެންޑާ ކޮމިޓީންދަނީ ބަލަމުންނެވެ. އެކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި، ކޮމިޓީގެ މުޤައްރިރު ޖީހާން މަހުމޫދު ވިދާޅުވީ ޖަލުގައި އެއްވެސް ހުކުމަކާއި ނުލައި އެންމެ ގިނަ އަހަރުތަކެއް ވަންދެން އޮތީ 7 އަހަރު ދުވަހު ޖަލުގައި އޮތް މީހެއް ކަމަށެވެ.
"މި އޮޑިޓް ރިޕޯޓު ދިރާސާ ކުރުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަވި އެންމެ ގިނަ ދުވަސްވެފައިވާ މައްސަލައަކީ 7 އަހަރުވަންދެން މުއްދަތެއް ނެތި އިންޑިފިނެޓްކޮށް އޭނަގެ ޝަރީއަތާއި މެދު، އޭނަގެ މައްސަލައާއިމެދު ގޮތެއް ނުނިންމާ ބަންދުގައި ބަހައްޓާފަ ހުރި މީހެއް." ޖީހާން ވިދާޅުވިއެވެ.
މެމްބަރު ޖީހާން ވިދާޅުވީ އެކަމަށް އެޅިފައިވާ ފިޔަވަޅުތަކަކީ ކޮބާތޯ ކޮމެޓީއަށް އަންގައިދިނުމަށް ކަމާބެހޭ ފަރާތްތަކާއި އެ މައްސަލައާއި ގުޅިގެން ލިޔެކިއުންތައް ބަދަލު ކުރެވުނު ކަމަށެވެ. ބުދަ ދުވަހު ހޯމް މިނިސްޓްރީއާއި އެކު ނުރަސްމީކޮށް ބައްދަލު ކުރެވުނު ކަމަށާއި 7 އަހަރު ޖަލުގައި އޮތް މީހާ މިއަދާ ހަމަޔަށް ވެސް އޮތީ ޖަލުގައި ކަން މިނިސްޓްރީން ކަށަވަރު ކޮށްދެއްވި ކަމަށް ޖީހާން ވިދާޅުވިއެވެ.
އެއްވެސް ޝަރީއަތެއް ހުކުމެއްނެތި ޖަލުތަކުގައި 7 އަހަރު ދުވަހު މީހަކު އޮތް އިރު 5 އަހަރާއި 4 އަހަރާއި 3 އަހަރުވަންދެންވެސް އެތައްބަޔަކު ޖަލުގައި ތިބިކަން ޖަލުތަކުގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގައި އިންސާފެއްނެތް. މޮޅު މީހުންނަށް މޮޅުގޮަތް ، ދެރަ ނިކަމެތިންނަށް ނިކަމެތި ގޮތަް. ހުރިހާ މޮޅެއް އެމީހުންނަށް.
މިި ސަރުކާރުން ރައްޔިތުން އާދޭސްކުރާ ހުރިހާ ކަމެއް ވެސް ކޮށްދެވެނީ ފޫކޮޅު ހަން ދިޔާމަ.
ޗޮކުލެޓް ސަރުކާރު. މުގުުރިހަ ސިޔާސަތު. ކިރުގަރުދިޔަ މެނިފެސްޓޯ.
ޗަކަޕަކަ
ޙަމަ ހޭގަތޯ ދުނިޔޭގަ ތިއުޅެނި 7 އަހަތު މިވީ މިސަރުކާރުގަ ތޯ ހަމަ އަހާލި
ކައެ އަކާ ބެހޭކަމެއް ނޫން! ކައެ ވެދާނެ ރައީސް ސޯލިހުގެ ފޭނަކަށްވެސް. ކައެ ނުފުއްޕައްޗޭ!!!!
ބައެއް ވަގުން ހުކުމް ކުރީމަ ފިލާ ރައްކާވަނީ
އެކްޓިވިސްޓެ އް ނަމަ ދޫކޮށްލާނެ