އުމުރުން ދުވަސްވީ ފިރިހެނަކު މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކާއި ފޮށުނު ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ޕާކިން ޒޯނެއްގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިށީންދެގެން އިން މުސްކުޅި ފިރިހެނަކު ފުރަތަމަ އަންހެން މީހާގެ ކިބައިން އެދުނީ ސަލާމް ކޮށްލުމަށެވެ. އެއަށްފަހު ވާހަކަ ދައްކަމުން މުސްކުޅި މީހާ ވަނީ އަންހެން މީހާ އާއި އެކު ބަދުއަޙްލާޤީ އަމަލު ހިންގަން ދައުވަތު ދީފައެވެ.

ވީޑިއޯ ގައި އަންހެން މީހާ ބުނީ މުސްކުޅިމީހާ އެތަނުގައި އިނދެ އެތަނުން ދާހާ މީހަކާއި ފޮށޭތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ.

އަންހެން މީހާ ވަނީ ދަރިން ބޮޑެތިވެ ކާފަ ކިޔާ އުމުރަށް ދިއުމުން އެގޮތައް ނޫޅުމަށް އޭނާ އަށް ނަސޭހަތް ދީފައެވެ. އަންހެން މީހާ ވާހަކަދައްކަން ފެށުމުން މުސްކުޅިޔާ ވަނީ "އޯކޭ ބާއި" އޭ ބުނެ އަންހެން މީހާ އާއި ވާހަކަ ދެއްކުން ހުއްޓާލަން މަސައްކަތް ކޮށްފައެވެ.

(ވީޑިއޯގެ ލިންކް މި ޚަބަރުގައި ހިމަނާފައި ނުވަނީ ވީޑިއޯގައި އާއްމު އިޖުތިމާޢީ މިންގަނޑާއި ހިލާފު ވާހަކަ ދައްކާތީއެވެ.)

މާލޭގެ މަގުމަތިން ހިނގާ އަންހެނުންނާއި ފޮށުމަކީ ވަރަށް އާއްމު ކަމެކެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ އެފަދަ މައްސަލައެއް ރިޕޯޓެއް ވެސް ނުކުރެވެއެވެ. ސަބަބަކީ ގިނަ ފަހަރަށް ފޮށުނު ނަމަވެސް އެކަން ސާބިތު ކުރާނެ ހެއްކެތް ނޯންނާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ފަސާދަވިހަސަނު

    މުސްކުޅިވެ 50 އަހަރާ ގައި ކުރަންފެށީމަ ދިވެހި ފިރިހިނުން ޅައަންހެން ކުދިންބޭނުންވެގަންނަނީ އަމަށަކު ވަރަކައް ނޫން، އެވަރިހަމަ ބޮޑެތި އަންހެން ދަރިންތިއްބަސް ބެލުމެއް ނޯވެ. މީ ދިވެހި މުޖްތަމައްގެ ހާލު، ދެން ކިހިނެއް ރަގަޅުވާނީ! ދިވެހިން ދާނީ ފަހަތައް، ތަހުޒީބުވުމެއް ނެތް!

    72
    5
  2. ހަފްސީން

    އޭނާގެ އިހްސާސް އެނގޭނީ އޭނަޔަށް..އޭނަ ހިތުގައިއޮތް އެޗެއް އަހާލުމަކީ މައްސަލައެއްތަ..އަނެއްމީހާ ގަބޫލު ނޫނިއްޔާ ނޫނެކޭ ބުނީމަ ނިމުނީ..މާބޮޑު ކޮށްލާނެ ކަމެއްނެތް..ޒުވާނުން ވިއްޔާ އޯކޭ.އުމުރުން ދުވަސް ވުމުން ގޯސް މީ އިންސާފެއްނޫން..

    36
    90
    • މައްސަލައެއް

      ސުބްޙާނަﷲ! މި މުޖްތަމަޢު ފަސާދަވަނީ ތިވިސްނުމުގެ މީހުން ގިނަވެގެންނެވެ. ހިތުގައި އޮތް ވަޙުޝީ ޢަމަލު ހިންގަން ހިލޭ އަންހެނެއް ކުރެން ނުއެހޭނެ އެވެ. އެއީ ވަރަށްބޮޑު ފާފަ އެކެވެ. އެހެންވީމަ އެއީ ވަރަށްބޮޑު މައްސައެއް ވެސް މެއެވެ. ޒުވާނުން ވިޔަސް އޯކޭ އެއް ނުވާނެ އެވެ. މުސްކުޅި ޢުމުރުގައި އެގޮތަށް އުޅުމުން އަދި މާނުބައިކަން ބޮޑެވެ.

      44
      1
    • ނުރަބޯ

      ކަލޭގެ ދަރިޔަކާ ދިމާލަށް ބުނިއެއްޗެއް ނަމަ، ކަލޭގެ ވާހަކަ ހުންނާނީ ތިޔަގޮތަށްބާ؟ ތަންދޮރު ނުދަން ޖާހިލެއް ތިޔައީ.

      16
      2
  3. ޒުންނަ

    ސަހާދެ އްމިބުނީ ވަރުގަދަ ކަމެ އް?

    42
    2
  4. މާމިގިލީ މީހާ

    އެހެންވީޔާ ވީޑިޔޯގެ ލިންކު ޖަހާ ބަލަ. ސަރުކާރުން މުސްކުޅިންނައް ދޭ 5000 ރުފިޔާގެ ބޭނުން ނަހަމަ ގޮތުގައި ކުރާ ކިތައްމެ މުސްކުޅިއެއް އެބައުޅޭ މިގައުމުގަ.

    47
    4
  5. މުހާނިފް

    އަހަންނައް ގޯހީ އެބޭބެ އެކަންޔެއްނޫން، އެ އަންހެން މީހާވެސް ގޯސް، އޭ އަންހެން މީހާ އުޅެނީ ރަނގާޅު ކޮންޓެންޓެއް ލިބޭތޯ، ސ.މީޑިއައް ލާން.. ވާހަކަތައް ހުރީ އެ ފިރިހެން މީހާ ދުލުހިފާ ދަމާ ފާޑައް..

    56
    18
    • ހަނީފާ

      ތިޔާ ބުނީ ހަަމަ ރަގަޅަށް.

      29
      2
  6. ލޮލޮލް

    ރައްޔިތުންގެ މަޖިލީސް ތިޔަށްވުރެ ވިޔާނުދާ... ތިކަމާ ކަންބޮޑުނުވޭ

    89
    3
  7. މާކޮސް

    ފޮށެނީކީ ނޫނޭ ގެޓުވެބަ!

    50
    10
  8. ޖަފަރި

    ތި ގޮތްކުޑަ ލަދެއް ހަޔާތެއް ނެތް މުސްކުޅި މީހާ ހައްޔަރުކުރޭ!

    60
    22
  9. ޢާސިދާ

    ޢަންހެނުން އޮރިއާމުން މަގުމަތީގައި އުޅުންވެސް ގިނައީ ..ތިޔައުޅެނީ އެހެން ކަމެއްކަން ނޭނގެ ތިޔަ އަންހެންމީހާއަކީ އަނެއްކާކާކުބާ ހަށި ވއްކާމީހުންވެސް މަދެއްނޫން..އެހައް ތިއައްތުރެ ބޮޑެތި ކަންކަން ރަނގަޅު ކުރުމުގެ ވާހަކަދެއްކުން މާމުހިންމު ކަންނޭނގެ ކީކޭތޯ..

    47
    7
  10. އަލީ މުގާވިމް

    އެއީ ނޮފެށޭ ވަައްތަރަށް ހުރިި އަންހެނެއްނޫން.ދެންމާ މާތްވާންވެގެން ކުރި ވީޑިއޯއެއް އެއީ. އައުރަ ނިވާނުކުރާތާގަ ދިމާ ފަރަންޖީންވެސް ނުލާކަހަލަ ހެދުންލައިގެން މުޅި ދުވަހު މަގުމަތީގަ ތެޅިބާލާ އަންހެނުން އެއީ. އަސްލު ބޭބެއަށްވެސް ހީކުރެވުނީ އެއީ ވިއްކާ އަންހެނެއްކަމަށް.އެހެންވެ އެހެންއަހާނީވެސް.

    66
    6
  11. ޙަސަން

    50 އަހަރަކި އެހާ މުސްކުޅި އުމުރުތަ! ޢެމީހާ އަށް 60+ ވާނީ!

    17
    3
  12. ބުލްބުލް ކޮޅިގަނޑު

    2018 ރިޔާސީ އިންތިޚާބުގަ ލޮނުޒިޔާރަތްމަގުގަ ގަލޮޅު އެމް.ޑީ.ޕީ ޖަގަހަ ހަދާފަ ހުރީ ތިޔަ މީހާގެ ގޭގަ. އެދުވަސްވަރު އެގޭ ދޮރުމަތިން ލޮނުޒިޔާރަތް މަގު ބަންދު ކޮށްގެން އެމް.ޑީ.ޕީ ޖަލްސާވެސް ބޭއްވި. ހޮވުނު ރައީސަށް ވެސް ހުތުރު.

    5
    1
  13. ާާާޢަލީ

    އަތްބަކު ހުރޭ ތިބޭބެގެ..ބޭބެޔަށްވުރެ މާބޮޑުތަނުން ވެސް ލަވާނެ..ތީކޮންމެވެސް އޮފީސްތަކުގެ ޑުރާމާއެއްގަ ވެސް އުޅުނުބޭބެޔަކާ ވ ވައްތަރު..ފެންނަފެނުމަށް ތީއެބޭބެގެ ގޭދޮރުމަތި ދެންއިންނާނެދޯ އަބަދުވެސް ...ކޮންމެހެން މީހުންނާ ބެހޭކަށްނޫންދޯ ގޭދޮރުމަތި ހަވިރުފީންޏަށް މިޒަމާނުގަ ތިބޭނީކީ..ތިއަންހެނުން އަންހެންކުދިން ލާފާތިބޭހެދުން ބަލާބަލަ އޮރިޔާމުން ތިބެނީ...ދެންއެމީހުން ރަނގަޅުވޭތޯވެސް އެއްޗެއް ވިސްނޭތޯ ބެހިފާނެތާ...

    7
    2
  14. ހާތިމް

    އޭނަ އެހަނީ ވަރައް ސާފުކޮއް ކުރުކޮއް އޭނަގެ ބޭނުން ބޮދޑުވެ ތަސައްރަފު ފުދިފަ ހުރި ހުސް ހަށިބައި އަންހެނެއް ކައިރީގަ މިތާގަ ކޮބާ މައްސަލައަކީ، އޭނަގެ ކިތަންމެ ބޮޑެތި ދަރިން ތިބިޔަސް ނުޖެހޭނެ ބަލާކައް ދަރިންގެވާހަކަ އެއްނޫނޭ އެދައްކަނީކީ ތިވާހަކަ އެމީހާ އެހަނީ ކޮން ފަރާތަކު ހުސް ހަށިބައިތޯވެސް އަހާފަ ފެށީ
    ޖަވާބުދީ ގަޔާވީ މަދޯ ކުރިޔައް ގެންދިޔައީ

    4
    3