ކުރީގެ ރައީސް އަދި މިހާރުގެ މޯލްޑިވްސް ރީފޯމް މޫވްމެންޓްގެ (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްވެސް އިންޓަވިއުއެއް ޓީވީއެމްއިން ދެއްކުން މަނާކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން ޕަބްލިކް ސާވިސް މީޑިއާ އިން އެގޮތަށް ނިންމާ މި މަހުގެ ކުރީ ކޮޅު ނޫސްވެރިންނަށް ވަނީ އެކަން އަންގާފައެވެ.

އެނގިފައިވާގޮތުން ނަސްރުގެ ދުވަހު މައުމޫންގެ ހާއްސަ އިންޓަވިއުއެއް ގެނެސް ދިނުމަށް ޓީވީއެމް އިން ރެކޯޑިންގވެސް ހެދިއެވެ.

ނަމަވެސް ރެކޯޑިންގ ހެދި ފަހުން ތަނުގެ އިސްވެރިން ވަނީ އިންޓަވިއު ދެއްކުން މަނާކޮށްފައެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އެމްއާރްއެމްގެ އޮފިޝަލަކު ވިދާޅުވީ، ރައީސް މައުމޫންގެ ގަޑިއެއްހާއިރުގެ ދިގު އިންޓަވިއުއެއް ނެގުމަށްފަހު ނުދެއްކި ސަބަބު ހާމަކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް އޮފިޝަލް ވިދާޅުވީ، ރައީސް މައުމޫންގެ އިންޓަވިއުތައް ދެއްކުން މަނާ ކުރި ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ.

ޓީވީއެމް އިން ވާހަކަ ދެއްކި ބައެއް ނޫސްވެރިން "ވަގުތު" އަށް ބުނީ ވަކި ބައެއްގެ ހަބަރު ނުގެނެސް ދިނުމަށް މިހާރު ތަކުރާރުކޮށް އެތަނުގެ އިސް ވެރިން އަންގަމުން ދާ ކަމަށެވެ.

"ކުރީގެ ވެރިކަން ބަދަލުކުރީ މި ހުރިހާ ކަމެއް އިސްލާހު ކުރން. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައިވެސް ފުރަތަމަ އަހަރު މަނާ ނުކުރޭ ވަކި ބައެއްގެ ހަބަރުތައް ގެނެސްނުދިނުމަށް. އެގޮތަށް އަންގަން ފެށީ ފަހު ދޮޅު އަހަރުތެރޭގައި" ޓީވީއެމް މުވައްޒަފެއް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޙަރީބު

    ބަގާވާތްތެރި އާއިލާތަކުގެ ނުފޫޒު

    140
    3
  2. އަޙްމަދު

    ސޯޝަލް މީޑިޔާ މަނާނުކުރެވޭނެ. އަލްޖަޒީރާވެސް އެއޮތީ ނޫންތޯ!

    117
    1
  3. ޝާހް، ރ.ވާދޫ

    ކަލޭމެން ގެނައި މިނިވަން ، އޯގާތެރި، ހަމަހަމަ ސަރުކާރު. ޔާމީނުގެ ނުބައިކަން ވިއްކައިގެން އޭގެ އެޑްވާންޓޭޖް ނަގައިގެން ވެރިކަމަށް އައިސް ޔާނީނުގެ 7 ގުނަ ނުބައި މުލަފާކަންތައް ކުރަމުން މިޔަދު އެދަނީ. ބާރަށް އަތާފަޔާ ޖަހާ، ހޭކެންޑޭދެން.

    103
  4. Anonymous

    ތާހިރުވެއްޖެނު. އަދިވެސް ގޮސް އެއްބައި ވެގަނެގެން ހުރޭ.

    125
    • ކިނބޫ

      ރަނގަޅަށް އެހަދަނީ ބާކީ ކޮށްފަ ބަހައްޓާ ރަނގަޅަށް ބޮނޑި ބޮވިފަ ހުންނާނީ. އަބުރުވެރިކަމާއެކީ ރީއްޗަށް އުޅެވެން އޮތް މީހަކު ބެއްޓިގަތް ހިސާބު ދެކިބަލަ.

      30
      2
  5. މިއަދު

    މައުމޫނަށް އޯކޭތަ އަހަރެމެންބޭނުންވަނީ ޗެނަލް13 އަށް ކަހާލުން ހިއްވަރުހުރިއްޔަ ކުރިއަށްދެވެން އޮންނާނެ ގަޓެއްހުރިއްޔަ އިންޓަވިއު ހޯދާފަ ޗެނަލް 13 އަށް ފޮނުވަދީބަލަ ވަގުތުން ފޮނުވަނޭނެ

    70
  6. އަލް ނޫރު

    ރާކަނި މަސް ކެވިއްޖެ ދޯ؟؟؟

    107
    1
    • ނ

      ރާކަނިމަސް ކައިނިމޭނީ ހަތަރުއަހަރު ފަހުން މީއަދި އަދި ހަޖަމްވޭތޯ މަސައްކަތްކުރާ ދުވަސްވަރު ހިންދިރުވަމުން ފެނާއިއެކުނަމަވެސް ދިރުވޭތޯ ބަލަންޖެހިފަތިބި ދުވަސްވަރެއްމީ

      31
      1
    • ޙެހެ

      ރާކަނިމަސް ލިބޭނެ ހުޅުމާލެއިން

      12
  7. ނަޒޫ.

    މީއެބުނާ ފޫރީޑަމްއޮފް ސުޕީޗޭ ކިޔާގެން އުޅޭ އެމްޑީޕީގެ ހަގީގަތަކީ. ޔާމީނު ހެދީ ހަމަ ބަރާބަރައް. އަސްލު މިވެރީންނައް ޔާމީނު މާ ލީނިއަންޓުކޮއް ކަންކަން ކުރީ.

    70
    3
  8. އަބުދުލް ﷲ

    ނޮވެމްބަރު 3 ބާގީން ގެ ވާހަކަދެއްކުން ، ރައީސް ޔާމިނު ، އެ އެއްޗެއް ދެއްކުން ،މިހާރު މައުމޫނުގެ އެއްޗެއް ދެއްކުން މަނާ ، ދައްކަން މިޖެހެނީ ، ނާގާބިލު އިލްމެއް ތަޖުރިބާއެއް ނެއް އިބޫގެ ވާހަކަ އެކަނި

    68
    1
  9. ނަކަސް

    މައުމޫން ޤާސިމް ސަރުކާރަށް ތާއީދުކޮށްގެން ތި ތިބެނީ ކޮންކަމެއް ޙާޞިލް ވަންދެންތޯ ސުވާލުކޮށްލަން ބޭނުން، ތިގޮތަށް ތިބެގެން ޙާޞިލް ކުރެވޭނެ އެއްވެސް ކަމެއް އޮތްހެނެއް ހީއެއްނުވޭ، އަދި ބޭރުކޮށްލީމަ ނިކުންނައިރު ދެން އިސްލާމް ދީނުގެ ދިފާއުގައިވެސް ޤައުމުގެ ދިފާޢުގައިވެސް އަދި ނަފްސުގެ ދިފާއުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތް މިންވަރަށް މިނިވަން މުއައްސަސާތަކަށް ފޯރުވާ ނުފޫޒުތައް ފޯރުވައި، އެމީހުންގެ ނުފޫޒާއި ބޭރު ޤައުމުތަކުގެ ނުފޫޒުގެ ދަށުވެ، ޤައުމަަށް އޮންނާނީ ވާނެއެއްޗެއްވެ ނިމިފަ،

    51
    2
  10. ތިލަފަތޭ

    މިހާރު މިސަރުކާރަށް ވޯޓުދިން ރައްޔިތުންނަށް އޯކޭދޯ.

    61
    1
  11. ބިޖޫ

    ސަރުކާރައް ހަޖަމް ނުވާނެ މީ ފޭލްވެފައޮތް ސަރުކާރެއް ފޭރޭ ސަރުކާރެއް ވޯޓްވަގު ސަރުކާރު ބާގީ ސަރުކާރެއް ފޭރޭ ފޭޜޭ ފޭރެ

    64
    1
    • ހެ

      ހީހީ

      40
      1
  12. ހައިރާން

    މިއީ ތޯ ރައްޔިތުން ދެކެން ބޭނުންވި އަނެއް ދިވެހި ރާއްޖެއަކީ... ވެރިކަން ހޯދަންވެގެން އުޅުންއިރު ތިމަންމެން ބޭނުންވަނީ އިސްލާހު ގެންނާށޭ .ވަކިކޮޅަކަށް ނުޖެހޭނަމޭ ބުނި.

    44
    1
  13. ނ

    މިވަރުންވެސް މައުމޫނު ވެއްޖެއެއްނުން އެއްޗެކޭހިތަށްއަރަން މިސަރުކާރުން ފެއަށްޖެހި އަމިއްލަހާލަށްއުޅުއްވަންވެއްޖެއެއްނުން . އެބަޔަކު ބެހެއްޓިހިސާބެއްގަ ހުންނަވާކަށް މައުމޫނުއަށްއެގިނުލައްވަނީތަ ދަރިންވެސް ެތިބެނީމިލާދީނީ ސަރުކާރު ހިމާޔަތްކުރަން ކައްތިރި ވިއްދައިގެން މިބަޔަކުޖައްސާފައިވާހާލުންވެސް އިބްރަތެއް ހާސިލް ކުރަންވެއްޖެ .

    38
    1
  14. Anonymous

    މީހާދަ ލޯބިވި ރައީސެކޭ. އެމަކު އެމްޑީޕީ އަކާ ގުޅިވަޑައިގެން ހިސާބުން ފޫއްސެއް ވެލާފި. އެމްޑީޕީ މީހުން މިރައީސަށް ހެދިގޮތް ހަނދާނުގައި އަދިވެސް އެބަހުރި . ޖަލުގައި އޮންނަށް ވިޔަސް މިވަރު ބަޔަކާ ނުގުޅުނީމުސް. ކޮންފަދަ ދުއްތުރާ ލެއް އަންނި މެން ކުރީ މިމަނިކުފާނަށް. ޑިމޮކްރަސީ ނުގެނެވިގެން ހީވަނީ ރެވިތެޔޮ ޖަހައިގެން އުޅޭހެން. ނޭވައަކު ދެކޮޅު މުޒާހަރާ ކުރާނެ.

    37
  15. އަޙްމަދު

    މިއޮތީ ރަނގަޅަށް މީޑިޔާ މިނިވަނަވެފައި!

    37
    1
  16. ަެަެަައެނޮނިމްސް

    ޓީޗަރުންނަށް އަންގައިފި ސިޔާސީ އެއްވެސް އެއްޗެއް މީސް މީޑިއާ ގައި ނުޖެހުމަށް

    18
  17. ނިމޫނާ

    ތިޔަބޭފުޅުން އަޑުއައްސަވަންތޯ ބަރުމާގެ މީހެެއްގެ ވާހަކަ އަންސަންސޫކީ ކިޔާމީހަކު މީހަމަ އެއްކަމެއް އޭނާވެސް ވެރިކަމައް އަރާ މުސްލިމުން މަރަން ފެށީ އެބުނާ ނޯބަލް އިނާމް އެއްލާލާފަ މީހަމަ އެކައްޗެއް

    18
  18. ނިމޫނާ

    ތިޔަބޭފުޅުން އަޑުއައްސަވަންތޯ ބަރުމާގެ މީހެެއްގެ ވާހަކަ އަންސަންސޫކީ ކިޔާމީހަކު މީހަމަ އެއްކަމެއް އޭނާވެސް ވެރިކަމައް އަރާ މުސްލިމުން މަރަން ފެށީ އެބުނާ ނޯބަލް އިނާމް އެއްލާލާފަ މީހަމަ އެކައްޗެއް

    9
    1
  19. ލަބީބު

    މައުމޫނަށް ޖެހޭނީ ހަމަ ހަނު ހުންނަން. އިދިކޮޅަށް ބަހެބުނެލުމާއެކު ޖާފަތުން ބޭރުކޮށްލާނެ! އެހާހިސާބުން މީނަގެ ސިޔާސީ ބައްތި ނިވޭނެ! އެކަން އެގޭތީ މި ސަރުކާރުން ހެއްދިވަރަކަށް ހެދިފަ ހުންނަން ޖެހޭނީ! ރަގަޅަށް ރާބުޅާ މަސް ކެވިފަ ތިހުރީ ބެއްޔާ!

    16
  20. މާމީ

    އެއްވެސް ޓީވީ އަކުން މީނަގެ ވާހަކަ ފޮނުވަން ވީ މިނިވަން ރޭޑިއޯ އިން....

    11
    1
  21. ވަރިހަމަ

    މިގޭމީހުން ޓީވީއެމް ނުބަލާތާ އަހަރުރަކެއް ވެއްޖެއެވެ. އެއީ އެއިރެއްގަ އޮންނަ ސަރުކާރެއް ކޮންޓްރޯލް ކުރާ ތަނަކަށް ވާތީއެވެ.

    7
    1
  22. ޙުސޭން

    ދިވެހި ދަރީންނޭ، ...ކޮބާތަ ލަދު ހަޔާތް... މައުމޫން އަބްދުލް ޤައްޔޫމްއަކީ މިޤައު މު މިއަދު މިދެކޭ ދިވެހިރާއްޖެމިހާހިސާބަށްގެނެސްދެއްވި ރައީސް...ޓީވީއެމަކަސް ރައީސްއޮފީހަކަސް ތީމުގެއަކަސް ވެލާނާގެއަކަސް މާލޭގެ މަގަކަސް ހުޅުމާލެއަކަސް ވިލިގިއްޔަކަސް ކިޔަވައިފެންފަގުޑިއަޅައިގެންތިބިމީހުންކަމުގައިވިއަސް މީހައްތާހާވެސްރައީސްމައުމޫނުގެއުފެއްދުން.... ކިތަންމެވަރަކަށް ފުރޮވަންއުޅުނަސްމިޙޤީޤަތްނުފޮރުވޭނެ... އެހުރިހާކަމެއްކޮށްދީ މިޤައުމު މިހިސާބަށްގެނެސްދެއްވިރައީސަކީރައީސްމައުމޫން... އަދި މިހުރިހާކަމެއްކޮށްދިނީ ރައްޔިތުންގެޓެކްސްފައިސާއަކުން ނޫންކަންވެސް ރައްޔިތުންހަނދާންކުރަންޖެހޭނެ. ... ރަައީސްމައުމޫނަށް މިޤައުމުގެ ކޮންމެ ރައްޔިތަކުވެސް އިޙްތިރާމްކުރަންޖެހޭނެ. ....އަދިސަރުކާރުންވެސް އިޙްތިރާމްކުރަންޖެހޭނެ....

    6
    5
    • ގޮޅާ

      ނުޖެހޭނެ ކުރާކައް

      1
      1
  23. ގޮޅާ ހުސޭންބޭ

    ބެއްޔާ މައިތިރި ވާން ނުވޭތަ؟؟

    2
    1