މޯލްޑިވެސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ނަމުގައި އޮޅުވާލައިގެން ފީތަކެއް ނަގަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލް އިން މިކަން ހާމަކޮށް ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އޮޅުވާލައިގެން ފީނަމަން ދާކަން ފާހަގަކުރެވިފައި ވަނީ ކަނޑުމަގުން ތަކެތި އިމްޕޯޓު ކުރާ ފަރާތްތަކުގެ އަތުން ކަމަށާއި އެމްޕީއެލް އަށް ދައްކަން ޖެހޭ ފީތަކެއް ކަމަށް ބުނެ އެޖެންޓުންނާއި، ޕްރައިވެޓް ފޯވާރޑްސް އަދި ބްރޯކަރުން ބައެއް ފަރާތްތަކުގެ އަތުން ފީ ނަގަމުންދާކަން އެކުންފުންޏަށް ފާހަގަކުރެވިފައި ވާކަމަށެވެ.

އެމްޕީއެލް އިން ބުނީ އެކަމާއި ގުޅިގެން ގިނަ ބަޔަކު އެކުންފުންޏަށް ގިނަ ޝަކުވާތަކެއް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި އެމްޕީއެލް އިން ނެގުމަށް ހަމަޖެހިފައިވާ ފީތައް އެކުންފުނީގެ ޓްރިފް ގައި ބަޔާން ކުރެވިފައިވާނެ ކަމަށްވެސް އެނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެގޮތުން ކޮނެޓެއިނަރ މުދާ އަދި އެހެނިހެން މުދާ ހޭންޑަލް ކްލިއަރް ކުރުމަށް ނަގަމުންދާ ހޭންޑަލިން އަދި ވޯޓޭޖް ފީވަނީ އެބަޔާނުގައި ހިމަނާފައެވެ. އަދި އެދެފީގެ އިތުރުން އެހެނިހެން ހިދުމަތެއް ހޯދައިފައިވާ ނުވާ ހިނދަކު އެކުންފުނިން އިތުރު ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ނަގަމުންދާ ފީތައް

އަދި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުންފުނީގެ ހިންގުމަށް ގެނެވިފައިވާ ބަދަލަތަކުން މާލޭ ކޮމާޝިއަލް ހާބަރުގައި ބޯޓުތައް ފުރުމާއި މުދާ ކްލިއަރ ކުރުން ވާނީ މީގެ ކުރިއަށްވުރެ އަވަސްކޮށްފައި ކަމަށާއި އެހެން ކަމުން ބޯޓެއް ފުރުން ލަސްވެގެން ކަމަށް ބުނެ އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އަދި އެކުންފުނިން އަމަލު ކުރަމުންދާ ގޮތް ވެބްސައިޓުގައި ވާނޭ ކަމަށާއި، އެމްޕީއެލް އިން ހިދުމަތް ހޯދަމުންދާ ފަރާތްތަކުން މިކަމަށް ސަމާލު ވުމަށް އެކުންފުނިން ނެރުނު ނޫސް ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދދ

    ނޫސްބަޔާން ނެރޭނެ ކަމެއް ނެތް. އެވާނީ މި ސަރުކާރު ތެރެއިން ރޭވިގެން ހިނގާ ވައްކަމަކަށް.

    3
    1