ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އާއި އޭނާގެ އަނބިކަނބަލުން، މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާގެ "ލޯބި" ވީޑިއޯއެއް އާންމުވެއްޖެއެވެ.

އެވީޑިއޯއިން ފެންނަނީ މިނިސްޓަރ ނަހުލާ ކޮންމެވެސްތަނަކަށް ގާސިމްގެ އަމިއްލަ އެއާލައިން "ފްލައިމީ"ގައި ވަޑައިގަތުމަށްފަހު ފައިބައި ވަޑައިގެންނެވުމުން މަރުހަބާ ކިޔަން ތިބި މީހުންގެ އެންމެ ކުރީސަފުގައި ގާސިމް ހުންނަވައިގެން ނަހުލާ "މެއާ ބޮނޑިކޮށްލައި" އެކަމަނާގެ މޫނަށް ބޮސްދެއްވި މަންޒަރެވެ. އަދި ގާސިމް ނަހުލާގެ މޫނަށް ބޮސްދެއްވުމާއި އެކު އެކަމަނާގެ މޫނު ލަދުން "ރަތް ޖަންބަކަށް" ބަދަލުވެގެންދާ މަންޒަރު އެވީޑިއޯއިން ފެނިގެންދެއެވެ. އެދެމަފިރިންގެ މޫނުމަތިން ވެސް ފެނިގެންދަނީ އުފާވެރިކަމުގެ ކުލަވަރުތަކެވެ.

https://www.facebook.com/karaafelhun/videos/2778205195543384/

މީގެ ކުރިން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްފައި މިނިސްޓަރ ނަހުލާ ވިދާޅުވެފައި ވަނީ ގާސިމް އެކަމަނާ އާއި މުހާތަބު ކުރައްވަނީ "ދޫނި" ނުވަތަ "ކަނބާ އައިސަ"ގެ ނަމުން ކަމަށެވެ. ނަހުލާ އަދި ގާސިމް އަކީ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރި ވަމުން އަންނަ ފާހަގަ ކޮށްލެވޭ ޖޯޑެކެވެ. އުމުރުން ބޮޑު ތަފާތެއް ދެބޭފުޅުންގެ ދެމެދުގައި ހުރި ނަމަވެސް އެކަކު އަނެކަކަށް ދެމުންދާ އިހްތިރާމާއި ލޯބިން އެކަން ފާހަގަވެގެންނެއް ނުދެއެވެ.

ނަހުލާ އާއީ ގާސިމްގެ ކައިވެންޏަށް މިހާތަނަށް ހަ ދަރިން ލިބިފައި ވެއެވެ.

މިނިސްޓަރ ނަހުލާ އަދި ގާސިމްގެ ކައިވެންޏަށް ދުވަސްވެފައި ވީނަމަވެސް ނަހުލާ އާންމުގެ ތެރެއަށް ނިކުމެ ސިޔާސީ ހަރާކާތްތަކުގައި ބައިވެރިވެވަޑައިގެންފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ގާސިމް އަދި ދޮންދަރި ޝިޔާޒް ޖަލަށް ލުމާއި ގުޅިގެން އެދެބައިފައިންނަށް އިންސާފު ހޯދައިދިނުމަށްޓަކައެވެ.

ގާސިމްގެ ތިން އަނބިކަނބަލުން ތިއްބަވާ އިރު އެކަމަނާ އަކީ ސިޔާސީ ދާއިރާގައި ހަރާކާތެރިވާ ހަމައެކަނި އަނބިކަނބަލުން ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

49 ކޮމެންޓް

  1. ާމަން

    އިސްލާމްދީނުގައި ހުއްދަ ވެގެންުނުވޭ އާންމުންތެރޭގައި ބައްދާ ދޮންދީ ހަދާކަށް ދެމަފިރިން ވިޔަސް

    356
    32
    • ޓްރޭސް

      ވަރަށް ބޮޑު ތެދެއް. މި ޢަމަލު ހިމެނޭނީ ބަދުއަޚްލާޤީ ޢަމަލުގެ ތެރޭގައި. އެހެންނޫންނަމަ މަގުމަތީ ފަތްޖެހި އެނދު އަތުރާލައިގެން ޖިމާޢުވާންވެސް ތިބެންވީނު. ލަދުޙަޔާތް ނެތްކަން ހިތަށް އަރާ!!!

      235
      35
    • ނިކް

      ކޮބާތޯ ދަލީލަކީ؟؟ ހަރާމްއޭ ބުނަންޏާ ދަލީލު ގެނެސްދީ.. އާއިޝަތުގެ ފާނުގެ ކޯފުޅަށް ވެސް އަދި ފާތުމަތު ގެފާނާ ބައްދަލުވާ ހިނދު އެކަމަނާމެ މޫނު ފުޅަށްވެސް ކީރިތި ނަބިއްޔާ ބޮސް ދެއްވާކަމަަށް ބުނާތީ އަހަން....

      40
      7
      • އަހްމަދު

        ނަބިއްޔާ ބޮސް ދެއްވަނީ މީހުންގެ ތެރޭގައެއްނޫން. ގަނޑުވަރަށް ވަޑައިގެން ގަނޑުވަރުގައި.

        24
        2
    • ހޖޖވނ

      އިސްލާމް ދީނުގައި މީހުންގެ ކަންތައް ތަކާ ނުބެހެން ވެސް އޮވޭ.......
      ތިއީ ކާޅަށް ސޮއްގޮވުން

      5
      3
  2. އަޝްރަފް

    އަހަންނަކަށް ނުފެނުނު ނަހުލާގެ މޫނު ރަތް ޖަންބަކަށް ބަދަލުވެގެން ދިޔަ ތަނެ އް. އަޅެ ފެނުނު މީހަކު ހުރިނަމަ އަންގާލަދެ އްޗޭ!!

    225
    11
  3. ޓޮމް

    އެމް.ޑީ.އެން އުވާލަން ގޮވާ ގައުމެއްގައި މިފެންނީ ކޮންޒާތެއްގެ މަންޒަރެއްތަ!

    144
    21
  4. އެނޮނިމަސް

    މިމީހުން ބޭނުން ވަނީ މިކަހަލަ ޔޫރަޕުގޮތްތައް މިތާނގައި އާންމު ކުރަން. އާންމު އިޖުތިމާއީ މިންގަނޑު ން ބޭރުވިޔަސް ހެޔޮ. އަހަރުންގެ ފިރިންވެސް އަހަރުން ދެކެ ލޯބި ނުވާތީ އެއް ނޫން އެންމެން ތެރޭ ބައްދާ ދޮންނަގާ ނުހަދަނީ.

    181
    15
    • މާޒިން

      މޑޕ އެއްވުން ތަކުގަ މީސްމީހުުންގެ ފިރިންނާ އަބިންނާ ހިފާ އޮޅުލާ ބައްދާހަދާ. މި ޔޫރޮޕް ގޮތް ގޮތައް އުޅުނީމަ މިބައިމީހުން ވަރައް ހިތުން ކުރި އަރާފަ މިތިބެނީ. މޑޕ ގެ އެންމެ ދީނީ މީހާކަމައް އެންމެން ދެކޭ ފިރިން ވެސް ބައްދާ ތަން ފެނޭ.

      20
      4
  5. ޚުކި

    ދިގު ހުދުމުން ކުރަށް ވެ އްޓުނީ

    164
    4
  6. މުބީނު މާރނީ

    ދިވެހިރާއްޖެ އުފެއްދި މުރާލި، ހީވާގި، ކެރޭ، ދޫހެލޭ، އަތްފައި ހެލޭ، އިންސާފަށް ލޯބި ކުރައްވާ، އަނެކާ އަށް ހަމްދަރުދީވާ، ވިސްނުން ތޫނު، ރަނގަޅު ބޭފުޅެއް އާއިޝާ އަކީ. އެކަމަނާ އަށް ދިވެހިރާއްޖޭގެ ރައީސާ ކަން ހަވާލު ކުރިޔަސް މުރާލިކަމާއި އެކު ހިންގާނެކަން ހަމަ ކަށަވަރު!

    50
    210
    • ތުނިޔަ

      ކިހާ މުރާލިތޯ މުިހާރުގެ ރައީސް...ވެރިކަމަށް އައއިފަހުން ހުއްޓާނުލާ ދަތުރުއަޅަނީ.

      92
      5
    • އަލީ

      ވަރަށް ބޮޑާ ހާކާކަމަށް ވަނީ

      20
      2
  7. ގާސިމު އިބުރާހިމު

    ބޮސްދޭތޯ ބިރެއއއއއއއޢްނެތި ހިތްތެޅެނީ. ގޮސްޣާސްޢުޅުމުގާވެސް މޭތެޅެނީ. ބޮސްދެންޏާ ލޮލަޢްވެސް ބޮސްދޭނަން. ބޮސްދޭވަރަށްވެސް ލޯބިވޭ.

    77
    20
  8. އަފީ

    ކުޑަ ކުދަ ކުދިންކުރިމަތީ ގާސިމް މިވަނީ ވަރަށް ހަޑި މުޑުދާރު އަމަލެއް ކޮށްފައި! !

    179
    19
    • -_-

      ކޮލަށް ބޮސްދިނުމަކީ ހަޑި މުޑުދާރު ކަމަކަށް ވަންޏާ ކުޑަކުދިން ކޮލަށްވެސް ބޮސްދީގެން ނުވާނެ.

      51
      111
  9. ޖޖސދރ

    ގާސިމް ކެމްޕޭނުކުރަނީ ނަހުލާދެމީހުންގެ ލޯބީގެ ފަސާނާއިން.. ދެން ހުރިހާ ޕޕމގެ އާއްމުމެމްބަރުން މިރޭ ކުނޫޒަށް ކަހާލާ.. މިކަހަލަ ވީޑިއޯ ފިލްމުން ރައްޔިތުންނާ ގައުމަށް ލައްކަފައިދާވާނެއޭ..

    65
    8
  10. މާގަސް

    މުސްކުޅި ވި ކަމުގެ އަލާމާތް

    99
    6
  11. ރިފާ

    ތިޔަޢީ މާމޮޅުކަމެޢް ނޫން. ނަހުލާގެ ނުރުހުމުގަ ކުރާކަމަކާ ވަޢްތަރީ.

    130
    14
  12. ވެރި ސޮރު

    އަނބިން ލޯބިވާނީ ފިރިންދެކެ، ފިރިން ލޯބިވާނީ އަބިންދެކެ، އަންހެނުން ފިރިހެނުން ދެކެ ލޯބިވާނެ ފިރިހެނުން އަންހެނުން ދެކެ ލޯބިވާނެ އެއީ ﷲ ގެ ކުޅަދުންވަންތަ ކަން ދައްކުވައިދޭ ކަމެއް !

    66
    5
  13. ވަކަރު

    އާންމުތަންތާ ގަލޯހާޖަތަށްދިއުމާއި ދެޖިންސުގެމީހުން ބައްދަބައްދާފަ ކިސްކުރުމަކީ މަނާކަމެއް އިނގިއްޖޭ.

    91
    5
  14. ލޮލް

    ނަހިލާ ތުރުކުރައްވާފަ ހުރި ބޮޑީފިޓް ހަރުވާޅު ވަރައްރީތި

    21
    35
  15. ވަސްވާސް

    މީނާވެސް ބުނާނެދޯ ތިމަންނާޔަކީވެސް ދީނައްއުޅޭމީހެކޭ އެކަމަކު އިސްލާމްދީންގައޮންނަކަމެއްނޫން ދެމަފިރިޔަކުވެސް ޢާއްމުންގެކުރިމަތީ އެކަކުއަނެކަކައް ބައްދާފަ ދޮންދިނުމަކީ ތިޔަކަހަލަ ކަތައްތަކުންދުރުވެތިބުމައް ޢައުރަނީވާކުރުމާ ބުރުގާއެޅުމައްއަންގަވާފައެއޮންނަނީ ތީގެންތިފެނުނީ ތިމާމީހާގެ އަޚްލާޤު ދައްކަން

    67
    4
  16. ލޯބި

    ތިޔަ ވީޑިޔޯ ކޮޅު ބަލިއިރު، އެޔަކު ނެތް މައްސަލަ އެއް. ތިމާގެ އަނބިމީހާ އާ ބައްދާލާ ވަދާއީ ސަލާމް ކޮށްލައި، ކޮލަށް ދޮނެއް ދިނުމަކުން މައްސަލަ އެއްނެތް!

    31
    70
  17. ނަން

    އެއ އީ ހަގީގީ ލޯބިނުވާތީ ވާގޮތް. ބޭނުންވަނީ އެހެންމީހުންނަށް ދެ އްކެން. ފޭކު އެ އީ.

    92
    5
  18. ޒައިޝާ

    މަ ހަމަ އަޖައިބު. އަޅެ ކޮބާތަ މައްސަލައަކީ ގާސިމް ބޮސްދިނީ ހިލޭ އަންހެނަކަށްތައް.. ބަލަ އެއީ އޭނަގެ އަންހެނުންނޭ. ކުޑަކުދިންގެ ކުރިމަތީގައި ބޮސް ދިނީމަ ދޯ މައްސަލައަކަށްވީ .. ދެން މަ ނެތިން އެއްޗެއް ބުނާކަށް

    25
    56
  19. ހަލީމަތު

    ސަޅި ގާސިމް އަދިވެސް ޒުވާން

    15
    25
  20. ޅޮލް

    ތިކަމުގަ ނެތް އެއްވެސް މައްސަލައެއް

    20
    26
    • ބަކުރު

      ގާސިމްގެ އިތުރު އަންބެއް ނެތްތަ؟

      18
      1
  21. މޫސަ

    އަބިން ނަށް ލޯބިދިނުމަކީ ސަޅިކަމެއް

    27
    13
  22. އަލީ

    ޤާސިމަށް އަދި އެއްސޮލޮޓް ހުސްކޮށް އޮތްކަން އެގި ވަރަށް ހިނަ ޖިންސުއްލަތީފުން އުފާވާނެ

    21
    5
  23. ބެލެނިވެރިން

    ތަންކޮޅެއް ބޮޑުވަރު ކުޑަކުދިން ވެސް ތިއްބަ ، ވަރައްހަޑި ކަމެއް ، ގޭގަފުރުސަތު ނުލިބޭނީ ތޯ އަހަރުމެންގެ ކުޑަކުދިން ގެންގޮއްސަ ، އާމުސަރަހައްދުގަ ބަދުއަހުލާގީ ގުޅުން ހިންގިކަމައް ބެލެވޭނީ

    34
    9
    • ދަނާަ

      ދެ އްކުން ތެރިކަން އެހެން ކޮން ކަމެއއ އް އާއ އްމުން ގެ ތެރޭގަ ބަ އްއ އްދާ ދޮން ދިނުމަކީ

      25
      3
  24. ބެލެނިވެރިން

    އުމުރުން ބޮޑު ތަފާތެއް ދެބޭފުޅުންގެ ދެމެދުގައި ހުރި ނަމަވެސް އެކަކު އަނެކަކަށް ދެމުންދާ އިހްތިރާމާއި ލޯބިން އެކަން ފާހަގަވެގެންނެއް ނުދެއެވެ.އޯކޭތާ ބޮޑުމަހުޖަނެއްވީމަ ކީއްކުރާ އުމުރެއް ، ގާސިމް އައް ބައްޕަ ކިޔާ ވަރު ގެ ކުއްޖެއް ނަހުލާ އަކީ

    28
    5
  25. ބޭޑޭ

    ޢާންމުމީހަކަު ނަމަ ބަދު އަޙުލާޤީ ޢަމަލު ހިންގުން! ޢަޖައިބު! މިޤައުމުގެ ޤާނޫނު ހިންގަނީ ހަމަ ވަކިބަޔަކަށް! ބޯ ހަލާކު

    27
    5
  26. ފައިސާ ފައިސާ

    މިލިއަނުން ފައިސާ ލިބޭނަމަ، ޢުމުރުގެ ތަފާތެއް ނުފެންނާނެ އެވެ. އެކަމާ އެއްޗެކޭ ބުނެވޭކަށް ވެސް ނެތެވެ. ފައިސާއާއި، މުދާވެރިކަމަށް ކައިވެނި ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެކެވެ.

    18
    3
  27. ރަންގޮމާ

    ރަންޔިތުންގެ ކުރިމަތީގައި ތިމާމެން ބަރަހަނާ ވާާއިރުވެސް ތިމާމެންނަކަށް ނޭޭގުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް.. މިކަމުގައި ދީނީ ސޭޙުންގެ ބަހަކީ ކޮބާ! ވަޒީރުވެސް ޖެހޭ ވަޒީރެއްގެ ހައިސިއްޔަތު ރައްޔިތުންގެ ކުރިމަތީގައި ހިފަހައްޓަން.

    25
    5
  28. ސީނު

    ދިވެހި އާދަކާދަޔާ ދީނާ ޘަގާފަތާ ބީރައްޓެހި އަމަލެއް.....ފިޔަވަޅުއަޅާ

    19
    3
  29. ޢާސީ

    އަނބި ދަށުވިއަސް މީ ބޮޑުވަރު މީތާކުންތާކުޖެހޭ މީހެއްނޫން ދޯ ކުދިންނޭ

    11
    4
  30. ސޮއްބެ

    އައްޗީ

    9
    4
  31. ސޮއްބެ

    މާދަން ކުނޫޒަށް އަރާ ރައްޔިތުން ކިބައިން ދޮންދިނީމަ މާފަށް އެދޭނެ... އެނިމުނީ

    8
    2
  32. ރަޓުމީހާ

    ލޯބިން ގަޔާއި ކައިރިކޮށްލުން ބޮސް ދިނުން ހުދޫދުން ބޭރުނުވާ ވަރަށް މިއީ ކުރަންޖެހޭ މުހިންމު ކަންކަން. އެކަމަކު ހިލޭ މީހުންނާއި އެކު ނޫން. ކުދިންގެ ކުރިމަތީގަ މައިން ބަފައިން މިދެންނެވިހެން އުޅުމަކީ ކުދިންގެ ހިތްތަކުގައި ރަހުމާއި ކުލުނު އާލާވެ އެކުދިންގެ ހިތްތައް މަޑުވާ ކަމެއް. އަދި ދަރިންނާއި މެދުވެސް މިގޮތަށް އޮތީ. ދެރަކަމަކީ ބަޔަކަށް މިކަމުގެ މުހިންމުކަން ނޭގޭކަން. ހިތްތައް ހަރުވުމަކީ އަނިޔާވެރިކަމާއި ގާތްކޮށްދޭ ކަމެއް.

    23
    1
  33. ނުރަބޯ

    ތިޔައީވެސް އެޖެންޑާ-19 ގެ ކަމެއް. އެކަމަށް ގާސިމު މަގު ދައްކައިދިނީ. އެޖެންޑާ-19ގެ ބާނީ، ކެރަފާ ނަޝީދު ވަރަށް އުފާވާނެ.

    6
    4
  34. Anonymous

    ކަންދެއްކުމުގެ އިންތިހާ... ކޮބާ އެހެން އަބީންތައް

    10
    2
  35. ވަޒީރެއާލާ

    ނަމަވެސް އެކަކު އަނެކަކަށް ދެމުންދާ އިހްތިރާމާއި ލޯބިން. 2018ފެބުރުވަރީ 27ގައި ފެމެލީ ކޯޓަށް ނަހުލާ، ގާސިމްކައިރިން ވަރިވާން އެދި ހުށަހަޅާ ބަޔާންދީފައިވޭ. އެބަޔާން ނަގާފައިވަނީ ގާޒީ ހުޒައިފާ މުހައްމަދު. މިބަޔާން (މަޙްޟަރު 313 ގެ 79 ވަނަ ޞޮފްޙާ ގައި) އެބައޮތް.

    7
    3
  36. ޑރ ހުސައިން

    އިސްލާމް ދީނު ދަސްކޮށްބަލަ.

  37. މުނީރު

    އިސްލާމްދީނުގެ ދުސްތޫރަ އަކީ ކީރިތި ގުރުއާން. އަސާސް އަކީ ﷲ ހަނދުމަކޮށް ކިޔަމަންތެރިވުން. ރޫހަކީ އެހެން މީހުންނަށް އަޅާލުމާއި ، ސުލްހަވެރިކަމާއި އެކު ލޯބި ވުން. ސިޔާސީ މީހުންގެ ތެރެއިން އަދި މިހާތަނަށް ފެނުނު އެންމެ ޕާފެކްޓް މީހަކީ ހަމަ ޤަސިމް

  38. ކިހާ ދެރަ ކަމެއް

    ދިވެހިންގެ ވިސްނުން ހުރި ހިސާބު މި އެނގެނީ. ޖޭ ވަނީ ދޯ ތީނަ ފިރިމީހާ ، ފެނުނަސް އަޅާނުލާތީ.

    1
    1
  39. ބޯގަންވިލާ

    ސިޔާސީ ބޭފުޅުން ނައް ހުއްދަވާނެ