މަނީ ލައުންޑަރިންގ މައްސަލާގައި ކުރީގެ ރަައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ބޭނުންތޯ ނުވަތަ ނޫންތޯ ބެލުމަށް، މި ސަރުކާުގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް ޕޯލްއެއް ހުޅުވައިފިއެވެ

މިނިސްޓަރ މަހުލޫފް މި ޕޯލް ކުރިއަށް ގެންދަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައެވެ. 24 ގަޑިއިރަށް ކުރިއަށް ގެންދާ މި ޕޯލްއަށް އަދި ލިބެމުން ދަނީ ފިނި ތަރުހީބެކެވެ.

https://twitter.com/AhmedMahloof/status/1192727576713629696?s=19

މަހްލޫފް މިފަދަ ޕޯލްއެއް ހުޅުވިއިރު، ޔާމީންގެ މައްސަލަ ބައްލަވަމުން ގެންދިޔަ ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށްފައި ވަނިކޮށް ކުރި އޭނާ ރޭ ނެރުނު ބަޔާނެއްގައި ވަނީ، ޔާމީން ޖަލަށް ލާނެ ކަމުގެ ޔަގީންކަން ހޯދަން ސަރުކާރުން ބޭނުންވެގެން، ސަރުކާރުގެ އިސް ބޭފުޅުން އޭނާއަށް ގުޅިކަމަށެވެ.

ހައިލަމް ރޭ ވިދާޅުވީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީލޯންޑްރިން މައްސަލައިގެ ޝަރީޢަތް ކުރިން ބާއްވަން އޮތީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ނަމަވެސް ޝަރީޢަތް ފެށުމުގެ ދެތިން ގަޑިއިރު ކުރިން މައްސަލަ ބައްލަވާ ގާޞީ ސަސްޕެންޑް ކުރުމުން ޝަރީޢަތް ވަނީ ކެންސަލް ކޮށްފައެވެ.

ދެން އެ މައްސަލާގެ ޝަރީއަތް އޮންނާނެ ކަމަށް ތަވާލުކޮށްފައި ވަނީ ނޮވެމްބަރ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. Anonymous

    ކަލޭހާދަ ބޮޑާވެގެންތި އުޅެނީ

    118
    3
    • އިބްރާހީމު

      މަގާމާއި ފައިސާއަކީ ނިކަން އަޑުގަދަ އެއްޗެއް.

      94
      1
    • ރީލޯޑޭ

      އެމްޑީއެން ލާދީނީންނަށް ފިޔަވަޅު އަޅަން ފެންނަ މީހުންގެ އަދަދު ބަލަން އުޅޭކަށް ނުކެރޭނެ ލަދެއްގަ ބެދޭނެތީ. އެނގޭވިއްޔަ ރީނދޫ ބާގައިގެވެސް މަދު މީހަކު ފިޔަވާ ދިވެހި އެންމެހާ ރައްޔިތުން އެކަމަށް އެދޭކަން. އެކަމާ ގުޅިގެން އަނގަވެސް ހުޅުވާކަށް ނުކެރުނެއްނު. އެއަޑު ތަންކޮޅެއް މަޑުވެލިހެން ހީވާއިރަށް ވަގުކަލޭގެ ހިލިގަނެފިއެއްނު. އިސްލާހިއްޔާ ވަކަރުގޭ ދަރި.

      29
      3
    • އަނބިކަނބުލޭގެދައްތަގެލޯބިވެރިޔާ

      ތީ ހަމަ ތިބާގައި މީހުންގެ އަސްލު. އެމީހުން ގާތު އިންސާފަކީ އިސްލާމީ ޝަރީއަތެއް ނޫން ތިކަލަ ޕޯލްތަކުން އެމީހުން ހުކުމް ނެރޭނީ. ޔަހޫދީންނެއްނު. ފައްކާވާނެ. ސާބަހޭ ރީލޯޑޭ. އެމްއެމްޕީއާރްސީ ފައިސާގަނޑުގެ ހިތްވަރުގަ ލާދީނީ މަސައްކަތުގަ
      ގަދައަޅާ ކުރިއަށް ކުރިއަށް ބާރަށް.

      27
  2. ބޯހަލާކު

    ތިކަން ގާޒީ ހައިލަމް އެއޮތީ ކިޔާދީފާ، ދެން ކޮންޕޯލެއް. ވަރަށް އަޚްލާގު ދަށްމީހެއް މީ

    112
    2
    • ދޮގެއް؟

      ފަނޑިޔާރު ހައިލަމް އާއި މިކަލޭގެއާ ދެމީހުންކުރެ ގިނަ ބައެއްގެ އިތުބާރު އޮތީ ކާކަށްތޯ ބަލަން ޕޯލެއް ނަގަންވީނު. ކެރޭނެބާ! އެމްޑީޕީ ތެރޭންވެސް މިސޮރު ދައްކާ ވާހަކަ ގަބޫލުކުރާ މީހަކާ ދިމައެއްނުވޭ. ސިޔާސީ ބޭނުމަށް އެމީހުން އާނ އާނ ކިޔާލައިގެން ތިބެނީ. އަސްލަކީ މީ

      36
      1
  3. ރައްޔިތުން

    ތިޔައީ ބަތްކައްކާ ކުޅި ތަ ؟

    87
    1
  4. ޕީއެން ޕީޕީ

    އަދުރޭ ބުނީ ހިސާބުއަދަދު އޮޅެންްފެެޝީ ޔަމީން ވައްކަން ކޮއްކޮއްކަމަށް.

    8
    51
    • ކެކެކެ

      ޝަހިމެޓިކްސް ހުޅުމާލެ ފްލެޓްތަކުގަ އުޅޭނެ މީހުންގެ އަދަދު ހިސާބު ކުރަން އެހާ ފައްކާ ފޯމިއުލަރއެއް ނެރުނީ ޓެރަރިސްޓު މީހާއަށް ވައްކަމުގެ ހުކުމްކުރި ދުވަހުތަ؟

      15
  5. ޕީއެން ޕީޕީ

    އަދުރޭ ބުނީ ހިސާބުއަދަދު އޮޅުން އެރުން ފެށުުުނީ ޔާމީން ވަ އްކަންކޮ އްކޮ އްކަމަށް ޔާމީން 500 އަހަރު ޖަލުގަ ބާ އްވަން ޖެހޭކަމަށް

    4
    52
  6. ސުޢޫދު

    މަތީތައުލީމު ހާސިލްނުކުރާ މީހުން ގައުމުގެ މަތީމަގާމުތައްލިބުނީމަ މިހާރު ކޮއްމެކަމެއްވެސް މިހަދަނީ ޖޯކަކައް އެއްވޯޓަކީވެސް ނަތީޖާ ބަދަލުކޮއްލާނެ ވޯޓެއް އަދި އެމްޑީޕީގެ ވެރިކަމެއް އޮތަސްތިމަގާމު ގެއްލިދާނެ ރައްޔިތުން ނުރުހޭނަމަ އޭގެހެއްކެއް ކޮބާ އެމްޑީއެން ތިގޮތައް އުޅޭމީހުންނާ ދެކޮޅައް ނިކުއްނަމީހުން ވާނިގިނަ

    47
  7. ބޭބެ

    މީނަ އަދި ނިކަން ނިކަމެތިކޮށް އުޅޭތަން ފެންނާނެ! މީނާ މީ ކޮރަޕްޝަނާ ނުޙައްގު ފައިސާއިން ހަށިގަނޑާ އަމިއްލަ އާއިލާ މުޑުދާރުކޮށްފައިވާ މީހެއް! މީނާ މިހާރު ލައްކައޭ ހިތައް އަރައިގެން ތެޅި ބޭލިޔަސް ދާދި އަވަހަށް ހަމަބިމައް ތިރިވާތަން އަންނަތަން ފެންނާނެ! ޔާމީންވެސް ނުޙައްގުން ކަމެއްކޮށް ވައްކަމެއް ކޮށްފަ އޮތިއްޔާ ޙައްގު އަދަބު ނުދޭށެކޭ ނޫން މިބުނަނީ! އިންސާފުވެރި ދެފުށް ފެންނަ ނުފޫޒުން އެއްކިބާ ވެފައިވާ ޝަރީޢަތުގެ މަޖްލީހަކުން ކުރާ ޙުކުމެއް ރައްޔިތުން ބަލައިގަންނާނެ! އެކަމަކު މިކިޔަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނޭކިޔާ އެމްޑީޕީގެ އެކްޓިވިސްޓުން ލައިގެން ނަޝީދު ހިންގަމުންގެންދާ ޖަރީމާއަކުން ކުރާ ޙުކުމެއް ބަލައެއް ނުގަންނަ ވާހަކަ! އެކަން ދިވެހި ކޮންމެ ރައްޔިތަކަށް މިއަދު ހާމަވެގެން ގޮސްފައިމިވަނީ! އެއީ މިދައްކާ ވާހަކައަކީ! ފަނޑިޔާރުންނަށް ބިރު ދައްކައިގެން މުޅި ޖުޑިޝަރީ ހައިޖެކް ކޮށްގެން އިންސާފާ ގާނޫނާ ޚިލާފަށް ޖަރީމާ ހިންގައިގެން ޔާމީން ޖަލަށް ލާން ކުރާ ޙުކުމަކީ ބަލައި ގަންނާނެ ކަމެއް ނޫނޭ! އަދި އިންސާފުން ބޭރުން އެފަފަ ޙުކުމެއްކުރާ ފަނޑިޔާރާވެސް އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ!

    62
  8. ލަދުކުޑޭ

    މީދެންހާދަ ހަޔާތްކުޑަމީހެކޭ އެމްއެމްޕީއާރުސީގެ ލާރިގަނޑުކައިފަ ދެންކޯންޗެއްހަދަންތިއުޅެނީ މާރަނގަޅުވާނެ އަމިއްލައައް ތިމާޖަލައްދާންޖެހޭތޯބަލަން ޕޯލްއެއްނެގިއްޔާ

    59
  9. ޔޯޔޯ

    މީހަކާ މެދު ކުރެވޭ ތުހުމަތަކާ ގުޅިގެން، ޝަރީޢަތް ނިމުމުގެ ކުރިން، ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ވާނެ ކަމަށް މުޖުތަމަޢުގައި އިޢުލާން ކުރުމަކީ، އާންމު ރައްޔިތުން އަމިއްލައަށް ހުކުމް ކުރުމަށްދޭ ލައިސަންސް އެއް.

    53
  10. ޖަޒީރާ ބޯއީ

    މިއަށްވުރެ މާރަގަޅުވާނެ މަހުލޫފު ނެންގެވި ކަރަޕްޝަންގެ ފައިސާ ގެ މައްސަލާގައި މަހުލޫފު ވަޒީފާއިން ވަކިކޮށް ޖަލަންލާން ޖެހޭތޯ ޕޯލެއް ހެދިއްޔާ.

    60
    1
  11. Anonymous

    ޙުރިހާ ރައްޔިތުން ކުރިމަތީ ލައިވް ކުރި ޝަރީއަތެއް ދެން ކޮން ޕޯލް އެއް ނެރޭކަށް.. ސާބިތު ނުވާ ކަމެއްގަ..؟؟

    55
  12. ސާ

    ޖަލައްލާން ބޭނުންވަނީ މަހުލޫފު?

    75
  13. ޢަލިފް

    ޥަގުލޫފު

    27
  14. ާއަލީ

    މީވެސްވަޒީރެކޯ އަންނަނީހިނި

    37
  15. ކަންނެލިއޮޑި

    ވެއްޓެން ގާތްވަނީ. ގެއަށް ދާންޖެހޭ ވަގުތު ކުޑަތަން ވަނީ.

    33
  16. އެމީހާ

    މިސްކިތުހުޅުޖހިމީހާ ވެސްބުނީމަށޭ އެބަކިޔާހޭ އަނެއްކާ މީއެކަހަލަކަމެއްނޫންބާ.

    31
  17. ބޮޑުވަގުޗޯރުރީލޯޑޭ

    ޔާމީން ޖަލަށް ލާނެ ކަމުގެ ކަށަވަރުކަން ބޭނުންތޯ ނޫންތޯއެއް ނޫނޭ ބަލަންވީ. ބަލަން ޖެހޭ ކަމަކީ އެންމެން ކުރިމަތީ ހިނގި ޝަރީއަތުން މައްސަލަ ސާބިތުވާ ކަމަށް ދެކެންތޯ ނޫންތޯ. އެމްޑީއެން އުވާލާ އެމީހުންނަށް ފިޔަވަޅު އަޅާ ވައްތަރު ނުޖައްސާ. ނޫނީ މަގާމުގެ ނުފޫޒު ބޭނުންކޮށް މިގައުމުގައި ލާދީނިއްޔަތު ފެތުރުމަށް ވާގިވެރިވީކަމުގެ ދައުވާ އުފުލި ޖަލަށް ލެވޭ ދުވަސް އަންނާނެކަން ހަނދާން ކުރާތި. މިދިނީ އިންޒާރު. ދުއްވައިގަނޭ މަށަށް ފިޔަވަޅު އަޅަން.

    29
  18. ދޮންކަދީދާ

    ފެންވަރެ އް ފަންވަރެ އްވެސްއަމުދުން ނެތް ވަޡީރު.ޕޯލްހުޅުވާގެން އަމި އްލަ އަށް ތިޔަސޯޓްބޭލެނީ. . ﷲ އިރާދަފުޅާ ވާގިފުޅުން ރ ޔާމީން އަށް ތާ އީދު ކުރާ އެމަނިކުފާނުގެ ސަޕޯޓަރުން މިތބީ އެމަނިކުފާނާ އިއެކުގަ. ޕޯލްތަ އްހަދާ އެމަނިކުފާނު ހުރަގެ އަށް ލާން ހޭބަލިވެ އަވަދިވާވަރަކަށް ތިޔަވަނީބޭޒާރު. އެމަނިކުފާނަ އް ތާ އީދުވަނީ އިތުރު ﷲ އިރާދަފުޅުކުރެ އްވި އްޔާ ތިޔަމަކަރުވެރި ހީލަތް ތެރިންގެ ކިބަ އިން އެމަނިކުފާނުސަލާމަތްވެ. ސާބިތުކަމާ އެކު އެމަނިކުފާނު ރަ އްޔިތުންގެ ޚިދްމަތުގަ ހުންނަވާ މަންޒަރު ފެންނާނެ. އިންޝާﷲ ފަ އިސާ އާ އިމުދަލާ ދުނިޔޭގެ ދަހިވެތިކަމުގަ ތެޅި މަރުވާ ތިޔަކަހަލަ ބު އްދިފިލާ ގޮސްފަތިބޭ ބީރުބޮލުވަޒީރުން ބޮޑާ ކަމުގަ ޕޯލްހުޅުވާގެން ތިކުރާ އުންމީދުދާނީ ފެނަ އް. ފަނުފުލުން. ﷲގެ ރޭ އްވެވުން މާމަތިވެރި.

    26
  19. ޒަބާދުކުޑޭ

    އެހެންވެއްޖިއްޔާ ރައީސް ޔާމީނު ޖަލަށްލާން ހަވާލުކޮށްފައިވަނީ މަހުލޫފާދޯ؟ އެހެންވީމާތާ ސަރުކާރުގެ ފަރާތްތަކުން މަހުލޫފާ އެގުޅަނީ.

    13
  20. ދޯ

    މިކަލޭގެ އަޅެ މޮޔަތަ މިހާރު..؟މަށްސަލަ ބަލަމުންދާ ގާޟީއަކު އެކަން ނިންމާނި.
    ކޮންމެސް އެހެން ކަމަކާއި އުޅެން ވީނު

  21. މަޚުލޫފު

    ރީޗެއްނޫން!ކޯޓްތަކަށް އަތްބާނާހުން! އަޅެބުނެބަލަ! ޔާމީނުގެ ފަސް އަހަރުގެ ދައުރުގައި އެއްވެސް ފަޑިޔާރަކު ހައިލަމު ބުނިގޮތައް ބުނިއަޑުއެހިންތަ! މިގައުމުގައި ހެއުލަފާ ރައްޔިތަކު ދިރިއުޅޭނަމަ އެމްޑީޕީ ކަފުނަށް ލައި ވަޅުލާނެ

  22. މަޚުލޫފު

    ކަލޭމެން ގެނައި މިނިވަން ، އޯގާތެރި، ހަމަހަމަ ސަރުކާރު. ޔާމީނުގެ ނުބައިކަން ވިއްކައިގެން އޭގެ އެޑްވާންޓޭޖް ނަގައިގެން ވެރިކަމަށް އައިސް ޔާނީނުގެ 7 ގުނަ ނުބައި މުލަފާކަންތައް ކުރަމުން މިޔަދު އެދަނީ. ބާރަށް އަތާފަޔާ ޖަހާ، ހޭކެންޑޭދެން.

    3
    1
  23. ރީލޯޑު

    މީ ފައްކާ ވަގު އަދި ފޭރޭ ފިކުރުގެ ފޭރޭއެއް. ވަކަރުގޭ ދަރިއެއް. މިނިސްޓަރެކޯ؟ ގައުމު ވެއްޓިފަ އޮތް އަދަވަޅު.