ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަގާމުގައި ހުންނަވަނިކޮށް ކުއްލިއަކަށް ސަސްޕެންޑް ކުރި އަހްމަދު ހައިލަމް ނެރުއްވި ނޫސްބަޔާނުން ދޭހަވަނީ އޭނާ ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ދައުވާއެއްކަން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަން މިހާރު ކުރައްވަމުން ގެންދަވާ ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިލަމްގެ ބަޔާނުން ދޭހަވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތި ބަދަލު ހިފުމުގެ ގޮތުން އުފުލާފައިވާ ދަައުވާއެއް ކަން ކަމަށެވެ.

މީގެ އިތުރުން އެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވާ ގޮތަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް ގާޞީއަށް ބިރު ދެއްކުމަކީ ދީނާާއި ގާނޫނާއި ހިލާފަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

"ގާޞީ ހައިލްމްގެ ބަޔާނުން ދޭހަވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ އަސާސެއް ނެތި ޒާތީ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ދައުވާއެއް ކަމެވެ. ވަކި ގޮތަކަށް ހުކުމް ކުރަން ގާޞީ އަށް ބިރު ދެއްކުމަކީ ދީނާއި ގާނޫނާ ޙިލާފް ނާތަހުޒީބީ އަމަލެއް. މިއަށް ހިކްމަތު އަމަލޭ ނުކިޔާނެ" ޝާހީމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ޙުކުމް ކުރަން ފަސް ވަރަކަށް ގަޑިއިރަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެން ޝަރިއްޔަތް މި މަހުގެ 17 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.

ގާޞީ ހައިލަމް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވަނީ ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދެމުން ދިޔަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މުބީނު މާރނީ

    ރައްޔިތުން ނޫނެކޭ ބުނީމަ ދެން އެއްކާރިވެ ބަލަ، ދޮގު ވާހަކަ ނުދައްކާ. މިތަނުގަ އޮތީ ކޮން ބަދަލު ހިފުމެއްތަ ؟ ތިޔަހެން ބުނެވި ދާނެ އެއްހާސް ދެހާހެއްހާ ޑޮލަރުގެ ތުހުމަތެއް ނަމަ. މިއުޅެނީ މިލިއަނުން މިލިއަނުން ވިއްޔަ. ވައިޖެހިޔަސް، ދޮގު ހެދިޔަސް ތިޔައީ ދެން ހައްދު ފަހަނައަޅާ ވަރު.

    11
    39
  2. ބޮކި

    ކަލޭ ތީ ތިވާހަކަ ދައްކަން އެންމެ އައުލާކަން ބޮޑު މީހާ ؟

    10
    23
  3. ސަހީމް ޕިޕި

    ޝަހީމް ބުނީ ރާއްޖެދުއްއެއްމެ ބޮޑު ވަގަ ކީ ޔާމީން ކަމައް

    8
    27
  4. ޑޯޑޮ ސަ

    ޝަހީމް ބުނަނީ ބަންޑާރަ ބޮޑު ވަގަ ކީ ޔާމީން ކަމަށް

    7
    25
  5. މިީހާ

    ޝަހީމް ބުނަނީ ތިމަންނަވެސް މޮޔަ ކޮއްލައިފިއޭ ޔާމީން ވައް ކަން ކޮއް ކޮއް ޔާމީން ޖަލައްލާށޭ

    7
    27
  6. ސަހީމް

    ޝަހީމް ބުނަނީ ތިމަންނަ މޮޔަވެއްޖޭ
    ޔާމީނުއާ ސުވާލު ކުރާށޭ

    6
    25
  7. ބޮނަން ޑ

    ޝަހީމް ބުނަނީ ޝާމިލު ވަމޭ ވަގު ޔާމީން ހިފުމައް
    ސުވާލް މެޑަން ފާތުމާ

    6
    23
  8. ބޮނާ

    ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ ޔަމީންއަ ކީ ވަގު ބޭފުޅެއް ކަން

    6
    20
  9. ނާތަހުޒީބު

    ޝަހީމު ބުނިކަމަށް ވަގަށްސިްރުން އެކިނަންނަމުގަ ކޮމެންޓު ކުރިފަރާތުގެ ވަގުކަމާ ނުބައިކަން ބޮޑުކަމާ ހެއްދެވި ފަރާތް ކަލޭގެ އަސްލާ ޙަޤީޤަތް ދެނެވޮޑިގެންވާކަން ދަންނާށެވެ.

    23
    3
  10. ލޯތްބާއި ނަފުރަތު

    ޝަހީމު ބުނިކަމަށް މަކަރާ ހީލަތުން ކޮމެންޓު ކުރިކުއްޖާއަށް ބުނެލަން "ލޯބިވާންވާނީވެސް އަދި ނަފުރަތުކުރަން ވާނީވެސް ހިތަށް ކުޅަދާނަވާމިންވަރަކުން." ނުނީ އެކަމުގެ ގެއްލުމާ ހަލާކު ތިބާޔަށް ނުޖެހި ނުދާނެކަން ކަށަވަރު.

    22
    4
  11. ސީދާ ސާދާ

    ޝަހީމު ބުނިކަމަށް ކޮމެންޓު ކޮށްފައި މިވަނީ އެކަކުހެން ހާދަހާ ހީވެޔޭ. މޮޔައެއް. މަ ހީީހީ ހަލާކު.

    21
    3
  12. ހުޅުރާއްޖެ

    ތިޔައީ ތެދެއް. އެހެންނަމަވެސް ޔާމީނުގެ މައްޗަށްވެސް ކުށެއް ކޮށްފައި އޮތްނަމަ ޝަރީއަތް ކުރެވެންޖެހޭނެ. މީގައި ސުވާލު އުފެދެނީ ކުރިން އެންމެ ބާރަށް ދެއްކި ވާހަކައަކީ 300 މިލިއަން ޑޮލަރަކަށް ބްރިޖް އަޅަނީ ކަމާއި އެއީ އެންމެ 100 މިލިއަނުން ކުރެވެން އޮތް ކަމެއް ކަމާއި 200 މިލިއަން ޑޮލަރަކީ ކާލާ ލާރި ކަމާއި، އައިޖީއެމްޗް އިމާރާތަކީ އެންމެ 40 މިލިއަން ޑޮލަރުން އެޅޭ އިމާރާތެއް ކަމާއި، އެ އިމާރާތް 146 މިލިއަން ޑޮލަރުން އަޅަނީ ކޮރަޕްޝަނުގެ ތެރެއިން ކަމަށް. އެކަމަކު ވެރިކަމަށް 1 އަހަރު ފުރުނުއިރު ކާލި ކަމަށް އެބުނާ 300 އަށްވުރެ ގިނަ މިލިއަން ޑޮލަރަށްވުރެ ގިނަ ޑޮލަރުގެ ވާހަކައެއް މިހާރަކު ނުދައްކާ. މިހާ ބައިވަރު ފައިސާ ދައުލަތަށް ލިބެން އޮތްވައި އެންމެ 1 މިލިއަން ޑޮލަރުގެ ދައުވާކޮށްފައި ޖަލަށް ލާން އުޅެނީ ކީއްވެ ބާވައެވެ.

    19
  13. ހަސަދު

    ވަގަކަށް ހުކްމް ކުރުމުން ވެސް ބުނާނެ އެއީ ސިޔާސީ ހުކުމެކޭ. މިފަދަ އަމިއްލަ އެދުން ބޮޑެތި ދަންނަ ބޭފޫޅުން އުޅޭ ގައުމެއް ވަރަށް އަވަހަށް ހަލާކުގެ ތެރެއަސް ހިގައިދާނެ.

  14. އައިން

    ރައްޔިތުންގެ ބައިތުލްމާލުން ޔާމީނަށް ލިބުނުވަރުގެ ކިތައްޕަސަންޓްތޯ ޝަހީމަށް ލިބުނީ. އެވާހަކަވެސް ުނުހުރެވިގެން އަމިއްލައަށް ބުނީމަ މި އަހާލީ

  15. Anonymous

    މިއީހާދަދަށުދަރައިގެމީހެކޭ

    6
    4
  16. މަހައްތިޔާ

    ދީނީ އިލްމުވެރިޔާ މިބުނަނީ ރައްޔިތުންގެ އެތަކެއް މިލިއަން ރުފިޔާ ވަގަށް ނަގައި އެބޭނުން ކުރުމުން ކުރާ ޝަރީއަތަކީ ސިޔާސީ ޝަރީއަތެކޭ ތިބޭފުޅާގެ ދީނުގެ މިސްރާބާއި ދީނީ އަގީދާ ރައްޔިތުންނަށް މިހާރު ސާފުވެއްޖެ

  17. ލާސާނީ

    ބަލަގަ ޝަހީމޫ.. އަޑުއެހިންތަ ފައިސާ ދީގެންވެއްޖެޔާ އޯކޭވާނެޔޭ ބުނު އަޑު.