މި ސަރުކާރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން އެދި، ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަހުމަދު ހައިލަމްއަށް ނުގުޅާނޭ ކަމަށް، ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެކަމުގެ ކަށަވަރުކަން ދިނުމަށް، ސަރުކާރުގެ އިސް ބޭފުޅުން އެދުނު ކަމަށްބުނެ، ޤާޒީ ހައިލަމް ރޭ ނެރުނު ނޫސްބަޔާނާއި ގުޅިގެން މަހުލޫފު ވިދާޅުވީ، ޔާމީންގެ އޯޑަރަށް ސިޔާސީ ފަރާތްތައް ޖަލަށް ހުކުމް އިއްވަމުންދިޔަ މީހަކަށް މިއަދު ހީވާނީ އެހެން މީހުން ނުފޫޒު ފޯރުވާނެ ކަމަށް ކަމަށެވެ.

އަދި ހައިލަމް އުންމީދުކުރީ، ރައީސް އިބްރާޙިމް މުހައްމަދު ޞާލިހް ހައިލަމްއަށް ގުޅާ ޔާމީން ޖަލަށް ލާން އެދޭނެކަމަށް ކަމަށާއި، ރައީސް ޞާލިހްވެސް އަދި މި ސަރުކާރުގެ އެއްވެސް އިސްބޭފުޅަކު އެކަން ނުކުރާނެ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފް މިގޮތަށް ވިދާޅުވިއިރު، ރޭ ހައިލަމް ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވި ނަމަވެސް، އޭނާއަށް ގުޅި ކަމަށް ބުނާ ސަރުކާރުގެ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހައިލަމް މިގޮތަށް ވިދާޅުވުމުން، އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ، އެކަމާއި ގުޅިގެން ހައިލަމަށް ގުޅައި، ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން އުޅުނީ ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން ކޮން ބައެއް ކަން ހާމަ ކުރުމަށް އެދިފައެވެ.

"ގާޒީ ހައިލަމް ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ތިޔަ އިލްޒާމް ނާޅުވާ، ނުފޫޒު ފޯރުވިކަމަށް ވިދާޅުވަންޔާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާ އަދި އެ މައްސަލަ ހުށައަޅުއްވާ" ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ހައިލަމްއަކީ ރައީސް ޔާމީންގެ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަ ގްރޫޕެއްގައި ހައިލަމް ފޮނުވި ސްކްރިން ޝޮޓާއި، ގުޅޭގޮތުން ޖުޑީޝިއަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ބަލަމުންދާ މައްސަލާގައިޖަވާބުދާރީ ވާން ޖޭއެސްސީއަށް ހައިލަމް ހާޒިރު ނުވުމުންނެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ، ރައީސް ޔާމީނަށް ހުކުމް އިއްވަން އޮތް ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޖަޒީރާ ބޯއީ

    މަހުލޫފް މިއުޅެނީ އަމިއްލައަށް މަޝްހޫރުވާންވެގެން ލައްކަ ދުވަސްވެއްޖެތާ މިކަލޭގެ އަޑުތައް ކިލަންބުވެގެން އުޅޭތާ. އެހެންވެގެން ކޮންމެވެސް އެއްޗެއް ކިޔާލަނީ. އެމްއެމްޕީއާރސީ ފައިސާގެ މައްސަލާގައި ހަމަގާމުވެސް މަހުލޫފު ދުވި ގާޒީންގެ ދޮރޯށިން.

    60
  2. އައިޝާ

    ހާދަ ހީވޭ މިސޮރު ގުޅިހެން

    58
    • ރީލޯޑުވަގު

      ސަރުކާރަކުން ނޫނޭ ގުޅީ. ސަރުކާރު މަގާމުތަކުގަ ތިބި ކަލޭ ކަހަލަ ޖަނަވާރީސްމެން ގުޅީ. އެންމެ ގިނައިން ގުޅީވެސް ކަލޭ.

      30
  3. ހައުލާ

    އިސްލާހިއްޔާ ސޮރު ކޮސްގޮވަނީ

    60
  4. ޢަހުރެނ

    ސަރުކާރު ދިފާއުގަ މަހޭ ތިޔަ އުޅެނީ ވަޒީރު ކަން ކުންނުގަ އޮތީމަތަ..

    50
  5. ބައުލާ

    މީނަ މީ މޮޔަ ގޮލައެއްހެން ހީވަނީ

    54
  6. ހަލީމަތު

    މަހުލޫފު އެއީގަޓް ހުރި ގޮލައެއް

    6
    66
  7. ާއަލީ

    ކަލޭ ގުޅީ ވެސް..

    51
    2
  8. ރަބާ

    ހައިލަމަށް ގުޅާ ބިރުދެއްކިމީހުން ހާމަކުރަން ތައްޔާރު ވޭ އެބަ! ކަލޭ އަޑުއަހަން ހުންނާތި~ މާތްﷲގެ ކޯފާއާއި ޢަޒާބު ގަދަފަދަވެގެންވޭ ކަލޭމެންގެ ރޭވުމަށްވުރެ! ވިސްނާގެން ތިބޭތި! ވެރިކަން ވެއްޓެން ކައިރިވެއްޖެ!

    61
    2
  9. މޫސާ

    ވަގުންނަށް ވަންކަންކުރާ ގޮތްތައް އެގެޭނީ

    17
    2
  10. ސަފޫ

    މަހުލުުޫފް ހާދަ ސުމަާޓޭ

    2
    21
  11. ބިންގޯ

    އެއްކަލަ ހުރިހާ ކަމެއް އެނގޭ މަމޮޅު ކޮންމެސް އެއްޗެކޭކިޔަގެން ނޫސްތަކުގެސުރުހީ އަށް ރާލީދޯ.

    22
  12. ފުއްކޭ

    ކަލޭތީ ފަސްބަ އި ކިލަނބު ވެފަ ހުރިމީހެ އް އެކުން މޮޅެތި ވާހަކަ ނުދަ އްކާ ތިމާގެ ނަފްސު ސަލާމަތް ކުރެވޭތޯ ﷲ ތަ އާލާ ހަޒްރަތަށް ދު އާ ކޮށްބަލަ.

    27
  13. ޙަސަން

    ހައިލަމް ކުރިން އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟މިހާުރު ޤަބޫލެއް ނުކުރެވޭ.

    1
    23
  14. އަވާމެންދުރު

    ދެން ކޮންސަރުކާރަކުންނޯ ގުޅީ.. މީހަމަޖެހޭ މީހެއްކަމަށްހީވޭތަ؟ހައިލަމާ މީނަ ދިމާކުރާއިރު ފެންވަރު އިގޭބާ މީނަގެ.. މިނިސްޓަރުގެ ގޮނޑީގަ އިދެވުމުން ރަންބުއްދިވީދޯ. އަދި ކަލޭގެ މައްސަލަބަލަން ގާޒީ ހައިލަމު އިންނަދުވަސްވެސް ފެނިދާނެ ލަހެއްނުވެ އިންޝާﷲ... ވެރިކަމުގަ ރޔާމީންއިންނަ ދުވަސްވެސް.. ﷲގެ ވާގިފުޅާއެކު..

    25
    1
  15. ޙާމިދު

    މީނައަށް ވެސް ވަޒީފާ ދިފާއު ކުރެވެނީ މި ކަހަލަ ކަންކަން ކޮއްގެން، މި ކަން ނުދަންނަ ކުޑަކުއްޖެއް ވެސް ނެތް، އާ އެހެންތާ ވާނީ މީހާ އައްވުރެ ސައިޒު ބޮޑު މާގާމެއް ވީމަ، އިއްޒަތާއި އަބުރާއި ޝަރަފު މިދުނިޔެ އިން ބޭނުން ނުވާނީ ކާކު؟ މި ރާއްޖޭގެ ރައީސް އާއި ނާއިބު ރައީސް އަދި މަޖިލިސް ރައީސް ވެސް ގާޒީ އަކަށް ގުޅާނީ މަހުލޫފު ކައިރީ އެވާހަކަ ދައްކާފަ، ބަލަ އަމިއްލަ ދަރިން ފިރިހެން ކުރިންނާ ލޯބީގެ ގޮތުން ގުޅެން މައިން ބަފައިންގެ ހުއްދަ ނުހޯދާ ޒަމާނެއްގަ ތިވަރު ކަމެއް ކުރަން މަހުލޫފު އައްވުރެ މަތީ މަގާމު ގައި ތިބޭ މީހުން މަހުލޫފު ކައިރިން އަހާނެބާ؟ މަހޭ ސައިޒުގައި ހުރެބަލަ! ތީނައައް ނޭގޭނެ ބަޔަކު ކޮއްފައި ނުކުރާނެ ކަންކަން

    20
    1
  16. ާަބިޖޫ

    މަހޭތީ ބުހުތާން ދޮގުހަދާމީހެއް މަހޭ ވަރައް ރަންގަޅުވާނެ އިޒްރޭލްގެ ފިތުނަ މިނިސްޓަރ ކަމައް އެއީކަންނޭގެ މަހޭޔާ އެންމެ އެކަށޭނަ ވަޒީރުކަމަކީ ވ ސަލާމް މަހޭ

    22
  17. ކަނބާ

    މިސްކިތުގައި ހުޅުޖެމިހާވެސް ބުނީ މިސްކިތުގައި އަހަރެން ހުޅެއް ބުނަމެވެ. މިސްކިތުގައި ހުޅުޖެހި އަހަރެންނާ އެމީހުން އެބަ ކިޔާދޯއެވެ.

    21
  18. ޑެއިލް

    ރިޝްވަތު ސޮރު މަޑުންހުރޭ

    25
  19. ހުސެން

    އޭ މަހޭ އަލިއްޕި ގުޅިކަމަށް އަމިއްލައަށް ގަޅިޖެހިއްޖެ،މިހާރު ޓުވީޓ ޑިލީޓުކުރިޔަސް އެ ފުރެޟްކޮށް އެބައޮތް ވައިރަލްވެފަ،ދެންކޮންމެހެން މޮޅު އެއްޗެއް ކިޔާނެ ކަމެއް ނެތް

    13
  20. އަހްމަދު

    އެއީތެދެއް. މިސަރުކާރުން ޔާމީނު ޖަލަށްލުމަށް ގުޅާނީ މަހުލޫފަށް.

  21. ޝާނީ

    ކޮން މަހުލޫފެއްތަ ބޮޑު ފޫއްސެއް މީ މިހާރު

  22. ޚަރުން

    ކަލޭ ގުޅީ.ވަގު ކާޅު

  23. ޙަަރުން

    ޥައްޓާލާނިީ ވަރަށް ހިތުގަ ޖައްސާފަ މަހޭ ވަގު

  24. ބަޝީރު

    މަހުލޫފާ ނިކަން އަވަހަށަ ވެއްޓޭނެ. ގުޅިމީހުން އެގެން އެއޮތީ