ހުކުުރު ވަގުތު މާލޭގެ މަޖީދީ މަގުގައި ހުުރި ސައިކަލަކުން ޕެޓްރޯލް ވަގަށް ނަގައިގެން އެހެން ސައިކަލަކަށް އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.
މިހާރު މީސް މިޑީއާގައި އާއްމުން ވަމުންދާ ވީޑިއޯއިން ފެންނަނީ ހުކުރު ހުތުބާ ދެމުން ދިޔަ ގަޑިއެއްގައި މީހަކު މަގުމަތީގައި ހުރި ސައިކަލަކުން ޕެޓްރޯލް ފުޅިއަކަށް އެޅުމަށްފަހު މަގުމައްޗަށް ހުއްޓިފައި ހުރި އެހެން ސައިކަލަކަށް އަޅާ މަންޒަރެވެ.
އަދި މަގުމައްޗަށް ހުއްޓުނުކަމަށް ބެލެވޭ އެ ސައިކަލު އަތުން ހިފައިގެން މަގުމަތިން އައި މީހާ އާއި ޕެޓްރޯލް ވަގަށް ނެގި މީހާއާ ދެ މީހުންވެގެން އެ ސައިކަލަށް ޕެޓްރޯލް އަޅާ މަންޒަރު ފެނެއެވެ.
https://www.facebook.com/SalhiPage/videos/541891166624651/
ދެން އެ ވީޑިއޯއިން ފެންނަނީ، އެ ދެ މީހުން ސަައިކަލަށް އަރާ ނައްޓާލަން އުޅޭ މަންޒަރެވެ.
އެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، މިއީ މިއަދުގެ ވީޑިއޯއެއްކަން ކަށަވަރެއް ނޫނެވެ. އަދި އެއީ ކޮން ބައެއް ކަން ވެސް ރަނގަޅަށް ސާފެއް ނުވެއެވެ. ބެލެވޭގޮތުގައި އެއީ ދެ ދިވެހިންނެވެ.
އަދި މި މައްސަލަ ފުލުހުން ބަލަމުންދާކަން ނުވަތަ ނޫންކަންވެސް ކަށަަވަރެއް ނޫނެވެ.
ޢެއީ މިއަދުގެ ވީޑިއޯއެއް. އަޅުގަނޑުމިީ ޕޮލިހައް އެންގި މީހާ . ޕޮލިހުން އަންނަން ވާ އިރަށް އެމީހުން ގޮސްފި ކުރާނެ ކަމެއް ކޮއަގެން
އަޅުގަނޑު އެސައިކަލުގެ ނަންބަރު ނެގިނަމަ ފުލުހުންނަށް އެއީ ކޮންބައެއްކަން ހޯދަން ފަސޭހަވާނެ..ވީޑިއޯ ކުރިކަން ރަނގަޅު..އަޅުގަނޑަށް އެގެން ޖެހޭނެ ފުލުހުންވެސް ޑިއުޓީގައި އުޅުނަސް އެވަގުތު ހުކުރަށް ދާން ގިނަ މީހުން އެމެންޓަލިޓީގައި ތިބޭނީ..ކޮންމެ ކަމެއް ހިނގާއިރަށް އެކުށް ކުރިމީހާ ކުށްވެރިނުކުރާތި ކޮމެންޓެއްގައިވެސް ބަލާތި ފުލުހުން ނުވަތަ ސަރުކާރު މުއައްސަސާއެއް ބްލޭމް ކުރެވޭތޯ...އަޅުގަނޑު
ތީވެސް އެހެންވީމަ ތިކަމުގެ ބައިވެރިއެއްތާ ކޮބާފަރުޅީ ޒިންމާ ތިސޮރުމެނައްކެރޭނީ ވީޑިއޯކޮށްފަ ސޯސަލްމީޑިއާއައްލާން ކީއްވެ ނުހުއްޓުވީ ނޫނީ ފުލުހުން އަންނަންދެން މަޑުނުކުރުވީ ..ހުކުރުއަޅާފަ ވަގުން ވައްކަންކުރާތަން މޫވީކުރޯދޯ އަތަށެއްނުން ތިގޮވީ
ފަރުދީ ޒިންމާއޭ. ބަލަގަ އެޒިންމާ ނުބާއްވަންވެގެންނޭ ގާނޫނުއަސާސީގައި މީހަކު ކުށެއްކުރާކަން އެގުނަސް އެކަން ނާންގާ ހުރުމަކީ ކުށެއް ނޫންކަމަށް ލިޔެފައި އެއޮތީ. އެމަނިއްޕުޅު ނަމޫނާ ގާނޫނުއަސާސީއެކޭ ވިދާޅުވެފައި އެއޮތީ މިކަހަލަ ހަމައެއް ލަމައެއް ނެތް އެތައް ކަމެއް އޭގައި ހުރެގެންނޭ.
މިއީ އަޑު އިވުމާއި - އަޑު އެހުމާއި - ހުރި ތަފާތު، ވިސްނާ ބަޔަކަށް އެނގިގެން ދާނެ އެއް ހާދިސާ.
ހުކުރު ޚުތުބާގެ އިރުޝާދު ތަށްވެސް އަޑުއަހާ ބަޔަކަށް އަމިއްލަ ނަފްސު ބަދަލުކޮއްލާ ބަޔަކަށް ވަމާތޯ!
އޭގެ ނަމްބަރ އިނގޭވަރުވޭތަ
އެމީހުން ޕެޓްރޯލް އެޅި ފުޅި މަގުމައްޗަށް އެލާލީ. އެހެންވީމާ އަދިވެސް އެފުޅި މަގުމަތީގައި އޮތުން އެމަށީގެންވޭ. އެހެންކަމަށްވާނަމަ އޭގެއިން ފިނގަރޕްރިންޓް ނަގައިން އެމީހާ ހޯދޭނެހެން ހީވަނީ. ޢަދިވެސް އަވަހަށް އެ ފުޅިއޮތްތޯ ބަލަންވީ. ފަހަރެއްގައި ސައިކަލުގައިވެސް އެސޮރުގެ ފިންގަރޕްރިންޓް ހުރެދާނެ.
ކުއްވެރިވާނީ އިބޫސޯލިހު ރައްޔަތުންގެ ވެރިމީހާ اسلامي شريعة މަތީގަ ގޮދަޑި އެޅީމާ ވާނީތިހެން
އެހެންނޫންނަމަ ވައްކަންކުރުން މާރީމާރީހިގުން ހަރާންކަންތައް ކުރަންބިރު ގަންނާނެ